އަހުމަދު ޝައްޔާން ހަލީމްއަށް އެހީވުމަށް އޫދް އަލް ސަބާޔާ ފިހާރާގައި ފަންޑްފޮށްޓެއް ބަހައްޓަފިއެވެ.

އޫދް އަލް ސަބާޔާ އިން ބުނީ، އަންނަ މަަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މި ފަންޑްފޮށި އެ ފިހާރާގައި ހުންނާނެކަމަށެެވެ. އަދި ޝައްޔާންއަށް އެހީވާން ބޭނުންވާ ފަރާތްތަކުން އެ ފިހާރައަށް ގޮސް ފަންޑްފޮށްޓަށް ފައިސާ އަޅައިގެން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް އެ ފިހާރައިން ބުންޏެވެ.

އެ ފިހާރައިން ބުނީ، އޫދް އަލް ސަބާޔާއިން ބޭނުންވަނީ މިފަދަ އެހީތެރިކަން ބޭނުންވެފައިތިބި އެތައް ބަޔަކަށް، އެހީ ހޯދުމުގައި، އެހީތެރިކަން ފޯރުކޮށްދިނުމަށް ކަަމަށެވެ.

ޝައްޔާންއަކީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފައިގައި ފާރުގަނޑެއް އެއަށް ފަރުވާކުރަމުން އަންނަ އުމުރުން 14 އަހަރުގެ ކުއްޖެކެވެ. އަދި އުފަންވިއިރުވެސް މާބަދައިގައި މައްސަލަ ހުރި ކުއްޖެއްކަމުން އެކަމަށް ދާއިމީ ހައްްލެއް ހޯދުމަށް އޮޕަރޭޝަންވެސްކޮށްފައިވާ ކުއްޖެކެވެ. އެހެން ނަމަވެސް އެކަމަށް ދާއިމީ ހައްްލެއް އަދި ލިބިފައެއް ނުވެއެވެ. އަދި ފައިގައި ހެދިފައިވާ ފާރުގަނޑު ރަނގަޅު ކުރެވޭތޯ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފަރުވާ ހޯދާ 13 އޮޕަރޭޝަނެއް ކުރެވުނު ކަމަށް އާއިލާއިން ބުނެއެވެ.

އެ ފާރުަގަނޑު ރަނގަޅު ނުވާތީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ހުންނަ ޕްލާސްޓިކް ސާޖިއަންއަކަށް ދައްކައިގެން 2018 ވަނަ އަަހަރު ޝައްޔާންގެ ދެ އޮޕަރޭޝަންއެއް ކުރެވުނުއިރު، އޭގެ ފަހުން ޝައްޔާންގެ ފައި ރަނގަޅުވިކަމަށާއި، ނަމަވެސް އަނެއްކާވެސް ފައި އިންފެކްޓްވަމުން އަންނަކަމަށް އާއިލާއިން ބުންޏެވެ.އެހެންވެ ޑޮކްޓަރު ލަފާ ދެއްވަނީ ވީހާވެސް އަވަހަކަށް އޮޕަރޭޝަންއެއް ކުރަން ކަމަށްވެސް އާއިލާއިން ބުންޏެވެ.

މީގެ އިތުރުން ޝައްޔާންގެ ފިތު (ގޯލް ބްލެޑާ) ހަލާކުވެފައި ވަތީ ކޮންމެތިން މަހުން އެއް ފަހަރު އިންޑިއާއަށް ދާން ޖެހެތީ މި އޮޕަރޭޝަން ކުރުމަށް އާއިލާގެ މާލީހާލަތު ތަން ނުދޭ ކަމަށެވެ.

އެެހެންވެ ގިނަ ބައެއްގެ އެހީތެރިކަމަމަށް އެދޭ ކަމަށްވެސް އެ އާއިލާއިން ބުނެފައިވެއެވެ.

ޓްރާންސްފާކޮށްގެން އެހީވުމަށް

އެކައުންޓް ނަމްބަރު: 7704275217101
އެކަންޓް ނަން: އަހުމަދު އިޔާޒް ހަލީމް

އޫދް އަލް ސަބާޔާ ބްރޭންޑަކީ ދިވެހިން ވަރަށް ގަޔާވާ އަތަރު ބްރޭންޑެކެވެ. މި ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑުބެ

    މާތްﷲގެ އިރާދަފުޅުން ސައްޔާނަށް އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން

    20
  2. ޒަމާން

    މިގޮތައް ކޮންމެ ފިހާރައަކުންވެސް ކޮންމެސް ބަލި ކުއްޖަކަށް އެހީތެރިވާނަމަ ކިހާ ރަނގަޅު... ކިތައް ބަލިމީހުންގެ ފަރުވާގަ އެތައްބަޔަކަށް އެހީތެރިވެވޭނެ އޭރުން.. ޚާއްސަކޮށް ބިލްދައްކާއިރު ބާކީވާ ވަކިލާރި ކޮޅު... ބޭރުގެ ބައެއް ބޮޑެތި މޯލް ތަކުގަ ހުރޭ ކޮއިން ކޮޅު ނުނަގާ ދޫކޮށްލައިފިނަމަ ޗެރިޓީ އަށް އެބައި ވަންނަގޮތަށް.. އޭރަށް އަހަރެއްގެ ތެރޭ ނޭނގި ކިހާބޮޑު އެއްޗެއް ކަލެކްޓްވާނީ

    10