ޖަޒީރާ ރާއްޖެ މެނިފެސްޓޯ، މުޅި ދުނިޔެއިން ބަލައިގެންފައިވާ ކަމަށް، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

35 ޤައުމަށްވުރެ ގިނަ ޤައުމުތައް ބައިވެރިވެގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ، ޕާޓްނާރޝިޕް ފޯރަމް ނިންމާލެއްވުމަށްފަހު، މީޑިޔާތަކަށް މަޢުލޫމާތު ދެއްވުމަށް، ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ޖަޒީރާ މެނިފެސްޓޯ މުޅި ދުނިޔެއިންވެސް ބަލައިގަނެފައިވާ ކަމަށާއި، މިއީ ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މި ސަރުކާރަށް މި ވީ ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި މިފަދަ ބޮޑު ބައްދަލުވުމެއް ބޭއްވުނުކަން މި އަންގައިދެނީ، ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ތަރައްޤީގެ ތަޞައްވަރު ބައިނަލް އަޤުވާމީ ދުނިޔެއިން ޤަބޫލުކޮށްފައިވާ މިންވަރު. މިދިޔަ ދެ ދުވަހު އަޅުގަނޑުމެން މި ތަނުގައި މިކުރި މަސައްކަތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވަރު، ޖަޒީރާ ރާއްޖެ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ފަހުމް ކޮށްދިނުން، ވިސްނައިދިނުން، ވިއްކައިދިނުން. އަޅުގަނޑުމެން މިކުރި މަސައްކަތުގެ ތެރޭގައި އިޙްސާޞްވެގެން ދިޔައީ ބައިނަލް އަޤުވާމީ މުޖުތަމަޢު ޖަޒީރާ ރާއްޖެ ޤަބޫލުކޮށްފިކަން." ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، މި ސަރުކާރުން ވެފައިވާ ހުރިހާ ވަޢުދުތަކެއްވެސް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފުއްދޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އޭގެ ފޮނި މީރުކަން ވަރަށް އަވަހަށް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އަޅުގަނޑުމެން މި ފޯރަމްގައި މި ދިން މަޢުލޫމާތުތައް ބޭރުގެ ފަރާތްތަކުން ވަރަށް ރަނގަޅަށް ބަލައިގަނެފިކަން. އަޅުގަނޑުމެންނަށް ޔަޤީންވެއްޖެ، އަޅުގަނޑުމެން ވީ ހުރިހާ ވަޢުދެއްވެސް ފުއްދޭނެ ކަން. އަޅުގަނޑު ކުރިންވެސް ދެންނެވިން. މިއީ ފެށުމެކޭ، މިއީ ނިމުމެއް ނޫނޭ. އެހެންވީމަ، ކުރިއަށް އޮތް ތަނުގައި މި ކަންކަމުގެ ޢަމަލީ މަސައްކަތް ފެށި އޭގެ ފޮނިކަން ރައްޔިތުންނަށް ލިބޭނެ." ޝާހިދު ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް މިދިޔަ ފޯރަމުގައި ޖުމްލަ 70 މަޝްރޫޢެއް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޑި

    ޖަޒީރާ ރާއްޖެ ބަލައިގަނެ ކަމީނާ ރާއްޖެ އަކަށް ވަނީތޯ

    46
    1
    • ބީ

      ޔާގުންޑާގެ ވެރިކަމުގައި ވެފަ އޮތީ!! ދެން އަތް ޖަހާ

      18
      • Anonymous

        ހޫނ. މޑޕ ގުންޑާއިންނަށް ކެތެއް ނުވޭދޯ. އަދިވެސް ހަޖަމް ނުކުރެވޭ. ހާހާ.

  2. ޜަފީ

    ބަދަލުގަ ރާއްޖޭގެ ރައްޔިތުން ދައްކަންޖެހޭ ދަރަނި ވަރައްވެސްބޮޑު

    16
    • ތެދު ހަގީގަތް

      ޔާގުންޑާގެ ވެރިކަމުގައި ގައުމު އޮތީ ދަރާފަ!!ހަޖަމު ކުރޭ!!ދެން އަތް ޖަހާ

  3. ހަމާރާދޭޝް

    ޖަޒީރާ ރާއްޖެއަކު މެނިފެސްޓޯއެއް ނޯވޭ.. އޮންނަނީ ހުޅަނގުގަޔާއި އިންޑިޔާގަ ތިބި ޕަޕެޓް މާސްޓަރުން ރާއްޖޭގައި ހިންގަންބޭނުންވާ ޖަރީމާ ލިސްޓެއް. މިއީ ތޯތޯ ވާހަކައެއްނޫން.. ޕުރޮޖެކްޓުތަކުގެ ފަހަތުގައި ފޮރުވިފަ ހުރީ ކަރަޕްޝަނާއި ރާއްޖޭގެ މިނިވަންކަމާއި އިގުތިސޯދޔ ވަކި ގައުމުތަކެއްގެ ކޮންޓުރޯލުގެ ދަށައްގެނަސް އިސަލާމީވަންތަކަން ގާނޫނު އަސާސީ ބަދަލުކޮއްގެން ބަލިކަށިކޮއްލުން.

    18
  4. ނަވާޒް

    މިވެރިން ގެންގުޅެނީ ލޮލައް ނުފެންނަ މެނިފެސްޓީއެއް.. އޭގަ އޮންނައެއްޗެއް އިންގެނީ ބޭރުގައުމެއްގެ ބަޔަކު ބުނީމަ ޔޯ..

    18
  5. ޟމސ

    ރާއްޖެ ޕްރީޕެއިޑުން ޕޯސްޓް ޕެއިޑަށް ބަދަލުކުރަން ޝަހިދު ކަޕޫރު އުޅެނީ

    26
  6. Anonymous

    ފުރަތަމަ ކަލޭމެންނަކީ ފުރިހަމަ މުސްލިމުންތޯ ސުވާލުކޮއްލަން ބޭނުން، ދުނިޔޭގެ ތިބި މުސްލިމުންގެ ޢަދުއްވުންނާ ގާތްގުޅުން ބާއްވައިގެން ކޮންސަކަރާތެއްތިޖަހަނީ، ކޮންމެދުވަހަކު އަރާ ޖަޒީރާ ކަހެރުވަކޭ އެބަކިޔާ، ކުޑަމިނުން މިގައުމުގެ ރައްޔިތުންގެ އަސާސީ ޙައްގުތައް އަދާ ކުރެވޭތޯ ބެލިއްޔާ މާ ރަނގަޅު.

    31
  7. މުހަންމާ

    ޢެދުމެއްނެތިވެދުމެެއްނުކުރާނެޔޭބުނާމުސްކުޅިހަރުބަހެއްވެސްއޮވޭ، ހުވަފެންބިލާހަކައްނުވިއްޔާކިތައްމެހާވެސްރަންގަޅު
    ޙުވަފެންހަގީގަތަކައްނުވެޖެއްޔާދެރަކަމުގެކޮޅެއްވެސް
    ާނެތް، ލިބޭމިންވަރައްއީމާންވަމާހިންގަވައު،

  8. ގުނަން

    ހާދަ ބޮޑާ ކަމާ ކިބުރުވެރިކަން ހުރި ސައިތޯނީ މީހެކޭ މި ޝާހިދު އަކީ، ދޮގު ވާހަކަ ފެތުރުމާއި، ޤައުމު ފަސާދަ ކުރުން،

    16
  9. ޥާލުސޮރު

    ސާހިދުގެ ތަލަ ބޯވެސް މޮހާރު ވަނީ މޫޑީ ބަލައިގަނެފަ

    12
  10. ވެބްކެމް

    ހެހެ! ބުނާ އަޑު އަހަން ކުރީގަ އުޅުނޯ ވެބޫހުއްތު ކިޔާ މީހަކު!

    11
  11. ބޮލި މުލައް

    ބަލައިގަންނާނެ
    އެހީދޭ ކޮންމެ ޤައުމަކަށް ދިވެހިންގެ މިލްކިއްޔާތުން ބައެއް.، މިހާތަނަށް ނާށިގަނޑު ހިފައިގެން ނުކުމެ ސާހިދު ހޯދި ލާރިން ބޮޑުބައެއް އިނގިރޭސިވިލާތުން ހޯދި ގެއަށް ހޭދަކުރިކަންވެސް އަހަރެމެން ބަލައިގަނެފިން.

    13
  12. ބޮޑޭ

    މުޅި ދުނިޔެއަވެސް މަރުހަދާކަން އެނގެމުންދަނީ "ދިވެހިރާއްޖެ" މި ނަން ވެސް ބަދަލު ކުރަނީ ޝާހިދުމީ ދިވެހި ރައްޔިތުންނަށް ބަހާޢަމަލުން ޚިޔާނަތްތެރި ވެފައިވާ ވަގެއް! ކުރީގެ ސަރުކާރު ވަރެއްނެތް

  13. އަފީ

    އަބްދުﷲ ސާހިދުއަކީ ފައްކާ ބޮޑެތި ދޮގު ހަދަން ހަމަ މަރެއް! މީ ދޮގުހެދުމުގެ ލާމަސީލް މިސާލެއް! ތިޔަ ބުނާ ޖަޒީރާ ރާއްޖޭގެ މެނިސްފެސްޓޯ ބަލައިގަތްކަމަށް ވާނީ ތިޔަބުނާ ފޯރަމުން ހުށަހަޅާފައިވާ ކަންކަން ކުރުމަށް ބައިވެރިވި ގައުމަކުން ތިޔަ ކަން ކަމަށް އެހީވާނެ ކަމަށް ބުނުމުން! އަދި ފޯރަމެއް ބާއްވާފައި މިކަން ވަރަށް ކާމިޔާބޭ ބުނީމާ އަންނަނީ ހިނި.. ބަލަގަ ތިޔަ ފޯރަމުން ތިބުނާ ކަން ކަމަށް ކިރިޔާވެސް އެހީގެ އަތެއް ދިއްކޮށްލީ ޖަޕާން، 4 މިލިއަންޑިލަރު، ސައުދީން 50 މިލިއަން ޑޮލަރު، ކުވެއިތު ފަންޑުން އެހީވުން، ނަތީޖާއަކަށް ވީ ސަރުކާރު ފެއިލްވީ ފޯރަމް ބާއްވައިގެން...ރައީސް ޔާމީން ސަރުކާރުގައި މިގައުމަށް އިންވެސްޓް ކުރަން އިންވެސްޓަރުން އަމިއްލައަށް ސަރުކާރުގައި އެދެމުން ދިޔައީ، ނާށިގަނޑު ހިފައިގެން އާދޭސް ކުރަން ނުޖެހޭ! މިހާރު ތިޔަކުރާ ކަމަކީ ވެރިކަން ކުރުމުގެ ގާބިލްކަމެއްނެތް ބަޔަކަށް ކަންކަން ކުރަން ނޭގުމުގެ ސަބަބަން ނާށިގަނޑު ހިފައިގެން ސަލާމް ޖަހަން މިޖެހެނީ! އަދިވެސް ބޯކޮށްޕާލާ ތަނެއް އޮތިއްޔާ!

  14. ނަސީދު

    ފައްޅިއެޅުމާއި ރާވިއްކުމާ އެފަދަ ކަންތައްތައް ކުރަން

  15. ހުސޭނުބޭ

    ޖީވަންޓޭ! ރާއްޖެ ބަލާގަތީކީ ނޫން! ރާއްޖެއާ ދިމާލަށް ބަލަނީ! ވެދާނެ ކަލޭ ރީތިކަމުން ކަލެޔާ ދިމާލަށްވެސް ބަލާކަމަށް!