ހަ މީހުންނާއެކު ރިސޯޓަކަށް ދިއުމަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް އުނގޫފާރު ނެރު މައްޗަށް ބަނޑުން ޖަހާލައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި އެ ލޯންޗް ބަނޑުން ޖަހާލީ އުނގޫފާރު ނެރުން ނުކުންނަން ދަނިކޮށް ލޯންޗްގެ އިންޖީނު ހުއްޓުމުގެ ސަބަބުން ނެގި ރާޅެއްގައެވެ.

މި ހާދިސާ ހިނގިއިރު ލޯންޗްގައި ތިބީ ތުރުކީ ތިން މީހުންނާއި ބަންގްލަދޭޝް ދެ މީހެއްގެ އިތުރުން ދިވެއްސަކަށެވެ.

މައުލޫމާތު ލިބޭގޮތުގައި މި ހާދިސާގައި ލޯންޗްއިން ދަތުރު ކުރި ތިން މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަނިޔާ ލިބިފައި ވަނީ ތުރުކީ މީހަކަށާއި، ބަަންގްލްދޭޝް މީހާގެ އިތުރުން، ލޯންޗްގެ ކެޕްޓަންގެ ގޮތުގައި ހުރި ދިވެހި މީހާއަށެވެ.

މިިހާރު މި މީހުންނަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. ފަރުވާދެމުން އަންނަ މި މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެއެވެ.

އެ ނެރަކީ ދޭތެރެ ދޭތެރެއިން އޮޑިދޯނި ފަހަރުތައް ބަންޑުން ޖަހާލާ ނެރެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންތަކުރު

    އިންޖީނު ހުއްޓުމުގެ ސަބަބުން ރާޅުނަގާކަން އަދި އެނގިފައެއް ނުވޭ

    46
    6