ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އޭނާ އެދިވަޑައިގެންފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުން ގެންދާ ފަނޑިޔާރު ދީދީގެ މައްސަލައިގެ ބައްދަލުވުންތައް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އޭނާ އެދިވަޑައިގެންނެވީ މިރޭ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހާޒިރު ކުރުމުންނެވެ.

ޖޭއެސްސީއަށް މިރޭ 23:30 ގައި ފަނޑިޔާރު ދީދީ ހާޒިރުވެ ވަޑައިގެންނެވިއެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ފަހު ޖޭއެސްސީ އިން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަނޑިޔާރު ދީދީގެ ވަކީލު އާދަމް އާސިފް ވިދާޅުވީ ފަނޑިޔާރު ދީދީ ބޭނުންފުޅު ވަނީ އޭނާގެ ނަޒާހާތްތެރިކަމާއި އަދި ތަހުގީގު ކުރިއަށްދާގޮތް ހުރިހާ ރައްޔިތުންނަށްވެސް ކަށަވަރު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ތަހުގީގު ކުރިއަށްގެންދަން ކަމަށެވެ.

މި ބައްދަލުވުމަށް ފަހު، ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފަނޑިޔާރު ދީދީ ބޭނުންފުޅުވީ، އާންމުންނަށް ހުޅުވާލައިގެން ތަހުގީގު ކުރިއަށް ގެންދަން ކަމަށާއި އެކަމަކު އެކަން ކުރެވޭނީ ޖޭއެސްސީގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނުން ނިންމައިގެން ކަމަށެވެ. އޭނާ ވިދާޅުވީ ކޮމިޝަނުގެ މެމްބަރުންގެ ރޫހަކީ ވެސް ފަނޑިޔާރު ދީދީ އެދިވަޑައިގެންނެވި ގޮތަށް އެމަނިފާނުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން ކަމަށާއި ވަރަށް އަވަހަށް ޖޭއެސްސީން އެކަމުގައި ގޮތެއް ނިންމާނެ ކަމަށެވެ.

ފަނޑިޔާރު ދީދީގެ ވަކީލް އާސިފް ވިދާޅުވީ ޖޭއެސްސީގައި މައްސަލަ ބަލާ ކޮމެޓީއިން ވަނީ މާލެއިން ބޭރަށް ފަނޑިޔާރު ދީދީ ވަޑައިގަންނަވާނަމަ އެކަން އެންގެވެމަށް އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ބަގުޑި

    އާންމުން މިއުޅެނީ އަޑުއަހާނެ އެއްޗިހި މަދުވެގެންވިއްޔަ!

    10
    100
  2. ބުރޯ

    ދެން ނަސީދު ބޯނީ ކޯންޗެއް ؟ވިލާތު ސަރުަބަތުތަ؟ އިންޑިޔާ އިން ބުއި ފުޅިތަ؟އެނޫން އެއޗެއްތަ؟

    93
    2
    • ކެކެކެ

      ސޫލާސަރާބީ ބޯނީ.

      10
      1
  3. ނަޖާ

    މި ސަރުކާރު އޮތީ އެކި ދިމަދިމައިގައި ތަހުގީގު ކުރުންތައް. ފެންނަނީ މުޅިންވެސް ފީކުދާނު ކޮމިޓީތައް. ސަރުކާރު ބަލިކަށިވަމުންދަނީ. ހިފަހަށްޓަނީ އަނގައިން. ރައްޔިތުންނަށް ކަމެއްކޮށް ނުދެވި ރައްޔިތުން ރަތަށް އަރަނީ. ސަލާން ޖަަހައިގެން ހިންގާ ސަރުކާރު ވަރަށް އަވަހަށް އަގަވަތަށް ވެއްޓޭނެ.

    17
    1
  4. ފިއްތާލާ

    ބަގުޑި. ބޭފުޅުންނަށް ރަނގަޅު އެއް ގޮތެއް ވެސް ނޯންނާނެ. ސިއްރު ކުރި ނަމަވެސް ގޯސް ފާޅުކޮށް ފެންނަން ކުރިޔަސް ގޯސް. އަންނި އަކަށް އެވަރު ވެސް ނުވި ޢަބްދުﷲ ޣާޒީ ރަހީނު ކޮށްފަ. ދެން މިދެނީ އިސްރާއީލް އަށް އެހީވެ ބާރުދޭ މީހުންނަށް ބޮޑެތި ޝަރަފު

    63
    1
  5. ދެފުށް ދައްކާލަބަލަ

    މިހާރު އެނގޭނެ ޖޭއެސްސީގަ ތިބި މެމްބަރުންގެ ހުރި އިޚުލާސްތެރިކަމާއި ފަނޑިޔާރުގެ ހުރި ހިތްވަރުގަދަކަން. ނިކަން ހިތްވަރެއް ހުރިއްޔާ އާންމުންނަށް ހުޅުވާލައިގެން ތަހުގީގު ހިންގާލަބަލަ. ތަހުގީގު ސިއްރު ކޮށްފިއްޔާ އާންމުންގެ ކުރިމަތީ ޖޭއެސްސީގެ އަގު ވެއްޓުންނޫން ކަމެއްނުވާނެ. ކެޔޮ ކޭވަރު އެނގޭނީ ބިތުފަންގި ނެގީމައެވެ.

    107
    1
    • ޖީއެމްއާރްބޯއީ

      އިތުރަށް ވެއްޓޭކަށް އަގެއް ނެތް. ވެއްޓި ބިންމަތީގަ އޮތީ. އެތާ ގޮނޑިތަކަށް އަރާ އެތިބީ އަގެއް އޮތް ބައެއްތަ؟

      12
      1
  6. އިބްރާހިމް

    ބާރުލިބުނީމަ ފަޓާސްބަރިއެއްހެން މައްސަލަބަލާތަން ފެނޭތޯ؟ ސުޕްރީމްކޯޓުގެ އަމުރަށް ގޮންޖަހާއިރު ކޮބައިތޯ ހެޔޮއެދޭ އިންޑިއާ؟ ޔޫރަޕް؟

    16
    1
  7. ބުރިޓޯ

    ވަރަށް ސާފު.. އެދިވަޑައިގެން ގޮތައް އަމަލުކުރާކަށް ޖޭއެސްސީ ބޭނުމެއްނުވާނެކަން ޔަގީން. ސަބަބު ؟ ބަޔަކު އޮރިޔާންވެ ސޯޓުބޭލޭނެތީ..

    13
    1
  8. ހިސާން

    އެއިން އިގެނީ އޭނަގެ ދެފުއްފެންނަ ވަރު. ނަޒާހަތްތެރިކަން. ހައްގުފާޅުވާނެ. ހިފަހައްޓާލައްވާ ދިދީ

    14
    1
  9. ނައިންޓީ

    ޖޭއެސްސީއަށް އަލަށް ގުޅުނީ ތިމާމެން ނުވެގެން އުޅޭކަމެއް ގަދަކަމުން ކުރަން ބޭނުންވާ ބައެއްކަން ވަރަށް ސާފު.

    14
    1
  10. ރިޒާ

    ކޮބާ ދީދީ ގެ ވަކީލުން ނަކީ އިންޑިޔާ ބައެއްތަ ނޫނީ ރާއްޖޭގެ ކޮންބޭފުޅުންނަކަށް ވަކާލާތު ކޮއްދެއްވާ ވަކީލުންނެއްތޯ؟

    6
    3
  11. ގައުމުގެ ދޫ

    ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގަ ފަނޑިޔާރުގެއިން އާންމު ރައްޔިތުންނަށް އިންސާފުލިބުން ދަތި ނަމަވެސް މަތީ ފަޑީގަ އުޅުއްވާ ބޭފުޅުންނަށް ކޮންމެވެސް ގޮތަކުން ހަލުވި އިސްޕީޑުގައި އިންސާފުލިބޭތަން ފެނޭ. އެހެންވެ އާންމުން ބޭނުންވާނީ ފަނޑިޔާރުގެ ސާފުކުރަން.

    4
    10
  12. ހުސޭނުބޭ

    ދީދީ އާ ބުނާކަށް މިފަހަރު ބޮލާފޮށައި އަޅުވާފައި ނޫނީ ދޫނުކުރާތި!

  13. ހުސެން

    ބަރާބަރު ،