ނިމި ދިޔަ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރަކީ ބަހާއި ޢަމަލާއި ދިމާވާ ސަރުކާރެއް ނޫން ކަމަށް، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޕާޓްނާރޝިޕް ފޯރަމް ނިންމަވާލެއްވުމަށްފަހު، މީޑީޔާ ތަކަށް މަޢުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުން ވަނީ ބޭރު ދުނިޔޭގެ ޤައުމުތަކާއި އޮތް ގުޅުން ކަނޑާލާފައި ކަމަށާއި، އެއީ ބަހާއި އަމަލާ ދިމާނުވާ ސަރުކާރެއް ކަމަށެވެ.

"ދައްކާ ވާހަކަ އާއި ބަހާ، ޢަމަލާ ދިމާނުވާ ސަރުކާރެއް މި ރާއްޖޭގައި އޮވެފައި އަޅުގަނޑުމެން އަންނަ އިރު ދަތިތަކެއް ހުންނާނެ. އެ ދަތިތައް އަޅުގަނޑުމެން ގިރާކުރަން ޖެހުނީ. އިދާރަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ކުރެވިއްޖެ. މިއަދު މި ވަނީ އަޅުގަނޑުމެންގެ ރާއްޖެއަށް ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދިފައި. އަޅުގަނޑުމެންގެ މި ފޯރަމުގައި ބައިވެރިވި ޤައުމުތަކާއި، ޖަމްޢިއްޔާތަކުގެ އަދަދަށް ބެލިޔަސް އެކަން ވަރަށް ސާފުކޮށް އެނގޭނެ. އިތުބާރު ނުކުރައްވާ ނަމަ، އަޅުގަނޑުމެންގެ ވާހަކަ އަޑުއަހާކަށް އެހާ ގިނަ ޤައުމުތަކަކުން ނާންނާނެ. ޖަޒީރާ ރާއްޖެ މުޅި ދުނިޔެއިން ޤަބޫލުކޮށްފި." ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވީ، ފޯރަމްގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެތައް ކަމެއް ހަމަޖެހިގެން ގޮސްފި ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މެނިފެސްޓޯގައި ހުރި ހުރިހާ ކަމެއް ޙާސިލްކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން އައީ މެނިފެސްޓޯ ތަކެއް ހަދައިގެން. އަޅުގަނޑުމެން ވަޢުދުވީ ނަރުދަމާ ޤާއިމުކޮށްދެން. އަޅުގަނޑުމެން ވަޢުދުވީ ހައުސިންގެ ކަންކަން ކޮށްދޭން. އަޅުގަނޑުމެން ވަޢުދުވީ ތަޢުލީމީ ކަންކަން ރަނގަޅުކޮށްދޭން،. އަޅުގަނޑުމެން ވަޢުދުވީ ރަށްރަށުގައި ބަނދަރުތައް ހެދުމަށް. އަޅުގަނޑުމެން ވަޢުދުވީ ރަށްރަށުގައި މަގުތައް ހެދުމަށް. އަޅުގަނޑުމެން ވަޢުދުވީ ރައްޔިތުންގެ ޞިއްހީ ކަންކަން ރަނގަޅުކޮށްދޭން. އިދާރަކުރެއްވިއްޔާ ކުރިއަށް އޮތް ފަސް އަހަރު ނިމިގެންދާއިރު، މެނިފެސްޓޯގައި ހުރި ހުރިހާ ކަމެއްވެސް ޙާޞިލްކުރެވިގެންދާނެ. އަޅުގަނޑުމެންނަށް މިހާރު އެ ޔަޤީންކަން ލިބިއްޖެ." އަމީރު ވިދާޅުވިއެވެ.

ފޯރަމްގައި 35 ގަޢުމަށް ވުރެ ގިނަ ޤައުމުތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

 1. ނޫނު

  ތި ކަލޭގެ ބަހާ އަމަލާ ދިމާ ވެދާނެ ދޮންކަލޯ؟ ދޮގުވާހަކަ ނުދައްކާ މި 5 އަހަރު ނިމޭއިރު ވެސް ފެންނަން ހުންނާނީ ރޔ ގެނެސްދިން ތަރައްގީ. ތި ވެރިންގެ ނެއް ގާބިލް ކަމެއް. ވ ކެރިގެން މި ބުނަނީ. ދެން އަތް ޖަހާ ބާރަށް.

  166
  3
  • ައަލިފު

   ޔާގުންޑާގެ ވެރިކަމުގަ ގެނާ ތަރައްގީއެއް ނޫން ތިޔަކީ!! ދެން އަތް ޖަހާ

   3
   44
 2. ...

  އެހެންވިއްޔާ މި ސަރުކާރު އަދި މާ ހާލުބޮޑު. އަނގަޔާ އަތާ ފަޔާ ނޭފަތާ ލޯ ވެސް ދިމާ ނުވޭ. ކަމެއް ކުރާނަމޭ ބުނެފިއްޔާ އޭގެ މުޅިން އިދިކޮޅަށް އޮންނަނީ. ކަރަންޓު ބިލު ވެސް އެއޮތީ ކުޑަ ކޮށްފައެއްނު ލޯލް. ވ.ސަލާމް.

  162
  2
 3. ތަކުރު

  ޝާހިދު ކަލޭ މުންޖޭ ކިޔާބަލަ. ކަލޭމެންތީ ފަރަންޖީންނާ ނުލާ ސީވެސް ލެވޭބަޔަކަށްނުވާތި އަހަރުމެން ހައިރާނެއްނުވޭ. ކީއްވެތޯ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުގެ ރަސްމިއްޔާތެއް ބާއްވަން ނުކެރުނީ؟ ކޮންކަމެއް ފޮރުވަންބޭނުންވާތީތޯ؟

  41
  • ާރަސީދު

   ޙަމަ ރަނގަޅު ވާހަކަ އެއް ތިބުނީ، ތަކުރު.

 4. ފަތްމިނި

  ކޮސްނުގޮވާ، ކަލޭމެންނޫން ދެންތިބި މީހުންނަކީ ހޭބުއްދި ފިލާފަތިބި މީހުންކަމަށްތަ ތިހީކުރަނީ، ކަލޭމެން ތި ހިންގަމުންދާ ޖަރީމާތައް މި ގައުމުގެ ގިނަރައްޔިތުން މިދަނީ މޮނީޓާ ކުރަމުން، އަދި އެއަށްވުރެ މަތީ ފަރާތެއް އައްސަވާ ބައްލަވާ ވޮޑިގެންވޭ، ތިމަންނަމެންނަށް އަބަދަކު މިހެން އުޅެވޭނެކަމަށް ހީނުކުރަށްޗޭ، ކަމެއް ދިމާވާނީ ބުނެފަކާއެއްނޫން، މާ އުހުގަ ތިއުޅެނީ،.ހަމަ ބިމަށް ތިރިވޭ.

  137
  1
 5. ޢަނީ

  ތިޔަކަންކަމުގެ ފަހަތުގަ ފޮރުވިވައޮތީ ކޮނކަނަތަކެއްކަންވެސް ބުނެދީބަލަ ރަމްލޯންމަހުވެސް މާލޭގަނުހުރެ މުޅިން ޔޫރަޕްގަ 2021 އައުމުގެކުރިން ރާއްޖޭގަ ޔޫރަޕްމީހުންބޭނުންވާ ވަރައްގިނަ ކަންކަން ކުރުމައް އެއްބަސްވެފަ ވާކަމައް އަދުއިވެނީ މިގޮތުން ދީނީމިނިވަންކަން ދިނުމާ އެއްޖިންސުންކައިވެނި ކުރުމާ އެތައްއެތައް ކަމެއްހިމެނޭކަމައް އެބަބުނޭ

  30
 6. އެޑްވަޑް ބާމުންޑޭ

  ތިކަހަލަ ދޮގުވާހަކަތަކެއް ދެއްކުމުގެ ބަދަލުގަ. ކަލެޔާ ސިއުނާޔާ ދެމެދު އޮތްގުޅުމުގެ ވާހަ ދެއްކިއްޔާ މާތާހިރުވާނެ.

  32
 7. އަޒްމާ

  ނިމިދިޔަ ސަރުކާރުހާ ގައުނުގެ ބޮޑެތި ތަރައްގީގެ މަޝްރޫތައް ހަލުވިކަމާއި އެކުނިންމައި އެތަކެއް އިގުތިސާދީ ކުރިއެރުމެއް ކުރުނުއްދަތެއްގައި ގެނެސްދީ ގައުމުގެ މިނިވަންކަން ބޭރުގެ ކާޅު ގައުނުތަކުގެ ނުފޫޒުން އެއްކިބާކޮއްދިން ސަރުކާރެއް ނެތް. ކަލޭމެން ތިބޭ ކޮމަންވެލްތު ވެގެން އިނގިރޭސީންގެ އަޅުންނައް ރައްޔިތުން ހަދައިގެން.

  30
 8. Anonymous

  ހަޔާތް ކުޑަވީމަ ހުރިހާ ކަމެއް ހުންނާނީ ފުދިފަ. މުސްކުޅިންބުނޭ، ކަންފަސޭހަ ކޮންމެ މީހަކަށް ބޭނުންވާނީ ހަޔާތްނެތް އަންބަކާ ބޯތަށްޓާއޭ. ކައިރިވގޭގެއަށް ބޯތަށި ހިފައިގެން ކާއެތިކޮޅުބަލާ ހިނގީމަ އެވީއޭ. މިސަރުކާރުގެ "ބޯތަށި" ގެ އިތުރު ފުރިހަމަ ކަމަކީ ދޮގުހަދާލުމާ އޮޅުވާލުމާ މަކަރާ ހީލަތް ހެދުމުގައި ދޫ ފަރިތަވުން.

  35
 9. އަހްމަދު

  މިސަރުކާރުކާރަކީ ގޮތެއއ ފޮތެއްނެތް ސަރުކާރެއް ސަރުކާރައް ހަތްމަސް ފުރުނުއިރު އަދިހަމަނޭވާ ނުލެވިގެންތިޔައުޅެނީ ފޮރިންމިނިސްޓަރު ރާއްޖޭގަމަޑުކޮށްނުލެވިގެންތިއުޅެނީ އަނެއްކޮޅުން ސަރުކާރު ނޭވާހޮޅިޔައއ އެޅެމުން މިދަނީ

  30
 10. މޫސަ

  މިސަރުކާރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. ރަށްރަށުގައި ކުރީ ސަރުކާރުން ފަށާފައިވާ ހުރިހާ މަސްރޫއެއް ވަނީ ހުއްޓިފަ.

  26
 11. ޏ

  ޝާހިދު ތިބުނީ ހަމަ ރަނގަޅަށް.. މި ސަރުކާރުގަ ކަންކަން ހިނގާ ގޮތުގެ ވާހަކަ. މިސާލު؛ ޕެންޝަން ފަންޑުން ހައްޖަށް ދިއުން، ކަރަންޓް ބިލް ކުޑަކުރުން، ބޯހިޔާވެހިކަން، ވައިގެ ދަތުރުފަތުރު އަގުހެޔޮކުރުން..... މިއީ ހައްތާވެސް މިސަރުކާރުން ބަސްތައް އަމަލާ ދިމާނުވާ.. ގެޓް ވެއްޖެތަ ޝާހިދޫ

  37
 12. Anonymous

  ކަލޭމެންގެ ބަހާއި އަމަލާ ދިމާވާބޮޑުކަމުންތާ ޕްރީޕެއިޑު ޝާހިދުއޭވެސް ކިޔަންޖެހުނީ، އަނެއްކާ ފުރަތަމައަށް އެމްޑީޕީ ސަރުކާރު ހިންގިއިރު އެއިރުގެ ދިކޮޅު ޑީއާރޕީގެ އިސްވެރިންނަށް ތިބެފަ އަމިއްލައެދުން ބޮޑުވީވީނުން ޕާޓީއަށާއި ގައުމަށް އައްދާރުވެ ރިޝްވަތުން އަންބޮނޑި ބަނދެގެން ޖީއެމްއާރް އަށް އެއާޕޯޓް ދިނުމުގެ ދެފުއްކެހެރި ރޯލްކުޅީ، މިހާވަރަށް ބަޔަކު ބަހާއި އަމަލާއި ދިމާކުރާނީ،

  29
 13. ާއަލީ

  ލިފްޓު ވަގު، ޖީއެމްއާރް ވަގު، ޕްރިޕެއިޑް ވަގު، ބޮޑުވަގު ށާހިދު

  25
 14. ފާތުމަ

  މީ އަނގަޔާ އަތާ ދިމާވާ ސަރުކާރެއް ނޫން

  67
  1
 15. ހަސަން ނ

  މިސަރުކާރުބަހާއަމަލުދިިމާކުރަންކުރި
  އެއްވެސްކަމެއްނެތް ފަސްއަހަރުދުވަހުން
  މިގައުމައް އެއްމެބޮޑުކުރިއެރުމެއްގެނެސް
  ދިނީ ރޔާމީނު

  66
  1
 16. ޢިސްމާލު

  ސާހިދު ބެއްޔާ ހަމަހޭގަ ހުރެގެންތަ ތި ވާހަކަ ދައްކަނީ ނާގޫރޭ ވަރައްސަލާމް ބުނި ކޮބާ ޝިއުނާގެ ހާލުކޮޅު ރަނގަޅުތަ..

  27
 17. ޢަބްދުއްލާ

  ނިމިދިޔަ ސަރުކާރަކީ ބަހާ ޢަމަލާ ދިމާވި ސަރުކާރެއް ނޫން - ޝާހިދު

  އެހެން ވިއްޔާ ކަލޯމެން ބަހާ އަމަލާ ދިމާކޮށްބަލަ.

  ވަޒީފާއިން މީހުން ވަލި ނުކުރާނަމޭނުނި. މިއަދު : - މެލޭޝިއާ އަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނެވި ޑެޕިއުޓީ އެމްބެސެޑަރ ޣާނިޔާ އަބްދުލްޣައްފޫރު މިއަދު އެމަގާމުން ދުރުކޮށްފިއެވެ. ޣާނިޔާ އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުންނެވެ.

  57
  1
 18. ޣާދިރު

  ސަރައްކާލި ސަރުކާރެއް..

  45
  1
 19. މުގައްދަރު

  މިއީ ރާވައިގެން ރައްޔަތުން އަޅުވެތި ކުރަން ކުރާބޮޑުވިޔަފާރިގަޑެއް ފުލެޓްގެ ނަމުގައި ގެސްޓް ހައުސް އަޅުގަނޑުމެން ވޯޓްލައިގެން ހޮވި މީހުން މިއުޅެނީ ނިަކަމެތި ރައްޔަތުން އަޅުވެތި ކުރަން ނައބްރައީސް ވިދާޅުވާހެން މުސާރައިގެ ބޮޑުބަޔެއް ކުއްޔަށް ވިސްނާލައްވާ 9200 ގުނަ /11000 ރުފިޔާ އެއްވަރޭ /101200000 ސަތޭކައެއްމިލިޔަންދެލައްކަ ރުފިޔާ މަހަކު ސަރުކާރަށް މިޙާތަނައް މިހައުސިން އިން ނަގާ ފައިސާ ބޭނުން ކޮއްފައި ހުރީ އެވަގުތު ވެރިކަމުގައި ތިބޭ ޕާޓީއެއްގެ ކެންޕޭނަށް މީކުރިޔައް 5އަހަރުގެކެންޕޭން ހިންގަން ޖަހާ ސްޓަންޓެއް ކުދީނޭ ބަލަން ތިބޭ ދުނިޔޭގަ ތިބި ބަޔަކައް ފެންނާނެ ބަހާ އަމަލާ ދިމާވާގޮއް

  47
  1
 20. ޙހހ

  ކޮސްނުގޮވާ!ތިއުޅެނީ އެއްކަމެއްވެސް ނުކޮށް ބޭރު ކަރަތަކަށް ގޮސްލާ މަޖާ ކޮށްލާ ތިކަހަލަ ފޯރަމް ތައް ފަރަންޖީން ގެނެސް ބާއްވާ މަވަންތަކަން ދައްކާލާ ފަސްއަހަރު ދުއްވާލަން! ޥެރިކަމުން ފައިބާ އިރު ގައުމުގައި ހުރި އިމާރާތްތަކުގައި އައުވާނުން ލައްވާ ހުޅުޖާހަން އެގޭނީ! ޜައްޔިތުންގެ ފައިސާ ނަހަމަ ގޮތުގަ ބޭނުން ކުރުންނޫން ކަމެއް އެގޭބާ! ޜައްޔިތުން ވަސްވާސް ކޮށް ބޮލަށް ސަވާރުވުމުން މާސްޓާސް ހަދައިގެން ތިބި ބައިގަޑެއް!

  54
  1
 21. އަފިރިންގެ ޚިޔާލް

  މީނާގެ އަޅެ ލަދެއްހުރޭތަ، ރ.މައުމޫނު އަރިހުގައި ހުރެ ދިވެހި ރައްޔިތުންނަށް އަނިޔާކުރި ބޮޑްވެގެންވާ ވގ އަދިވެސްވ ޚިދުމަތުގަޔޯ، ކަލޭ ރަގަޅުވާނީ ހަމަ ރބނ ... މިފަދަ ނުލަފާ ޖައްލާދުން ހަމަ ކޮންމެ ސަރުކާރެއްގަވެސް ހަމަ އެބަތިބޭ،،، ރަގަޅުވެރިކަމެއް ހަމަ ހިލާނުކުރެވޭނެ 30 އަހަރުގެ ބައިގަޑު ތިިބެގެން، ރައްޔިތުން ބޭނުމެއްނޫން ތިފަދަ ދޮގުވެރިން. އިސްތިއުފާދީ... ތިއީ ޖައްބާރުން.....

  18
 22. Anonymous

  "އިބޫ ސާލިޙްގެ ސަރުކާރަކީ ބަހާއި ޢަމަލާއި ދިމާވާ ސަރުކާރެއް ނޫން" މިހެން ބުނަން ނުކެރިގެން ދޯ ތިއުޅެނީ..
  އަދިވެސް 100 ދުވަސް ގުނުމުގައި
  7 މަސްވީއިރު އަދި އެއްކަމެއް ނުވޭ
  އަގު ހެޔޮ ކަރަންޓް ބިލް އަދިވެސް ތައްޔާރު ނުވޭ
  ވަޒަިފާތަކުން މީހުން ވަކިކުރުން ހަބޭސް
  ސިޔާސީ މަޤާމް ތަކުގައި ތިބި މީހުންގެ ފެންވަރު ނެތް
  ވައްކަމާ ކޮރަޕްޝަން %100 އިތުރުވެއްޖެ
  ޤައުމޔގެ ހުންްގާނުގައި ހުރީ ސިކުނޑިގައި ތެތްކަމެއް ނެތް ބޭފުޅެއް..
  ޝާހިދަކީ ކޮރަޕްޝަންގެ ބައްޕަ.... ކޮބާ ޖީ.އެމް.އާރު އިން ނެގި ބާވަރު...

  28
 23. Anonymous

  ކަލޭ ރިކާކުތަ ފާޑުފާޑުގެ ވާހަކަ ދައްއްކަން ދޮންކަލޯ ލަހެއްނުވެ ސަރުކާރު ވެއްޓިދާނެ ބެން ކިހިނެއްހަދާނި ކަލޭ

  21
 24. ތައްޕާހް

  ރ.ޔާމީނަކީ ކަލޭ ގޮތައް ނާށިގަނޑު ހިފައިގެން ކަރަކަރައިން ސަލާންޖަހަމުން ދުވި މީހެއް ނޫން. އެމަނިކުފާނުގެ ހިކުމަތްތެރިކަމުގެ ސަބަބުން 35 އަހަރު ނުލިބި އޮތް ތަރައްގީ އެންމެ 5 އަހަރުން ގެނެސް ދައްކާލީ. ކަލޭކަހަލަ ބަތާ ހަރާމީންގެ ދުއްތުރާތަކާއި ޖެއްސުން އެ 5 އަހަރު ނުލިބުނު ނަމަ މިއަދު ސިންގަޕޯރ އަދި ދުބާއީ ފަދަ ގައުމުތަކާއި ވާދަކޮށްލެވޭވަރުގެ ތަރައްގީ މި ގައުމުގަވެސް އޮންނާނެ. ރ.ޔާމީން ދަސްކޮށްދިނީ ވަކި ބަޔަކަށް ބަރޯސާނުވެ، ނާށިގަނޑު ހިފައިގެން ސަލާންޖަހަން ނުގޮސް ﷲ ގެ ހެޔޮ މިންވަރުފުޅާއިއެކު ގައުމު ގައުމަކަށް ހަދަން. މާކަ ގިނަ ވާހަކަ ނުދައްކާ އަވަހަށް އެހެން ދިމާލަކަށް ނާށިގަނޑު ހިފައިގެން ރައްކާވޭ!

  27
 25. އައްޑޫ މީހާ

  މުނާފިޤް ކަލޭގެ ނުދައްކާނެ ނުނާފިޤް ވާހަކައެއް ނޫނީ އަޅެ ދިވެހިރާއްޖޭގެ ރައްޔިތުންގެ ލޯ ސަލާމަތުން ހުރިއްޔާ ނުވަތަ ފަސް ހިއްސު ސަލާމަތުން ހުރިއްޔާ އެގޭނެ ބަހާ އަމަލާ ދިމާވަނީ ކޮން ބައެއްގެތޯ! ކަލޭ ނޫޅޭ ބަރަހަނާވާން އޯކޭ

  22
  1
 26. ނުރަބޯ

  ރައީސް ޔާމީންގެ ސަރުކާރަކީ ދިވެހިރައްޔިތުންނަށް ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި މަޝްރޫޢު ތަކެއް ހިންގައިގެން ކުލަޔާ ފިކުރަށް ނުބަލައި ޖަމާޢީ ގޮތެއްގައި ބޮޑެތި ފައިދާ ތަކެއް ހޯދައިދިން ސަރުކާރެކެވެ. މިސަރުކާރުހެން އިންޑިއާ ގެ މުށުތެރެނުވެ ބޭރުގެ ނުފޫޒުތަކުން އެއްކިބާވެ އޮވެ ދައުރު ނިންމި ސަރުކާރެކެވެ. މިކަން ނޭނގޭ ދިވެހި އެއްވެސް ރައްޔިތަކު ނެތެވެ.

  24
 27. މަރިޔަމް މޫސާ

  ތިމާގެ ނާގާބިލުކަން ދޭހަވާ އެންމެ ބޮޑު ހެތްކަކީ، އަދި އެކަން ފޮރުވަން ކުރާ ކަމަކީ، އެހެން މީހުން ބަދުނާމުކުރުންކަން މިއަދުގެ ތަޢުލީމީ ޖީލު ތަނެއެވެ. ޝާހިދު ހީކުރީ މިއީ ކުޑަކާފު ބޮޑުކާފުގެ ޒަމާން ކަމެއްތަ؟ ޜައީސް ޔާމީން އިންޑިއާގެ އުނގަށްނުވެއްޓި ގެނެސްދިން ތަރައްގީ ކަލޭމެންނަށް ދުވަހަކު ވެސް ނުގެނެވޭނެ. ފޮނިކެނޑުމާ ދޮގު ހެދުން ނޫން ކަމެއް ކަލޭމެންނަކަށް ނުކުރެވޭނެ.

  17
 28. ޑައެލޯގް

  ގެއްލިފައިވާ އިތުބާރު ލިބޭއިރު މިޤައުމުގައި އިންޑިޔާގެ ނަސްލު އިތުރުވެ އިންޑިޔާގެ ދަށަށް މިގައުމު ދިޔައީމަ

  20
 29. ޖީވަންޓޭ

  އާނއެކޭ އާނއެކޭ. ނިމިދިޔަ ސަރުކާރުން ކަރަންޓް އަގު ހެޔޮ ކުރި. ބިލްގެ އަދަދު އެރީ މައްޗަށް. ފަތިސް ނަމާދުން ސްކޫލްތައް ފެށި. ސްކޫކްތަކަށް ފަތިސް ނަމާދު ވަގުތުވީ ހެނދުނު 6 ޖެހިއިރު. ހުރިހާ ކުދިންނަށް ދުނިޔޭން ބޭރުން ކިޔަވައިދޭން ބުނި. ޝަރުޠު ހަމަނުވާ ގޭތެރޭ ހައެއްކަ ކުދިންނަށް ނޫނީ ވަސްވެސް ނުދުވި. ރޯދައަށް ލިބުނު ކަދުރު، ކޮންމެސް ކުއްޖަކު މިތާ ކޮމެންޓް ކުރި ފަދައިން ކަޅުދައްތަ ދިރުވާލައިފި. އެއީ އެއްގޮތަކަށްވެސް ކަމުދާ ސަރުކާރެއް ނޫން.

  14
  2
 30. ޝަހިދު

  އަމިއްލަ މީހާ ބަހާއި ޢަމަލާއި ދިމާވޭތަ؟؟؟

  20
 31. ޏަމް

  ކަލޭގެ އަނގަޔާ ދަތްޕިލަޔާވެސް ދިމާނުވޭ އިނގިރޭސިވިލާތުން ބޯންދަސްވިޔަސް ތިޔައީ ބޮޑުވަރު.

  23
 32. ލަލަލާ

  ފޮރިން މިނިސްޓަރ ގެ މަޤާމުގެ ވަޒީފާ އަކީ ނިމިދިޔަ ސަރުކާރަށް ފާޑުކިޔުމާއި ނެތިމޮށުންބާ!

  23
 33. Anonymous

  ޝާހިދޫ ކަލޭ ތީ ފައްކާ ހިޔަޅެއް. ލަދު ހަޔާތްކޮބާ ކަލޭގެ. ދައްޖާލު ހީނުކުރާތި ތި ސަރުކާރެއްވެސް އަބަދަކު ދެމިއެއް ނޯންނާނެ. އިންޝާﷲ އަނގަވަތަށް ވެއްޓޭނީ 65 މެމްބަރުންނާއެކު. ބާކީ ދިހަ ދުވަސް.. ކައުންޓް ޑަވުން. . .....އެކެއް ...ދޭއް

  21
  1
 34. މިއަދު

  ކުރިން އަޅުގަނޑުހީކުރީ ސަރުކާރަކީ ވަރަށްމާތް އަދި އެގައުމެއްގައިދިރިއުޅޭ ރަޢިއްޔަތުން ގެމެދުގައި ސުލްހަވެމަސްލަހަތު ގާއިމުކޮށް އެތަނެއްގައި ދިރިއުޅޭ މީހުންނަށާއި އަންނަން އޮތްޖީލުތަކަށް އިގުތިސާދީ ،އިޖުތިމާޢީ އަދި އަދަބިއްޔާތުގެ ފިލާވަޅުތަކެއްނަގާދަސްކޮށްދޭ ބޮޑު މަދަރުސާއެއްކަލަހަތަނެއްކަމުގައި ނަމަވެސް މިއަދު ދުނިޔޭގެ ގިނަގައުމުތަކެކޭ އެއްފަދައިން މިގައުމަށް މިއައިޑީމޮކުރަސީއެއްއައިފަހުން މިއެތި މުޅިންބަދަލުވެއްޖެ މިއަދު ޤަބޫލުކުރެވެނީ ސަރުކަރަކީ އެތަނެއްގައިދިރިއުޅޭ މީހުންނާއި އަންނަން އޮތްޖީލުތަކަށް ފިތުނަފަސާދައާއި ވައްކަމާއި ކޮރަޕްޝަންދަސްކޮށްދީ އެ އަށަގަންނުވާ މީހުންގެމެދުގައި ފިތުނަފަސާދަ ދިރުވަން މަސައްކަތްކުރާތަނެއްގެގޮތުގައި އަބަދުވެސް ފެންނަނީ އެވެރިންނުބައި އޭނަކެއީ މިއީވަގެއް މިފަދަ ބަސްތަކެއް ގައުމުގެ އިސްފަރާތްތަކަށް ރައްދުކުރާތަން މިއަދު ހަތްގުރު އޮންނަމީހާ އެއްގުދު އޮންނަމީހާއަށް ގުދޯގުދޯ ގޮވާތަން މިފަދަ ހުރިހާކަމެއް ހިނގަމުންމިދަނީ މިރަޢިއްޔަތުންގެ ލޯމަތީގައި ރަޢިއްޔަތުމީހާއަށް ފެނިދެނިވެގެން ރީތިގޮތަކީ ގުދޯގުދޯ ނުގޮވަލިބޭފުރުސަތުގައި ރަނގަޅަށް ކަންކޮށްދިނުން

  14
 35. ކަޅުބެ

  ކަލޯގަޔާ މިސަރުކާރު އަތާ ފަޔާ އަދިކީއްކުރަން ހަށިގަނޑުގައި ހުރި ހުރިހާ ނާރަކާވެސް ދިމާނުވެ ދައްކާވާހަކަ ވައްތަރީ ކުޑަކުދިން ބަތްކައްކާކުޅެން އުޅޭއިރު ދައްކާކަހަލަ ވާހަކަޔާ ކޮބާތޯ ސިއްހީހާލަތު ކޮބާތޯ ކަރަންޓު ބިލު ކޮބާތޯ ޑޮމެސްޓިކު ޓިކެޓުގެއަގުތަށް މިއިންއެއްކަމެއްވެސް ތިޔަ ސާހިދު ސަރުކާރަށް ކުރެވުނުތޯ...ގުއިރޯނުގައި ރައްޔަތުން ޖެއްސުމަށް މަސައްކަތް ނުކުރުމަށް ޝާހިދުއަށް ގޮވާލަން.

  15
 36. ބޮޑޭ

  ބުނިމީހާގެ ދިމާވާ އެކައްޗެއްވެސް ނެތް ރައްޔިތުންނޭ ކިޔައިގެން އައިސް އަމިއްލަ މީހާގެ ފައިދާއަށް ޚަރަދު ކުރަނީ! ބޭރުޤައުމުތަކަށް ކޮށްފައިވާ ދަތުރު ތަކަށް ބަލާލަބަލަ! އަދިވެސް ޔާމީނުވަރެއްނެތް!

  15
 37. ހަކީމް

  ކަލޭ ހުރެބަލަ އަބަދު ވެސް ރާއްޖެއިން ބޭރުގައި އެނޫންކަމެއް އެބަކުރަންތަ، ފޮރިން މިނިސްޓްރީގައި މަސައްކަތް ނެތީތަ ކުރަން

  12
 38. ހިތާމަ

  މިއީވާ ވަރުގަދަ މީހެއް.. މުޅި އުމުރުދުވަސް އެހޭދަކޮށްލީ އޭރަކުއޮންނަ ސަރުކާރަކުން އަންބޮނޑި ބޮޑުކޮށްގެން..މިއީ ވަރަށް ބަހާ އަމަލާ ދިމާވާ މީހެއްވިއްޔަ...ކިޔަވައިގެން ތިބި ޒުވާނުން ވަޒީފާނުލިބި މިޤައުމުގައި ބާކީ ވަނީވެސް މިމީހުންގެ ސަބަބުން......އަދި ކެވުނު ވަރު މަދުކަމުން އެއުޅެނީ...

  11
 39. ޙަސަން އަޙުމަދު

  ބަހާ ޢަމަލާ ދިމާވަނީ މިސަރުކާރުގައި. އޮތަ؟ ހީނހީ ހަލާކުވެދާނެނު

  11
 40. ފ.މިނިސްޓްރިގައި މަސައްކަތްކުރަ މުއައްޒަފެއް

  ބަހާ ޢަމަލާ ދިމާވޭތާ! މާލޭން ސުރީލަންކާއަށްދާން ޓިކެޓް ނަގަނީ އެންމެފުރަތަމަ ޑުބާއީ އަށް ދެން ލަންޑަނަށް ދަރިންގެ ގާތައް ދެންލަންޑަނުން ސުރިލަންކާއަށް ދައުލަތުގެ މާލިއްޔާއިން ޓިކެޓް ނަގައިގެން

 41. އަހުމަދު

  ޔާމިންގެ ދައުރުގައި އިންވެސްޓްމަންޓް ފޯރަމްގެ ނަމުގައި 4 ގައުމުގައި ފޯރަމް ބޭއްވި އޭގެ ފައިދާ ކުރި ސިންގަޕޫރު ފޯރަމުގެ ސަބަބުން އެނބޫދޫ ފަޅުގައި ދުނިޔޭގެ އެންމެ މަޝްހޫރު ކުްނފުނިން އެނިންމާ މަސްރޫއު ބަލާލަން ޝާހިދު ދޭބަލަ އެ ތަނުގެ ނަފާ ހަމަ މިސަރުކާރަށް ކުރާނީ ދެން ޑުބާއީ ފޯރަމް އިންޑިޔާ ފޯރަމް ޗައިނާ ފޯރަމް ކިތަން މީހުންތޯ އެފޯރަމް ތަކުގައި ބައިވެރިވީ މިފަހަރުގެ ފޯރަމްގެ 5 ގުނަ 6 ގުނަ މީހުން ބައިވެރިވި... ބަލަ މިފަހަރުގެ ފޯރަމުން ސަލާން ޖެހީ އެމީހުން 10 ރުފިޔަ ދޭނަމޭ ބުނެފިނަމަ ދޭނީ 1 ރުފިޔަ އެކަމުގެ ހެއްކަކީ އަންނި ތިމާވެށީގެ ފޯރަމް ގައި ބައިވެރި ވެފަ ރާއްޖް އައިސް ބުނީ ޔޫރަޕުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅަން400 މިލަޔަން ޑޮލަރ ލިބިއްޖެއެ އެންމެ ފައިސާ ފޮއްޗެއް ވެސް އަދި އަދަށް އެމީހުން ނުދޭ ... ބަލާތި މިފަހަރުވެސް އެހެން ވާނީ

 42. ޖުމާ

  މިސަރުކާރަކީ އެއްވެސް އެއްޗެއް ދިމާވާ ސަރުކާރެއްނޫން.ކަލޭމެން ބުނާގޮތުންނަނަމަ ޔާމީން ވަގަށް ނެގީ.ވަގަށް ނަގައިގެން ވެސް ކޮށްފައި ހުރި ކަންތައް އެހެރީ ފެންނަން. މިސަރުކާރުން ކުރާ ދަތުރު ފަތުރު ވެސް ހުރިހާކަމަކާ ނުބައްދަލު ދެން ރައްޔިތުންނަށް ދޭން ތިބޭނީ ކޯއްޗެއް. ޔާމީނަށް ބޭރުން އެހީވެސް ލިބުނު .މިއީ ކޯއްޗެއް.

 43. ހުސޭނުބޭ

  ބަހާ ޢަމަލާ ދިމާވާ މީހުން ރައީސް އޮފީހުގެ ވަޒީފާގައި އުޅޭ އިރު މޭޒުދަށުން ދަމައިގެން އަމިއްލަ ގޯތި 10 ބުރިޔަށް ނަގާނެ! އަދި ޖީއެމްއާރު އަތުން ގިނަގިނައިން ކަޓުނަގާނެ!

 44. ގަޔާނުވޭ

  އަދި އަންނާނެ ހުރިހާ ގައުމަކުންވެސް ކޮން ފޮންޏެއްތޯ އާ ސަރުކާރުން ކަނޑަނީ ބަލަން

 45. ސަމާ.

  ކަލޭ ތިކާކު؟ ކަލޭގެ އަމަލާ ބަސްދިމާވިތަ؟