އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތް 10000ރ. އަށް ބޮޑު ކުރަންށާއި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށާއި އެހީތެރިކަމެއް ނެތި، ކުދިން ބަލަހައްޓައިދޭ މީހުންނަށް 7500ރ. ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިހުށަހެޅުން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޞާލިހް ވިދާޅުވީ ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5000 ރުފިޔާގެ އެލަވަންސް އިތުރު ކުރެވޭތޯ ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

"ދުވަސްވީ މީހުންނަށް ދެމުން އަންނަ 5000 ރުފިޔާގެ އެލަވަންސަށް އުނި ކަމެއް ނުގެންނާނެ ކަމުގެ ޔަގީންކަން ދެން. އަޅުގަނޑުމެން ސިޔާސަތު އެކުލަވާލާ ފަރާތްތަކުން މިގެންދަނީ އެއަށް ރަނގަޅު ގޮތެއް ހެދޭތޯ ބަލަމުން،" ކެމްޕޭން ތެރޭގައި ރައީސް ޞާލިހް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރަށް ހަތް މަސް ދުވަސް ވެގެން ދިޔައިރު އަދި މިހާތަނަށް އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ބޮޑު ކުރުމާއި ބެހޭ ގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް ސަރުކާރުން ދޭ އެހީގެ މިންވަރު ބޮޑުކުރަން ހުށަހެޅީ އާއިލާތައް ރޫޅި ކުދިންނާއި މައިންނަށް ލިބެމުން އަންނަ ދަތި އުނދަގޫ ކަންކަމުން އަރައިގަނެވި ދުޅަހެޔޮ ޖީލެއް ބިނާ ކުރުމުގެ ބޭނުމުގައި ކަމަށް ވެސް ޖާބިރު ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދައުލަތުން ކޮންމެ މަހަކު 5000ރ. އަދި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް 2000ރ. މިހާރު ދެމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޚާލިދު

    ބިލް ހުށަހެޅުމުގެ ކުރިން ދާއިރާގެ ރައްޔިތުންނަށް ވެ ވަޑައިގަން އެއާޕޯރޓާއި ކޭބަލް ކާރުގެ ވައުދު ފުއްދަދޭން މަސައްކަތް ކުރަންވީނޫނޮތޯ.

    25
    6
  2. ކާފަ

    ވަރަށް ރަގަޅު ނިންމުމެއް. މިފަހަރު އެނގޭނެ ބޮޑު މުސާރަ ނަގައިގެން ތިބޭ އިއްޒަތްތެރި މެމްބަރުންގެ އިޙްލާސްތެރިކަން. ކެރެންޏާ ފާސްކޮއްލަބަލަ ރޮކެޓް ސްޕީޑް

    30
    3
  3. ޣާދިރު

    ސާބަސް ޖާބެ..ތިޔައީ ގައުމުދެކެ ލޯބިވާ ދިވެހި ދަރިންދެކެ ލޯބިވާ ރަގަޅު މީހެއް..ޖާބެވަރެއް ހަމަ ނެތް..

    23
    3
  4. ކޮމާންޑަރު

    ކޮބައިތޯ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ އިނާޔަތް، އެކުދިންނަށް މިހާރު ދެއްވާ ފައިސާއިން އެކުދިންގެ ފަރުވާގެ ކަންތައް ކުރެވޭވަރަށްވުރެ ބޮޑު ޚަރަދުތައް ކުރަންޖެހި ކުރެވޭގޮތް ނުވެ ތިބީ ކިތައް ޢާއިލާތޯ، މިކަންކަމަށް ކިއުންތެރިންގެ ޚިޔާލު ދެއްވުމަށް އެދެން.

    35
    3
    • މުހަމްމަދު

      ކޮމާންޑަރުގެ ތިހިޔާލައް ތާއިދުކުރަން އިއްޒައްތެރި މެމްބަރު ޖާބިރު ހާސްސަ އެހީއައް ބޭނުންވާ މީހުންނައްދޭ އިނާޔަތްވެސް ބޮޑުކުރަން ހުށަހެޅިނަމަ ވ.ފުރިހަމަވީސް.

      22
      1
    • ފުޅި މަދު ފާހާނާ

      ތި ހިޔާލަށް ތާއީދު ކުރަން...

      15
      • ޑ

        މަވެސް ތާއީދު

  5. ކާޅުކެއަސް ސޮއްނުގޮވާ

    މައިން ބަފައިން ބެލުމަކީ ދަރީންގެ ބޮލުގައި އެޅިފައިވާ ޒިންމާ އަކަށް ވާއިރު ސަރުކާރުން ޢާއިލާ އަކަށް -/20000 (ވިހިސާސް ) ރުފިޔާ ދޭއިރު ރެއާ ދުވާލު ބުރަ މަސައްކަތް ކުރާ އާދައިގެ މުވައްޒަފަށް މިލިބެނީ -/4000 ރުފިޔާ ، ލާދީނީ ވެރިކަން ދަމަހައްޓަން ޤާނޫން އަސާސީގެ ބާރު ކަންޑުވާލާ ޖުޑިޝަރީ ފުޑާލާން ހިންޖާ ޖަރީމާތަށް އޮއްބާލަން މަދު ފައިސާ ކޮޅަކަށް ރައްޔިތުމީހާ ބޮލަށް ޗިޕު ޖަހަނީ . ތިޔަ ގޮތަށް ވެޓުނުން ރައީސް ދަތުރުފަތުރުގެ ނިޒާމެއް ވެސް ބަޔަކަށް އެތަށް ފަޅުރަށެއް ހިލޭ ދީފާ އެމީނުން ލައްވާ ފެއްޓި. ވަގަކީ ހަމަ އެކަނި ރައީސް ޔާމީން. ދެން ބާރަށް އަތްޖަހާ ????

    22
    6
  6. އަލީ

    ވަޒީފާތަކުގަ ތިބޭ މީހުނައް ލިބޭ މުސާރަ އެނގޭ މެމްބަރަކު މަޖިލީހުގަ އެބަތިބިބާ

    28
  7. މޮހަނު

    ތިޔައީ ރަގަޅުކަމެއް، ނަމަވެސް އަހަރެމެން 24 ގަޑިއިރު މަސައްކަތް ކުރާ މީހުންނަކީ އެއްވެސް އެއްޗަކަށް ނުވިތާ، އެކަނިވެރި މައިންނާއި ބަފައިންނަށް ތިވަރު ދެންޏާ ދެން އެކަނިވެރި މައިންނާއި ބަފައިން ކުރިއަށް އޮތްތަނުގަ މިޤައުމުގަ ތިބޭނީ

    24
    2
  8. އަޒޫ

    ޖާބިރުގެ އަމިއްލަ ލާރި ބަހާލަން ފެށޭ ގާފަރު/ކާށިދޫގެ އެކަނިވެރި މައިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް... ދުނިޔޭގެ ކޮންތަނެއްގަބާ ވަޒީފާ އަދާނުކޮށް މިވަރުގެ ބޮޑު މުސާރަޔެއްދެނީ... ގުދާރު ބިންދާގެ މަސައްކަތް ކުރާމިހުނަށްވެސް ތިވަރުގެ މުސާރަ ނުދެ

    17
    5
  9. ދަރިންނުލިބޭ

    ކޮބާތަ ދަރިން ނުލިބިގެން އެއްވެސް ބައެއްގެ އެހީތެރިކަމެއް ނުލިބިގެން މާޔޫސްވެފަ ތިބި ދިވެހި ދެމަފިރިން. މިއީ ހުރިހާ އިނާޔަތަކުން އެއްކިބާ ކުރަންޖެހޭ ބައެއްތޯ؟

    9
    3
  10. ސަންތިމަރިޔަބު

    ތިޔަހުށަހެޅުން ރޮކެޓް ސްޕީޑް ގާއި ބޭރުކޮއްލާނެއެވެ މިހާރު ރައްޔިތުންގެ ބޭނުމެއްނެތް އަނެއްކާވެސް ރިޔާސީ އިންތިހާބެއް ކާރިވީމާ ތީތި ވައްދާފަފާސްކޮއްލާނެއެވެ. ސިޔާސީމީހުން ދިވެހި ރައްޔިތުންގެ ބޮލަށް ގުއިރޭ އިރުވެސް ރޭކާނުލާނެއެވެ. ހަމަ ހިނި އަންނަނީ

    14
    2
  11. ހަމަލޮލުން

    މުސްކުޅިވި ދުހު ދަރިން މައިންބަފައިންގެ ލާރިން އުޅޭނެ މަގެެއްތަ ތި ކޮށާ ދެނީ!!! މި ހާރުވެސް މުސްކުޅި މައިން ބަފައިން ނަށް ފައިސާ ލިބޭތީ އޭ ކިޔާ އެ މައިން ބަފައިންނަށް އެހީ ނުވާ ދަރިން ބައިވަރު. މައިންބަފައިން މުސްކުޅިވީމާ ބަލަން ޖެހެނީ ދަރިންނަށް. ސަރުކާރުގެ ދީލަތި ކަމުން މުސްކުޅިން ނަށް ދޭން ފެށި ފައިސާ އިތުރު ކުރުމުގެ ނަމުގައި ތިބޭފުޅާ ހުށަ ހެޅި ބިލަކީ ކަނޑަ އެޅިގެން ސަރުކާރަށް ކަންކަން ދަތި ކުރަން ހުށަ ހެޅި ބިލެއް. ތިބޭފުޅާ އަތުން މުސްކުޅިއަކަށް ނުވަތަ ނިކަމެއްޗަކަށް މަހަކު 1 ލާރި ވެސް ދިއްކޮށްލާބާ!!!

    9
    4
  12. މަ

    ކަމުދާ ގޮތެއް ނޫން. އިންތިހާ އަށް ޚަރަދުކޮށްގެން ޑިގުރީއަށް ކިޔަވައިގެން ހެސްކިޔާފަ ވަޒީފާގަ މަސައްކަތް ކޮށްގެން އަހަރެމެނަށް މި އުޅެނީ 10000ނުލިބި. ދެން 65 ވެފައޭ ކިޔާފަ، ކިތަންމެ މުއްސަނދި ދަރިން ތިއްބަސް، ވިޔަފާރި ކުރިޔަސް ރައްޔިތުންގެ ފައިސާއިން 10000 ދޭންވީ؟

    10
    3
  13. ޥައުދު

    ސިވިލް ސާވިސް މުވައްޒަފުން ޙިދުމަތުގަ20 އަހަރު ވުމުންތިމާމެން ކަޑާލި ޕެންޝަން މިފަހަރު ހަމަޖެހިގެންދާނެކަމައްވެސް ކެމްޕެއެން ތެރޭގަެސޮރުބުނިއޭގެޙަބަރެއްވެސނުވެއި

  14. ޢަދުރޭ

    ސޮލާހުއްދީން ލިޔުއްވި ޅެމެއް ދޮހޮއްކޮބެ ލަވައެއްގެ ގޮތުގައި ގެނެސްދެއްވި އެ ލަވައިގަ އެ ބުނާ ހުރިހާ ކަމެއްް މި ދަނީ ފެންނަމުން.

    މާމުޔާ ގިތެޔޮ އުޑުން ވެވިވެހި ވާރޭ ކަމުގައި
    ކާނެވަރަކަށް ކެއުމަށް ވާނެ ނަމައޭ ރަނގަޅީ
    ވަހުމުތައްގިނަވެ މަސައްކަތްނުމެކޮށް ޣަފްލަތުގައި
    ރަޙުމަތަށްއެދިއެދި ތިބުމޭ ދިވެހިންނަށް ރަނގަޅީ
    ކަންނެތެއް ކަމަކު ޢަޖާއިބު ކަންނެތް ކަމުގައި
    ވަންހަނިމިދާއިރުވެސް ސޮހަލުވެ ތިބުމޭ ރަނގަޅީ

    ދިވެހިންގެ ވަންހަ ނިމިދާކަށް ނެތް ނިމި ހިނގައްޖެ . މަސައްކަތް ނުކޮށް އުޅުމުގެ އާދަ އަށަގަނެ ބަންގާޅީން ފަސްހާސް ދިނީމަ ދިވެހިމީހާގެ ނަމުގަ ފިހާރަ ރަޖިސްޓްރީ ކޮށް އެތަންތަން ހިންގައިގެން އެވެރިން އުޅެނީ ވޭވް ސައިކަލާ ކާރުގަ ލޯކަލް މާރުކޭޓްގެ ނަންވެސް މިހާރު ބަންގާޅީ މާރުކޭޓަށް ބަދަލުކުރަން ޖެހިފަ އޮތީ . ދަންޑުތައް ހައްދަނީ އެ މީހުން މަސްވެރިކަން ކުރަނީ އެ މީހުން . ދިވެހިންނަށް ދިވެހިރާއްޖެ އަމިއްލަ މަސައްކަތުން ނުހިންގެންޏާ އެހެން ޤަވްމެއްގެ ބަޔަކާ މިތަން ޙަވާލް ކޮށްފަ ރެފިއުޖީންނަށް ވާންވީނު އެންމެން . 10 ހާހުން ބާރަހާހުން ކޮންމެ މީހަކަށް ބަހަން ނަހަދާ

    7
    1
  15. މުދިންބެ

    ކޮބައިތަ ނުކުޅެދޭ މީހުންނަށް ބޮޑުކުރަން ބުނިބައި؟ އަދިވެސް 2000 ރުފިޔާ!

    8
    1
  16. ސައު

    މޮޔަފުޅުވީތޯ އަބްދުﷲ ޖާބިރު

  17. މުހައްމަދު

    ސިވިލް ސާވިސް މުއަންޒިފުންގެ މުސާރަ މިއުޅެނީ ޖުމްލަ 10000 ރުފިޔާ ނުލިބިގެން ސިވިލް ސާވިސް މުއައްޒަފުން ގެ މުސާރައިން ޢޯޓީ ކަނޑާ ހަދާފަ 65 އަހަރުން މައަްޗަށް 10000 ހާސް... އަޖައިބެއް