މިހާރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެެވެ. އަދި ބޮޑަށް ވިއްސާރަވާނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުންވެސް އެކަށީގެންވާ ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ކަނޑުދަތުރު ކުރާ މީހުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ބަހައްޓަން ވަނީ އިލްތިމާސްކޮސްފައެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ ސިފައިންނައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު