ނޮވެމްބަރު 3، 1988 ގައި ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެ އަށް އުދުވާނީ ހަމަލާ ދިނުމުގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހަޅައިފި އެވެ.

މެންބަރު މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވިދާޅުވެފައި ވަނީ ލުތުފީ މިހާރު ހުރި ގައުމަކާ ގުޅޭ ގޮތުން ސަރުކަރަށް މައުލޫމާތު ލިބިފައިވޭތޯ ސުވާލު ކުރުމަށް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިސް އަށް ހާޒިރު ކުރަން ބޭނުންވާ ކަމަށެވެ.

"ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަށް ލުތުފީ ސްރީލަންކާއަށް ފޮނުވައިލި ގޮތަށް އޭނާ އަނބުރާ ގެނެސްފައި ނުވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޭނާ ގެނެއުމުގެ މަސައްކަތް ކުރޭތޯ ސުވާލު ކުރަން ބޭނުން" މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވިއެވެ.

ލުތުފީވެސް ބޭސް ފަރުވާ ހޯދުމުގެ ނަމުގައި ބޭރަށް ފޮނުވިއިރު، އެކަން، ރައީސް ނަޝީދުގެ ސަރުކާރުން ކޮށްފައިވަނީ ޤަވައިދުތަކާއި އުސޫލުތަކުގެ ބޭރުންކަންވަނީ ހާމަވެފައެވެ. އުސޫލުތަކުގެ ދަށުން ކުށްވެރިން ބޭރަށް ފޮނުވުމުގެ ކަރެކްޝަނަލް ސާވިސް އަށް ލިބިދޭއިރު، ނަޝީދުގެ ސަރުކާރުން އެކަން ކޮށްފައިވަނީ އުސޫލުތަކުގެ ބޭރުން، ހޯމް މިނިސްޓްރީ އިންނެވެ. ބޭރަށް ދިޔަ ގޮތަށް، ލުތުފީ އެނބުރި ރާއްޖެ އައިސްފައެއް ނުވެއެވެ. މި ސަރުކާރުންވެސް ލުތުފީ ހޯދުމަށް މަސައްކަތްތަކެއް ކުރާކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނަށް 30 އަހަރު ފުރިފައިވާއިރު، ލުތުފީގެ ޙުކުމުގައި އަދި ދުވަސްކޮޅެއް ބާކީ އެބައޮތެވެ. އޭނާގެ މައްޗަށް އިއްވީ 25 އަހަރުގެ ޖަލު ޙުކުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޣަރޭ

    އިމްރާނާ ސުވާލުކޮއްގެން ތިޔަކައް އެކަށޭނަ ޖަވާބެއް ނުލިބޭނެ ތިކަންކުރާނަމަ ލުބޮނާ ކޮމިޓީއައް ހާޒިރުކޮއް ސުވާލުކޮއްލާ އޭރުންކިޔާދޭން ނަސީދުވެރިކަމުގަ ލުތްފީ ބޭހައްފޮނުވީތޯ ނޫނީ އޭނާދޫކޮއްލަން އަމުރެއްއައީތޯ

    12
    1
  2. ތައްބެ

    މިކަލޭގެ ރާއްޖެ ގެނެސް އުމުރަށް ޖަލުގައި ބަހައްޓަން ވާނީ ކޮން ލުތުފީއެއް.

    13
  3. ކީއްކުރަން

    ކީއްކުރަން އިމްރާން ކައިރީ އަހަނީ ؟؟ ޢެކަން އެގޭ މީހަކީ.ކެނެރީގޭ ސޮރެއްނޫ ! ނޭގޭ މީހާ ބަހައްޓާފަ އެގޭ މީހާ ކައިރީ އަހާބަލް!!!

    22
    • ...

      މަވެސް މި ހިތަށް އަރަނީ ހަމަ ތިހެން. ރިޔާސަތުގަ އިން ގޮލާ ކައިރި އަހާބަލަ ދޯ.

  4. ތީބޭކާރު އަމަލެއް

    އުޅޭޤައުމުވެސް އަހަރުމެންދޯ ކިޔާދެންވީ؟

    15
    1
  5. ބަރުގޮނު

    ލުޠުފީމެން ޢުދުވާނީ ޙަމަލާ ދިނީ 1998 ގައިތޯ..؟ އޭނާއަށް ކުރި މަރުގެ ޙުކުމް އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ބަދަލު ކޮއްދެއްވެވީ ކޮން ގޮތަކަށްތޯ..؟ 25 އަހަރު ހަމަވާ ތާރީޚަކީ ކޮބައިތޯ..؟

    12
    2
  6. މޮހަނު

    ހިނި އަންނަނީ

    10
  7. ޞަ

    ބަރުގޮނު
    ޖޫން 18, 2019 13:49
    ލުޠުފީމެން ޢުދުވާނީ ޙަމަލާ ދިނީ 1998 ގައިތޯ

  8. ޞސަހެ

    ބަރުގޮނު
    ލުޠުފީމެން ޢުދުވާނީ ޙަމަލާ ދިނީ 1998 ގައިތޯ

  9. ސަބޫ

    މިއީ ހަމަ ފޭކު ކަމެއް. މިއީ ދެއްކުންތެރިކަމުގެ ގޮތުން ކުރާކަމެއް.މީނަ ފޮނުވީވެސް އެމްޑިޕީ ސަރުކާރުން. މިހާރު މިވީ ކިހިނެއް. އިމްރާން ބޮލަށް މިކަން ޖަހަން ކުރާކަމެއް.

    4
    1
  10. ފޭކް

    ކޮންހާ ޑްރާމާއެއް ކުޅޭކަށް.. މީހުން ލޮލުގަ އަދުނަ އަޅުވާކަށް؟ ގަސްތުގަ އޭނަ ބޭރަށް ފޮނުވާލާފައި އަދި އެބަ އިމްރާން ހާޒިރު ކުރާށޯލަ... އޮރިޔާމުން ދުވެބަލަ އެންމެން.. މާރީތިވާނެ