ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމާފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތުގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މާދަމާ ހެނދުނު 10:00 ޖަހާއިރު މި މައްސަލަ ކުރިއަށްގެންދިއުމަށް ނިންމާ، ފަނޑިޔާރު ދީދީ އާއި ވަނީ ޗިޓްވެސް ހަވާލުކޮށްފައެވެ.

ފަނޑިޔާރު ދީދީ ގުޅޭގޮތުން ބަލަން ނިންމާފައި ސުލޫކީ ފަސް މައްސަލައެއްކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ޖޭއެސްސީން ބަލަމުން ގެންދާ ފަނޑިޔާރު ދީދީގެ މައްސަލައިގެ ބައްދަލުވުންތައް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އޭނާ އެދިވަޑައިގެންނެވީ އެ ކޮމިޝަނަށް ހާޒިރު ކުރުމުންނެވެ. އަދި އެ މައްސަލަ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން ދީދީ ބޭނުންވަނީ، ފއޭނާގެ ނަޒާހާތްތެރިކަމާއި އަދި ތަހުގީގު ކުރިއަށްދާގޮތް ހުރިހާ ރައްޔިތުންނަށްވެސް ކަށަވަރު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ތަހުގީގު ކުރިއަށްގެންދަން ކަމަށް އޭނާގެ ވަކީލުންގެ ޓީމުން އެދެއެވެ.

ޖޭއެސްސީން، ދީދީގެ އިތުރުން ބައެއް އެހެން ފަނޑިޔާރުންގެ މައްސަލަތައްވެސް ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ދީދީ

    އަބްދުﷲ ދީދީ ފަލީހަތް ކޮއްލާ

    5
    32
  2. އިންސާފް

    އަލްހަމުދުﷲ

    5
    25
  3. ކާފަ

    ދީދީ ފަޞީޙަތެއްނުކުރެވޭނެ. ފަޞީހަތްވާނީ އެކަން ކުރަން އުޅޭ ބައެކެވެ. މިފަހަރު ރީތިއެއްޗެއް ރައްޔިތުންނަށްހާމާވާނެއެވެ.

    54
    6
  4. ދަރަނި

    ފަނޑިޔާރުންނަށް ބިރުދެއްކުން ހުއްޓާލުމަށްް ކެނެރީގޭ ނަޝީދައް ނަސޭހަތްތެރިވަން އަދި ދީދީ ކިޔާބޭފުޅުންނަށް އަޅައިގަނެގެން ހަސަދަފިލުވަން މަސައްކަތް ނުކުރުމަށް ނަސޭހަތްތެރިވަން

    9
    1
  5. މޮހަނު

    މިހާރުވެސް ކަންކަން ދާގޮތް ރައްޔިތުންނަށް ވަރަށް ސާފްކޮށް އެނގޭ، ދެން އޮންނާނީ ހިއުމަން ރައިޓްސް ކޮމިޝަނާއި އިންޓެގްރިޓީ ކޮމިޝަން ގެ މެންބަރުން ވަކިކޮށް އެތަންތަނަށް އެމީހުން ބޭނުންވާ މީހުން ލުން އެއަށްފަހު 7 ފެބުރުއަރީ ގެ މައްސަލަތައް ބަލާ ފުލުހުންނާއު ސިފައިންގެ ތެރެއިން ބަޔަކު ބޭރުކޮށް ޝަރީއަތް ހިންގުން

  6. ލަދުކުޑަ

    ޖުމުހޫރީ މައިދާން ތިަކަމަށް އެންމެ ރަނގަޅީ ނޫނީ ގަލޮޅު ސްޓޭޑިއަމް ބަޔަކު ނުކުމެ އޮރިޔާން ނުކުރަނީސް އަމިއްލައަށް އޮރިޔާމުން ތިއްބެވިއްޔާ ރަނގަޅީ މައްސަލަ ބައްލަވާ ބޭފުޅުން.ވަރަށް ސަލާމް

    11
    1
  7. ސަޓޯ

    ހުރިހާ ފަނޑިޔާރުންތައް ކަނޑާ ބޭރުކޮއްފަ އެތާ އަންނި ބައިންދާ ހެޔޮނުވާނެ

    14
  8. އިބްރާ

    ތިޔައީ ބޭކާރު ޝަރީޢަތެއް ޝަރީޢަތް ބޭއްވިއަސް ނުބޭއްވިއަސް. ރައީސް މަޖިލިސް މެދުވެރިކޮށް ސުޕްރީމް ކޯޓް އުވާލައި ތިންބާރު ވަކިކުރާނެ

    5
    3
  9. މުޙައްމަދު

    މި މީހުންނަށް ހެޔޮ ސަރީއަތްތައް ސިއްރު ކުރިއަސް ، މީ ފަޑިޔާރުންގެ އާދަކާދަ

  10. އައްޔު

    ދިވެހިން ހާދަ ގަމާރޭ ހިތަންއަރާ ސިކުނޑިންބާއޭ ވިސްނަނީ ޖޭއެސްސީގެ ދެވަނަ ނިންމުމަކީ ދުނިޔޭގެ ކޮންމެ ޤައުމެއްގައި ނިންމި ނިންމުމެއް ނަމަވެސް ވާނީ ޤާނޫނާއި ޚިލާފު ނިންމުމަކަށް ދެން އޮތީ ފަޟީހަތުގެ ވާހަކަ ހިނގާ ބަލަމާ މިޑްރާމާ

  11. ޙިޔާލު

    ބަދަލުގެ ރޫހުގަ މީހަކު މޮޔަވަނީ. ކޮންމެ ގޮތެއް ވިޔަސް އަންނި އަށް ކުރި ހުކުމަކީ ރަނގަޅު ހުކުމެއް. ޢަބްދުﷲ ޣާޒީ ރަހީނު ނުކުރާ ކަމަކަށް ނުވާނެ.

    17
  12. ސައީދު

    ތީ ހަމަ ބަދަލު ހިފުން ނަޝީދަކީ ހީލަތްތެރި އެއް،އަބަދުވެސް ބަދަލު ހިފުމުގެ ރޫހް ގެންގުޅެނީ ،ނަޝީދު ގެ މައްސަލަ ހުށަހަޅަބަ

    14
  13. ކޮޅުކެހި

    ދީދީ ހީފުޅުކުރެއްވީ އެބޭފުޅާ ކަންކުރާގޮތަށް ސިއްރުކޮށް ސަރީޢަތް ކުރައްވާނެކަމަށް މީގަޓުހުރި ބައެއް!

  14. ާާއޭނަ

    ކާމިޔާބު ގެ ވަގުތުގައި ހިތްތިރި ކިރުމުގެ ލާމަސީލު މިސާލެއް ތިކިޔާ އަންނިގެ ފަރާތުން އެފެންނަނީ. ހާދަ ދެފުއްކެހެރި މީހެކޭ. ބަދަލު ހިފުމުގެ ރޫޙުގައި މީހަކު ހަލާކުވަނީ

  15. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    އެއްވެސް މީހެއްގެ އެކައުންޓުގައި ފައިސާހުރުމަކީ، މައްސަލައެއް ހެއްޔެވެ. މީސްމީހުންގެ އެކައުންޓުގައި ވަކިލިމިޓެއްގައި ފައިސާ ބެހެއްޓުން ލާޒިމުކުރާ ޤާނޫނެއް އޮވޭހެއްޔެވެ.