ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވާން އަންގައިފިއެވެ.

އެ ކޮމިޝަނަށް ހާޒިރުވާން އަބްދުﷲ ދީދީއަށް އަންގާފައިވަނީ މިރޭ 10:00 އަށެވެ. ނަމަވެސް އަދި އޭނާ ޖޭއެސްސީއަށް ހާޒިރުވި ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ނިންމާފައެވެ.

އެދުވަހު ޖޭއެސްސީން ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވީ، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރީ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް ހުށަހެޅުއްވި މަސައްލައާ ގުޅިގެން ކަމަށެވެ.

ޒަހީން ވިދާޅުވީ، ފަނޑިޔާރު ދީދީ ސަސަޕްންޑް ކުރި އެ މައްސަލައަކީ ފުލުހުންގެ އިދާރާއިންވެސް ބަދަލަމުންދާ ޖިނާއީ މައްސަލައެއް ކަމަށެވެ.

"ކޮމިޝަންގެ ގާނޫނުގައި އެބަ ބުނޭ 48 ގަޑިއިރުގެ ތެރޭގައި ކޮމިޝަނުން ވާނެއޭ ހުށަހަޅައިފިނަމަ ތަހުގީގީ އެއްވެސް އިދާާރާއަކުން މައްސަލައެއްދާކަމުގައިވަންޏާ އެކަމާއި ގުޅިގެން ގޮތެއް ނިންމަން". ޒަހީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒިމްޒިމް

    ސާބަހޭ.. އިސްތިއުފާދޭވަރު ކުރާތި..

    1
    3
  2. ސަލީމު

    ދީދީ ތިގޮތުގަ ހިފަހައްޓާތި ﷲ ރަހުމަތްލައްވާނެ