ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމަށް ތާނައިން ލިޔެފައި ހުރި އެއްޗެއް ކިޔަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވެ ބަހުގެ ހަމަލާތަކެއް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދެއްވައިފިއެވެ.

ގެސްޓްހައުސް ވިޔަފާރިވެރިންނަށް ސޮވެރިން ގެރެންޓީއެއް ދޭން ގޮވާލާ ގަރާރަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ގަރާރު ބަލާލުމުންވެސް ފެނިގެން ދިޔައީ އެ ގަރާރު ހުށަހެޅުއްވި މެންބަރު ހާސިލުކުރަން ބޭނުންވެވަޑައިގެން ނަތީޖާއަކީ ކޮބައިކަން ދޭހަނުވާ ކަމަށެވެ.

"މި ގަރާރު ހުށަހެޅުއްވި މެންބަރު ހާސިލު ކުރައްވަން ބޭނުންވެ ވަޑައިގެންނެވި ނަތީޖާއަކީ ކޮބައިކަން ދޭހަ ނުވޭ މި ހަމަގައިމުވެސް އަޅުގަނޑުގެ ކޮށި ވިސްނުމަށް ސާފުވާ ވަރަށް ދޭހަވެފައި ނެތްކަން އަލުގަނޑު ފާހަގަކޮށްލަން" މެންބަރު ސަލީމް ވިދާޅުވިއެވެ.

ޤަރާރު ހުށަހެޅުއްވި މެންބަރު ޖާބިރު ވަނީ ސަލީމްގެ މިވާހަކަތަކާ ގުޅިގެން ނުރުހުންވެ ވަޑައިގެން ސަލީމަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

ޖާބިރު ވިދާޅުވީ، މި ގަރާރުގައި ލިޔެފައި ހުރީ އިނގިރޭސި ނުވަތަ ލެޓިން ބަހުން ނޫން ކަމަށާއި، އެ ލިޔެފައި ވަނީ ދިވެހި ބަހުން ކަމަށެވެ.

"މަޖިލީހުގައި ތިއްބެވި ހުރިހާ މެންބަރުންނަށް ވެސް ތާނަ ކިޔަން އެނގިވަޑައިގަންނަވާނެ ގަރާރުގައި ލިޔެފައި ހުރީ ބަރުތާނައިން. ތާނަ ކިޔަން އެނގިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ދެކެނީ މަޖިލީސް މެންބަރުންނަށް " ޖާބިރު ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، އެޖެންޑާ 19 ގައި ވަރަށް ސާފުކޮށް ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމަށް ކަނޑައަޅާ ސިޔާސަތުތަކާއި، ކުރަން ބޭނުންވާ މަސައްކަތްތަކާއި، އޭގައި ކުރިއަށް ދާންވީ މަގު ވަރަށް ރަނގަޅަށް ބަޔާންވެފައި އެބަ އޮތް ކަމަށެވެ.

ރައްދުގައި ޖާބިރު ވިދާޅުވީ، މި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ސީދާ ތަނަވަސްކަން ކަމަށާއި، ރައްޔިތުންގެ ތަނަވަސްކަމަށް އެމްޑީޕީން ހުރަސް އަޅާ ކަމަށެވެ.

"ރަނގަޅުކަމެއް ވެއްޖެ ނަމަ އެއީ އެމްޑީޕީގެ ސިޔާސަތުގައި އޮތް ކަމެއް ގެސްޓް ހައުސްއަކީ ވެސް އެމްޑީޕީގެ ބްރޭންޑެއް ކަމަށް އެ ޕާޓީން ބުނޭ" ޖާބިރު ވިދާޅުވިއެވެ.

"ގެސްޓް ހައުސަކީ. އެމްޑީޕީގެ ބްރޭންޑެކޭ ގެސްޓް ހައުސް ކުރިއެރުވުމަށްޓަކައި ވެސް އެމްޑީޕީން މަސައްކަތް ކުރަންވީ ނޫންތޯ؟ ކީއްވެތޯ އެމްޑީޕީން ހުރަސްއަޅާ މި ގަރާރު ބަލައިނުގަންނަ ވާހަކަ މި ދައްކަނީ؟" ޖާބިރު ވިދާޅުވިއެވެ.

ގެސްޓްހައުސް ވިޔަފާރިވެރިންނަށް ސޮވެރިން ގެރެންޓީއެއް ދޭން ގޮވާލައި ޤަރާރަށް އެމްޑީޕީ މެންބަރުން ދެކޮޅު ހަދާ އެޤަރާރު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބަރުގޮނު

    ޖާބިރަށްވެސް އެގިނުލައްވާ ބަހެއް އޮންނަހެން ހީވޭ. " ކުޑަކަމުދާ އެއްޗެހި" އެގިލައްވާނެހެނެއް ހިއެއްނުވޭ. މިބަސް ޖާބިރަށް އެގިލައްވާނީ ހޮޑާފުށީގައި ސްކޫލެއް އެޅުނު ދުވަހަކުން. އެއެއްޗެހި ޕޮލިހަށް ނުދެއްވީ އެއީ ކޮން އެއްޗެއްކަން އެގިނުލައްވާތީ ކަމަށް ވެދާނެ.

    29
    5
  2. ނާގިރު

    ޖާބިރުއެއް ކަމަކު އެބުނަނީ ހަމަ ރަނގަޅު ވާހަކައެއް. ކުރިއަރުވަން ބޭނުންވާނަމަ ކީއްވެ ބޭރުކޮށްލަންވީ؟ ބޭނުންވަނީ ރައްޔިތުން އަޅުވެތިކޮށްފަ ސަރުކާރު ފަހަތުން ސަލާންޖަހަން ވިއްޔަ. މީ ބަހާ އަމަލާ ދިމާނުވާ ސުމެއްގެ ސަރުކާރެއް

    15
    2
  3. ފުޅި މަދު ފާހާނާ

    ޖާބިރަށް ތާނަކިޔަން އެނގިލައްވާތޯ؟

    7
    1
  4. ތިމަންނަ

    އާސްރާނީފަދަ ކޮމީޑިއަނުން ތިބެންޖެހޭ... ގިނަފަހަރަށް މިފަދަ މީހުން ދައްކާ ވާހަކައެއްގެ ދެކޮޅެއް ދިމަލެއް ނުވާނެ

  5. ބަރަހަނާ

    އޭ ބަލަގަ ބަރުގޮނާ ތިޔަފާޑަށް ގަޅިނޫކާތި އަހަރުމެންނަށްވެސް ވަރުހުރި ގަޅިގަނޑެއް ހޫރާލެވިދާނެ

    3
    5
  6. ކެޔޮ

    ތި ސަލީމަކީ މަވަންތަ ކަމުން މާސްޓާސް ހަދާފައި ހުރި މީހެއް.ކިބުރު ވެރިކަމުން ޕީ އެޗްޑީ ހެދުން އެޖެންޑާ 19ގެ ދަށުންއޮތީ

    11
    • ސޮޑޭ

      އެމަންޖެ ފުރަތަމަ ޑިގުރީ ހެދީ އަދި މާމޮޅު ކަމަކުން..!

  7. ހުސޭނުބޭ

    މަ އަޑުއެހިން މައުމޫނު ސަރުކާރުގައި ހިންގި އަސާސީ ކްލާހުން ފާސްނުވާ ދެމީހަކު މިފަހަރު މަޖިލީހަށް ހޮވުނު ވާހަކަ! މީއީ ދޯ އެ ދެމީހުންނަނީ! މިހާރު އެކަކު އަނެކަކާދިމާލަށް އެ ވާހަކަ މި ގޮވަނީ!

  8. މަރީ

    ތި އެމްޑީޕީ މުޅި މިގައުމު ހާލަާކް ކުރާަނެ