ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް މީގެ އިރުކޮޅެއް ކުރިން މާބޮޑަށް ސާފުނުވާ މަންޒަރެއް ހިމެނޭ ފޮޓޯއެއް ޓްވީޓް ކުރެވުނީ ގަސްދަކާއި ނުލައި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ކޮންތަނެއްކަން ދޭހަނުވާ ގޮތައް ނަގާފައިވާ ފޮޓޯއެއް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓްވީޓް ކުރެއްވުމުން ބައެއް މީހުން ވަނީ އެފޮޓޯ އިން ފެންނަނީ ކޮންއެއްޗެއްތޯ ސުވާލު ކޮށްފައެވެ. އަދި ބައެއް މީހުން ވަނީ އެކައުންޓް ހެކް ކުރީތޯ ވެސް ސުވާލު ކޮށްފައެވެ.

އެސުވާލުތަކަށް ރިޕްލައި ކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެއީ އެކްސިޑެންޓަކުން ކުރެވުނު ޓްވީޓެއް ކަމަށެވެ.

އެކްސިޑެންޓަކުން ކުރެވުނު ޓްވީޓް ޕޮލިސް ކޮމިޝަނަރު ޑިލީޓް ކުރައްވާފައެއް ނުވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަށް އެކްސިޑެންޓަކުން ޓްވީޓެއް ކުރެވުނު އިރު ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ފެނަކަ ކޯޕަރޭޝަންގެ ޓްވިޓާ އެކައުންޓުން ވަނީ ޖޭއެސްސީގެ މަސައްކަތާއި ގުޅޭ ޓްވީޓެއް މިދިޔަ ހުކުރު ދުވަހު ކޮށްފައެވެ. ފަހުން ފެނަކަ އިން ބުނީ އެއީ ޓްވިޓާ އެކައުންޓް ބަލަހައްޓާ މުވައްޒަފަށް އޮޅިގެން ކުރެވުނު ޓްވީޓެއް ކަމަށެވެ.

ޓްވިޓާ އެކައުންޓްތަކުން ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އޮޅިގެން ޓްވީޓް ކުރައްވާއިރު ދުނިޔޭގެ ގިނަ ލީޑަރުންނާއި، މަތީ މަގާމުތައް އަދާކުރައްވާ ބޭފުޅުން އެފަދަ ކަންކަން ހައްލު ކުރެއްވުމުގެ ގޮތުން އެބޭފުޅުންގެ ޓްވިޓާ އެކައުންޓް ބަލަހައްޓަން ހާއްސަ މުވައްޒަފުން ބައިތިއްބާފައި ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރޯނު އެދުރު

    ހިނދުކޮޅުގަ ދެއްތޯ.ހެހެ

  2. އަންނަނީ ހިނި

    އޮޅުވާލި ވޯޓުން ސަވާރުވެގެން އޮތް ސަރުކާރު އަބަދުވެސް އޮޅިފަ.

  3. Anonymous

    ތި ދެން ވާނިގޮތެ

  4. ހުސޭނުބޭ

    މަ ގާތު ބުނިނަމަ އެމްސީ ހަމީދަށް ތިއަށްވުރެ ރަގަޅަށް ޓްވީޓްކުރަން ދަސްކޮށްދިނީމުސް!

  5. މިއީސު

    ޔާމީނު ސަރުކާރުގަ ހިނގިކަމެއްނަމަ މިކަން ގުޅެނީ އަފުރާޝީމުގެ މަރުން ބަޔަކާ.