ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ރައްޔިތުންގެ މަޖިލީސް އިން ގޮންޖަހާލައިފިއެވެ.

ރައްޔިތުންގެ މަޖިލީސް އިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޫޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މަހުގެ 12 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ކަނޑައަޅާފައެވެ.

މިގޮތަށް ކަނޑައެޅި ރައްޔިތުންގެ މަޖިލީސްގެ ޖުޑީޝިއަރީ ކޮމެޓީ އިން ހުށަހެޅި ރިޕޯޓްއަށް ބަހުސް ކުރުމަށްފަހުއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ރިޕޯޓް ފާސްކޮށްފައިވަނީ، އެރިޕޯޓަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެރިޕޯޓަށް ހުށަހެޅުއްވި އިސްލާހާއެކުގައެވެ.

ހަސަން ލަތީފް ހުށަހުޅުއްވި އިސްލާހުގައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައާއި ގުޅިގެން ޖޭއެސްސީއާއި ދައުލަތުގެ އިދާރާތުގެ މައްޗަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުގެ ބޭރުން ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ނެރެފައިވާ އަމުރެއްކަން، މިރިޕޯޓުގައި ހިމެނުމަށެވެ.

މިއަދު މަޖިލީހަށް ހާޒިރުވެ ވަޑައިގެން ތިއްބެވި 72 މެންބަރުންގެ ޔެތެއިން 64 މެންބަރުން މި ރިޕޯޓް ފާސް ކުރުމަށް ވޯޓު ދެއްވެވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަަލްސާގައި އެ ރިޕޯޓް ހުށަހަޅުއްވައި ދެއްވީ ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. އެ ރިޕޯޓް ތައްޔާރުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުން އެކޮމިޓީ އަށް ހާޒިރުކޮށް، މައުލޫމާތު އޮޅުން ފިލުވައި އަދި އެކޮމިޓީން ބައްދަލުވުންތައް ބޭއްވުމަށްފަހުއެވެ.

ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ބަލައިނުގަނެ ދީދީގެ ސަސްޕެންޝަން ދަމަހައްޓާފައެވެ. އަދި ޖޭއެސްސީގެ ނިންމުން ސައްހަ ކަމަށް ކަނޑައެޅުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އިއްޔެ ސުޕްރީމް ކޯޓު އިން ނެރުނު އަމުރުގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ޖޭއެސްސީ އިން ތަބާނުވުމަށް ނިންމާ، އެ ނިންމުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީސް އާއި އެ މަޖިލީސްގެ ކޮމެޓީތަކާއި އަދި އިތުރު މުވައްސަސާއަކުންވެސް އަޅާ ކޮންމެ ފިޔަވަޅެއް ބާތިލްވާނެ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ އަމުރު ދެމިއޮތްހާހިނދަކު މިއަދު ރައްޔިތުންގެ މަޖިލީސް އިން ނިންމި ނިންމުން ވާނީ ބާތިލް ނިންމެވުމަކަށެވެ.

ބައެއް ގާނޫނީ ވަކީލުން ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރު ރައްޔިތުންގެ މަޖިލީސް އިން ގޮންޖަހާލުމުން، އެ މެންބަރުންގެ ގާނޫނީ ހައިސިއްޔަތައި މެދު މިހާރު ސުވާލު އުފެދޭ ކަމަށެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް ރައްޔިތުންގެ މަޖިލީސް އިން ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖަހާލި ފުރަތަމަ ފަހަރެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމީ ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު ހުށަހެޅުމަކާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މޮހަނު

    މި މެޗް ނިނޭނެ ގޮތް ބަލަން މިތިބީ

    16
  2. އަފިރިންގެ ޚިޔާލް

    ދިވެހިރާއްޖޭގައި މިއޮތީ ރައްޔިތުންނަށް އޮޅުވާލާފައިވާ ޚޮދު މުޚުތާރު ވެރިކަމެއްގެ ނިޒާމެއް.... ރައްޔިތުންނަށް އޮޅުވާލާފައިވާ ވެރިކަމެއް މިހާރު މިހިގަނީ. ސްޕްރީމް ކޯޓުން އަމުރު ނެރުނީމަ މަޖްލިސް އިން އެއަމުރު އޯވަރައިޑް ނުކުރެވޭނެ..... ރައްޔިތުންނެވެ، ރާއްޖެ މިދަނީ ނަޝީދުގެ ޚޮދު މުޚުތާރުވެރިކަމަކަށް .... ހިނގާ އަވަހަށް އެންމެންވެގެން ރާކަނިމަސްކަމާ ނުވަތަ މިއަނިޔާވެރި ސަރުކާރު ސައިޒް ކުރަމާ... ޑިމޮކްރެސީއަކީ މަގުމަތީ ހަރަކާތުން ކަންކަން އިސްލާހުކުރަން އަޑުއުފުލުން....

    20
    1
  3. ޑާރޓީޕޮލިޓިކްސް

    މިހާރުމިއޮތީ އަސްލު ހަތަރެސްކަން ހަމަވެފަ. ދެންވާނީ ކިހިނެއްބާ؟؟؟؟؟؟؟؟؟؟؟؟؟؟

    17
  4. ޒާ

    މިއަދު ތިކުރާ ކަންކަން ފަހުގެ ތާރީޚަށްޓަކައި ހަނދާނުގައި ބަހައްޓާތި. ކަލޭމެން ތިޔަ ފޭހާ އިލޮށި ކަލޭމެންގެ ލޮލަށް ހެރޭތަން އަންނާނެ. ތިއީ މައުމޫނަށް ދެރަދޭން ޤާނޫނު އަސާސީއަށް ބަދަލު ގެނައިމީހުން. އެކަމުގެ ހިތިރަހަލީވެސް ހަމަ ކަލޭމެންގެ އަރުގައި. އެދުވަސް މިހާރު ހަނދާންވެސް ނެތްދޯ؟

    20
  5. ޞަފިއްޔާ

    ވެރިކަމެއް ހަލާކުވެ ދިޔުމަށް ފުރަތަމަ މެދުވެރިވާ ސަބަބަކީ އެ ޤަވްމެއްގެ ޢަދުލު އިންޞާފްދާއިރާ ފުނޑުކުރުމެވެ. ދެން ވާގޮތް ބަލަން ތިބެން ހެޔޮ ނުވާނެއެވެ.

    21
  6. މިއަދު

    މިއަދުގެ ވޯޓުގައިބައިވެރިވެ ސްޕްރިންކޯޓްގެ ނިންމުމާއިދެކޮޅަށްވޯޓްދެއްވި އެއްމެބޭފޫޅުން ދެނެލައްވާތި ތިމަޖިލިހުން ނުކުމެ މުންޑުފަޅި އަންނަދު އެއީ ވެސް ދުވަހަކަށްވާނެދުވަހެއްކަން ތިތަނުގައިތިބެގެން އަބަދު ތިފަދަ ބާރުވެރިކަމެއް ނުދެމެހެެއްޓޭނެ އަބަދު މިގައުމުގެ ވެރިކަމުގައި އޮންނާނީ އެމްޑީޕީއެއްނޫން

  7. ހުންޗާޕީސޫ

    ގާނޫނުއަސާސީގެ މައްޗަށް ކޮޅުފައިންއެރި ބާގައަތު ހުރިހާބާރެއް. ދެން ގާނޫނުއަސާސީއިން ގޮށިހަދައިގެން ކިއްލިއާއި ސަނާމުގު ބަންދުކުރަންވީ.

  8. ކޮބާ ؟

    ފިރި އަނބިދަށުވާހެން އިބޫ ނަޝީދުދަށުވީބާ؟ ޢިބޫއަށްވުރެން ހިށްވަރުދެރަ ރައީސްއަކު މިރާއްޖެއެއްގައިމު ނުދެކޭ... ނަޝީދު އަދި ބޮޑުވަޒީރުކަމަކަށްނާދޭ ، އެކަމަކު މިއޮއް ފެންނަނީ އޭނަގެ ސްޓައިލަށް ވެރިކަން ހިނގާތަން .. ހުދުމުހުތާރު އަމިއްލައެދުންބޮޑު ލާދީނީ ސޮރެއް އެއީ.. މިހާރު މިހިގާކަންތައް ސިފަވަނީ ދަރިވަރަކު މުދައްރިސަށް ކިޔަމަންނުވާހެން ނޫނީ ލަނދުހަޔާކުޑަ ދަރިޔަކު މަންމަޔަށް ކިޔަމަންނުވާހެން .. ދެން މިއެމްޑީޕީއަށް ސަޕޯރޓްކުރާމީހުން ރަނގަޅަށް ކިޔަވާ.. ފިލާވަޅަކަށްފަހު ފިލާވަޅެއް ، މިހާރު ކުރިއަށްދާ ފިލާވަޅަކީ އަމުރައްކިޔަމަންތެރިނުވުން... ޢަދި ކޮންމެގޮތެއްހަދާފަނމަވެސް ބެއިނުންވިކަންތައް ކޮށްނިންމުން..

  9. ބެއްޔާ

    މިހާރު މިރާއްޖޭގައި އޮތްސަރުކާރުން ކުރާކޮންމެ ކަމަކަށް އަދި މަޖިލީހުގެ ސުޕަމެޖޯރިޓީން ނިންމާ ކޮންމެ ނިންމުމަކަށް އަޅުގަނޑުމެން މިތިބީ ތާއީދުކޮށްގެން. އެވަރިހަމަ ހަމަ ކޮންމެ ފަދަކަށްވިޔަކަށް. މިސާލަކަށް މިރާއްޖޭގައި ތިބޭ އިންޑިޔާ ސިފައިން އަޅުކަންކުރަން ކުޑަވަރެއްގެ ބުދުފައްޅިއެއް އެމީހުން ތިބޭގޯތިތެރޭފައި އެޅުމުގެ ހުއްދަދިނަސް އަދި މިރާއްޖޭގެ ސްޕްރީމްކޯޓުގެ އިސްފަނޑިޔާރަކަށް އައިރު މުސްލިމަކު އިނަކަސް އަދި މިނޫން އެހެން ކަމެއްނިންމިޔަސް އަޅުގަނޑުމެން ހަމަ އެކަމަށްވެސް ތާއީދު. މިވެރިކަން ގެނައުމަށާއި ސުޕަމެޖޯރިޓީ ދިނީ ހަމަ މިރާއްޖޭގެ ރައްޔިތުން. އެހެންވީމައި އެވެރިންނަށް ނުލިބޭ ނިކަމެތިކަމެއް އަޅުގަނޑަށްވެސް ނުލިބޭނެ. ކޮންމެ ފަދަގޮތަކަށް ކަންކަން ދިއަޔަކަސް އެދެނީ މިސަރުކާރަށް 5 އަހަރުގެ ޓާމް ފުރިހަމަވުމަށް.

    1
    3
  10. ނަވާރަ

    މިހާރު ސްޕްރީމްކޯޓައް ނުފޫޒުފޯރުވަންތިއުޅެނީ ނުވާނެތިކަމެއް ސްޕްރީމްކޯޓުން މިކަލޭގެ މަޖްލިހުން ބޭރުކޮއްދީ