ޖަޕާނުން އެމްއެންޑީއެފް އަށް 4.5 މިލިއަން ޑޮލަރު، އެ މުއައްސަސާގެ ހިދުމަތްތައް ފުޅާ ކުރުމަށްޓަކައި ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިހާރު ކުރިއަށްދާ ޕާޓްނާޝިޕް ފޯރަމްގައި ރާއްޖެއިން ވަނީ ތަފާތު ދާއިރާތަކުން އެކި ގައުމުތަކާއި ޖަމިއްޔާތަކާ ދެމެދު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެގޮތުން އޭޑީބީއާ އެކު 10 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާއިރު އީޔޫއާއެކު ފަސް މިލިއަން ޔޫރޯގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

ޖަޕާނުގެ މި ހިލޭ އެހީ އަކީ ޖަޕާނުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑެވެލޮޕްމަންޓް" ޕްރޮގްރާމުގެ ދަށުން އެމްއެންޑީއެފަށް އަލިފާން ނިއްވާ ބޯޓަކާއި ލޭންޑިން ކްރާފްޓެއް ހޯދުމަށް ބޭއްވި އެއްބަސްވުމުކެވެ.

މި އެއްބަސް ވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެއެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކޮށްފައި ވަނީ ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކީކޯ ޔަނައިއެވެ.

ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީއިން ބުނެފައިވަނީ މިކަމުގެ ސަބަބުން އިމަޖެންސީ ހާލަތްތަކުގައި އެމްއެންޑީއެފްގެ މަސައްކަތްތަށް އަވަސްވެގެން ދާނެ ކަމަށެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަކީ ރާއްޖެ އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރިއެރުވުމަށް ބޭރު ގައުމުތަކުގެ އެހީއާ ހިޔާލު ހޯދުމަށް ކުރިއަށްގެންދާ ފޯރަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަދުނާނު

    ދެން އެމްއެންޑީއެފުން ތިޔަ ލާރިއައް ފީޗާފިލްނު ހަދާފަ އޮލިންޕަހުގަ އަޅުވަންތޯ..؟ ކާަދަރު ޕާރޓް 2 ހަދާނެ ލާރި.. ދެން ސިފްކޯއައް ބޭކާރު ޕުރޮޖެކްޓުކޮޅެއްދީފަ އެންމެންގެ ޖީބައް ބަރުކޮއްލައްވާ..