ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރެވިދާނެ ހުށަހެޅުމެއް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއަދުގެ ޖަލްސާގައި އާޒިމް މަޖިލީހަށް ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ޖޭއެސްސީ އިން ބެލުމަށް ފަހު އެކަން މަޖިލީހަށް ހުށަހެޅުމަށެވެ.

އާޒިމްގެ މިހުށަހެޅުމާއި އެކު ފަނޑިޔާރުންގެ ޝަރުތު ފުރިހަމަ ނުވާކަމަށް ޖޭއެސްސީ އިން ނިންމާ، ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މައްސަލަ މަަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. އަދި މަޖިލީހުން ފަނޑިޔާރުންގެ ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާ އެބޭފުޅުން މަގާމުން ދުރުކުރުމުގެ ފުރުސަތު އެބައޮތެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ އަޣުލަބިއްޔަތު މިހާރު އޮތީ އެމްޑީޕީ އަށް ތާއިދު ކުރާ ފަރާތްތަކަށެވެ. އެހެންކަމުން އެމްޑީޕީގެ މަޖިލިސް މެންބަރުން ހުށަހަޅާ ހުށަހެޅުމެއް، އެހުށަހަޅާ ގޮތަކަށް ފާސްވުމުގެ ފުރުސަތު ބޮތެވެ.

އާޒިމް މިއަދު މަޖިލީހަށް ހުށަހެޅި ހުށަހެޅުން މަޖިލީހުގެ ފަރާތުން ޖޭއެސްސީ އަށް ފޮނުވާނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ވޯޓު ނެގުމަށް ފަހު އެގޮތައް މަޖިލީހުގެ މެންބަރުން ފާސްކުރުމުންނެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ރާއްޖޭގައި އިންސާފު މިއޮތީ ގަނެވިއްކާ އެއްޗަކަށްވެފައި ކަމަށެވެ. "ވިޔަފާރީގެ މައްސަލައެއް ހުށަހަޅައިފިނަމަ އެއޮތީ ބިޑު ހުޅުވާލެވިފައި. އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް މައްސަލަ ކާމިޔާބު ވަނީ. ނުވަތަ ނީލަން ފިހާރައަކަށް ވެފައި މިއޮންނަނީ. އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް މައްސަލަ ކާމިޔާބު ވަނީ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ހުދޫދާއި އިން ހިތުހުރި ގޮތަކަށް ބޭނުންކޮށް ކަންކަން ނިންމުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ.

ފަހުބަސް ބުނުމުގެ ބާރު ސުޕްރީމް ކޯޓަށް އޮތީ ހަމައެކަނި ޝަރީޢަތުގައި ހިނގާ ކަމަކަށް ކަމަށާއި ރާއްޖޭގައި ހިނގީ ހުރިހާ ކަމަކާއި ބެހި ހުރިހާ ކަމަކަށް ފަހުބަސް ބުނުމުގެ ބާރު ސުޕްރީމް ކޯޓަށް ޤާނޫނު އަސާސީ އިން ލިބިފައި ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމާއި އެކު ރައްޔިތުންގެ މަޖިލީހާއި، ސުޕްރީމް ކޯޓާއި ދެމެދު ވަނީ އަރައިރުމެއް އުފެދިފައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަންގެ އަޣުލަބިއްޔަތު މިހާރު އޮތީ ވެރިކަން ކުރާ އެމްޑީޕީ އަށެވެ. އެހެންކަމުން އެކޮމިޝަންގެ ނިންމުންތައް ދިފާޢު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން ވެސް ގެންދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ބޯހަލާކު

    ވޭތުވެ ދިޔަ ފަސް އަހަރު ދުވަހު ކުށެއްގެ ތުހުމަތެއް ސާބިތު ނުވާ ނުވަތަ ކުށުގެ ރެކޯޑް ސާފުވެފައިވާ ބަޔަކު ޖޭއެސްސީގައި ތިބެގެން ނޫނީ އިންސާފުވެރި ކަމާއެކު ތިކަމަކަށް ގޮތެއް ނުނިންމޭނެ. މަޖިލީހުގެ ރިޔާސަތުގަވެސް މިތިބެނީ ކުށުގެ ތުހުމަތު ބޮލުގަ އަޅައިގެން ތިބި މީހުން. ނުވަތަ ކުށް ސާބިތުވެ ހުކުމް ކޮށްފަ ފަހުން ފަނޑިޔާރުގެއަށް ކޮންމެވެސް ނުފޫޒެއްވަދެގެން މިނިވަންވެފަ ތިބި މީހުން. ލަދުން ހަލާކު.

    62
    3
  2. ބޯހަލާކު

    ގަނެ ވިއްކާ އެއްޗަކަށް ހަދަން ތިއުޅޭނީ ތި ވިޔަފާރި ވެރިން.. ނުބައި ނުލަފާބަޔެއް ތީ

    54
  3. Anonymous

    މިމީހުންގެ ޢަމަލު ނުބައިވެގެންގޮސް މަޖިލިސް ކުރާގެ މިމީހުން ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު ހީވެއްޖެ.

    61
    4
  4. ޞޯގަޅިބެ

    ވަރަށް ރަގަޅު ކަމެއް ތިކުރީ

    14
    38
  5. ސުޕްރިމް

    ސުޕްރީމް ކޯޓުން ފަހުބަސް ބުނާނީ ޝަރީޢަތުގައި ހިނގާކަންކަމަށެވެ. ރަނގަޅުވާހަކައެއް. ޑީޑީ ގެ މައްސަލައަކީވެސް ޝަރީޢަތަށް ހުށަހެޅުނު މައްސަލައެކެވެ. ޑީޑީ ޖޭއެސްސީއިން ސަސްޕެންޑް ކުރީ އިޖްރާއާތްތައް ފުރިހަމަ ނުކޮށްކަމަށް ބުނެ އަދި ގާނޫނޫތަކާ ގަވާއިދުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. މައްސަލައަކީ ކޮންފަރާތެއްގެ މައްސަލައެއްތޯ ބަލަންނުޖެހެވެ. ކޮންމެ ފަރުދަކަށް ލިބިފައިވާ ހައްގުތަކެއް ވެއެވެ. އެއިން ހައްގެއް ނިގުޅައިގަތްކަމަށް ބުނެ އެއްވެސް ފަރާތަކުން ކޯޓަކަށް މައްސަލަ އެއް ހުށަހަޅާފިއްޔާ އެމައްސަލަ ބަލައި ހުކުމެއްކުރުމަކީ ކޯޓުން ކުރަންޖެހޭކަމެކެވެ.

    52
    3
  6. ކާޅުކެއަސް ސޮއްނުގޮވާ

    ލާ ދީން ފިޔަވަލަކަށް ފަހު ފިޔަވަޅެއް ކުރިއަށް އަޅަމުންގޮސް މަހުޖަނުންނާ ބަޣާވާތުގެ އަހުލުވެރީން މުޅި ގައުމު ހިސޯރުކޮށް ދަރީންގެ ދަރީންނަށް ވެރިކަން ދެމެހެއްޓުމުގެ ބާރު މުށުތެރެއަށްލާ ބޮނޑިކޮށްލަނީ ދުނިޔޭގެ އެދުމަށް ޖީބުފުރާލާ މަދު ފައިސާ ކޮޅަކަށް ޤައުމާ ދީން ވިއްކާލަން ހިތްވަރުދޭން ތިބި ބައެއްގެ ސަބަބުން. ވޯޓު ދިން %68 ބާރަށް އަތްޖަހާ ??

    10
  7. އަލީ

    ބަލަ އެމްޑީޕީ މީހުން ލާން ތިއުޅޭ ފަޑިޔާރުން ވާނެތަ އުމަރު ބުނި އަބްދުލް އަޒީޒް ފަދަ ބޭފުޅުންނަށް

    10
  8. އަހްމަދު

    އެމްޑީޕީގެ އަގުލަބިއްޔަތައްވުރެ ﷲގެ ނިންމެވުން މާމަތިވެރި

    16
  9. ޝާފިޢާ

    ބޮޑަތި ކުށްތައްކޮށް އިމަށް މައްސަލަ ސާބިތުވެ ޖަލުޙުކުުގައި ތިބި މީހުންނަށް މަޤާމާ ބަރުދެކެ ބިރުން ނުފޫޒްއައިސް ދޫކޮށްލުމަކުން ތިޔަ ފަނޑިޔާރުންނަކަށް މީރުކޮށް ރާކަނިމަހެއް ނުކެވޭނެޔޭ ކުރިންވެސް އަހުރެމެން ބުނީމެވެ. މިއޮތީ އެދުވަސް އައިސްފައެވެ. މަޖްލިސްގެ ރިޔާސަތުގައިވެސް މުޖުރިމެއް! ގިނަ ޢަދަދެއް މުޖުރިމުން މެންބަރުންގެގޮތުގައިވެސް އެބަތިބި! މާތްﷲއީ ބާރުވެރިވަންތަ އިލާހެވެ.

    10
  10. ރެފްރީ

    ހުރިހާ އަސޭމިރުހެކޭނުކިޔާ ތިމަންމެންބޭނުންވާގޮތަކީމިއޭބުނެލިނަމަ ރައްޔިތުންނަށްރޭކާލީސް...

    10
  11. Anonymous

    ސާފު ކުރުން ލަސްވެފައި ވާތަނެއް ތީ.. މާބޮޑަށް ވެސް ލަސްވެއްޖެ.

    4
    6
  12. އިބްރާހީމް

    ސާފު ކުރުން ލަސްވެފައި ވާތަނެއް ތީ.. މާބޮޑަށް ވެސް ލަސްވެއްޖެ.

    2
    5
  13. އަލިބެއްޔާ

    މިހާރު ފެންނަ މަންޒަރު ތަކުން އިޞްލާޙު ކުރުމަށްވުރެން ބަދަލު ހިފުމުގެ ރޫޙު ހުރިކަން ލަފާ ކުރެވޭ..

    11
    2
  14. ޔަޒިދު މ.ރ

    މީނާގެ ބަލާ ބޮޑުކަން ނިކަން ބަލާ...

    ސްޕްރީމް ކޯޓުގެ ގާޒީގެ މައްސަލަ އެއް އަތުން ޖޭ.އެސީ އަށް ހުށަހަޅާ އޭނާ ޔާމެދު ފިޔަވަޅު އެޅީ އަނެއް އަތުން..

    މަޖީލީހަށް އެއްއަތުން ބިލު ހުށަހަޅާ އެމަޖީލީސް ކޮޓްރޯލް ކުރަނީ އަނެއް އަތުން...

    މިޔަކަށް ނުކިޔޭތޯ ޚުދު މުޚުތާރު ކަމޭ... ބާރު ހޯދުމަށް މޮޔަވަނީ އޭ..!

    13
  15. އިބްރާހިމް

    މާތްﷲ މިގައުމު ފަސާދަކުރާ ވެރިން އަވަހަށް ހިއްޕަވާފާންދޭވެ. އާމީން

    15
  16. ހުސޭނުބޭ

    ކިތަންމެ ވަރަކަށް ފުމުނަކަސް ގާޒީއަކު ވަގަށްނުނަގާކަމަކަށް ނުވާނެ! ކިތަންމެ ބަޔާނެއް ހުށައެޅިނަމަވެސް ވެލާނާގެއިން ވައްކަންނުކުރާކަމަކަށް ނުވާނެ! ކިތަންމެ ގޮނޑިއެއް ކާމިޔާބުކުރިޔަސް ސާކް ސަމިޓް ހުއްޓުވަން ބޮންގޮއްވަން ނޫޅޭކަމަކަށް ނުވާނެ!

    13
  17. ޖާބިރު

    މީއަދިކާކު!ރިޝްވަތުގޮނޑި

  18. ދޮން މޮހޮނު

    ސުޕުރީމް ކޯޓު މިޙާރުން މިހާރައް ބަދަލު ކުރަން ޖެހޭ. ޔާމީނު ކޯޓުތަކަށް ބޭނުން ގޮތެއް ހެދިއިރު ކަލޭމެންނަކަށް ކަމެއް ބޮޑެއްނުވި. އޭރު ހަމަ ބާރައް އަތްޖެހީ. މިއަދު މިތިބީ އަހަރެމެން . ކެތްކޮށްލައިގެން ތިބޭ.ކޯޓުތަށް ބުލީޗު ޖަހައިގެން ވިޔަސް ސާފުކުރާނަން. މަންޒަރު ބަލަން ތިބޭ. ކެއްނުވަންޏާއި ނުބަލާ ހުރޭ.