ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު އެކި ކޯޓުތަކުގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވީ، މުހައްމަދު ރާޣިބް އަހްމަދުއާއި ބެހޭގޮތުން މިއަދާއި ހަމައަށް އެ ކޮމިޝަނަށް އައިސްފައި ހުރި ޝަކުވާތަކާއި، އަދި މިވަގުތު ކޮމިޝަނުންވެސް ބައެއް ޝަކުވާތަކެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަދި އެ ހުރިހާ ޝަކުވާތައް ބެލުމަށް ފަސް މެންބަރުންގެ ކޮމެޓީއަކަށް ފޮނުވުމަށް މިއަދު ނިންމާފައިވާކަމަށް ޒަހީން ވިދާޅުވިއެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ

ކޮމިޝަންގެ ނައިބް ރައީސް މަސްތޫރު ހުސްނީ

ކޮމިޝަން މެންބަރު އަބްދުއް ރައޫފް އިބްރާހިމް

ކޮމިޝަން މެންބަރު މުހައްމަދު އީސާ ފުޅު

ކޮމިޝަންގެ މެންބަރު އިބްރާހިމް ރިއްފަތު

ކޮމިޝަންގެ މެންބަރު ހިސާން ހުސައިން

ޒަހީން ވިދާޅުވީ، ދެން އެ މެޖިސްޓްރޭޓްގެ ތަހުގީގު ކުރިއަށް ގެންދާނީ އެ ކޮމެޓީން ކަމަށެވެ.

ރާޣިބްއާއި ގުޅޭގޮތުން ހުށަހެޅި ބަލަމުން ދަނީ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި މައްސަލަތަކެއްކަން ވަނީ އެނގިފައެވެ. އެހެން ނަމަވެސް އެކަން ޖޭއެސްސީން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޙަލީ

    މިފަނޑިޔާރުންގެ ކަންތައްތައް ހާދަބޮޑުވެއްޖޭދޯ ،

    10
    3
    • ފުޅި މަދު ފާޙާނާ

      ޒަމާނުއްސުރެ ކަންތަށް ބޮޑު ބައެއް....

      5
      1
      • ތެދު ހަގީގަތް

        އެތައް ދުވަސް ތަކެއް ވީއިރު ތިބުނާ "މައުލޫމާތު އެނގޭ ފަރާތްތަކުން" އެއްޗެކޭ ނުބުނީ ކީއްވެ؟؟ގައުމުގެ ހާލަތު.

  2. ޛގދސސދމ

    ރ.މާކުރަތުއިވެސް އެބަހުރި ތިޔަކަހަލަ ގާޒީިއެއް. އުފުރާލަންވީ މިހާރު

  3. ހޯރަ

    ތަހުގީގު ކުރުމުގެ ބާރުވެސް މި މީހުންނަށް އޮވޭތަ. ޟިކަން ރީތިގޮތަކަށް އިރާދަ ކުރެއްވިއްޔާ ނިމިގެންދާން. ޢަތަށް ގޮވާނެ

    14
  4. ފުޅު

    ޢޯޑިއޯ ލީކުވި މެޖިސްޓްރޭޓުގެ މައްސަލަ އެއް ނުބަލަ އެއީ ނަޒާހަތްތެރި ލިސްޓުގައި ހިމެނޭ ޕާޓީ މީހެއްވީމަ ބާ

    21
  5. މާމިގިލީ މީހާ

    މާކުރަތު ގާޒީގެ މައްސަލަ ވެސް ބަލާން ޖެހޭ. މި ސަރުކާރު އޮތީ ނުކުޅެދިފަ. ކީވެ އަވަސް ނުވަނީ މިކަހަލަ މައްސަލަތައް. މާކުރަތު ގާޒީ މިހާރުން މިހާރަށް ހައްޔަރު ކުރާންޖެހޭ.

  6. ރައީސް ގައްނި

    މާކުރަތު ގާޒީގެ މައްސަލަ ނުބަލާނެ. އެއީީ އެމްޑީޕީީ
    އެކްޓިވިސްޓެއް.

  7. މެނޭޖަރު

    މިއީ ތިނަދޫ ރައްޔިތުން ނުކުމެ ރަށަށް ނޭރުވި މެޖިސްޓްރޭޓް ދޯ؟ މީނާ ދާކޮންމެ ތަނެއްގައި މިސަކަރާތެއް ޖަހާ.

    3
    1
  8. ދުންތަރި

    ތިޔަ ރާޣިބަކީ ފައްކާ ރޯނު އެދުރެއް އެނގޭ ކަމެއް ނެތް އެކަމަކު ނޭނގޭ ކަމެއްވެސް ނެތް ކުއްލިޔާއިން ޑިގްރީ ހެދި އިރު ފާސްނުވެގެން ތެޅުނު ގޮތް ހިތައްއެރިޔަސް ލަދުން ބޯ ހަލާކުވާވަރުވޭ އެކަމަކު ތިމާއަށްވުރެ އެނގޭ މީހަކު ނެތްކަމަށް ދެއްކުމަށް އުލޭނީ ޖުޑިސަރީގަ މާ ބާރުގަދަ މީހަކަށްވެގަނެގެން އުޅެނީ މިކަހަލަ އެތައް މެޖިސްޓްރޭޓުންނެއް އެބަތިބި މެޖިސްޓްރޭޓުން ނިމިދިޔަ މަޖިލިސް އިންތިޚާބުގަ ފާޅުގަ އެމްޑިޕީއަށް ކެމްޕޭންވެސް ކޮށްދީފަ އެބަހުރި ނިކަން ހިއްވަރެއް ހުރިއްޔާ މިކަހަލަ ހުރިހާ މެޖިސްތްރޭޓުންނާ ހުރިހާ ފަނޑިޔާރޔންނާނ ދޭތެރޭ އިސްސާފުން ފިޔަވޅުއަޅާބަލަ އެކަމަކު މިކަމެއްނުވާނެ ވަކި ފިކުރެއްގެ ބަޔަކަށް ފިޔަވަޅުއަޅާނީ އެމްޑި ޕީ ވެރިކަމުގަ ކުރިންވެސް އެމީހުން ބޭނުންނުވާ މީހުން މަޤާމުތަކުން ވަކި ކުރުމަސް ޖެހި މަޅިޔަކީ ޖިންސ ގޯނާ ގެ މަޅި އަނެއްކާ ތާރީޚް އަނބުރާ އިއާދަކުރަނީ އެންމެ ފަސޭހައިން މީހާގެ އަބުރު ނަގާލައި މީހާ ފަލީހަތްކުރެވޭނީވެސް އެކަހަލަ މަޅިޖަހައިގެން ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ

  9. މކސ

    ރާޤިބު ޑިގުރީ ނިންމީ ކުއްލިޔާއަކުން ނޫން ރާޤިބުއާބެހޭގޮތުން ދުންތަރީގެ މަޢުލޫމާތު ވަރަށް ދަށްކަމަށް ބެލެވެނީ! ސައްޙަ މަޢުލޫމާތު ފޯރުކޮށްދެއްވާ!