މެލޭޝިއާ އަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނެވި ޑެޕިއުޓީ އެމްބެސެޑަރ ޣާނިޔާ އަބްދުލްޣައްފޫރު މިއަދު އެމަގާމުން ދުރުކޮށްފިއެވެ. ޣާނިޔާ އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުންނެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޣާނިޔާ ޑެޕިއުޓީ އެމްބެސެޑަރު ކަމުން ވަކިކުރީ މިއަދު އެވެ.

މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ކަމަށް ޣާނިޔާ އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭގެ ކުރިން އޭނާ ވަނީ ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައެވެ. ޣާނިޔާ އަކީ ޤާނޫނީ ދާއިރާ އިން މަތީތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ޤާނޫނީ ވަކީލެކެވެ.

މިއަދު ޣާނިޔާ ވަޒީފާ އިން ވަކިކުރި އިރު އޭނާގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނެ އޭނާގެ ފިރިކަލުން ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ. ނަމަވެސް ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ އެއްމިލިއަން ޑޮލަރާއި ގުޅޭ ގޮތުން ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

ޣާނިޔާ މިއަދު ވަޒީފާ އިން ވަކިކުރީ އޭނާ ވަޒީފާ އިން ވަކިކުރަން ރައްޔިތުން މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުންނާއި، އެމްޑީޕީގެ އެކްޓިވިސްޓުން މީސް މީޑިއާގައި ގޮވާލަން ފެށިތާ ދެތިން ދުވަސް ވީތަނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ސަަައި

    ކޮބާ ނަޖީލް ވަކިނުކުރަޭތަ؟ އެވެސް ޔާމީން ގެ މީހެއް.

    34
    18
  2. އަލީރާޖާ

    ރަގަޅު ނިންމުމެއް. އެހެން ސަރުކާރެއްގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ބަހައްޓާކަށް ނުޖެހޭ.

    31
    158
    • ...

      މި ކިހިނެތް ސިޔާސީ މަޤާމަކަށް ވީ؟

      117
      8
    • އައްޑޫ މީހާ

      މިއީތަ އެބުނާ ހެޔޮވެރިކަން ކޮންމެ ރައްޔިތަކަށް ހަމައާއި އިންސާފް ހޯދަދޭން ވައުދުވި ގުންޑާ ސަރުކާރުން މިފެންނަނީ އިންސާފާ ހަމަގަމަކަން ކޮޅުފައިން ޖަހާލާ އޑޕ އަށް ނިސްބަތް ނުވާ ކޮންމެ މީހަކު ވަޒީފާއިން ކަނޑާލާ އެއްލާލާ މަންޒަރު މިއީ އަނިޔާ ކުރުން ނުން ދެން ކޮން ކަމެކޭތޯ މިޔަށް ކިޔާއުޅެނީ ؟

      23
      1
    • ދދދދދދ

      އެއީ ތެދެކޭ. ވެލިކާ ގްރޫޕްގަނޑުވެސް އެކީ ބޭރުކުރޭ. އަނގައައްޕަޗި ވަޒީރާއި، ރީލޯޑު ވަޒީރާއި، ކިއްލިގޯތި ބޫންބޫން ވަޒީރާ މިތިބީ މުޅިން ފީކަޅާއިން.

      12
  3. ޙޭ

    މި ސަރުކާރުން މީހުން ވަޒީފާއިން ވަތްކެއް ނުކުރާނެ. ކުރިޔަސް އެއީ އަނިޔާއެއް ނޫން. އަދިވެސް އަތްޖަހަން ތިބެބްވީތަ؟

    151
    6
  4. Anonymous

    ކުށެއް ކުރިކަން ސާބިތުނުވެ މީހުން ވަޒީފާއިން ވަކިކުރުމަކީ ދެވޭ އަނިޔާއެއް ނޫންބާ؟ މިސަރުކާރަށް ހަމައެކަނި ބެލެނީ އެމްްޑީޕީއާ ގުޅުމެއްނުވާ މީހުންގެ މައްސަލަތައް އެކަނި! ދެންވެސް ކިޔަންވީ އިންސާފުވެރި، ވަކިއަތަކަށް ނުޖެހޭ އޯގާތެރި ސަރުކާރޭ؟؟؟؟؟؟؟

    215
    6
  5. عادي

    އެމްޑީޕީގަ ތިބީ ނިޔާވެރިން އަނިޔާވެތިންނެއްނޫން ކޮންމެކަމެއްވެސް އެމީހުން ކޮއްފިއްޔާ ރަގަޅުވާނެ

    107
    3
  6. Anonymous

    މިސަރުކާަރުން އަނިޔާވެރިއެއއްނުވާނެ .ވަކިކުލައަކަށް ނުބަލާނެ . ރައްޔިތުންގެތެރެއިން އެއްވެސް ރައްޔިތަކުބާކީނުކުރާނެ. ކޮންމެރައްޔިތަކަށްވެސް އިންސާފުގެރިކަމާއެކު ހަމަހަމަފުރުސަތުއޮންނާނެ ޖޫޑިޝަރީގެތެރެއަށް އަތެއްނުބާނާނެ. ފަހަރުގައަދި ގޮށްމުށުން ކަމެއްނިންމާލުން އެއީކޮށްފާނެކަމެއް . ބޭބެސޭފް.... ކެކެކެކް

    16
  7. ނަފުސާނީ އަޒާބު

    ކުށްކުރިކަމަށް އެކްޓިވިސްޓުން ބުނަނީ ޑީޑީ، އެކަމަކު އަދަބު މިލިިބުނީ އަނބިކަނބަލުންނަށް، ޑީޑީ އަށް އަދަބު ނުދީ، ލޮބުވެތި އަނބިކަނބަލުންނަށް އަދަބުދެއްވީމާ ކަމަކު ނުދޭ!
    ތިޔައިން ބޭފުޅަކު ކުށެއް ނުކުރައްވާތި! ދެން ނޫހުގަ އޮވެދާނެ "ތިޔަބޭފުޅާގެ އަނބިކަނބަލުން ވަޒީފާއިން ވަކިކޮއްފި" ހެދވަރަކަށް ނެތެމުންދާ ގާނޫނުތަކުގައި އޮތީ ކީކޭބާ؟ އިސްލާމީ ޝަރީޢާގައިި އޮންނަނީ "އަދި ފާފަވެރި އެއްވެސް ނަފުސެއް، އެހެން ނަފުސެއްގެ ފާފަޔެއް ނުއުފުލާނެތެވެ. " (53 ވަނަ ސޫރަތުގެ 38 ވަނަ އާޔަތް)

    10
  8. ޢަބްދުﷲ

    ޢަދާވާތަތެރިން ނުއުފެއްދުމަށް އަންގަވާފައިވާއިރު، އެއްވެސް ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމުން އޮންނާނީ ޢަދާވާތަތެރިއަކު އުފެދިފައެވެ.

    31
    1
  9. ނިޒާމު

    ބޯގަޅިތައް ތެޅިފޮޅެނީ ތޮމަގާމުވެސް ކޮންމެވެސް ހިންނަވަރު މީހަކައްދީ. ޥެރިކަމައް ދަހިވެތިވެފަ ތިބި ބައިގަނޑެއް. ޢެކަމަކު ހޮޓާގަނޑެއްވެސް ހިންގަން އިނގޭ ބައެއްނޫން..ލަދުކުޑަކަން..އިންޑިއާ އާއި ހަވާލުކޮށްފައި ފައިބަން އުޅޭ ވެރިކަން ކުރަނިއްޔޯ.. ޕިސްޕިސް

    12
  10. ހަނދާންވަނީ

    1،000،000 ޑޮލަރަކީ މަދު އަދަދެއްނޫން

    7
    18
    • އައްޑޫ މީހާ

      އިބިރިހިމާ އާއި ކެންނާރި ދަންނަ ނުދަންނަ މާފަތް ހުކުރު ހޮނިހިރި އާދީއްތަ މަހާރަދުންގެ އެކައުންޓަށް އެއޮތް ވަންނަމުންދާ މިލިޔަން ޑޮލަރު ފަހަތުން ދުވަން ވީނުން ސާބިތު ނުހިފޭ ވާހަކަ ނުދައްކާ އޑޕ ގަ ތިބެނީ ހުސް އަނިޔާވެރިން އަނިޔާއަށް ހިތްވަރުދޭ މީހުން މިއީ ހަގީގަތް

      19
  11. ސުހާނާ12354

    އަމިޔާވެރިވެ ބަދަލުހިފުމުގެ ރޫހުގައި އެހެންމީހުނަށް ދޭ އަނިޔާގެ ބަދަލު ހިތިވާނެކަން ދަންނާތި...

    47
    1
  12. ރަންނަމާރި

    މި ސަރުކާރަކީ އަނިޔާވެރިކަން ހައްދުން ނެއްތޓިފަ އޮތް ބައެއް ހިނގާ ސަރުކާރެއް. އައްޑޫ ހިތާދޫ އެސް ތީ އޯ ފާމަސީގެ އެތައް މުވައްޒަކައްވެސް ވަކި ކުރުމުގެ ނޯތިސް ދީފަ ވީ . މީ ހޭ ބަލި ސަރުކާރު

    20
  13. ވާވާ

    ކީއްވެ ކުރީގެ ސިޔާސީ މަޤާމްތަކުގައި ތިއްބެވި މީހުން ވަކި ކުރަން ލަސްވަނީ. އެމީހުންނަކީ ވަރަށް ބޮޑަށް ޔާމީން ސަރުކާރު ދިފާއުގައި އަދި ކެމްޕޭނުގައި މަސްކަތްކުރި މީހުން. މިހާރުވެސް ބައެއް އޮފީސްތަކުގައި އެބަތިބި ވަރަށް ގިންމީހުން ބައެއް ފަހަރު ބައެއް ކަންކަމުގައި އެމީހުންގެ ފަރާތުން އުދަގޫވެސްވޭ. އަދި ވަރަށް ގަދަކޮށް ޔާމިން ކެންޕޭނުގައި އުޅެފައި ޔާމީނަށް ނާކާމިޔާބުވީމާ މަޤާމުގެ ދަހިވެތިކަމުގައި މަޖިލީސް އިންތިހާބުގައި އެމްޑީޕީ އަދި ކޯލިޝަން ޕާޓީތަކަށް ކެމްޕޭންކޮށްދިންކަމަށް ދައްކައި ޔާމީންގެ ސިޔާސީ ސަޕޯޓަރުން މި ސަރުކާރުގައިވެސް އަދިވެސް ވަރަށް ގިންކަން ފާހަގަ ކުރަން. މި މީހުން ވަކި ކުރަން ގޮވާލަން.

    15
  14. ޣާނިޔާ

    އޯކޭ!... ދެން މަގޭ އެކައުންޓަށް ވަދުނީ ޙަލާލް ނޫން ފައިސާޔޯލަ. ދެން ކޮބާތަ އެއްކަލަ ކުރީގެ ރަޢީސް ނަޝީދުގެ އެކައުންޓަށް ފައިސާ ވައިންގޮތް. ސީދާ އެމްޑީޕީގެ މަޖިލިސް ކެނޑިޑޭޓުންގެ މާލީ ބަޔާންތަކުގެތެރެއިން އެއްމެ އަޖައިބުކުރުވަނި މާލީ ބަޔާން ހުށައެޅުއްވީ ނަޝީދު. އޭނަގެ މިލްކިއްޔާތުގައި ރުފިޔާ އަޅާ އެއްމެ ގަހެއްވެސް ނެތް. ކުރާ ވިޔަފާރިއެއްވެސް ނެތް. ރިސޯޓެއް ނެތް. ރުފިޔާ ލިބޭނެ ޢާމްދަނީ ހޯދަން ކުރާ އެއްވެސް ކަމެއްނެތް. އެކަމު ނަޝީދުގެ މުޅި މިލްކިއްޔާތުގައި އެތައްބައިވަރު ޑޮލަރު އެބަހުރި. މިކަން ތަޙުގީގު ކޮށްދީބަލަ. ހަމަޔާ އިންސާފު ގާއިމް ކޮށްދީބަލަ ސޯލިޙް ތިހާ ސޯލިޙްވަންޏާ!!!!!!

    19
    2
    • ހައްހައް

      ރާއްޖޭގެ ރަށް ރަށުން ގޯތިވެސް އެބަހުރި. އެރަށް ރަށުމީހުންނަށް ވެސް ގޯތި ނުލިބޭ އިރު އޭނަ ނަންމަތީ ގޯތިވެސް.

      12
  15. މިއަދު

    ޑީޑީ ވިއަސް ޣާނިޔާވިއަސް ކުށެއްކޮށްފިނަމަ އަދަބުލިބެންޖެހޭނެ އެކަމު ކުށެއްކުރިތޯ ބަލަން އެއްވެސް މީހަކު ވަޒީފާއިން ވަކިކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫން ޣާނިޔާގެ އެކައުންޓަށް އެއްމިލިއަން ކީއްވެތޯ އެއްބިލިއަންޑޮލަރުވިއަސް ޖަމާވުމަކީ ކުށެއްނޫން އެއީ ހެޔޮރަގަޅުގޮތުގައި ލިބުނުއެއްޗެއްކަމަށްވާނަމަ އެއީ ކުށެއްކަމަށްވާނީ އެފައިސާއަކީ ހުއްދަނޫންގޮތަކުން ހޯދާފައިވާ ފައިސާއެއްކަމަށް ވެއްޖެނަމަ އެކަންއެގޭނީ ދެފުއްފެންނަ އިންސާފްވެރިތަހުގީގަކަށްފަހުނޫންތޯ؟

    10
  16. މިއަދު

    ރަޢިއްޔަތުންގެމަޖިލިހުގެ މިއަދުގެ ނައިބުރައިސް މަޖިލިހަށްހުށައެޅި އެކަމަނާގެ މާލީބަޔަންއަކީ ކަޑައެޅިގެން ދޮގައި އޮޅުވަލުންކަން މިސަރުކަރަށް ވ ރަނގަޅަށް އެގޭ އެމައްސަލަ ބަލަނީ ކޮންބައެއް މާލީބަޔާންސައްޙަނަމަ އެކަމަނާގެ މުސަރައާއި އެހެނިހެން ޢިނާޔަތްތައް ވޭތުވެދިޔަތަންގާއި ޖަމާކުރީ ކާކުގެ ކޮންތާކުއޮތް އެކައުންޓަކަށްތޯވެސް ބަލަންޖެހޭ މިކަންކޮށްބަލަ

  17. މިއަދު

    2008 ވަނައަހަރު އުފެދުނު އެމްޑީޕީ ސަރުކާރު 3 އަހަރާއި ގާތްކުރާ މުއްދަތަކަށް ވެރިކަންކުރި އިންޝާﷲ މިސަރުކާ އެއާއި ގާތްކުރާ މުއްދަތަކުވެސް ހިފަހައްޓައެއްނުލެވޭނެ

  18. މިއަދު

    ދެރައީސުން ހަތަރެސްފައި މައްޗަށްޖަހައިގެންތިބެ މިވެރިކަން ވައްޓާނުލެވޭނެކަމަށްބުނާބުންވެސް ދެނެވޮޑިގެންވަނީ މާތްﷲ އެވެރިކަން ދެއްވީވެސް މާތްﷲ އެވެރިކަން ދިގުދެއްމުމާއި ހިނދުކޮޅަކުންގެންދިއުމަށްވެސް ހަމަ ﷲ ކުޅަދުންވަންތަ ޙައްޤާއި ބާޠިލް އެއްމެމޮޅަށް ދެނެވޮޑިގެންވަނީ ހަމަ މާތްﷲ އެއްވެސްފަރާތަކުން ގަދަބަސް ނުބުނޭ

  19. ކާފަބޭ2019

    ޣާނިޔާގެ އެކައުންޓަށް 1 މިލިއަންޑޮލަރުޖަމާވިއްޔޯ އެޖަމާކުރީކާކު އެޑޮލަރުޖަމާކުރިމީހައަށް އެޑޮލަރުދިނީކާކު އެޖަމާކުމީހަކީ އެފަދަތަނަވަސްކަން ލިބިގެންވާމީހަކުނަމަ މަގުޞަދަކީ ކޮބައިތޯވެސްބަލާ ނުނިމެނީސް ފިޔަވަޅުއެޅުން އިންސާފުތޯ؟

  20. އަހުމަދު

    ފޮރިން ދާއިރާގެ މަގާމުތަކަކީ ސަރުކާރު ބަދަލް ވިއަސް ގައުމު ތަކުގައި އެންމެ މަތީގެ މަގާމު ތަށް ފިޔަވާ ބަދަލު ކުރާއެއްޗެއްނޫން. މިފަހަރު ހަމަ ޒާތީ ވީ އަދި އެކްޓްވިސްޓުން ބުނާ އިރަށް މީހުންނަށް މަގާމުދީ ވަކި ކުރުމަކީ އެއްވެސް ސިޔާސަތެއް ނެތްކަމުގެ ހެެއްކެއް

  21. ނާގާބިލު

    އިބޫ ހުންނަނި އެކްޓިވިސްޓުންދެކެ ބިރުން ފިތިފަ! ކިހާދެރަކަމެއް. އިބޫ ދުލުންވެސް ގޮވާއަޑު އެހިން މިސަރުކާރަކުން ނުހައްގުން ވަޒީފާއިން ވަތްކެއް ނުކުރާނަމޭ. އެމްއެމްޕީއާރުސީގެ ފައިސާ ކަޓުވާލި އަކުރަމް ކަމާލުއްދީނާ މާޙްލޫފުމެންނަށް ދިނީ މުސާރަލިބޭ ޗުއްޓީއެއް. ސަޅި ކިބޫގެ ސިޔާސަތު. އިބުލާ ބާރަށް ކުރިއަށް އިބޫ!