ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިރޭ 11:30 ގައި ހާޒިރުވާން އަނެއްކާވެސް އަންގައިފިއެވެ.

ޖޭއެސްސީ އަށް ހާޒިރުވާން މިރޭ އަބްދުﷲ ދީދީ އަށް ފުރަތަމަ އެންގުމަށް ފަހު ފަހުން ވަނީ އެންގުން ބަދަލުކޮށް މާދަމާ ހެނދުނު 08:30 އަށް ޖޭއެސްސީ އަށް ހާޒިރުވާން އަންގާފައެވެ. ނަމަވެސް އަނެއްކާ އެނިންމުން ބަދަލުކޮށް މިހާރު ވަނީ މިރޭ 11:30 އަށް ޖޭއެސްސީ އަށް ހާޒިރުވާން އަންގާފައެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ނިންމާފައެވެ. ނަމަވެސް އެނިންމުމަށް އަމަލު ނުކުރަން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.

އެދުވަހު ޖޭއެސްސީން ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވީ، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރީ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް ހުށަހެޅުއްވި މަސައްލައާ ގުޅިގެން ކަމަށެވެ.

ޒަހީން ވިދާޅުވީ، ފަނޑިޔާރު ދީދީ ސަސަޕްންޑް ކުރި އެ މައްސަލައަކީ ފުލުހުންގެ އިދާރާއިންވެސް ބަދަލަމުންދާ ޖިނާއީ މައްސަލައެއް ކަމަށެވެ.

"ކޮމިޝަންގެ ގާނޫނުގައި އެބަ ބުނޭ 48 ގަޑިއިރުގެ ތެރޭގައި ކޮމިޝަނުން ވާނެއޭ ހުށަހަޅައިފިނަމަ ތަހުގީގީ އެއްވެސް އިދާާރާއަކުން މައްސަލައެއްދާކަމުގައިވަންޏާ އެކަމާއި ގުޅިގެން ގޮތެއް ނިންމަން". ޒަހީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިބްރާހިމް

    ފަނޑިޔާރުންނަށް ބިރުދައްކާ ސަރުކާރު. އަވަހަށް އިސްތިއުފާ ދެއްވާ.

    17
  2. ބުރޯ

    މިހާރު ހާޒިރުވާކަށެއްނުޖެހޭނެ. ކުރިން ކީއްވެ ހާޒިރު ނުކޮށް އިޖްރާތު ފުރިހަމަނުކޮށް ފާސްކުރުންތައް ފާސްކުރީ ، މިހާރު އެ މައްސަލަ ވަނީ ބާތިލް ވެފަ ދެން ހާޒިރު ވާކަށެއްނުޖެހޭނެ ، އެކަން ނިމުނީ ދެން އޮތީ ސްޕްރީމްކޯޓްގެ ހުކުމް. މިހާރު ޖޭއެސްސީގަ ތިއްބެވި ކުށްވެރިނަނާ މުއާމަލާތް ކުރާކަށެއްނުޖެހޭނެ.

    16
  3. ހހހހ

    ކުރަފި ހިނި ބުޅަލަށްވެސް އެނގޭ އެޤައުމެއްގަ ޝަރުޢީގޮތުން އެންމެ ފަހުބަސް ބުނާ ތަނަކީ ސުޕުރީމް ކޯޓްކަން. މިތާ މިއުޅޭ ރީދޫ ބައިގަނޑަށް ނޫނީ.

    18
  4. Anonymous

    ނޫނޭވާ މިއީހާދަހާވާ ނަޒާހަތްތެރި ސަރުކާރެކޭ... ޖުޑިޝަރީތެރެއަށް އަތްކޮޕާ އަތްބާނާ ހެދީ ނުވީތާކަށް ދެންވެސްބޭނެން ހުރިއެއްޗެއްވިއްްޔާ މިދަނީބާނަމުން. ޔާމީން ސކ ގެއަމުރު ތަންފީޒުނުކޮށްގެން ފެލިވަޑައިގެން އޮޅޭސަރުކާރުން މިއަދުމިކުރަނީކީތްބާ. ؟ ފަނޑިޔާރުންނައް ބިރުދައްކާ ބިރުގިރާފަބޯންދީ ހެދީ ރޔާމީން. ހެހެހ ތައްބައްލަކަ.???

  5. ޝިހާ

    މިހާރު މިފެންނަނީ ގެރި ބަކަރި ހައިވާނުން ވެރިކަން ކުރަންފެށީމަ ވާނެގޮތް ދެންތިބޭ ބަލަމާ ނުރުހޭ އެންމެން ބޮޑެތި ކުއްވެރިން ނަށްހަދާނެ ވެރިކަމުގާ ހުރީ ވަރައްނުބައި ނުލަފާ ހިޔަޅު ޔަހޫދީންގެ ޕަޕެޓެއް