ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރަކީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސް ކުރި ފާސް ކުރުމަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރި ކަމެއް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

މިއަދު ޑީޖޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑިޝަލް އެކަޑަމީގެ ވައިސް ޗާންސެލާ އަހުމަދު މާޖިދު ވިދާޅުވީ ގާނޫނު އަސާސީގައި ބުނާ ބުނުމަކާ ހިލާފަށް ކުރާ ކޮންމެ ކަމަކީ، އެއީ ކޮންމެ ބަޔަކު ކުރާ ކަމަކަށް ވިއަސް، ވާނީ ބާތިލު ކަމަކަށް ކަމަށެވެ.

" ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރަކީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސް ކުރި ފާސް ކުރުމަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރި ކަމެއް" މާޖިދު ވިދާޅުވިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީސް އިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މަހުގެ 12 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ކަނޑައަޅައި އެ ރިޕޯޓް ފާސްކޮށްފައެެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ރިޕޯޓް ފާސްކޮށްފައިވަނީ، އެރިޕޯޓަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެރިޕޯޓަށް ހުށަހެޅުއްވި އިސްލާހާއެކުގައެވެ. ހަސަން ލަތީފް ހުށަހުޅުއްވި އިސްލާހުގައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައާއި ގުޅިގެން ޖޭއެސްސީއާއި ދައުލަތުގެ އިދާރާތުގެ މައްޗަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުގެ ބޭރުން ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ނެރެފައިވާ އަމުރެއްކަން، މިރިޕޯޓުގައި ހިމެނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އިހުސާނާ

    މީ އަޅެ ދެން ކިހާވަރުގަދަ ވެއްޖެ ކަމެއް! މީން ފަނޑިޔާރަކު ކޮންމެ ފަދަ ކަމެއް ކުރިޔަސް އެއްވެސް ބަޔަކަށް އެޅޭނެ ފިޔަވަޅެއް ނެތިއްޔޭތަ މި ބުނެވެނީ! ހައިރާން ވެއްޖެ!

    3
    25
  2. Anonymous

    މިއަދު މަހުލިސްޖަލްސާގަ މެންބަރުން މިބުނަނީ ފަނޑިޔާރުން ރިސްވަތުހިފާވާހަކަ މެންބަރުން 1 މަސްނުވަނީސް މިމީހުން ހަންދާންނެތިއްޖެ މިހީހުން އިންތިހާބުކެންޕޭންގަ ފައިސާބެހިވަރު ވިސްނައިގެން ތިބޭތި ތިބައިމީހުންގެ ބުރިން ދިލަނަގާ އަލިފާނޯތްގޮވާދުވަސް އަންނާނެ

    24
    1
  3. ދދދދދ

    އިސްލާހް ހުށަހެޅީ އެއްކަލަ "ހަތަރު ކަށިމަތި" ތަ؟ އެއްކަލަ ދަގަނޑު ޖަނގިޔާ ވަޒީރު ކަހަލަ އޯޓިސްޓިކް ސޮރެއް އެވެސް.

    20
    2
  4. ކިނބޫ

    މި ގައުމުގަ ގާނޫނީ ދާއިރާގަ މާ ފުއްޕާފަ އުޅޭ މީހުންތައް، ގާނޫނު އަސާސީގެ ހިމާޔަތުގަ އަނގައިން ބުނެލަން ނުކެރިފަ ތިބުން މީ ކޮންފަދަ ހުތުރު ވެގެންވާ ލަދުވެތިކަމެއް! ލިބިފަ ހުރި އިލްމުން ގައުމަށް ކުރީ ކޮން ފައިދާއެއް؟ މިފަދަ މީހުން އަމިއްލަ ޟަމީރުގެ ނިކަމެތިކަމާމެދުވެސް ލަދުގަންނަން ޖެހޭނެ.

    21
  5. ނުކިޔަވާސޮރު

    ސުޕްރީމް ކޯޓުން ހުރިހާ ދިވެހިންނަކީ ބުދުދީނުގެ ބައެއްކަމަށް ކަނޑައަޅައިފިނަމަ އެ ފަހުބަހަށް އެންމެސްވެސް ތަބާވާންޖެހޭނެތަ؟ މޮޔަނުގޮވާ! ސުޕްރީމު ކޯޓަށްވެސް ލިބެނީ ޤާނޫނުއަސާސީން ކަނޑައަޅިފައިވާ ވަކި ހުދޫދެއްގެތެރެއިން ފަހުބަސް އިއްވުން!

    4
    20
    • ދޮގެއް؟

      ސުޕްރީމް ކޯޓުން ހުރިހާ ދިވެހިންނަކީ ބުދުދީނުގެ ބައެއްކަމަށް ކަނޑައަޅައިފިނަމަ އެވާނީ ޣައިރުގާނޫނީ ނިންމުމަކަށް. ތަބާވާކަށް ނުޖެހޭނެ. އެކަމަކު މިހާރު މިއުޅެނީ އެކަހަލަ ކަމެއް ވެގެނެއް ނޫން. ޓެރަރިސްޓަކަށް ހުކުމެއް ކުރީމަ އެ ޓެރަރިސްޓް މީހާއަށް ބާރު ލިބުނީމަ ހުރިހާ ގޮނޑިއެއްގަ އެމީހާ އިނދެގެން އޭގެ ބަދަލު ހިފަނީނު. މިދެން ވަރަށް ހުތުރު ނާތަހުޒީބުވެސް ކަމެއްނު. ފެބްރުވަރީ 1 ގަ ގެނައި ބަޣާވާތްފުޅާ ގުޅިގެން ފިޔަވަޅު އެޅުން ވަރަށް ބޮޑަށް އައުލާ ވެގެންވޭ.

    • Anonymous

      ހުކުމެއްގެ ވާހަކަ އެބަ ދައްކާތަ މިބަޔަކު؟
      މިކަމެއް ހިލުވައިގެން މިއުޅެނީ ކޮން ހުކުމެއް ކޮށްގެން؟! މަޖިލިހުގެ އުސްކުރި ގޮނޑީގަ އޭނދަ ކަލޭގެއަށް ކުރި ވައްކަމުގެ ހުކުމްތަ؟ އޭރުވެސް ޑީޑީ އަކީ ފަނޑިޔާރެއްތަ؟ ނޫނީ އެމީހާއަށް ކުރި ނިރުބަވެރިކަމުގެ ހުކުމްތަ؟ އެންމެނަށްވެސް އެނގޭ ފަދައިން އޭނައަކީ ޓެރަރިސްޓެއް ނޫންތަ؟ ކަލެއަށްވެސް އެނގޭނު އެކަން.

  6. ޞިރާޠު

    ދިވެހި ޤަވްމު މި ނިކަމެތި ޙާލަތަށް ވައްޓައިލުމުގައި އެހީތެރިވެދިން ، މައުމޫނާއި ، އޭނަގެ ތިން ދަރިންނާއި ، ނަޞްރީނާއާއި ، އޭނަގެ ޢާއިލާއާއި ، ޤާސިމާއި ، ޤާސިމާއެކު ތިބި މީހުންނާއި ، އަދާލަތޭމިކިޔައި ބައިގަނޑު މިކަންކަމަށް ޒިންމާވެ ދިވެހި ޤަވްމު މިންޖުކޮށްދިނުން ވާޖިބެވެ.

    20
    1
  7. އިބްރާހިމް

    ފަނޑިޔާރަކު ކީއްތޯ ކޮށްގެންމިއުޅެނީ! ފަނޑިޔާރަކު އިމުންބޭރުވާނަމަ ފުލުހުންމެދުވެރިކޮށް ތަހްގީގް ހިންގިދާނެ. ކީއްވެތޯ އޮންނަ ތަރުތީބުން ކަންކަން ނުކުރަން މިއުޅެނީ؟ ބާރުގެ ބޭނުންކޮށްގެން ކުރާކަންކަން ނިމިގެންދާނީ ހިތިކޮންނެވެ.

    18
    1
  8. މައިކާލޯ

    ކޮބާތަ ހުސްނު ސޫދު.. އެކަލޭގެ ބުނަނީކީކޭބާ މިކަމާއި..

  9. ޮޮޮޮކކކކކކކކ

    އެއްވެސް މުޤައްރަރެއްނެތި، ސިލަބަހެއްނެތި، މުޖުތަމަޢުގެ ތެރެއަށް ޤާނޫނީ ވަކީލުންގެ ގޮތުގައި ބަޔަކު ނެރެމުންދިޔައީވެސް މަނިކުފާނުގެ ނުފޫޒާއި ބާރުން ދޮއްތަ

    4
    1
  10. ނިޒާމު

    ޟމިކޮން މަޖިލިހެކޭތަމިކިޔަނީ މަޖްލިސްގެރައީސް ގެ 13 އަހަރު ދުހުގެ ޖަލުހުކުމައްވީ ކިހިނެއް އޭތި އޯކޭދޯ..ކޮބާ އެސްއޯއެފްގެ ލާރިގަނޑު ޖަމާވޯމަ އެލާރިގަނޑު ތަލާއަލާފަ މަޖުލިސް ގޮނޑި ނެގި ކަރަޕްޓް މެންބަރުން....ގައުމުހަލާކުނުކޮއް އާބިދާގެ އަންނި ގެ ހުކުން ތަންފީޒު ކޮއްދިނުމައް ގޮވާލަން

    7
    2
  11. عبدالله

    ފަނޑިޔާރުންގެ ތެރޭގައި ލިބިފައިވާ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރާ ބަޔަކު ނޫޅޭ އެއްވެސް އިރެއްނުދެއެވެ. އެހެނީ، އެއީވެސް އިންސާނުންނެވެ. މިހާރު މިފެންނަނީ، އެއްބަޔަކު އަނެއްބަޔަކަށް ކެހިދޭ މަންޒަރެވެ. ޤާނޫނޭ ޤަވާޢިދޭ ނުކިޔައިވެސް ތިޔަގޮތަށް ތިޔަކަންތައް ކުރެވޭނެއެވެ. ފަނޑިޔާރަކީ، ސުޕުރީމު ކޯޓްކަމަށް އަދި ސުޕުރީމު ކޯޓަކީ ފަނޑިޔާރު ކަމަށް ތިޔަބަލަނީ، ކޮން ލޮލަކުންތޯއެވެ؟

  12. ޢަބްދުﷲ

    قاعدة [لا ضرر ولا ضرار في الاسلام] ودورها في حماية البيئة މިއީ ސުއްނަތުގެ ނައްޞެކެވެ. މުރާދަކީ، ގެއްލުމެއް ދިނުމެއްވެސް އަދި ގެއްލުމެއް ލިބިގަތުމެއް ނެތްކަން އަންގައި ދިނުމެވެ. ޤާނޫނު އަސާސީ ހިމެނެނީ، މޭން މޭޑް ލޯވ ގެ ތެރޭގައެވެ. އެމީހެއްގެ މައްޗަށް ކުށް ސާބިތުނުވާހައި ހިނދެއްގައި އެމީހަކީ، ކުށްވެރިއެއް ނޫންކަމަށް ބަލަމުންދާ ފަލްސަފާއެއްގައި ތިޔަދައްކަވަނީ، ބޯހަމަނުޖެހޭވާހަކައެވެ. ޒިންމާދާރު މަޤާމުތަކުގައި ތަޞައްރަފު ނުފުދޭ ކުޑަކުދިންގެ ހަމާގައި ވާހަކަދެއްކޭ އިރުގައިވެސް ބުނެވޭ ނުބުނެވޭ އެއްޗެއް ނޭނގެނީތޯއެވެ؟