ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިމަހުގެ 12 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ރައްޔިތުުންގެ މަޖިލީހުން ކަނޑައެޅުމަށް އެދި މަޖިލީހުގެ ތަޅުމަށް މިއަދު ޖުޑީޝަލް ކޮމެޓީން ރިޕޯޓެއް ހުށަހަޅައިފިއެވެ.

ގާނޫނާ އެއްގޮތްވާގޮތުގެ މަތީން ޖޭއެސްސީން ނިންމާ ނިންމުން ތަކަކީ ގާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމުންތަކެއް ކަމަށާއި މިގޮތުން ޖޭއެސްސީން 12 ޖޫން ގައި ނިންމި ނިންމުމަކީ ގާނޫނީ ބާރު ފުރިހަމަޔަށް އޮތް ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށްވެސް މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓްގައި ވެއެވެ.

މަޖިލީހަށް މިފަދަ ރިޕޯޓެއް ހުށަހެޅިއިރު ސްޕްރީމް ކޯޓުގެ އަމުރަށް ތަބާ ނުވުމަށް ޖޭއެސްސީ އިން ނިންމާ، އެނިންމުމާއި ގުޅިގެން މުއައްސަސާތަކުން އަޅާ ކޮންމެ ފިޔަވަޅެއް ބާތިލްވާނެ ކަމަށް ސްޕްރީމް ކޯޓުން އިއްޔެ ނެރުނު ކޯޓު އަމުރެއްގައި ވެސް ވިދާޅުވެފައިވެއެވެ.

ސްޕްރީމް ކޯޓުގެ އަމުރުގައި ވިދާޅުވީ ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ ހިލާފަށް ނިންމާ ކޮންމެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ކަމާބެހޭ އެހެން މުއައްސަސާއަކުން ނުވަތަ ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމެޓީއަކުން ވެސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

ޖޭއެސްސީގެ ނިންމުމަކީ ޤާނޫނާއި އެއްގޮތައް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައެޅުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނޯންނާނެ ކަމަށް ސަރުކާރަށް ތާއިދު ކުރައްވާ ބައެއް ޤާނޫނީ ވަކީލުން ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނިހާން

    މިފަހަރު ސައިޒު ކުރާނަން.

    5
    26
    • އައްޑޫ މީހާ

      ކޮންޗެއް ސައިޒު ނުވެގެން ތިޔަ އުޅެނީ؟ ކަލޭމެންގެ ވެރިކަމުގަ އެކަތި އަނެކަތި ސައިޒް ނުވެގެން ތެޅިބާލާތީ އަންނަނީ ހިނި ބޯކޮސް ތިހެން އުޅެނިކޮށް ސައިޒްވާނީ އެހެން އެއްޗެއް

  2. ރައްޔިތުމީހާ

    ރިޕޯޓް ހުށަހެޅިޔަސް މަޖިލިހުން ނިންމި ނަމަވެސް ބާޠިލު ކަމެއްވާނީ ބާޠިލު ކަމަކަށް. ޤާނޫނު އަސާސީއާ ހިލާފު ނޖންމުމެއް ޖޭއެސްސީގެ ނިންމުމަކީ. ދެން އެއަށް ތަބަޢަވާ އެހެން ނިންމުން ތައްވެސް ވާނީ ބާޠިލު އެއްޗަކަށް.

  3. މޫސާ

    މިހާރު ރާއްޖޭގައި ސިޔާސީ މީހުން ކުޅެމުން އެދަނީ ވަރަށް މުޑުދާރު ގޭމެއް!

  4. މުހަންމަދު

    ދިވެހި ދައުލަތަކީ ތިންބާރު ވަކިވެފައި އޮންނަން ޖެހޭކަން ވަރައް ސާފުކޮތް ބުނާއިރު ދެބާރު ސޯލިހައް ސަނާ ކިޔާއިރު ޖުޑީޝަރީ ފުޑާލުމަކީ ވަރަށް ހިތާމަ ހުރިކަމެއް

  5. މަހަމޫދު

    މިގައުމުގަ މިއޮންނަނީ އެއިރަކު ބާރުއޮތް ބަޔަޔަކު ބޭނުން ގޮތަކައް މޮޑެން އޮންނަ އެއްޗެއް ދުވަހަކުވެސް މީތިމޮޑެ ނިމޭނެބާ. މަލަކައް ދޫކުރާނެ މަލެއްނެއް ހަމަ ހުސް ގަރަޑަމާ

  6. ޝާން

    ގޮންވެސް ޖަހަންވީ. އެއީ މަތިން ފައިބައިގެން އުޅޭބައެއްނޫންވިއްޔާ. އެމީހުންގެ މައްސަލަވެސް ބެލެން ޖެހޭނެ.

    1
    4
  7. ދޮންކެޔޮ

    ސްޕްރީމް ކޯޓު އަމުރަށް ގޮންޖަހާ، ފުރާޅުން ޓިނުނަގާ ފަނޑިޔާރުން ރަހީނުކޮށް ވަގަށްނެގީ ވަގުޔާމީން.
    ޖޭއެސްސީ އިން ސފަނޑިޔާރަކާ ދޭތެރޭ ފިޔަވަޅެއް އެޅުމުން ސްޕްރީމްކޯޓަށް އެކަމާގުޅިގެން ހުކުމެއް ކުރެވިގެން ނުވާނެ. އެކަން ބަލަން ގާނޫނު އަސާސީގައި އޮތްގޮތަށް ކަންކުރަމުން ގެނސިޔައީމަ ނިމުނީ.

    • Anonymous

      ޔޯ. މިހާރު ވަގު ސޯލިހޭ ގޮވާ. އޭނާގެ ވައްކަން މާކުރީގަ އުޅެނީ. ގާނޫނު ފުނޑާލަން މިފަހަރު ވެސް މޑޕ އަށް ޖެހޭނީ. ގާނޫނު އަސާސީ އަށް ފައިން އަރާ ޑަސްބިން ބޮލަށް ލާން ހަމަ ޖެހޭނީ. ގާނޫނަކަށް ބޯލަނބާ ބައެއް ނޫން ވިއްޔާ މިއުޅެނީ.

  8. ދޮންކެޔޮ

    ތި ސްޕްރީމްކޯޓު ސައިޒުކުރަން މާލަސްވެއްޖެ، ތަރައްގޯގެ އެއްމަސައްކަތްތެއް މި 5 އަހަރު ނުކުރެވުނަށް ޖުޑިޝަރީ ރީފޯމް ކުރެވިއްޖެއްޔާ ދިވެހިންގެ މުސްތަގްބަލް މާބޮޑަށްވެސް އުޖާލާ ކުރެވޭނެ. އަންނަން އޮތް ޖީލުތަކަށް ސަލާމަތްތެރިކަން އިންސާފް ހަމަހަމަކަން ލިބިގެންދާނެ.
    ބުރިޖު ފުލެޓް ކިތައްމެގިނައިން އެޅިޔަސް ހަގީގަތުގައި އެތަންތަނުގެ ފޮނި މީރުކަން އިހުސާސް ކުރެވޭނީ ޖުޓިޝަރީ ރީފޯމް ކުރެވިގެން.

    1
    8
  9. ހުސޭނުބޭ

    ޔާމީނަށް މަލާމާތްކުރި މީހުން ތިތިބީ މިހާރު މުޅިން ބެކާރީވެފައެއްނު!

  10. ބުރޯ

    ބުނަން ސްޕްރިމްކޯޓް ގެ އަމުރަކަށް ގޮންޖެހުމުގެ ބާރު މަޖިލީހަކަށް ނޯންނާނެ. ތިޔަ ހާމަވާންފެށީ ދުނިޔެއަށް އެމްޑީޕީ ގެ ގައިރު ގާނޫނީ ކަންކަން ، މިފަހަރު ދުނިޔެ އަށް އެމްޑީޕީގެ ހަގީގަތް ބޭޒާރުވެގެންދާނެ މާތް ﷲ އެމްޑީޕީ ބޭޒާރު ކުރައްވާނެ. ދިވެހިގައުމު ސަލަމަތް ކުރަންވާނެ

    12
    1