ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ އަމުރު ޤާނޫނާއި ހިލާފު ކަމަށް ނިންމި ނިންމުމާއި އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނިންމުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ ކޮމެޓީތަކުން ވެސް ނިންމީ ނިންމުންތައް ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ހިލާފު ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ގޮން ޖެހުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ސުޕްރީމް ކޯޓުގެ އަމުރުތަކާއި ބެހޭ ގޮތުން ބަހުސް ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުގެ ކުރިން ނަޝީދު މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ "މިއީ މިއަދު މަޖިލީހަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމާއި ގުޅޭ މައްސަލައެއް." ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ވަކީލުން ތަމްސީލް ކުރާ މަޖިލިސް. މަޖިލީހުގެ މަސައްކަތައް ވެސް އަދި ބާރުތަކަށް އަރައިގަތުމަށް އެހެން އެއްވެސް މުއައްސަސާ އަކުން މަސައްކަތް ކުރާނަމަ އެއަރައިގަނެވެނީ ރައްޔިތުންގެ ބާރުތަކަށް. އަދި ރައްޔިތުންގެ އުއްމީދުތަކަށް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއަދު މަޖިލީހަށް މިހުށަހެޅޭ މައްސަލަ އަކީ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަޖިލީހަށް މަސައްކަތް ނުކުރެވޭނެ ކަމަށް. ބަސް ނުބުނެވޭނެ ކަމަށް އެވިދާޅުވާ ވިދާޅުވުންތަކަކީ" މައްސަލައެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ.

ނަޝީދު ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރުމުގެ ފުރުސަތު ހުރިހާ މެންބަރުންނަށް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. ނަޝީދު ވިދާޅުވީ މެންބަރުން ބަހުސް ކުރުމަށް ފަހު މިމައްސަލައިގައި މެންބަރުން ގޮތެއް ނިންމުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމާއި އެކު ރައްޔިތުންގެ މަޖިލީހާއި، ސުޕްރީމް ކޯޓާއި ދެމެދު ވަނީ އަރައިރުމެއް އުފެދިފައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަންގެ އަޣުލަބިއްޔަތު މިހާރު އޮތީ ވެރިކަން ކުރާ އެމްޑީޕީ އަށެވެ. އެހެންކަމުން އެކޮމިޝަންގެ ނިންމުންތައް ދިފާޢު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން ވެސް ގެންދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ލެއްގި ކޮމިޝަނަރ

    ގާޒީއަކު ވަގަށްނަގައިގެން ބޮޑު ޓެރެރިސްޓެއް ކަމަށް ސާބިތުވެފަހުރި މީހެއްގެ ކުށެއް ނެތްކަމަ ސްޕްރީމްކޯޓުން ނިންމި ނިންމުމަކީ، ޤައުމަކަށް ލިބޭނެ ކިހާބޮޑު ބަލާވެރިކަމެއްކަން މިއަދު ސްޕްރީމް ކޯޓަށް ފަހުމްވާނެ ކަމެއްކަމަށް ހީކުރަން

    145
    3
  2. ޢަބްދުﷲ

    ތަރައްޤީގެ ވާހަކައިގެ ފޯކަސް ގެއްލުވާ ލެވޭނީވެސް ސަރުކާރުން އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ދެކެވޭ ވާހަކަތައް ހުއްޓުވޭނީވެސް ނުސީދާ ބަޣާވާތަކުން ފަނޑިޔާރުގެ ސުންނާފަތި ކޮށްލުމުންނެވެ.

    76
    2
  3. ރަންނަމާރި

    މިމީހުން ކީއްވެ ތެޅި ފޮޅުނީ 1 ފެބްރުއަރީ.

    42
    1
  4. ބަރުގޮނު

    ކޮއިފުޅުންނޭ... ތިއިންނެވި ނަޝީދަށާ ކޮއިފުޅުމެންނަށް ކަމެއްކުރެވުނު ކަމަކީ ހުރިހާ އޮފީސްތަކާ މިނިވަން މުއައްސަސާތަކަކީވެސް މަޖްލީހަށްހުރި ގޮންޖެހުންތަކެއްކަމަށް ބަލާ ތަނަކު ކޮމިޝަނެއް ހުރިއްޔާ އެތަނެއްގެ މެމްބަރަކަށް ނަޝީދު ހެދުން.

    27
  5. ސުހާނާ12354

    ލާދީނީ ބޮޑު ހައިޖާނު.. ޔާ ﷲ މިބަލާއިން ޤައުމު ސަލާމަތް ކޮށްދެއްވާދޭވެ...

    47
    1
    • ޢަހުމަދު

      ސަޅި ކޮމެންޓެއް

      13
    • މޯލްޑިވިޔަން

      ދެރަވޭ ދޯ އަސްލު ވެސް.ހިތް ފަޅައިގެން ދަނީ ދޯ ހަމަ

  6. ޜޫހް

    ދުނިޔޭގެ އާކިއޮލޮޖިސްޓުން އަދިވެސް އެންމެ ފަހުގެ ފިރުއައުނު ނުފެނިގެން ހޯދާ

    45
    2
    • މޯދީ މާމަ

      ވަގުޔާމީންދޯ

      1
      29
    • ބޫހް

      މިހާރު އެފެންނަނީ މަޖްލިހުން

      7
      1
  7. މޮހަނު

    ތި މަޖްލީހުގައި ތިޖަރީމާތަށް ކުޅޭކަށް ނޫން އަޅުގަނޑުމެން ތިބޭފުޅުން ހޮވީ،

    36
  8. ޔަޒީދު މީރާ

    ...

    ސްޕްރީމް ކޯޓުގެ ގާޒީގެ މައްސަލަ އެއް އަތުން ޖޭ.އެސީ އަށް ހުށަހަޅާ އޭނާ ޔާމެދު ފިޔަވަޅު އެޅީ އަނެއް އަތުން..

    މަޖީލީހަށް އެއްއަތުން ބިލު ހުށަހަޅާ އެމަޖީލީސް ކޮޓްރޯލް ކުރަނީ އަނެއް އަތުން...

    މިޔަކަށް ނުކިޔޭތޯ ޚުދު މުޚުތާރު ކަމޭ... ބާރު ހޯދުމަށް މޮޔަވަނީ އޭ..!

    36
  9. ބެއްޔާ

    ބޮޑުވަޒީރުކަމަށް އާދެވޭނީ ސްޕްރީމްކޯޓު ފުނޑާލައިގެން ކަމަށްވާތީ އެކަން ފުރަތަމަ އެކުރަނީ. ދެން ވައްކަންކުރިޔަސް ބަލާނެ ބައެއްނުތިބޭނެ. ދައުލަތުގެ ޚަޒާނާ ސަރުކާރުގެ ބޮޑުންނަށް ޖުރިމަނާގެ ގޮތުގައި ނަގަނީ...

    34
  10. ޒިމްޒިމް

    ހެހެހެ..ޕޕމ ބާޢީން ޙަޖަމްކުރޭ.. މަޖްލިސްރައީސް ރައީސް ނަޝީދު. ސްޕްރީމްކޯޓް މިފަހަރު ކަށިކެޔޮގަނޑެއް ރޫޅާލާހެން ރޫޅާލާނަން..

    4
    61
  11. ޢިނގޭތަ

    މި ފަޑިޔާރުން ނަށް މިހާރު އޮއްނާނީ ރަނގަޅަށް އެއްޗެއް ވިސނިފަ ދޫކުރަންނުޖެހޭ މީހުން ދޫކުރީމަ ރަނގަޅު ފިލާވަޅެއް ތިދަނީ ލިބެމުން. އަމިއްލަ އަށް ފޭއްސި އިލޮށި ގަނޑު ތިހެރެނީ ލޮލަށް.

    21
    1
  12. އަބްދޫ

    ސްޕްރީމް ކޯޓުން މިގައުމުގެ ސަލާމަތަށް ފިޔަވަޅު އަޅުއްވަވާ.ޢަވަސް.ޢަވަސް.ޢަވަސް މަޖިލިސް އުވާލުމުގެ އަމުރު އަވަސް

    23
    1
    • މޯދީ މާމަ

      ތެޔޮލަންޖެހޭނީ...

  13. ޙޯރަ ބޭ

    މިހާރުން މިހާރަން ދިވެހިރާއްޖޭގެ ސުޕްރިންކޯޓުއުވާލަންވީ

    1
    18
  14. ކޮކަޑިކޭމީދާ

    ކޮބާ މިކަލޭގެތޭރައނހަރައް ހުކުމްކޮއްފަހުއްޓާ ދޫކޮއްލިމީހުންނައް ރަނގަޅުއިބުރަތެއްމިފަހަރުލިބޭނެ

  15. އެޖެންޑާ19

    ދިވެހި ރާއްޖޭގެ ދުސްތޫރު ބުނާ ގޮތުން ޤާނޫނު ކުރިމަތީ އެންމެން ހަމަހަމަ ވާނެ. ކުރިން ވަކި މަޤާމްތައް އަދާ ކުރުން، މިހާރު ވަކި މަޤާމެއްގައި ހުރުން އިސްތިސްނާ އެއްނުވޭ. ޤާނޫނު ތަކަށް ކަނޑަ އެޅުގެން އަމަލު ނުކުރާނަމޭ ވަކި ހައިސިއްޔަތެއްގެ ބަޔަކު ބުނާނަމަ ދެންތިބި ރައްޔިތުން ހަމަ އެޤާނޫނު ތަކަށް އަމަލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް. މިޤައުމުގަ ޤާނޫނުގެ އަމުރު ގެއްލި ހުސް ކަމެއްގެ ތެރެއަށް ވައްޓާ ލުމަކީ ވަކި ކަހަލަ މަޤާމުތަކަށް ކުފޫ ހަމަނުވާކަމުގެ ދަލީލެއް.

  16. އައީން

    ތި ލާދީނީކަލޭގެ ކޮށިއައްލާ ހައްޔަރުނުކޮއް މިގައުމު ސުލްހަވެރިކަމާ އަމާންކަމެއް މުލިބޭނެ

  17. ކެމްޕޭން

    ކެމްޕޭން ކުރިއިރު ގާނޫނުއަސާސީ ، މިހާރު ވެރިކަމަށްއައީ ގާނޫނުއަސާސީ ބޮލާލާޖެހީ ....
    ދޮގުހުވާވީވައުދުތަކާ އޮޅުވާލީނޫންހޭބަލަ ލޯބިވާ
    ބޭވަފާތެރިވީނޫންހޭކަލާ ބޭނުންނެތޭބުނޭ ފަހުވަގުތުގައި

  18. ނަސީދު

    މިހުރިހާހަކުރެއް ބޯންޖެހޭނީ އިންތިހާބުގައި ވޯޓް ނުދިން މީހުން

  19. ޙަސީނު

    ޙޭ ސްޕްރީމްކޯޓަށް ގޮންޖެހީ ޔާމީން ގައްޔޫމް. އޮޅުވާނުލާ.