ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަލަށް ހެދި ނެރުގެ މަސައްކަތެއް ކުރަން ހަމަޖެހިފައި ވާތީ އެކަމަށް އެއާޕޯޓަށް އަންނަ ކަނޑުގެ އުޅަނދުތައް ސަމާލުވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެދެފިއެވެ.

އެމްއޭސީއެލް އިން މިއަދު ނެރުނު އިއުލާނުގައި ބުނީ، އަލަށް ހަދާފައިވާ ނެރުގެ މަސައްކަތެއް އަންނަ ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަަށާއި، ހުޅުލޭ ފަޅުތެރެއަށް ވަންނަ އުޅަނދުތައް ސަމާލުވާން އެދޭ ކަމަށެވެ.

އެމްއޭސީއެލްގެ އެ އިއުލާނުގައި ބުނެފައި ވަނީ، އެ މަސައްކަތް ކުރާނީ ނެރު އެއްކޮށް ބަންދު ނުކޮށް ކަމަށެވެ.

ވެލާނާ އެއާޕޯޓްގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ.