އަނެއްކާވެސް މާލޭގެ އިމާރާތަކުން މަގުމައްޗަށް ދޮރެއް ވެއްޓިއްޖެއެވެ.

މިއަދު ހަވީރު ވަގުތެއްގައި ދޮރެއް ވެއްޓިފައި ވަނީ ޝަހީދު އަލީ މިސްކިތް ކައިރީ ހުންނަ ގެއަކުންނެވެ.

ފުލުހުން ވިދާޅުވީ، މިއަދު 4:35 ހާއިރު ޝަހީދު އަލީ މިސްކިތް ކައިރީގައި ހުންނަ ގެއެއްގެ ފަސްވަނަ ފަންގިފިލާއިން ފެންލައިޓް ދޮރެއް ވެއްޓިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަދި އެއްޗަކަށް ގެއްލުން ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލޭގެ އިމާރާތްތަކުން އެއްޗެހި ވެއްޓި މީހުންނަށާއި، މުދަލަށް ގެއްލުން ލިބެއެވެ. އާއްމުކޮށް މިގޮތަށް އެއްޗެހި ވެއްޓެނީ ހަދަމުން ދާ އިމާރާތްތަކުންނެވެ. އެގޮތުން ދާދި ފަހުން މާލޭގައި ހަދަމުންދާ އިމާރާތަކުން ހޮޅިދަނޑިއެއް ވެއްޓި ސައިކަލުތަކަކަށް ވަނީ ގެއްލުން ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދޮގު

    އެއްވެސް އެއްޗަކަށް ގެއްލުމެއް ނުލިބެޔޭ!!! ގައިމު އެ ދޮރު އެއޮތީ ތެޅި ކުދިކުދިވެފައެއްނު!!??

  2. ސަޓޯ

    ދޮރުތައް ގިނަވީމަ މިހެންވެސް ވާނެދޯ ؟؟

  3. ބަކުރު

    ދޮރު ވެރޭ މޫސުން. ނަސީބް ދެދޮރު ނޫންކަން.

  4. ބޮލި މުލައް

    މި ސަރުކާރު އައިފަހުން މިނޫންކަމެއް ނޯވޭ ޤައުމު ތަރައްޤީ ވެދާނެއްނު.

  5. އަދާލަތު

    ބޭރަށް ހުޅުވޭ، ނުވަތަ ކޮންމެ ސްލައިޑް ދޮރުފަތެއްގައި ސެކިއުރިޓީ ޗޭނު ޖަހައި އެތެރޭ ފާރަށް ނުވަތަ، ދޮރުގެ ފްރޭމަށް ޗޭނުގެ އެއްކޮޅު ބޯލްޓްކޮށް ހަރުކޮށްފައި ބަހައްޓަން މަޖްބޫރު ކުރަން ޖެހިއްޖެނޫންތޯ؟ ޗޭނު ޖަހަންވާނީ ސްލަޑްގެ ބަރު ހިފަހައްޓާނެ ފެންވަރުގެ ޗޭނެވެ. ނޫނީ އެއްބުރިޔަށްވުރެ އުސް ޢިމާރާތްތަކުގައި، ބޭރަށް ހުޅުވޭގޮތަށް ދޮރުފަތް ހަރުކުރުމާއި، ސްލައިޑްދޮރު ބެހެއްޓުން މަނާކުރަންވެއްޖެނޫންތޯ؟