ފުލުހުންގެ ތަޙްޤީޤު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން މީހަކު ހޯދަން އާއްމުންގެ އެހީތެރިކަމަށް ފުލުހުން މިއަދު އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މިމައްސަލައިގެ ތުހުމަތުގައި ސުވާލުކުމަށް ހޯދަމުންދާ މީހަކީ ރ. ރަސްގެތީމު، ފިނިރޯޅި، މުހައްމަދު އަހުމަދު (34އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

ވީމާ މުޙައްމަދު އަހުމަދާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 4005166 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

ފުލުހުން ވިދާޅުވީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށެވެ.