މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ކޮމިޝަންގެ ނަައިބު ރައީސް ފާތިމަތު ޒައިނާ އާއި މެންބަރު އިސްމާއީލް ސޮފްވާން ވަކި ކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ޒައިނާ އާއި ސޮފްވާން ވަކި ކުރަން ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްއެވެ. އަދި އެ ހުށަހެޅުމަށް ވެލިދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ޝަފީގް ވަނީ ތާއިދު ކުރައްވާފައެވެ.

މީކާއިލްގެ އެ ހުށަހެޅުމަށް ކޮމެޓިން ގޮތެއް ނިންމަވާނެކަމަށް ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވަނީ ވިދާޅުވެފައެެވެ.

ބްރޯޑްކޮމްގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް މިއަދު ސުވާލުކޮށްފައިވާއިރު، އެ ބައްދަލުވުމުގައި ޒައިނާ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ. އަދި އޭނާއަށް އެއްވެސް ސިޔާސީ ނުފޫޒެއް ނެތްކަމަށް ވިދާޅުވިއެވެ. އެ ބައްދަލުވުމަށް ސޮފްވާން ހާޒިރެއް ނުވެއެވެ. މެންބަރުން ބުނީ، ސޮފްވާން އޮފީހަށް ވަޑައިނުގަންނަވާތާ ހަތް މަސް ދުވަސް ވެފައިވާ ކަމަށާއި އެކަމަކު ގަވައިދުން މުސާރަ ނަންގަވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމުން ސޮފްވާން ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި އެ މަގާމަށް ޒައިނާ އިންތިހާބުކުރީ މިދިޔަ ހޯމަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    އެބުނާހެން މިހާރު މި މީހުންގެ ބާރު! އެމީހުން ހިތުހުރި މީހަކު ދުއްވާލައި ބަދަލުހިފުމުގެ 5 އަހަރު ތިއޮތީ ކުރިޔަށް!

    28
    4
  2. Anonymous

    މިއީ ފަހުޒަމާނުގެ ޢަލާމާތެއްކަންނޭގެ، މިމީހުން މިކުރާ ނުބައި ޢަމަލުތަކުގެ ފަހަތުގައި ކޮންމެވެސް ޙިކުމަތެއްވާނެ، ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ،

    29
  3. ލިންލިން

    އެކަކު އަނެކަކުގެ ބޮލަށް ކަނޑާ ރެކެން އުޅުނު އުޅުމުން ވެސް އެނގިއްޖެ ތަސައްރަފު ނުފުދޭ ކުޑަކުދިންކަން.. ހަޑި ގޮތަކަށް ބޭރުކުރުމުގެ ކުރިން އަވަހަށް ބަޗާ

    6
    10
  4. އ. ޖ. އ

    ކެމްޕޭން މެނޭޖަރަށް ތިޔަ ވަޒީފާ އިހުލާސްތެރި ކަމާއި އެކު އަދާ ނުކުރެވޭނެ. ކެމްޕޭން ކުރަން ދިޔުން މާ ރަނގަޅު ވާނެ.

    1
    7
  5. ގުން

    ޒައިނާ އަކީ ތިތަނުން ކަޑާލަން ވެފަ ހުރި އަންހެނެއް. ޔާމީން ސަރުކާރުގަ ވަރަށް ގިނަ ޖަރީމާ ހިންގާފަ ހުރީ. އެނަޔަށް ނައިބު ރައިސް ކަން ހެޔޮނުވާނެ ދޭކަށް. މުޅި އާއިލާ ޔަކީވެސް އިބޫ ސަރުކާރާ ދެކޮޅު ބަޔެއް. ކޮންމެ ފަދަ ޖަރީމާއެއް ވެސް ހިންގަފާނެ.

    10