ދ. މާއެނބޫދޫއަށް އުދަ އަރާ އެރަށުގެ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެެެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މާއެނބޫދޫއަށް އުދަ އަރާ އެރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެރަށަށް އުދަ އެރުމުގެ ސަބަބުން ރަށުގެ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވިއިރު ބައެއް ގެތަކަށް ގެއްލުން ލިބިފައިވާކަމަށް އެރަށުން މައުލޫމާތު ދީފައި ވެއެވެ.

މިއަދުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާ ފެންބޮޑުވެފައި ވެއެވެ. އައދި މިދިޔަ ފަސް ދުވަހެއްގެ ތެރޭގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް އުދަ އަރާ ފެންބޮޑުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    އެދަ އަރާ ރަށް ތަކާ އުދަ އަރާ ސަރަހައްދު ސާވޭ ކުރަން ފެނެއެވެ. އޭރުން ފައިދާ ވާނެއެވެ. ދަމާ ގާޑިޔާ ހުރި ސަރަހައްދުގަ ޕަންޕު ބަހައްޓާ ކުޑަ ތަން ކޮޅެއްވެސް ހެދިދާނެއެވެ.

  2. ޑަމް

    ސަރަހައްދު ބަލަން ކޮމިޓީި އެއް އެކުލަވަާލަން ފެނޭ.

    4
    2
  3. މާމިގިލީ މީހާ

    ޖަޕާނަށް އައި ބިންހެލުމުގެ ސުނާމީގެ އަސަރު މާއެބޫދޫއަށް ގަދައަށް ކޮއްފި.

    5
    3