އޯކިޑްމަގުގައި ހުންނަ ގެސްޓް ހައުސްއެއްގައި ނިޔާވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މާފަންނުގަައި ހުރި ގެސްޓުހައުސްއެއްގައި މިއަދު 12:18 ހާއިރު، މީހަކު އަނގައިން ފޮނުތަކެއް އަރާ، އެއްވެސް ހަރަކާތެއް ނެތް ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

އަދި އެ ސަރަހައްދުގައި ފުލުހުން ދަނީ ހަަރަކާތްތެރިވަމޔންނެވެ.

ފުލުހުން ވިދާޅުވީ އެ މީހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހާ ނިޔާވެއްޖެކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާގޮތުގައި، އެ ގެސްޓް ހައުސް އިން އެ މީހާގެ ހަށިގަނޑު ނެރުނު އިރު ވެސް އޮތީ ނިޔާވެފައެވެ. އޭނާ އެ ތަނުން ނެރުނުއިރުވެސް ގައިގާ އޮތީ ހުދު ފޮތިގަނޑެއް އަޅާފައެވެ.

ނިޔާވެފައި އޮއްވާ ފެނުނީ 22 އަހަރުގެ ޒުވާން ފިރިހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޥެސް

    ގޮތްނޭގޭ މަރެއް

    18
  2. މޫސަ

    ކުޑަދުވަސްކޮޅެއްތެރޭގަ ވަރަށްގިނަމީހުން އެކިގޮތްގޮތަށް މަރައިފި މިސަރުކާރުން : ސލމ

    9
    3
  3. ދޮން އަންނާރު

    ހަމަޔަގީނުންވެސް ތީ މެދުމިނު މުސްލިމެއް

  4. ސިހްރު

    ޕާރޓީ ކޮއްގެން ތީ! އޯޑީ ވެފަ!

    • ަ

      އަސްލު ތަ؟ އޭނަ އެކަނި ތަ އެތާ އުޅުނީ؟ އޯޑީ ވެފަ ނޫސް ގަ މެންޝަން ނުކޮށް އިނީމަ ޔަގީން ކޮށްލަން އަހާލީ ހަމަ..

      1
      1