ޤާނޫނު އަސާސީ އުވާލާނެ ކަމުގެ އިންޒާރު ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ދެއްވައިފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުުން ނިހާދު ވިދާޅުވީ، ޖޭއެސްސީ މިނިވަން ވެގެން ނޫނީ މި ޤައުމުގައި އިންސާފުވެރި ޖުޑީޝަރީއެއް ނުއުފެއްދޭނެ ކަމަށާއި އެކަމަށްޓަކައި ޤާނޫނުއަސާސީ އުވާލައިގެން ވިޔަސް ފަނޑިޔާރު ގެއާއި ޖުޑީޝަރީ އިސްލާހު ކުރާނެ ކަމަށެވެ.

"ޤާނޫނުއަސާސީގައި ޖުޑީޝަލް ސާރވިސް ކޮމިޝަން އަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައި، ނަމަވެސް ޖޭއެސްސީ ވަނީ ހިިސޯރުކުރެވިފައި" ނިހާދު ވިދާޅުވިއެވެ.

ނިހާދު އިތުރަށް ވިދާޅުވީ ފަނޑިޔާރުގޭގައި މިއަދު ހިންގަމުުން މިގެންދަނީ ސީދާ ޤާނޫނާއި ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމަށާއި މިއަދު ނުކުމެ މިތިބީ މިކަންކަން އިސްލާހުކުރަން ކަމަށެވެ.

"ރައްޔިތުން އަޅުގަނޑުމެންނާ މި ހަވާލުކޮށްފައިވާ ޤާނޫނީ ވާޖިބަކީ ދިވެހިރާއްޖޭގެ ޖުޑީީޝަރީ އިސްލާހުކޮށް ރައްޔިތުންނަށް އިންސާފުވެރި ޖުޑީޝަރީއެއް ހޯދައިދިނުން" ނިހާދު ވިދާޅުވިއެވެ.

އިތުރަށް ވައްކަން ކުރަން ކޮރަޕްޓް ފަނޑިޔާރުންނަކަށް ފުރުސަތެއް ނުދޭނެ ކަމަށް ވިދާޅުވެ ނިހާދު ވިދާޅުވޯ މި ޤާނޫނު އަސާސީ އުވާލައިގެން ވިޔަސް އަދި މި ޤާނޫނު އަސާސީގެ ވަކި މާއްދާތަކެއް އުވާލައިގެން ވިޔަސް މި ޖުޑީޝަރީ އިސްލާހުކުރާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުން ބަދަލުކޮށް މުޅި ޖުޑީޝަރީ އިސްލާހު ކުރުމަށް ގޮވާލާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާއި މެދު އެއްވެސް ފިޔަވަޅެއް ނާޅާ މަޑު ކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ތަބާނުވާން ޖޭއެސްސީ އިން ނިންމި ނިންމުމަކީ ޢައިރު ގާނޫނީ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނީ ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ސަސްޕެންޝަން ފަސްކޮށް އެއާ ގުޅޭ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނާޅަން އަމުރުކޮށްފައިވަނިކޮށް އެ ގަބޫލު ނުކުރަން ޖޭއެސްސީއިން ނިންމި ނިންމުމަކީ ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރޯނު އެދުރު

    އިސްލާހު ކުރަންތަ،ނޫނީ ކައެމެން ބޭނުންވާގޮތް ހަދަންތަ ތި ތެޅެނީ..ގައުމަށް ހެވެއް އެދިގެން އުޅޭ ބަޔަކު އުޅޭގޮތަކަށް ނޫން ތިޔާ އުޅެނީ އަކީ

    15
    1
  2. ޟީނާ

    އެމް.Dީޕީ ބުނާ ގޮތައް ހުކުން ނުކުރަންޔާ މުޅި ޝަރުއީ ނިޒާމް ވާނީ ގޯސް ނިޒާމަކައް.

    15
  3. ޚަފީ

    90% މެންބަރުން މަޖުލިސްއައް ހޮވިފަވަނީ ބޮޑެތިއަދަދުން ފައިސާބަހައިގެން ރައްޔިތުންނައް އިންގޭ މެންބަރުންގެ ފެންވަރު ރައްޔިތުން ރުޅިއަތުވެއްޖެނަމަ މަޖުލިސް ހަވަރައްދީފާނެ

    14
  4. ރައްޔިތުމީހާ

    އޭގެ ކުރިން ެެެެެެެެެ އަހަރެމެން ރައްޔިތުން ނިކުމެ ތި މަޖިލިސް އުވާލާނަން. ހީވަނީދޯ ހާހެެއްކަ.ަށް.
    ޔާ ﷲ މިނުބައި މަކަރުވެރިންގެ މައްޗަށް ﷲ ބާރުވެރިކަން ދައްކަވާނދޭވެ. އަދި އެމީހުންގެ މަކަރަވުރެ އިބައިލާހުގެ ރޭވުންތެރިކަން މޮޅުވެގެންވޭ.

    15
  5. މޯދީ

    ނުވާނެ ތިކަމެއް.

  6. ެައަލިބިޔާއްކަލޯ

    ކަލޯ އައްލާބެއްޔާސް މިދުނިޔެ ނެއްނީ ؟
    ތިވަގުތު ޖެހުމުގެކުރިން ކަލޯވެސް ނިޒާމުން ގެއްލުވާލުމުގެ ބާރު
    الله سبحان و تعالىٰ އަށް ލިބިވޮޮޑިގެންވޭ ތިމެއްނަ އަކީ...................................
    ޟުކުރިއްޔާ

    11
  7. އަވައްޓެރިޔާ

    " ފަހެ އެއުރެން ބުނާނޫއެ! ހަމަ ކަށަވަރުން ތިމަންމެންނީ އިސްލާޙްކުރާން އުޅޭ ބަޔަކީމުއެވެ. "

    13
  8. ބުރޯ

    ތިޔަ ގޯސްވީ ގާނޫނުއަސާސީ އާއި ކުޅެން އުޅުނީމަ އެވީ ގޯސް މަޖިލިސް އުވަލުމުގެ ބާރު އޮތްކަން ހަނދާންބަހައްޓަވާ

    13
  9. ހުސޭނުބޭ

    ތީކީ ދެން މީހަކު އަޖާބުވާންވީ ކަމެއްނޫން! ޤަނޫނު އަސާސީއަށް ފައިންއެރި މީހުން އެޔަށް ފަހަރުވަނުލާފިއްޔާ ކިތަންމެހައިވެސް ރަގަޅު!

    15
  10. ދަންޑަހެލު

    އޭ ނިހާދޫ ކަލޭ ދޮގު ނުހަދާ ބަލަ ރައްޔިތުންނޭ ކިޔާފަ ކަލޭ ތިޔަ ވާހަކަަދައްކަނީ ،ހަމަގައިމުވެސް ތީ މަގޭ ހިޔާލެއްނޫން ތީ ކަލޭ ވިސްނާގޮތް އަދި ކަލޭގެ ހިޔާލު... ނިކަން ރީތިކޮށް ތިތަން ކަލެއަށް ދައްކާލާނަން... ދާއިރާއަށްވެސް ހުތުރު މިކަހަލަ އާލާތުންނާ ހެދި... އަދި އެބަ ބުނެޔޭ ރައްޔިތުންނޭ މި ތަމްސީލު ކުރަނީ... މިފަހަރު އެބަ ޖެހޭ މި މެމްބަރުންތައްވެސް މައިތިރި ކުރަން... ރައްޔިތުންނާ މަޝްވަރާނުކޮށް ރައްޔިތުންގެ ބޭނުންވާ އަޑު މަޖިލީހުގަ ނީއްވާ އެހެން ކޮމްޕިޔުޓަރ ދަށުގަ ކޮށްޓަކޮށްޓާފަ ނޭކެޑް އެއްޗެހި ބަލަންއިނދެފަ ފުންމައިގެން ތެދުވެ މިބުނަނީ ރައްޔިތުންނޭ... ރައްޔިތުންނާ މަޝްވަރާ ނުކޮށް މަޖިލީހުގަ އެމީހެއްގެ އަމިއްލަ ހިޔާލު އަދި އަމިއްލަ ވާހަކަދައްކާ ކޮންމެ މެމްބަރެއް ސަސްޕެންޑް ކުރަން ޖެހޭ އެބަ.. ރައްޔިތުން ނިކުމެ މެމްބަރުންވެސް ޖަވާބުދާރީ ކުރުވަންޖެހޭ... ދާއިރާއަށް ކަމެއް ކޮށްނުދޭތާ ގައުމު ވިއްކާލާފަ މިލިޔަނުން ޑޮލަރު އެކައުންޓަށް ޖަހާފަ މި ކުއްތާތައް މާދަން ތިބޭނީ ގޮސް ލަންޑަނުގަ ރެފިޔުޖީ ވިސާނަގައިގެން، ދީން ވިއްކާލައިގެން... އިންޑިޔާގެ ރޭޕަރުން އައިސް ރޭޕުކުރާނީ ނިކަމެތި މީހާގެ އަނބިމީހާ އާ އޭނާގެ ދަރިންކޮޅު

    13
  11. ސަންތިމަރިޔަބު

    2018 ފެބްރުއަރީ 1 ގައި ހިފި ބޮޑުވެގެންވާ މާސިންގާ ހަނދު ކޭތަ ޔާ މިވެރިން ފިސާރި ގަޔާވޭ އެއީ ހަމަރަގަޅު ހަނދު ކޭތައެއް އަދި މިދާކަށް ދުވަހު ހަނދު ކޭތައި ގެ ބާއިތަށް އުވާލުންވެސް މިވެރިނަށް ވީ ފިސާރި ހިތްހަމަޖެހޭކަމަކަށޯ މަގޭ ގާތައް ހަމަ އަންނަނީ ހިނި ހީހީ ބަލިވެއްޖެ. މިވެރިންނާ އިދިކޮޅަށް ކަމެއް ނިމުމުން އަހަސަހަރޯ ކަމަކު ދާކަށް ނެތް ހުރިހާ މުއަށްސަސާތައް އުވާލާއި ގެންވެސް މިވެރިންގެ އެދުން ހާސިލް ކުރާނަމޯ މަގޭ ގާތައް އަންނަނީ ހަމަހިނި

    12
  12. ދޮންތަ

    ތިކަންކުރަންވީ! ތިގާނޫނު އޮންނަ ގޮތުން ދުވަހަކު ކުށެއް ނުކުރާ މީހުނައް ވެސް އެބަ އަދަބުލިބޭ! ދުރާލާ ރާވައިގެން އަނެކާއާ ދޭތެރޭ އޮންނަ ހަސަދައެއް ފިލުވާލަން! މިކަންކަން ހުއްޓުވަން އެބަޖެހޭ

    2
    4
  13. Anonymous

    ރައްޔިރުންގެ މަޖުލިސް އިން ޤާނޫނު އަސާސީ އުވާލާނެ ދުސްތޫރީ ހަމައެއް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ބުނެދީބަލަ،

    10
  14. ބޯހަލާކު

    ކަލޯމެން އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އަމަލުކުރަން ފަށާބަލަ، ކޮން ގާނޫނު އަސާސީއެކޭތަ މިކިޔަނީ. ތިމަ ތިމާމެން އިސްލާހުވެގެން ނޫނީ ގައުމު އިސްލާހެއް ނުވާނެ.

  15. ޙުއްތު

    ނިކަން އުވާލަބަލަ ގޮންޑިތައް ލިބުނުގޮތް ދިވެހިންނަށް އެނގޭ. ޢެކަމުން ތިޔަކަހަލަ ކަމެއްކުރަން ދިވެހިން ފުރުސަތެއް ނުދޭނެ