ތ. ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކޮށްދިނުމަށް އެދި ނައިބްރައިސް ފައިސަލް ނަސީމުގެ އަރިހުން އެރަށު ކައުންސިލުން އެދިވަޑައިގެންފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައު އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި، ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތު ވަނީ ކައުންސިލްގެ ފަރާތުން ނައިބާއި ހިއްސާ ކުރެއްވިއެވެ.

އެރަށު ކައުންސިލުން ނައިބް ރައިސް ކައިރީ އެދިލެއްވި ކަންތައްތަކުގެ ތެރޭގައި، އެރަށު ބިން ހިއްކުމުގެ މަޝްރޫއު އަވަސްކޮށްދިނުމާއި، ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އެއް ބަހައްޓުމުގެ މުހިންމުކަމާއި، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމުގެ އިތުރުން، ރަށުގެ ޞިއްޙީ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވިދާޅުވީ، ކަމާގުޅޭ ވުޒާރާތަކާއި ގުޅިގެން ކައުންސިލުން ފާހަގަ ކުރެއްވެވި މައްސަލަތަށް ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަަށެވެ. އަދި އިޖުތިމާޢީ އަދި ތަރައްޤީގެ ރޮނގުން ކައުންސިލުން ކުރެވިދާނެ ކަންކަން ފާހަގަ ކުރެއްވިއެވެ. އަދި، ކައުންސިލުން ވީހާވެސް ބޮޑަށް ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށާއި ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ކައުންސިލް މެންބަރުންނަށް އެރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިރިލަންދޫ ރައްޔިތެއް

    ނާނު، ޖަލާލު ،ޙުސެންމަނިކްބެ ހިތްވަރާއެކު ތިކުރާ މަސައްކަތަށް ސާބަސް...

  2. ޢަޙްމަދު

    ހިރިލަންދޫގެ ކުދިބޮޑު އެންމެހާ ރައްޔިތުންގެ ފައިދާއާއި ލާބަޔަށް ތީ ވަރަށް މުހިންމުކަމެއް، ތިޔަ ކޮށްދެއްވާ މަސައްކަތުގެ އަގު ވަޒަންކުރަން..... ވަރަށް ބޮޑަށް ޝުކުރިއްޔާ...

  3. ހުވާމިބުނީ

    ތިކަން ހިރިލަންދޫއަށް ކަމިޔާބު ވެއްޖެނަމަ އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ހިރިލަންދޫގެ މުސްތަޤުބަލް އަލިވެގެން ދާނެކަން ޔަޤީން...

  4. ހިތުވިންދު

    ދާއިރާއާއި، ރަށުގެ ތަރައްޤީއަށް ތި ކޮށްދެއްވާ މަސައްކަތް އުފަލާއެކު ބަލައިގަންނަން.. ޝުކުރިއްޔާ ނާނު... ޝުކުރިއްޔާ ޖަލާލު. ޝުކުރިއްޔާ ޙުސައިންމަނިކުބެ.