ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ދަތުރުފަތުރުގެ ސިޔާސަތު ރަނގަޅު ކަމަށް އިއުތިރާފުވެ އެސިޔާސަތުތައް ސަރުކާރުން ދަމަހައްޓާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވައުދުވެއްޖެއެވެ.

މިހާރު ކުރިއަށްދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު އިއްޔެ ވިދާޅުވެފައި ވަނީ ކަނޑުމަގުން 20 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އެޅުން ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ކަނޑުމަގުން ކޮންމެ 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އެޅުމުގެ މަޝްރޫޢުއެއް ފައްޓަވާ ވަރަށް ގިނަ ރަށްރަށުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަވާފައެވެ. އަދި ގިނަ ރަށްރަށުގައި އެއާޕޯޓްތައް އެޅުމަށް ޕްލޭން ވެސް ކުރެއްވިއެވެ. ޔާމީން އޭރު ވިދާޅުވަމުން ގެންދެވީ ކަނޑުމަގުން 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އެޅުމަށް ފަހު ކަނޑުމަގުން 15 މިނެޓުން ދެވޭ ހިސާބުގައި ވެސް އެއާޕޯޓެއް އަޅާނެ ކަމަށެވެ.

މިހާރު ވެރިކަން ކުރާ ކޯލިޝަން، އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ޔާމީން ގެންގުޅުނު އެއާޕޯޓް އެޅުމުގެ ސިޔާސަތައް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މިސަރުކާރުން އެއާޕޯޓްތަކެއް އަޅާނެ ކަމަށް އިއްޔެ މިނިސްޓަރ ފައްޔާޒު ވިދާޅުވުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ޖަވާބުދާރީ ވަމުން ފައްޔާޒު ވިދާޅުވީ އެއާޕޯޓުތައް ތަރައްގީ ކުރުމަށް ރައީސް ޔާމީިން ގެންގުޅުއްވި ސިޔާސަތަކީ އޭނާ ވެސް ތާއީދު ކުރައްވާ ސިޔާސަތެއް ކަމަށާއި އެ ސިޔާސަތަށް މި ސަރުކާރުން އަމަލު ކުރާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ދަތުރުފަތުރުގެ ނިޒާމް އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރާނީ ވައިގެ ދަތުރުތަކާއި ކަނޑުގެ ދަތުރުތައް ވެސް ހިމަނައިގެން ކަމަށެވެ.

ޔާމީންގެ ސަރުކާރުގައި ވަނީ ޑޮމެސްޓިކް އެއާޕޯޓްތައް އެޅުމުގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓްތައް އަޅަން ވެސް ބޮޑެތި މަޝްރޫޢުތަކެއް ހިންގާފައެވެ. ޔާމީންގެ ސަރުކާރުން ބޮޑެތި މަސައްކަތްތައް ނިންމި ނ.އަތޮޅު މާފަތު އެއާޕޯޓަކީ ވެސް އޭ 330 ޖެއްސޭ ވަރަށް ތަރައްޤީ ކުރަމުންދާ އެއާޕޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޞަފޫރާ

    ޔާމީންގެ ކޮން ސިޔާސަތެއްތޯ ގޯހީ؟ ވަކި ދާއިރާއެއް ދޫނުކޮށް މުޅި ރާއްޖެ އެންމެ ފަސްއަހަރުން ބިނާކޮށްލި ވެރިޔަކީ އެއީ! ޞިއްޙީނިޒާމް ، ތަޢުލީމީ ނިޒާމު ، އިޤްތިޞާދީ ނިޒާމު ، ތަރައްޤީގެ ނިޒާމް ، ޢަދުލުއިންޞާފްގެ ނިޒާމް ޔާމީން ވެރިކަމަށް ވަޑައިގެންއިރު އޮތީ ހުދުކާފޫރަށްވެ ހުލިވެފައި! މިއަދު ތިޔަ ފޮނިބުރުއްސެނީ ޔާމީން ގެނެސްދެއްވި ތަރައްޤީގެ ސަބަބުން.

    50
  2. ސިތާރާ

    ފައްޔާޒޫ.. އެއަރޕޯޓް ތަރައްގީކުރާ ކުންފުނީގެ 10 ޕަސެންޓް ހިއްސާ ފައްޔާޒައް ވިއްކުމަށް ޕްރެސަރުކޮށް ކޮށްފަ އެކަން ލިބުނީތަމިހަރު.. އެ ސިޔާސަތު ރަނގަޅުކަމަށް އިއްލާން ތިކުރީ.

    26
  3. ހުސޭނުބޭ

    ހުނހު! އެއްގޮތަކަށްވެސް ތިގޮތެއް ކަމަކުނުދާނެ! ޖަޒީރާވަންތަ ވާނީ އެއްރަށުން އަނެއް ރަށަށް ބޮއްކުރާގަނޑަކު ދިޔާމައި! އަވަހަށް ކޮންމެ ރަށަކަށް 40 ބޮއްކުރާ ހޯދައި!

    37
  4. ޔާމީނޫ

    ޝައިތާނު ކުރިޔަސް ރަނގަޅު ކަމެއްވިޔާ ބުނާނެ ރަނގަޅޭ، ސާބަހޭ ފަޔާ

    6
    37
  5. ޒާ

    ކިތަންމެ ފޫހޭކިޔަސް ހަޖޫޖެހިޔަސް ރައީސް ޔާމީނުގެ ތަަސައްވުރާއި ނުލައި މިގައުމަށް ތަރައްގީ ގެނެވޭނެ ގޮތެއްނޯންނާނެ. އެއަށްވުރެން ރައީސް ޔާމީނު ކަންކަން ކުރައްވަވާފައިވަނީ ބިނާކުރަނިވި ދިރާސާތައް ކުރެއްވުމަށްފަހު.

    71
    2
  6. ބުރޯ

    ޔާމީނުގެ ހުރިހާ ސިޔާސަތެއްވެސް ރަނގަޅު . ޔާމީން ގެތަރައްގީ ވެސް ރަނގަޅު . ޔާމީންގެ ސަބްސިޑީ ސިޔާސަތު ވެސް ރަނގަޅު . މައްސަލަޔަކަށްވީ ދިވެހިންގެ ނުވިސްނޭކަމާ ދިވެހިންގެތެރޭ ރިސްވަތާ ފަސާދަ އާއްމުވެފައި އޮތުން.

    70
    2
  7. މިސްރު

    ޔާމީންގެ ހުރިހާ މަސައްކަތްތައްވެސް ބަރާބަރު . އެމަނިކްފާނު ކަންތައް ތައްކުރައްވަނީ ހަމައެކަނި ކަމެއްކުރުމުގެގޮތަކުންނޫނެވެ. ތަޞައްވުރަކާއި އެކުގައެވެ. ދުރުވިސްނުންފުޅާއި ލައިގެންނެވެ. މިސަރުކާރުން އަދި ޔާމީންގެ އެހެނިހެން ކަންތައްތައްވެސް ރަނަގަޅުވެގެން އުޅޭނެ ދުވަސް އަންނާނެ.އިރާދަ ފުޅުކުރެއްވިއްޔާ.

    47
  8. ޠާން

    ޢެބޭފުޅާގެެ ކޮންދަތުރުފަތުގެ ސިޔާސަތެއްތޯ ގެންގުޅުއްވީ ކީއްވެތޯ އޮޅުވާލަނީ،....،.......

  9. ނަވާރަ

    ރައީސްޔާމީންއަކީ މިދިވެހިރާއްޖެ މިހާތަނައްދުއް އެންމެހަލުވި ތަރައްޤީ ގެނެސްދެއްވި ތަރައްޤީގެބާނީ އެމަނިކުފާނު މަސައްކަތްޕުޅުކުރެއްވީ ދިވެހިންނައް ފަހިމާދަމައެއްހޯއްދަވައިދެއްވަން އެކަން އެމަނިކުފާނާއިދިކޮޅުފަރާތްތަކުންވެސް ޤަބޫލުކުރާތަންމި ފެންނަނީ