މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) ން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 78 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުގެ ފަރާތުން ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ބިޒްނަސް އިމޭޖް ގްރޫޕް އަކީ ފައްޔާޒުގެ އެއްބަނޑު އެއްބަފާ ބޭބެ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ 90 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެހެންކަމުން މިސަރުކާރުން ބިޒްނަސް އިމޭޖް ގްރޫޕް އަށް ކުއްލިއަކަށް ފައިސާ ދިނުމުން ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އެފައިސާ އަކީ ވެސް ފަސް މިލިއަން ރުފިޔާ އެއް ނުދައްކާ އޮތުމުން ދައްކަން ޖެހުނު ޖޫރިމަނާ އަކަށް ވެފައި މައްސަލަ އިސްތިއުނާފު ނުކޮށް ސަރުކާރުން އެފައިސާ ބިޒްނަސް އިމޭޖް ގްރޫޕަށް ދިނީ ބާރުގަދަ ބައެއްގެ ނުފޫޒުން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ބިޒްނަސް އިމޭޖް ގްރޫޕަށް ސަރުކާރުން ފައިސާ ދިން މައްސަލައިގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލުގެ ޖަވާބު ދެއްވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، އެއީ އޭނާގެ ވަރަށް ގާތް ރަހްމަތްތެރިން ގުޅިގެން އުފެއްދި ކުންފުންޏެއް ކަމަށާއި 2015 ގެ ފަހުން އޭނާގެ އެއްވެސް މަސްލަހަތެއް އެކުންފުނީގައި ނޯންނާނެ ކަމަށެވެ.

"މިއަދު އަޅުގަނޑަކަށް ނޭނގޭ ކުންފުނީގެ ހިއްސާ އޮތީ ކިހިނެއް ކަމެއް. އެކަމަކު ޔަގީން ކަމާ އެކީގައި ދަންނަވަން އެނގޭ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭބެ (ހަސަން އިސްމާއިލް) ގެ ހިއްސާ އެ ކުންފުނީގައި އޮވޭ." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރަށް އަތުވެދާނެ ބޮޑު ބުރައަކުން ސަލާމަތް ކުރުމަށް މިގޮތަށް ހުރި ހުރިހާ މައްސަލަތަކެއް ދައުލަތަށް ބުރަ ނުވާނެ ގޮތަކަށް ވާހަކަ ދައްކައިގެން އަދުލުވެރި ގޮތަކަށް ނިންމޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވާފައި ވާނެ ކަމަށެވެ.

ފައްޔާޒުގެ ސުވާލާއި ގުޅިގެން މެންބަރުން އިތުރު ސުވާލު ކުރުމުގެ ފުރުސަތެއް މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މުހައްމަދު ނަޝީދު ނުދެއްވިއެވެ. ނަޝީދު އެފުރުސަތު ނުދެއްވީ ވަޒީރާއި ކުރި ސުވާލަކީ ޒާތީ ސުވާލެއް ކަމަށާއި އެއީ ޤާނޫނީ ގޮތުން ކުރެވޭނެ ސުވާލެއް ނޫން ކަމަށް ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަހުމަދު

    މިހާރު ކެނެރިގޭ ނަޝީދަށް ވެސް ޒާތީ ފެންނަން ފަށައިފި މެންބަަރަކު ޒާތީ ސުވާލެއް ކުރެއްވިއޭ ކިޔާފައި އެހެން މެންބަރުނަށް އެފުރުސަތު ނުދިނުމަކީ ވަރަށް ޚުދު މުޚުތާރު ގޮތެއް އެހެންތާ ވާނީ އެމްޑީޕީގެ މަޖްލިސް ކެންޕޭނަށް އެފައިސާއިން ވަނީ ޚަރަދު ކޮށްފައި

    57
    • ދދދދދދ

      78 މިލިއަން ދޭކަށް އޭނަ ނުފޫޒެއް ނުފޯރުވާ. އެއަށްވުރެ މާގިނައިން ދޭން އޭނަ ނުފޫޒު ފޯރުވީ. އޭނަ ތެދަށް ބުނީމަވެސް މިމީހުން ހާދަ ކަންތައް ބޮޑޭ. ދެން މިހިރަ ފެންނަ ހަތަރު ގޮނޑީގެ ވެރިޔާ ފޫކޮޅަށް ކޮން ބާރެއް މިކުރަނީ. ޖީވަންޓޭއަށްވުރެ މިކަލޭގެ ހާލު ދެރަ.

  2. އެމަންޖެ

    ތި ވެސް ޔާމީން ސަރުކާރު ނަމަ ކަންތައް ހުރީސް...

    57
  3. ބެއްޔާ

    ސުވާލުކުރުމުގެ ފުރުސަތު ނުދެއްވި ސަބަބުންވެސް ތިކަމުގައި ގޯސްކޮށް ކަންކަން ހިނގާފައިވާކަމަަށް ބެލެވޭ. ވައްކަމާއި ދައުލަތް ދަވާލުމުގެ ކަންކަން ވަރަށް ފާޅުކަން ބޮޑތގޮތަކަށް މިދަނީ. މުޅިންވެސް ދައުލަތުގެ ބޮޑުންގެ މަސްލަހަތު އޮންނަ ފަރާތަތްތަކަށް ބޮޑެތި އަދަދުން ފައިސާދެނީ. ސްޕްރީމްކޯޓް ފުނޑާލުގެ އެންމެ ބޮޑު ބޭނުމަކީވެސް މިއީ. ވައްކަންކުރަން.

    50
  4. ކަމަނަ

    ތިއީ ޒީރޯ ޓޮލަރަންސް ދިރިހުރިމިސާލެއް ސާބަހޭ

    46
  5. ސޯޅަ ގެވަޅު

    މަހަމަ ހަޕު

    31
  6. މޑޕ

    ބަލަ ކަލޭ ބުނީމާ ވޭތަ އެއީ ޒާތީ ކަމަކަށް؟ ގޮތްކުޑަ ލާދީނީ

    48
  7. ފައްޔާޒު

    ނުފޫޒެއް ނުފޯރުވަން. ކުޑައަތްބާރެއް އަޅާދިނީ.

    38
  8. ހުސޭނުބޭ

    މިއީ ސީދާ ކަލޭގެ ރޭވުމުގެ ދަށުން ކުރިކަމެއް! މާ ރަގަޅުކަމަށް ހެދިގެން އުޅޭނެކަމެއްނެތް! އަހަރެންނަކަށް ނޭގޭ ކަލޭ ނުފޫޒު ތި ކިޔަނީ އަންހެނަކަށް ނޫންކަމެއްވެސް!

    36
  9. ބިދޭސީ ބޯއީ

    މީމިއާއިލާގެ އެމްމެންގެ ހިއްސާވާ ކުންފުންޏެއް. މިމީހުން އޭރެއްދައި އޮޔެދެމޭދިމާލަކަށް ދީލާލާނެ. މިދިޔަ ވެރިކަމުގައި މައުމޫނުގެ ދަނޑިދަރި ނަދީމްވެސް ތުޔަކުންފުނީގައި ހިއްސާދާރަކަށް ހަދައިގެން އުޅުނު. އެއްތަނުން ނުލިބުނީޔާ އަނެއްތަނުން ދަމާލާނެ.

    35
    • ........

      ހުސް ވަގުން.

      26
  10. ދދދދދދދ

    ކަލެއަކީ ވަގެއް. ކަލޭ ކުރާނެ ހުރިހާ ކަމެއްވެސް.

    28
    1
  11. ސަންތި މަރިޔަނބު

    ހުވާ މަ މި ހެޑިންކިޔައިފަ ހީހީ ހަލާކުވެއްޖެ..ހީހީ ނިމުނުއިރު ރުޅިއައިސްގެން ފަޅައިގެންދާވަރު ވެއްޖެ. ތިޔަ މީހާ ކައިރީ އަހާބަލަ މިހާރު ކުންފުންޏާ ހަވާލުވެފައި ހުރިމީހާ އެ މަގާމައް ގެނައީ ކޮންކަމަކަށް ޝަރުތު ކޮށްފަތޯ..ކުންފުނީގައި ނެތް ލާރިއަކު ފިނޭންސް މިނިސްޓްރީން ލޯނުނަގައިގެން ފައިސާ ތެޅިގަނެގެން ދެއްކީ ކީއްވެތޯ..ދެިވެހީންނޭ ހޭ އަރާ ...އަންނި މި ކުޅޭގޭމަކީ އޭނާގެ ހިތުގައި ދިވެހީންނާމެދު ހުރި ނަފްރަތު(އިސްތިއުފާން ދޭން ޖެހުނީމަ) ގެ ބަދަލް ހިފުން..ރައްޔިތުންނުކުމެ ރައްޔިތުންގެ މަޖްލިސް ސާފްކުރާ ހިސާބައް ދާނެ މިވަރުން ދަންޏާ..

    28
  12. އައްޔު

    ނުފޫޒެއް އެއްގޮތަކަށްވެސް ނޮއޮންނާނޭތާ ތިޔަވިދާޅުވީ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭބެއޭ ދެން ނުފޫޒެއް ނޮއޮންނާނެނުންދޯ؟

  13. ސަސަ

    ހޫމް.. ދެން ތިބީ ކުޑަކުދިން ވިއްޔަ މޮޔަވާހަކަ ނުދައްކާ