ކޮންމެ މުވައްސަސާއަކުން ވެސް އެ މުއައްސަސާއެއްގެ ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

މައުމޫން މިގޮތަށް ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމާގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓުގެ ދެމެދު ކޯޅުންގަނޑެއް އުފެދިފައިވަނިކޮށެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މުއައްސަސާއަކުން ވެސް ގާނޫނު އަސާސީ ތަންދޭ ގޮތެއްގެ މަތިން އަދި އެ މުއައްސަސާއެއްގެ ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރެއްވުމަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގޮވާލާ ކަމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަންގެ މައްސަލަ ވަަރަށް ހޫނުވެފައިވާއިރު، އޭނާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ މަޑު ކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ތަބާނުވާން ޖޭއެސްސީ އިން ނިންމި ނިންމުމަކީ ޢައިރު ގާނޫނީ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ވިދާޅުވެފައެވެ.

އަދި މިއަދު ރައްޔިތުންގެ މަޖިލީސް އިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މަހުގެ 12 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ކަނޑައަޅައި އެ ރިޕޯޓް ފާސްކޮށްފައެެވެ.

ފަނޑިޔާރު ދީދީގެ އިތުރުން ވެސް ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސަންތިމަރިޔަބު

    ސުބުޙާނަށްﷲ އަނެއް ކާާމާސިންގާ ހަނދު ކޭތައެއްގެ ކުލަވަރު ނޫންބާ؟ އާދެ ކޮންމެ މުއައްސަސާއަކުންވެސް އެމުއައްސަސާއެއްގެ ގާނޫނީ ހުދޫދުގެ ތެރެއިން ކަންތައް ތައް ކުރުމައް ވިދާޅުވާއިރު 1ފެބްރުއަރީ 2018 ގެ އަމުރު އޯކޭ މިފަހަރު ގާނޫނުގެ ހުދޫދުގެ ތެރެއިން ކުރުމަށް ދެއްތޯ؟ ހަމަ ހިނިއަންނަނީ

    64
    8
  2. ހޯހޯ

    ކާފާފުޅުމެން މިހާރު ކޯންޗެކޭ ކިޔާކަށްދެން

    44
    2
  3. ނޫނު

    ކުރިން ވަރަށް އިހުތިރާމް ކުރެވުނު. އެކަމް މިހާރު ތީ ހަމަ ހައްޕުޑު. ރީންދޫ ބައިގެ ފައިބުޑަށް ވެއްޓުނު ފަހުން. ދެންވެސް މަޑުން ހުރެވޭތޯ ބަލާބަ. ދިން ގެއްލުން ގައުމަށް ކުޑައީތަ. ކޮށްކޯފުޅުގެ ސްޕީޑް ފެނިފަ ޖޭވީ ދޯ އެދުވަހު

    56
    5
  4. ގޮޅާބޯ

    މިވަރުގެ ލަދުހަޔާތްކުޑަ މީހެއް މިއުޑުދަށަކު ހުންނާނެ ހެނެއް ހިޔެއްނުވެ ކަލޭމާތާހިރެއް ނޫން މީހާރު އަނގަ ފޭކުރާކައް ވަރައް މޮޅުތަކެއް ވެއްޖެއެއްނުން ވަރައް އަވަހައް ފާރިސް އައް ދޭނެ ޖަމިއްޔަތުލް ފަލާހުގެ ރައިސް ކަން

    22
    1
  5. ނިޒާމު

    ޟމުޅ ގައުމު ތިހަލާކުކުރަނޯ މައުމޫނޒާއި އޭނަގެ އާއިލާއިން އަދި މިކަމުގައި ބައިވެރިވި ގާސިމް އިބްރާހިމް، އަދާލަތު ޕާޓީ އަދި ނުވިތާ ގާސިމު އަންހެނުންނާއި މައުމޫނުގެ ނަސްރީނާ މެން...މި ބައިގަނޑުގެ ސަބަބިން މިގައުމު މިއޮތީ ހަލާކުވުމުގެ ތުންފަތްމަތީ ތިޔަބައި ގަނޑު މިކަމުގެ ޒިންމާ ފުރިހަމަޔައް ނަގަންޖެހޭނެ..

    34
    1
  6. ޢަބްދުﷲ

    މިފެންނަނީ، ސުޕުރީމު ކޯޓުގެ ނިންމެވުމަކާއި ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ނިންމެވުމަކާއި މަޖިލީހަށް ނިޞްބަތްވާ ކޮމެޓީއެއްގެ ނިންމެވުމެކެވެ. މީގެތެރެއިން ކޮންމެ ބަޔަކުވެސް މިބުނަނީ، އެބައެއްގެ ނިންމެވުން ޞައްޙަކަމުގައެވެ. މިގޮތުން، ޤާނޫނު އަސާސީއާޢި އެއްގޮތްވާ ނިންމެވުމަކީ، ސުޕުރީމު ކޯޓުގެ ނިންމެވުން ކަމުގައި އެކޯޓުން ބުނާއިރު، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ނިންމެވުމާ، މަޖިލީހަށް ނިޞްބަތްވާ ކޮމެޓީގެ ނިންމެވުމަކީ، ސަރުކާރުގެ ނަޒަރުގައިވެސް ބަރާބަރު ނިންމެވުމެކެވެ. އެބަހީ، ރައީސް ޞާލިޙުގެ ފުރިހަމަ ތާއީދު ލިބިފައިވަނީ، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ނިންމެވުމާ، މަޖިލީހަށް ނިޞްބަތްވާ ކޮމެޓީގެ ނިންމެވުމަށެވެ. އެހެންކަމަށްވާނަމަ، ޑީޑީއަށް މަޤާމުގައި ނުހުރެވޭނެއެވެ. ދައުލަތުން މުސާރައެއް ނުދެއްވާނެއެވެ. މީގެކުރިން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސެއްގެ މަޤާމުގައި ހުއްޓާ ގޮޑިގެއްލުނު މުޙައްމަދު ފަހުމީ ޙަސަނުގެ ދަރަޖާގައި ޑީޑީގެ މައްސަލަ ދެމިއޮންނާނެއެެވެ.

    5
    7
  7. އަލިބިޔާއްކަލޯ

    ހާދަލަހަކުންނޭ ބެއްޔާގެ އަނގަމަތީ އަޅާފަހުރި ޓޭޕު ގަނޑު ނެއްޓުނީ
    ބެއްޔަމެން ނުވެގެންއުޅުނުކަންތަށް މިދަނީކުރިޔަށް މެކުހައްޖަހާފަ
    ދެން ހިނގާ އަށްޖަހަން އަށްޖަހަން.................

    20
  8. ޖޮއްބެ

    ކާފާފުޅު މިސަރުކާރު އައިފަހުން އަނގަފުޅުމަތީގައި ޓޭޕްއަޅުއްވައިގެން މިއޮއްހާދުވަހު ހުންނެވިހެން ދެންވެސް ހުންނަވާ. އެހެންނޫނީ އަނެއްކާވެސް “ގޮޅާބޯ”ގެ ލަގަބު އަރުވަފާނެ.

    23
  9. ޥިސްނޭ

    ގައުމު ހަލާުކުކުރިމީ ހަކީތި ޕިންކީންގެ ބޮޑުމީހާ ވެރިކަމާއިގެން ހަށިހެއިން ނެއްޓިގެން މަައުމޫނެއްނޫން ގައުމުގާ އަނގަހުޅުވޭމީހަކު ވިއްޔާ ދަމާފަ ގެންގޮސް ޖަލައްލާ ގާނޫނަކަށް ބެލުމެއްނެތި އަތްތަކާރީންގެ ބަހައްހެއްލި ތިމާއަށް ދުނިޔެރަންވީ ...ބުނެވޭނީ ގައުމުފަނާކުރިމީ ހަކީ ތިޕިންކީންގެ ބޮޑާކަލޭގެއޭ

    7
    15
  10. އަލީ

    އަޅުގަނޑު ވަރަށް އިޙްތިރާމް ކުރިން. މަނިކުފާނު ވިދާޅުވެގެން ވޯޓުވެސް ލިން. އެކަމަކު އޭގެ ފަހުން ކަންވީ މުޅިން އޭރުވެސް އެންމެން ކިޔަމުން ދިޔަގޮތަށް. ސޮރީ. މަނިކުފާނަކީ ރާއްޖެ މިހާރު މި އޮތް ހާލަތުގެ އެކަކު.

    15
  11. ޗާލު

    ގައުމު ހަލާކުކޮށްފަ ދެން ކީކޭ ކިޔާކާށް. ނަޝީދު ސަލާމްބުނި

  12. ކުޑަހުސޭނު

    މިކަލޭގެ އެންމެވައްތަރުވަނީ ނުބައިބާކުޅޭ ހިންދީފިލްމުގެ އޮމްރިސްޕޫރީއާ ގައުމުފުޑަން ބައިވެރިވި ޖާހިލު.

  13. އީޖާބޭރާއްޖެ

    ތިމާއަށް ދުނިޔެރަންވީ ބުނެވޭނީ ގައުމުފަނާކުރިމީ ހަކީ ތިޕިންކީންގެ ބޮޑާމީހާއޭ އަދި މިގައުމުގެ ރައްޔަތުން ކުއްޔައް އުޅެންޖެއްސި މީހަކީވެސް ހަމަ ތިޔަމީހާ މާލޭގެ ރަސްޔަތުންލައްވާ ބިންހިއްކަން މަސަކަތް ކުރުވާފައި ހުރިހާބިމެއް ހިސޯޜުކޮއް ހުޅުމާލެވެސް ހިއްކީ ނަމުގައި މާލޭގެ ރަށްޔަތުންނަށް އެކަމަކު ބިން ހަމަ އެކަނި މާލޭގެ ރައްޔަތުންނައް ވިއްކަންފެއްޓީ އަދި ފުލެޓްގެ ނަމުގައި ގެސްޓްހައުސް އަޅައިގެން ރަށްޔަތުން އަޅުވެތިކުރީ ރށްރަށުގެ މީހުންނައް ހިލޭ ބިން ދޫކޮއް ބައެއްރައްރަށުގައި ގެދޮރުއަޅާފައި ދިނީ ވޯޓްހޯދަން ދެން މިޔަދު ކީކޭތޯ ތިވިދާޅުވަނީ