ޝަރީޢަތުގައި ހުއްޓާ ކުއްލި ގޮތަކަށް އަވަހާރަވި މިޞްރުގެ ހަމައެކަނި އިންތިޚާބީ ރައީސް މުޙައްމަދު މުރުސީ އަވަހާރަވުމުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހިތާމަފާޅުކުރައްވައިފިއެވެ.

މިއަދު ހަވީރު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މުރުސީގެ މަރުގެ ޚަބަރު އެހީ ފުން ހިތާމައާއެކުގައި ކަމަށާއި މުރުސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމާއި، އޭނާ ޖަލަށްލުމާއި، ތަޙްޤީޤެއް ހިންގުމަކީ ކުރެވިގެން ނުވާނެ ކަމެއް ކަމަށެވެ. އަދި ބަޣާވާތަކުން ގެނައި ސަރުކާރަށް މި މުޖުތަމަޢު އާނއެކޭ ބުނެގެން ނުވާނެ ކަމަށްވެސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މުރުސީ އަވަހާރަވުމާއި ގުޅިގެން ހިތާމަފާޅު ކުރެއްވީ ދުނިޔޭގެ މަދު ލީޑަރުންތަކެކެވެ. އެއީ މުރުސީއަކީ ހުޅަނގުގެ ގައުމުތަކުން ވަރަށް ނުރުހޭ ބޭފުޅަކަށް ވާތީއެވެ. ނަޝީދު ވެސް މުރުސީ އަވަހާރަވުމާއި ގުޅިގެން ހިތާމަފާޅު މިކުރެއްވީ މުރުސީ އަވަހަރާވިތާ 24 ގަޑިއިރު ވާން އުޅެނިކޮށެވެ.

2013 ވަނަ އަހަރު އަސްކަރިއްޔާ އިން ގެނައި ބަޣާވާތެއްގައި މުރުސީ މަގާމުން ދުރުކުރުމަށް ފަހު އަވަހާރަވުމާއި ހަމައަށް ވެސް ހުރީ ހައްޔަރު ކޮށްފައެވެ. އިއްޔެ މުރުސީ އަވަހާރަވީ އެމަނިކުފާނަށް އެކަށީގެންވާ ބޭސްފަރުވާއެއް ލިބުމުގެ ފުރުސަތު މިސްރުގެ އަނިޔާވެރި ސަރުކާރުން ނުދެއްވާތީ އެކަމުގެ ޝަކުވާ މުރުސީގެ އިތުރުން އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން އެތައް ފަހަރަކު ކޮށްފައި ވަނިކޮށެވެ.

މިއަދު މުރުސީގެ ހަށިކޮޅު ވަނީ ފަސްދާނުލާފައެވެ. މުރުސީ އަވަހާރަވީ ކީއްވެ ކަމެއް އަދި މިސްރު ސަރުކާރުން ހާމައެއް ނުކުރެއެވެ. މުރުސީ ފަސްދާނުލާފައި ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އީވާ

    އޭ ނަޝީދޫ ޔޫއަރ ޓޫ ލޭޓް. މިހާރު މާ ލަސްވެއްޖެ. ކަލޭ ކީއްވެ އަލް މަރްޙޫމް އަލް ޙާފިޒް ޑރ.މުރުސީ އަވަހާރަވުމުގެކުރިން ހެޔޮ ހާލުގައި ވަނިކޮށް ތިޔަ ކަންކަމާއި ދެކޮޅު ހަދާފަ އެ ބޭފުޅާ މިނިވަންކުރަން ގޮވާނުލީ ؟ ކަލޭ ތީ ހަމަ ދެއްކުންތެރިއެއް.

    89
    11
    • ޒިމްޒިމް

      ރޔާމީން ގޮވިތަ؟ ލަދުކުޑަަކަން ޕޕމ މީހުންގެ.. 48 ގަޑިއިރުވީ ގުންޑާއަކަށް ޓްވީޓެއްނުކުރެވޭ..

      7
      18
      • Anonymous

        އޭބަލަ މޑޕ ގުންޑާ. ރައީސް ޔާމީނަކީ އެއްއިރެއްގަވެސް ނަޝީދު ހެން ދެއްކުންތެރިވެގަނެގެން ދެއިރު ދެދަޅައަށް ޓްވީޓް ކުރާ މީހެއް ނޫނޭ. ދެން ދޭބަލަ ހަރުގެޔަށް

        25
        5
        • މޯދީ މާމަ

          ކޮބާހޭ ގުންޑާ ޔާމީން.. ހަމަ އަހާލީ

          4
          3
          • ޙައުލާ

            އުޅޭނެއްނު. ދެރަވީ ދޯ. ފްލެޓް ގަނޑެއްވެސް ނުލިބުނު. ހުރިހާ ޑްރީމެއް ކޮލަޕްސް. އަސާސީ ތައުލީމުގެ ވެރިޔާއަށް ހިސާބު ޖަހާދޭންބަހީ.

      • ޙައުލާ

        ރައީސްބޔާމީން ކުރާ ކަންތައްތަށްބާ އެންމެން ކުރަންޖެހެނީ. އެއީތަ ދިވެހި ގައުމުގެ އައިޑަލްއަކީ؟ މަ ހީކުރީ ރައީސް ޔާމީން ކުރިކަމެއް ނުކުރާން ހުވާކޮށްގެން ތިބި ކާޅު ބައެއްކަމަށް ތިއީ.

  2. ދުރުމީ

    މިނަޝީދަށް ކަންތައްބޮޑުވީ މުރުސީ މަރުވެގެން ނެއް ނޫން. ބަޣާވާތަކުން އޭނަގެ ވެރިކަން ވެއްޓިގެން. ޕިސް ޕިސް ކީކޭ ބުނާނީ އަޅެފަހެ

    14
    4
  3. އަބުއި

    ހާދަހެއްވައޭ މީހުންއެއްޗެތިކިޔަންފެށީމަދޯއެނގުނީ ހިތާމަފާޅުކުރަން

    13
    2
  4. އަފްއާލް

    ކަލޭ މިހާރު ދަޅަދައްކަން ފެށީދޯ.. ކަލޭ ކިބަޔަކު ނުހުންނާނީ އިސްލާމީ ރޫހެއް.. ތިޔައީ ސީދާ ޔަހޫދީންނާއި ނަސޯރާއިންގެ އެޖެންޓެއް..

    18
    4
    • ހަހަ

      ޕީޕީއެމްގެ ކުދިންނަށް ކިތަމެއް ވަރެއް ވިޔަސް ބަގާވާތް ކުރުމަކީ ހަރާމް ކަމެކެވެ.ކިތަންމެ ނުލަފާ ވެރިޔަކު ހުއްޓަސް ކިތަންމެ ނުބައިކަމެއް ވެރިމީހާ ކުރިޔަސް

      4
      5
  5. موسي

    އިންސާފެއް ނެތް ދެއްކުންތެރި ލަދުކުޑަ މީހެއް

    47
    5
  6. ނިޒާމްބެ

    މީދެންކާލުތަ ސޮނިބެ ގަމާރުން ގިނަވީމަ މިކަހަލަ ތާކުންތާކުނުޖެހޭ ހިޔަޅުންނައް ވެރިކަން ލިބެނީ މީނާއެއް ރީތި ދުވަހެން ފެންނާކައް މާގިނަދުވަހެއް ނުނަގާނެ ކަންނޭނގެ މިތެޅޭ ވައްތަރުން..

    11
    2
  7. ހެހެހޭ

    ނަސީދު މީ ދެއްކެން އުޅޭ ރައީސެއް. އަސްލު ހިތްތަކުގެ ރައީސަކީ ޑރ. ވަހީދު.

    36
    6
  8. އީވާގެ ބޭބެ

    ކަލޭ ރައީސް ނަޝީދޭކިޔައިގެން ތިކޮމެންޓުކުރާއިރު ކަލޭގެ ލަދުހަޔާތްވީ ކޮންތާކު؟

    12
    48
  9. Anonymous

    ކަލޭ ކަހަލަ ލާދީނީ ސޮރެއް ސީސީ އަކީ

    14
    4
  10. އައްޑޫ މީހާ

    ހަމައިން ނެއްޓޭ ގަޑި އަންނާނެކަން ހަމައިގަ ތިބޭ މީހުން ދެކެންވާނެ ހޭލެވުނު އިރަކުންތާ ކަމެއް އެނގޭނީ އެގުނު ވަގުތުން ކަމަށް މިބެލެވެނީ ޓްވީޓް ކޮށްލީ ކަލޯ އޯކޭ ތިވަރުވެސް

    14
    2
  11. މަސްވެރިޔާ

    ހަސަދަވެރިކަމަކީ އިސްލާމުދީނުންއިނގޭގޮތުގަ އެންމެ ނުބައިކަންތައް! މީހަކަު ރަނގަޅު ކަމެއްކޮށްފިއްޔާ ބަލައިގަންނަންނޭންގުމަކީ ނޫސްކިޔާމީހުންގެ ޖާހިލުކަން! ޝުކުރިއްޔާ ރައީސް ނަޝީދު! ވ.މަދު ލީޑަރަކަށް ކެރުނީ މުރުޝީ އަވަހާރަވި މައްސަލާގަ ޝުޢޫރު ފާޅުކޮށްލަންވެސް!

    6
    13
    • Anonymous

      މީނަ ބޭލުވީ ބަޣާވާތަކުންނޯލަ. އެހެންވެ އެކަން ގޯސްވެގެން މިއުޅެނީ. ހަމަ ދެއްކުންތެރިކަން ކެނެރީ ނަޝީދުގެ.

      11
      2
  12. ބެއްޔާ

    ކަލޭގެ ވެރިކަން ވެއްޓުން މައްސލައަކަށްވަނީ

    9
    1
  13. ބޮލި މުލައް

    ހާއްހާއްހާ
    މިސޮރަށް އަދިތަ މި އެނގުނީ މުރުސީގެ ވެރިކަން ވައްޓާލިކަން. މާރިޔާ ބުނެބަލަ އޭނަކައިރީ މުރުސީ ދުނިޔޭގަވެސް ނެތޭ.

    11
    1
  14. އިބޫ

    ތީ ހިޔަޅު ނަސީދު. މިސްޓަރ ކަންދެއްކޭ.

    6
    1
  15. ދަރި

    މުރިސީގެ ވެރިކަން ވައްޓާލީ ބަޢާާވާތަކުން ނަމަވެސް ނަޝީދުގެ ވެރިކަން މިނިދިޔައީ ބަޢާވާތަކުންނޫން މުރިސީ ވެރިކަމުގަ ބޮވޭނޭ،ބޮވެންހުންނަންޖެހޭނޭ 24 ގަޑީއިރު ހަމައިގަ
    ތިބޭނެކަމަށް ނުބެއްލެވުމަށް ވިދާޅުވެކަނާތުންކުރައްއްވާކަންތައްވާތަށްވެސްނޭގޭނެކަމަށާ،ތިމަންނަގެ
    ނުބައިކަންއަންގާލާނެކަމަށް ވިދާޅުވެ ޗާޓުންބޭރުންވެސް ކަންތައްކުރައްވާނެކަމަށް ވިދާޅުވެ ގާޒީއަކުހިފާހައްޔަރުކޮށް އެކަހެރި ކުރައްވާފައިނުވޭ ނަމަވެސް މިހުރިހާކަމެއް ނަޝީދުގެވެރިކަމުގައި ކުރައްވާ ބުނުއްވިއެއްޗެތި ބުނުއްވާފައިވޭ އަދި މުރިސީ ވެރިކަމުން އިސްތިއުފާދެއްވިކަން ވިދާޅުވެ ލައްވާފައިނުވޭ ވީމާ ބަޢާވާތުގެ ވާހަކަދައްކަވަން ނަޝީދު ފެއްޓެވީ ނަޝީދުގެވެރިކަންވެސް ބަޢާވާތަކުން ވައްޓާލީކަމަށް އިޝާރަތް ކުރައްވާފަތޯ ނަޝީދުގެ ވެރިކަންނިމުނީ ބަޢާވާތަކުންކަމަށް ގަބޫލްނުކުރެވޭ ބަޢާވާތެއްނޫންކަމަށް ތަހުގީގުކުރެއްވި ކޮމެޓީންވެސްނިންމާފައިވޭ

  16. Anonymous

    މަނިކުފާނުގެ އެކުވެރި އެމެރިކާއިން މުރުސީގެ ވެރިކަން ވައްޓާލީ. ފައިސާއާ އެހެން ވަޞީލަތްތައް ފޯރުކޮށްދީގެން. އެއީ މަރުޙޫމް މުރުސީގެ ވެރިކަމަކީ މަނިކުފާނުގެ އެކުވެރި ހެޔޮއެދޭ އިޒްރާއީލަށް އޮތް ނުރައްކަލެއް ކަމަށް ދެކިގެން. މަނިކުފާނަށް މުރުސީ ހުންނެވީ ޖަލުގަ ކަމެއް އެގިވަޑައެއް ނުގަންނަވާތޯ މިއޮތްހާ ދުވަސްވީއިރު. ގައިމު އަންސަންސޫޗީ މިނިވަންކުރަން ގޮވާލިގޮތަށް މުރުސީ ޖަލުގައި އޮންނެވިއިރު ގޮވާލެއްވިނަމަ ބައިނަލް އަޤްވާމީ ދުނިޔެއަށްވެސް އެނގުނީސް ތީ ޑިމޮކްރެސީއަށް މަސައްކަތް ކުރާ ބޭފުޅެއްކަން. މިހާރު ތި ހެއްދެވީ އެންމެ ނުބައި ޔަހޫދީން ކަންތައްކުރާ ގޮތަށް މުރުސީ އަވަހާރަވީމަ މާހެޔޮއެދޭ މީހަކަށް ތިޔަވެވުނީ. އަސްލު ޙަޤީޤަތަކީ ޑިމޮކްރެސީއަކީ ތިމާމެން ޙާޞިލްކުރަން ބޭނުންވާ ކަމެއް ޙާޞިލްކުރަން މީހުން ވާވައްދަން ބޭނުންކުރާ ދެމިޔަލީ ކަނޑިއެއް. ކަނޑީގެ ފުރިހަމަ ބާރު އަތަށް އެރުމާއެކު މީހުން ފަނާކުރުމާއި ޤައުމުގެ ސިންގާތައް ކަތިލުމުގައި އަވަދިނެތި ޑިމޮކްރެޓުން އުޅޭނީ. މަނިކުފާނާއި އެކުވެރިޔާވެސް އެހެން ނޫންތޯ ތިޔަ އުޅުއްވެނީ. ދިވެހި ސިންގާތައް ކަތިލައި މަރަމުން ތިޔަ ދުވެވެނީ. އެންމެފަހުން ޢަދުއްވުންގެ ކުއްތާތައް ފާވާނީ ދިވެހި ނިކަމެތި ރައްޔިތުންގެ މައްޗަށް. މަނިކުފާނާއި ޢާއިލާއާއި އެކުވެރިން، ރަޙުމަތްތެރި އިނގިރޭސި ވިލާތާއި، ދުނިޔެ ފަނާކުރާ ދައްޖާލު އެމެރިކާގައި އުފަލުގައި ތިއްބަވާނީ. މިހާރު ޑިމޮކްރެޓިކު ވެގެން ޢާއިލީ ވެރިކަން ކުރައްވާ، ރާއްޖޭގެ ހުރިހާ ބާރެއް މުށުތެރެއަށް ނުލެވިގެން ތިޔަ އުޅުއްވަނީ. މަނިކުފާނެކޭ ސީސީއެކޭ ކޮބައިތޯ ތަފާތަކީ.

  17. ކެޔޮޅު

    އަންނި އަށް އަދި މިދުވަސް އަންނާނެ. ނެ.