ސުޕްރީމް ކޯޓުން ނެރެފައިވާ ދެ ކޯޓު އަމުރަކީ ޣައިރު ގާނޫނީ އަމުރުތަކެއް ކަމަަށާއި، އެ އަމުުރުތަކަށް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ތަބާނުވާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީސް އިން ގަރާރެއް ފާސްކޮށްފިއެވެ.

"ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޒު ޢަބްދުﷲ ދީދީ ގެ މައްޗަށް ހުށަހެޅި، މޯލްޑިވްސް ޕޮލިސް ސާރވިސް އިން ތަޙުޤީޤު ކުރަމުންގެންދާ މައްސަލަ އާއި ގުޅިގެން ފަނޑިޔާރުންގެ ޤާނޫނުގެ 45 ވަނަ މާއްދާއާއި ޖުޑީޝަލް ސާރވިސް ކޮމިޝަންގެ 42 ވަނަ މާއްދާގެ ދަށުން، ޖުޑީޝަން ސާރވިސް ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން ފަނޑިޔާރު ޢަބްދުﷲ ދީދީ ވަޒީފާގެ މަސައްކަތަށް ނިކުތުން މަނާކުރެވިފައިވާތީ އެ ނިންމުމަށް ތަޢުނުކޮށް އޭނާ ދިވެހި ރާއްޖޭގެ ސްޕރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން، އެ ކޯޓުން 17 ޖޫން 2019 ދުވަހު ނެރުއްވާފައިވާ ކޯޓު އަމުރާއި އަދި 18 ޖޫން 2019 ވަނަ ދުވަހު ނެރުއްވާފައިވާ ކޯޓު ޢަމުރުގައި ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ހޯދުންތަކާއި އެ ކޮމިޝަންގެ ނިންމުމާއި މެދު ބަސްބުނެ ގޮތް ކަނޑައެޅުމުގެ ބާރު މި މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމެޓީ އަކަށް ވިޔަސް ލިބިގެން ނުވާ ކަމަށް ކަނޑައަޅާފައިވާ ހިނދު، އެ އާމުރަކީ ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިންގި ގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެކަމަށް ބަޔާންކޮށްފައި ވަނިކޮށް، ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުތައް ހަނިކުރެވޭ ގޮތަށް، އަދި ޤާނޫނޫ އަސާސީގެ 4 ވަނަ މާއްދާ އާއި 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ ސީދާ ބާރު ހަނިކުރުމުގެ ޢަމަލެއް ކަމަށް ފެންނަ ހިނދު އަދި އެ އަމުރުން ކޮށްފައިވާ ޤައިދުތައް ތަބާވުމަކީ ރައްޔިތުންގެ މަޖިލީހަށް ޤާނޫނު އަސާސީގެ ދަށުން ލިބިގެންވާ ބާރުތައް ދޫކޮށްލުން ކަމަށް ޤަބޫލުކުރެވޭ ހިނދު، އަދި ދިވެހި ރާއްޖޭގެ އަދުލު އިންސާފު ޤާއިމު ކުރުމުގެ އެންމެ އިސް ފަރާތުން އެ ނެރުއްވި ޢަމުރަކީ އޭގެ ސަބަބުން ދައުލަތުގެ ހިންގުމުގެ ނިޒާމު ބޮއްސުންލައި ޤާނޫނު އަސާސީ ތަރުތީބު ކޮށްފައިވާ އިންތިޒާމު ތަކަށް ލޮޅުން އަރާ ގޮތަށް ނެރެފައިވާ އަދި ޤާނޫނާއި ޚިލާފަށް ތަޢައްސުފީ ޢަމުރެއް ކަމަށް ފެނުނު ހިނދު...." ހިސާން ހުށަހެޅުއްވި ޤަރާރުގައި ވަނީ ބަޔާންކޮށްފައެވެ.

"އެ ޢަމުރުގެ ސަބަބުން ނިކުމެދާނެ ހައްސާސް ނަތީޖާ ތަކަށް ރިޢާޔަތްކޮށް އެ މައްސަލަ ހައްލު ކުރުމަށް މި މަލިޖިސް އެއްބަސްވާ ހިނދު ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހާއި މަތިކޮށްފައިވާ ޒިންމާ ތަކަކީ އެއްވެސް ފަރާތެއްގެ ލަފައެއް އިރުޝާދެއް ނުވަތަ ޢަމުރަކަށް ތަބާވުމުގެ ގޮތުން ވިޔަސް ރައްޔިތުންގެ މަޖިލީހަށް ދޫކޮށް ނުލެބޭނެ އަދި ރައްޔިތުންގެ މަޖިލީހަށް އޮތް ބަރީއަނުވެވޭނެ ދުސްތޫރީ އިލްތިޒާމު ތަކެއް ކަމަށް ވީ ހިނދު ، ދިވެހި ރާއްޖެ އަކީ ފުރިހަމަ މިނިވަން ކަމެއް ލިބިގެންވާ އިސްލާމީ އުސޫލުތަކަށް ބިނާ ކޮށްފައިވާ އަމިއްލަ ވެރިކަން ކުރާ ޑިމޮކްރެޓިކް ދަޢުލަތެއް ކަމަށް ޤާނޫނު އަސާސީގެ ދެވަނަ މާއްދާފަގައި ބަޔާންކޮށްފައި ވާއިރު، އެ ދަޢުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި އަދި އެބާރުތައް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައިކަމަށް ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށް ދަޢުލަތުގެ ތިން ބާރު ގެ ތެރެއިން ޤާނޫނު ހެދުމުގެ އެންމހާ ބާރުތައް ލިބިގެންވަނީ ރައްޔިތުންހެ މަޖިލީހަށްކަން ޤާނޫނު އަސާސީގެ 7 ވަނަ މާއްދާގެ (ހ) ގައި ޞަރީޙަ އިބާރާތުން ބަޔާންކޮށްފައި އޮތް އިރު، މުސްތަޤިއްލު ކޮމިޝަން ތަކާއި، މުސްތަޤިއްލު މަޤާމު ތަކާއި ބެހޭ ގޮތުން ނިންމަން ޖެހޭ ކަންކަން ނިންމުމަކީ އެ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަން ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ ފަސް ވަނަ ނަމްބަރުގައި ސާފުކޮށް ބަޔާންކޮށްފައި އޮތް އިރު،.." ހިސާން ހުށަހެޅުއްވި ޤަރާރުގައި ވަނީ ބަޔާން ކޮށްފައެވެ.

"ރައްޔިތުންގެ މަޖިލީހުގައި ކަންކަން ހިނގާނެ ގޮތް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޚާއްޞަ ބާރެއްކަން ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން އެނގެން އޮވެފަ ރައްޔިތުންގެ މަޖިލީހުން ކުރާ ކަމެއްގެ ޞައްޙަކަން ބަލާ، އެއާއި މެދު ފައިސަލާ ކުރުމަށް އެއްވެސް ކޯޓަކަށް ލިބިގެންވާ ބާރެއް ނޫންކަން ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) ން އެނގެން އޮތް ހިނދު، ރައްޔިތުންހެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ އެ މަޖިލީހުގެ ކޮމެޓީއެއްގައި މެމްބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމް ދީނުގެ އަސްލާއި ޚިލާފު ނުވާނޭ ގޮތުގެ މަތިން ދައްކާ ވާހަކައެއް ނުވަތަ ހުށަހެޅި ހުސަހެޅުމެއް ނުވަތަ ވޯޓު ދިނުމުގައި ޢަމަލު ކުރި ގޮތެއްގެ ސަބަބުންވިޔަސް ކޯޓަކަށް އެމީހަކު ހާޟިރުކޮށް ނުވަތަ އެމީހަކާއި އެމު އެއްވެސް ތަޙުޤީޤެއް ހިންގާ ދަޢުވާއެއް ކޮށްގެންނުވާނެ ކަމަށް ޤާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކުރެވުނުނހިނދު، އިސްވެ ބަޔާންކުރެވުނު ހުރިހާ މާއްދާ ތަކަށް ބެލުމުން ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ދިވެހި ރާއްޖޭގައި ޤާނޫނު ހެދުމުގެ ބާރު ލިބިގެންވާ ހަމައެކަނި މުޢައްސަސާ ކަމާއި، ދަޢުލަތުގެ އެއްވެސް މުޢައްސަސާއަކާއި މި މުޢައްސަސާއަކާއި މަޖިލީހުގެ ތަޅުމުގަޔާއި ކޮމެޓީ ތަކުގައި ކަންކުރާނެ ގޮތް ކިޔުމާއި މި މަޖިލީހާއި މި މަޖިލީހުގެ ކޮމެޓީ ތަކަށް ކުރެވޭނެ އަދު ނުކުރެވޭނެ މަސައްކަތްތައް ކަނޑައެޅުމުގެ ބާރު ލިބިގެން ނުވާކަން ސާފުކޮށް އެނގެން އޮތް ހިނދު،.." ހިސާންގެ ޤަރާރުގައި ބަޔާންކޮށްފައި ވެއެވެ.

ޤަރާރު ހުށަހެޅުއްވުމުގެ ކުރިން ހިސާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކޮންމެ ބާރެއްވެސް މި މަސައްކަތް ކުރަން ޖެހެނީ އެ ބާރަށް ޤާނޫނު އަސާސީން ދީފައިއޮތް އިމުގެ ތެރޭގައި ކަމަށާއި، ނަމަވެސް މިއަދު ފެންނަމުން މި ދަނީ، ދުސްތޫރުގައި ކަނޑައަޅާފައިވާ އަސާސްތަކާއި ހަމަތަކާއި، ޚިލާފަށް ޢަމަލު ކުރަމުންދާ މަންޒަރު ކަމަށެވެ.

"އެއްވެސް ފަރާތަކަށް ޤާނޫނު އަސާސީންނެއް އިންތަކާއި މިންތަކާއި ހުދޫދުތަކެއް ކަނޑަނޭޅި، މުޠުލަޤުކޮށް، ބާރުތަކެއް ދީފައެއް ނުވޭ. ބާރުތައް ވަކިވެފައިވާ ނިޒާމެއްގައި ކޮންމެ ބާރެއްވެސް މި މަސައްކަތް ކުރަން ޖެހެނީ އެ ބާރަށް ޤާނޫނު އަސާސީން ދީފައިއޮތް އިމުގެ ތެރޭގައި. ނަމަވެސް އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މި ދަނީ، އަޅުގަނޑުމެންގެ ދުސްތޫރުގައި ކަނޑައަޅާފައިވާ އަސާސްތަކާއި ހަމަތަކާއި، ޚިލާފަށް ތަކުރާރުކޮށް ރެ އާއި ދުވާލު އެހެން މުޢައްސަސާ ތަކުގެ މައްޗަށް އަރައިގަނެ ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ޢަމަލު ކުރަމުން ދާތަން. ޚާއްޞަގޮތެއްގައި މި މަޖލީހުގެ ބާރުތަކާއި އިމްތިޔާޒުގެ މައްޗަށް އަރައިގަނެ، ސްޕްރީމް ކޯޓުން މި ނެރެމުންދާ ޢަމަރު ތަކަކީ އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ބާރުތަކުގެ މައްޗަށް އަރައިގަތުން ކަމަށް އަޅުގަނޑު ދެކެނީ، އަދި އެއީ އަޅުގަނޑުމެން ރައްތިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިބެ ޤަބޫލުކުރެވޭނެ ކަމެއް ނޫން." ހިސާން ވިދާޅުވިއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެއްޅުވި މި ޤަރާރް ފާސްވީ ވޯޓުގައި ބައިވެރިވެޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

ގަރާރްގައި ޖުމްލަކޮށް، ބުނެފައި ވަނީ ސުޕްރީމް ކޯޓު އިން ނެރެފައިވާ ދެ އަމުރަކީ ކޯޓަށް ލިބިގެންވާ އިހުތިސާސްތަކުގެ ތެރެއިން ނެރެފައިވާ އަމުރުތަކަށް ނުވާއިރު، އެ އަމުރުތަކަށް ރައްޔިތުންގެ މަޖިލީސްގެ އެއްވެސް މެންބަރަކު ތަބާވާން ނުޖެހޭ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    މިހާރު އެމްޑީޕީ ބައިގަނޑަށް އެގިއްޖެ ދޯ ރައީސު ޔާމީނު ވެރިކަން ކުރީ އެންމެ ބެސްޓްގޮތައްކަން، އެމަނިކުފާނު ސުޕުރިންކޯޓުންނެރި ފެބްރުއަރީ 1ގެ އަމުރަށް އަމަލުނުކުރީ އެއީ އެންމެ ރަނގަޅުގޮތްކަމަށް ވާތީކަން، އެމަނިކުފާނަށްވެސް އެނގުނީ ސުޕްރިންކޯޓުގެ ފަނޑިޔާރުން އެފަދަ އަމުރުތައްނެރެނީ ރިޝްވަތުން އަންބޮނޑި ބަނދެގެންކަވެސް، ނަމަވެސް އެއިރު ތިޔަ އެމްޑީޕީ ކުދިން ހަޅޭއްލެވީ ޔާމީނު ޚުދުމުޚުތާރުކަމުން ސުޕްރިންކޯޓަށް ކިޔަމަންނުވީކަމަށް، އަދިކިރިޔާ ރަނގަޅުގޮތް ވިސްނުނީ ދޮތަ؟؟

    36
    1
    • ކާފަ

      އެކަމް މިއަދު މިކަންތައް ރަގަޅުކުރަން އުޅޭއިރު ކަލޭމެންވެސް ތި ސްޕްރީމްކޯޓްގެ ދިފާއުގަ ތިތެޅެބާލަނީ.

      21
  2. ވިސްނާ

    ގާނޫނު އަސާސީއަށް ފައިންއަރާ އަދި ގާނޫނު އަސާސީއަށް ބޯނުލަނބާ ބަޔަކަށް ސުޕުރީމްކޯޓުން ކުރާ އަމުރުތަކަށް ތަބާނުވުމަކުން އަހަރެމެން ހައިރާނެއް ނުވަމެވެ. ނަމަވެސް ކަރުން ނާރު ފުއްޕާފައި ފަނޑިޔާރުގެ އިސްލާހު ކުރާށޭ ކިޔާ ގޮވިޔަސް މިވެރިންގެ އިހުލާސްތެރިކަން ހުރި މިންވަރު މިހާރު ވަޒަން ކުރެވެއެވެ. މިވެރިންގާތުން ހިތްވަރުލިބިގެން އާންމު ރައްޔިތުމީހާ ސުޕުރީމުކޯޓުގެ އަމުރުތައް ބޮލާލާޖަހާތަން ފެނުމަކީ ދުރުގައިވާކަމެއް ނޫނެވެ. މިފަދަ ހުރިހާ ނުބައިކަމެއް މި އެމްޑީޕީ މީހުން އެބަ ދަސްކޮށްދެއެވެ. މާދަމާވެސް ވެރިކަން ވެއްޓޭއިރަށް ބަޣާވާތެކޭ އަނެކައްޗެކޭ ކިޔާ ރޮއި ހޭރޭނެތެވެ. މިވެރިންނަށް ކަންތައް ކުރެވޭ ގޮތެއް މިވެރިންގެ ހިތަކަށް ނާރައެވެ.

    28
    1
  3. ޒިމްޒިމް

    އަޅެފަހެ ސްޕްރީމަކޯޓްގެ ފަނޑިޔާރުންނަކީ މަތިން ފައިބާފަތިބި ބައެއްތަ؟

    1
    15
  4. ކާފަ

    ސުޕްރީމްކޯޓް އުވާލަންވީ..

    7
    3
  5. އަޙްމަދް

    ވަކި މީހަކު ކިޔާނެކަމެއް ނެތް
    ސިޔާސީ ކޮއްމެ މީހެއްގެ ގައިގާ އެކުލެވިގެންވާ މުޑުދާރު ފަސް ސިފައެއް ވެއެވެ.
    1 ޙައްގައް ރުޖޫޢަ ނުވުން.
    2 ބަހާއި ޢަމަލާ ދިމާނުވުން.
    3 ކޮއްމެ ގޮތެއް ވަރިހަމަވުން.
    4އެކަކު އަނެކާއަށް ގުދޯ ގުދޯ ގޮވުން
    5 ޖެހިވަޅަށް ޖެހުން.

    19
  6. އަޙްމަދް

    ވަކި މީހަކު ކިޔާނެކަމެއް ނެތް
    ސިޔާސީ ކޮއްމެ މީހެއްގެ ގައިގާ އެކުލެވިގެންވާ މުޑުދާރު ފަސް ސިފައެއް ވެއެވެ.
    1 ޙައްގައް ރުޖޫޢަ ނުވުން.
    2 ބަހާއި ޢަމަލާ ދިމާނުވުން.
    3 ކޮއްމެ ގޮތެއް ވަރިހަމަވުން.
    4އެކަކު އަނެކާއަށް ގުދޯ ގުދޯ ގޮވުން
    5 ޖެހިވަޅަށް ޖެހުން.
    އަދި މީގެ އިތުރުން ސިޔާސީ މީހުންނަކީ ހަނދާނެތުމުގެ ބަލީގެ ޝިކާރައަކަށް ވެފައިވާ ނިކަމެތި ބައެކެވެ.

    14
  7. ރައްޔިތުމީހާ

    ކިބުރުވެރިކަން ބޮޑާކަން ނިކަން އަވަހަށް މީހާ ނިކަމެތި ކޮށްލާނެ. ސުޕްރިމް ކޯޓުން މަޖިލިސް. އުވާލަންވީ.
    ވެރިމީހާ ގަންނާކުރެއްވި ބިރުން ޤާނޫނު ނަގަހައްޓާނަމޭ ދަމަހައްޓާނަމޭ ކިޔަކިޔާ ހުންނަނީ. ޤައުމު އަނދަވަޅަކަށް ވެއްޓޭ އިރު ވެސް.
    ޔާﷲ މިނުބައި ޖާހިލުންގެ ކިބައިން މިޤައުމު ސަލާމަތް ކޮށްދެއްވާނދޭވެ. އާމީން.

    16
  8. ޢަދިތާ

    ތިޔަމަޖުލީހުންއދުލުއިންސާފު ގާއިމު ކުރާކޮމެޓީ އެއް އުފައްދާ އެކޮމެޓީން ސްޕްރީމްކޯޓުން ކުރާމަސައްކަތް ކުރީމާ އިންސާފުލިބޭނީ!

    5
    2
  9. Anonymous

    . ޣައިރު ގާނޫނީ އަމުރުތައް ނެރޭ އިރު ޕްލިހާ އެމް އެން ޑީ އެފް ބަލަން ތިތިބެނީ ކީއްވެބާ. ތާކުންތާކު ނުޖެހޭ މަޖިލީހެއް. ތި މަޖިލީހަކީ ސަދޫމުގެ މަޖްލިސް.

    15
    1
  10. ޗާލު

    ސްޕްރީމްކޯތަށް އެގޮތަށް އަމުރުނެރެން ދަސްކޮށްދިނީ އެމްޑީޕީން. ރައީސް ނަޝީދުގެ މައްސަލަ ސްޕްރީމްކޯޓުން ނިންމާފައިވަނިކޮށް ނުފޫޒު ފޯރުވަިގެން އަނެއްކާ ދޫކުރުމަށް އަމުރއް ނެރުނީ. ދެންވާނެގޮތް ވަމުންމިދަނީ. ސްޕްރީމްކޯޓުގެ ބާރުނެތި މުޅި ޖުޑީޝަރީ ފުނޑާލީ

    14
    1
  11. Anonymous

    އަދަކީ ގައުމު ދެކެލޯބިވާ ދަރިއެއްގެ ހައިސިއްޔަތުން ވަރަށް ދެރަވި ދުވަހެއް، ކަރުނަ އަޅާ ރުއިން.

    14
  12. ޢަބްދުﷲ

    މަޖިލީހުން ސުޕުރީމު ކޯޓަށް ގާބުރިއެއް ހޫރާލައިފިއެވެ.

    12
    2
  13. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ތިޔައީ މަޖިލީހުގެ ދާއިރާގައި ޤާނޫނީ ހަމަތަކުގެ މަތިން ރަސްމީ ޙައިސިއްޔަތުގައި ވަޒީފާގެ މަސްއޫލިއްޔަތު ނިޔާކުރާ ގޮތުގެމަތިން ފަހަރެއްގައިވެސް ކުރެވޭނެ ކަމެއްނޫނެވެ. ޔަޢުނީ، ޤާނޫނު އަސާސީ ދަންނަ ކަމެއްނޫނެވެ.

  14. ދަންޑަހެލު

    ދިވެހި ކޮންމެ ރައްޔިތަކީވެސް މިނިވަނެއް މަޖިލީހުގެ އަޅެއްނޫން. އަހަރެން ފާސްކޮށްފިން މަޖިލީހުން ހަދާފަހުރި އަދި ހަދާ އެއްވެސް ގާނޫނުކަށް އަހަރެންވެސް އަދި އަހަރެންގެ ބެލުމުގެ ދަށުގަ ހުރި އެއްވެސް މީހަކު އަމަލު ކުރަން ނުޖެހޭނެ ކަމަށް....

  15. މޮހަނު

    ތިޔަ މަޖްލީހުން ފާސްކުރާ ޤާނޫނުތަކަށް ރައްޔިތުން ކިޔަމަން ނުވަން ރައްޔިތުން ނިންމައިފިނަ ދެންކިހިނެއް ވާނެބާ؟

  16. މަ

    ރައްޔިތުންގެ މަޖިލީހެއްނޫން. ޢމޑޕ މަޖިލިސް.