ކުޅުދުއްފުށީގެ ކަރަންޓުގެ ހިދުމަތަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، އެރަށަށް 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ އިން ވިދާޅުވިއެވެ.
ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ކުޅުދުއްފުށީގައި ކަރަންޓު ފޯރުކޮށް ދެމުންދާ އިންޖީނުތަކުގެ ތެރެއިން 1 މެގަ ވޮޓްގެ ޖަނަރޭޓަރު ސެޓަށް، މިދިޔަ މަހުގެ 21 ވަނަ ދުވަހު ޓެކްނިކަލް މައްސަލަ އެއް ކުރިމަތިވެފައިވާ ކަމަށެވެ.
ކުޅުދުއްފުށްޓަށް މިހާރު ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އަންނަނީ 1 މެގަ ވޮޓްގެ ޖަނެރޭޓަރު ސެޓަކާއި، 800 ކިލޯ ވޮޓްގެ 2 ޖަނެރޭޓަރު ސެޓެއް ކަމުން، ލޯޑް އެންމެ މަތިވާ ގަޑިތައް ކަމުގައިވާ، ހެނދުނު 10:00 އިން ހަވީރު 17:00 އާއި ދެމެދު ރަށުގެ ހަތަރު ބައިކުޅަ އެއްބައިގެ ސަރަހައްދުން ކަރަންޓު ޚިދުމަތް ކަނޑާލަން ޖެހިދާނެ ކަމަށް ފެނަކަ އިން ވިދާޅުވިއެވެ.
މި ޖަނަރޭޓަރު ސެޓަށް ދިމާވި ޓެނިކަލް މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ސްޕެއަރ، މިއަދު ވަނީ ރާއްޖެ ގެނައުމަށް ޑިސްޕެޗް ކުރެވިފައިވާ ކަމަށާއި މި ތަކެތި ރާއްޖެ ލިބޭނެ ކަމަށް ލަފާކުރެވެނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށް ފެނަކަ އިން ހާމަކުރެއެވެ.
"މިތަކެތި ލިބުމުން މައްސަލަ ޖެހިފައިވާ 1 މެގަ ވޮޓްގެ ޖަނަރޭޓަރު ސެޓް މަރާމާތުކޮށް، ކުޅުދުއްފުށީގެ ކަރަންޓް ހާލަތަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގައި ދަންނަވަމެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ ކަރަންޓުގެ ހިދުމަތަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، އެރަށަށް 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންދިއުމުގެ މަސައްކަތް މިކުންފުނިން ކުރަމުންދާކަމުގައި ދަންނަވަމެވެ" ފެނަކަ އިން ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ދިމާވެދާނެ އެންމެހާ ދަތިތަކަށް ކުޅުދުއްފުށި ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމާއި، ރައްޔިތުންގެ ކެތްތެރިކަމަށްޓަކައި ފެނަކަ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ސާބަހޭ ރ.ޔާމީނު... މަދޭނަން 100 ވޯޓް
ދަރަވަންދޫ ވަރެހް ނެއް 6 ޢަހަރު މަދުވެގެން 5 ފަހަރު ކަރަންޓު ކެނޑޭނެ ސާބަސް ފެނަކަ.
ބޭނުންވާ ސްޕެއަރ ކުރިން ގެނެއްސަ ހުންނަނަމަ ތިހެންނެއް ނުވާނެ!!