ސްޕްރީމް ކޯޓުގެ އަމުރުތަކަށް މަޖިލީހުން ތިބީ ބޯލަބާ ގޮތަކަށް ނޫން ކަމަށް ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ސްޕްރީމް ކޯޓުގެ އަމުރު ނެރުނީ ހަތަރު ފަޑިޔާރުން ވެގެން ކަމަށާއި އެގެއިން ވެސް އެގެނީ މައްސަލަތަކެއް އެބަ އުޅޭކަން ކަމަށެވެ.

"ސްޕްރީމް ކޯޓުން މައްސަލަ ބަލައި އަމުރު ނެރެން ޖެހޭނީ އޮނަހިރި މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން ކަމަށް ގަވާއިދުގައި ބުނާއިރު ސްޕްރީމް ކޯޓުގެ އަމުރު ނެރުނީ ހަތަރު ފަޑިޔާރުން ވެގެން ކަމަށާއި އެގެއިން ވެސް އެގެނީ މައްސަލަތަކެއް އެބަ އުޅޭކަން" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސްޕްރީމް ކޯޓުން ސޫމޯޓޯ ކިޔައިގެން ކޮންމެ އަމުރެއް ނެރުނަސް އެއަމުރަކަށް މަޖިލީހުން އޮތީ ތަބާވާ ގޮތަކަށް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖަހާންގިރި

    ބޯނުލަބަންޏާ ބޯ ލަންބުވާލާނަން ބަލަންތިބޭތި އެދުވަސްވަނީ ދާދި ކައިރީގަ ހޮޅިނުހައްލާ......

    46
    2
  2. އިބްރާހިމް

    މިހާރު މިއޮތީ ޑިމިކްރަސީ ފޭލިވާހިސާބުގަ. ތިންބާރު ވަކިވަނީ ކިހާހިސާބަކުންތޯ ސުވާކުއުފެދޭ. އިބޫއަށް ޑިމޮކްރަޓިކް ރަސްކަން ދިނިއްޔާކީއްތޯ

    29
    2
  3. ޒުމްރާ

    ވެއްޓެން ކައިރިވެއްޖެ އިންޝާއަﷲ!

    35
    2
  4. ޢިއްސޭ

    މީ އަޅެ ކޯއްޗެއް އިނގޭ މީހެއްތަ އަރަބިން ލިޔެފައި އިންނަ އަކުރެއް ކިޔަންވެސް ނޭނގެ... މިކަހަލަމީހުން މި އަގަނތަޅަނީ އަސިވެސް އެއުޅެނީ ޔޫރިން ޕޮސިޓިވްވީމާ ބިރުން ފިލިގޮތައް

  5. ޢަހުމަދު

    މިއީ ވަރަށް ފުއްޕާފަ ހުންނަ މީހެއް

  6. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ސުޕުރީމު ކޯޓުގެ އަމުރުތަކަށް މާތްކޮށް ހިތައި ކަމޭހިތުމަކީ، ޢާންމުކޮށް މަޖިލީހުގެ މައްޗަށްވެސް އަދި ޚާއްޞަކޮށް މަޖިލީހުގެ އެންމެހައި މެންބަރުންގެ މައްޗަށްވެސް ޤާނޫނު ލާޒިމުކުރާކަމެކެވެ. އެހެނީ، މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފެއްޓެވުމުގެ ކުރިން ހުވާ ކުރައްވަނީ، ސުޕުރީމު ކޯޓުގެ އަމުރުތަކަށް މާތްކޮށް ހިތައި ކަމޭހިތުމަށެވެ.

  7. ޒާ

    އަމުރަށް ބޯނުލަނބާނަމަ ދޫކުރި އެންމެން އަލުން ގޮސް ޖަލަސް ވަދެބަލަ. ތިމާމެންނަށް ފައިދާވާ ކަންކަން ބަރާބަރު ދޯ. އެނޫން ކަންކަމަށް ބޯނުލަނބަނީ. ތީ ވަކަރުގޭ މީހުންގެ ހާލަތު ހުންނާނެގޮތް. އަހަރެމެންނަށް ތި ދަސްކޮށްދޭ ކަންކަމުގެ ނަތީޖާ ވަރަށް ގޯސްވާނެ ކަން ވިސްނާތި.

  8. އަހުމަދު

    ފުރަތަމަ ހެއްދެވި ފަރާތައް ބޯލަނބާބަލަ.... ތިޔަ ބޭފުޅާ ދިރިއުޅުއްވާ ގެއާއި ޖެހިގެން މިސްކިތް ހުންނައިރު އެތަނަށް އަރާ ބޯނލެބޭތޯ ފުރަތަމަ ބަލާށެވެ. ގައިމު ބަންގީގެ އަޑު ކަންފަތް ބުނޑުން އިވޭނެ ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެ.. މަރުވެގެން ދާން ޖެހޭނި ތިޔަ މަޖިލީހާ ޕާޓީވެސް ދޫކޮށްފައި ނަމާދު ނުކުރެވޭ ހާލު ދެން ކޮންފަރާތަކަށްތޯ ބޯލެނބޭނީ.... މިސްކިތައް ނަމާދަށް ނޭރޭ މީހަކީ ހަލާކުވެ ގެއްލި ފައިވާ މީހެކެވެ.

  9. ސިކަންދަރު

    ތިޔޮތީ ވާނެ ހަޔެތިވެފައި ތިމާމެން އަމިއްލަޔަ ތިންބާރު ވަކިކުރަން ތަންތައް ހަދާފައި ތިމާމެންނާ ދެކޮޅައް ކަމެއްވާއިރައް ބާރުތައް ކަމަކުނުދޭ ތިންބާރް އެއްކޮއްލަންވީ މިޔޮއްގައުމެއްވާދޯ ލަދެއް ނެއް ބަޔަކައް ކޮންމެ ކަމެއްވެސް ކުރެވިދާނެ ޓީވީން މާތް ބޭފުޅަކު ވިދާޅުވި ލަުވެތިކަން ނެއް މީހާ ކޮންމެ ކަމެއް ވެސް ކޮއްފާނެއޭ މިހާރު ގަބޫލް ކުރެވޭ އެއީ ހަގީގަތްކަން ވީމާ އަމިއްލަޔައް ފޭހުނު އިލޮށިގަޑު މިފަހަރު ތިވަނީ ހަމަ އަމިއްލަ ލޮލައް ތިޔަތަން ހަދާށާ މެމްބަރުންނައްވެސް ވޯޓްދިން ހަމަ ތިޔަ ބޯނުލަބާން ތިޔަބުނާމީހާވެސް ރައްޔަތުން ކުރިަތީގައި ތިޔވެއްޓެނީ އަގު ގެއްލިއްޖެ ަބުރެއް އަލަކުން ނުލިބޭނޭ މުސްކުޅިންބުނޭ މާތް ﷲގެ ޙަޒުރަތުގައި ޖަވާބްދާރީވާން ޖެހޭނެ އެދުވަހަކުން ތިޔަ އިއްޒައްތެރި ކަމެއް ނޯންނާނެ ވެދުން