ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށް ގެންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލާގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިއަށް ގެންދާއިރު، ޓީވީންވެސް ލައިވް ކުރާނެ ކަމަށް ޖޭއެސްސީން ބުނެފިއެވެ.

ދީދީގެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ބާއްވަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. މާދަމާ 10:00 ޖަހާއިރު އެ މައްސަލަ ބަލަން ފަށާއިރު، އެ މައްސަލަ ބަލަން ބޭނުންވާ ފަރާތްތަކަށް ހެނދުނު 9:00 ޖަހާއިރުން ފެށިގެން ފުރުސަތު އޮންނާނެ ކަމަށް މިރޭ ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، އާއްމުންނަށާއި، މީޑިއާއަށް ދަރުބާރުގެއަށް ވަދެވޭނީ ޖާގަ އޮތް މިންވަރަކުން ކަމަށެވެ. އެ ތަހުގީގު ލައިވްކޮށް ޓީވީން ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ. ޒަހީން ވިދާޅުވީ، އެކަމަށް އެދި މިހާތަނަށް ހުއްދަ ނަގާފައި ވަނީ ޕީއެސްއެމުން ކަމަށާއި، ޕީއެސްއެމްއަށް އެ ފުރުސަތު ދީފައިވާ ކަމަށެވެ.

"މިހާތަނަށް އައިސް އަޅުގަނޑުމެންނަށް އެދިފައި އެބަ އޮތް އެހެންވީމަ ލައިވް ކުރަން ފުރުސަތު ދޭނަން. ލައިވްކުރުމަށް މިހާތަނަށް އަޅުގަނޑުމެންނަށް އެދިފައި އޮތީ ޕީއެސްއެމްން، އޭގެ އިތުރުން އެހެން ފަރާތަކުން އެކަމަށް އެދުނުކަމުގައިވިޔަސް އެ ފުުރުސަތު ދޭނަން އެ ފަރާތަކަށް". ޒަހީން ވިދާޅުވިއެވެ.

ޒަހީން ވިދާޅުވީ، ޖޭއެސްސީންވެސް ބޭނުންވަނީ ވީހާވެސް ބޮޑަށް ހުޅުވާލެވިގެން އެ ތަހުގީގު ކުރިއަށްގެންދިއުމަށް ކަމަށެވެ.

އެ ތަހުގީގަކީ ހުޅުވާލައިގެން ބާއްވާ ތަހުގީގެއް ކަމަށް ވިޔަސް، ތަހުގީގު ކުރިއަށް ދާ މާލަމުގައި ހިފަހައްޓަންޖެހޭ އުސޫލުތައް ހިފަހެއްޓުމަށް ޒަހީން އެދިވަޑައިގަތެވެ. އަދި އެ އިޖުރާތުތަކާއި ހިލާފްވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެ ކޮމިޝަނުން އަޅާނެ ކަމަށް ޒަހީން ވިދާޅުވިއެވެ.

ޒަހީން ވިދާޅުވީ، އެ ތަހުގީގު ކުރިއަށް ދާއިރު ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންނާއި ސިފައިން ވެސް ބައިވެރިވާނެ ކަމަށެވެ.

ފަނޑިޔާރު ދީދީ ގުޅޭގޮތުން ބަލަން ނިންމާފައި ސުލޫކީ ފަސް މައްސަލައެއްކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މިއީ ރާއްޖޭގެ ޓީވީއަކުން މިފަދަ މައްސަލައެއް ލައިވް ކުރާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މޮހަނު

    ވެބްކެމް ކުރިމަތީ އޮރިޔާންވި މައްސަލަ ލައިވްކޮށް ބަލަންވީނުން، ތިހާ އިންސާފްވެރި ސަރުކާރެއްވިއްޔާ

    35
    4
    • ޑިމޮކްރަޓިސްޓް، ރ.ވާދޫ

      އެކަމެއް ނުބެލޭނެ. އޭގަ އޮރިޔާންވެފަތިބީ އެމްޑީޕީ މީހުން.. ނަމުގަ އިންސާފުވެރި ސަރުކާރުމީ..

      27
      3
    • ލޮލް

      ވަގުލޫފު ގިޔަރު ސެޓު އެޅުވަނިކޮށް ލީކުވި ފޮޓޯތަކުގެ މައްސަލަވެސް ދޯ؟ ?

      24
      1
  2. ޖައްސާތި

    ފަނޑިޔާރު ޑީޑީގެ މައްޗަށް ހިންގާ ތަހުގީގު ޓީވީން ލައިވްކޮށް ދައްކަނީ ނަމަ އެއީ މަމެން ޕިންކީން އުފާ ކުރާ ކަމެކޭ ނިމިދިޔަ އެއިޓީން މޫން ސީންގް ރޭހުގައި މަމެން ޖެހިރޭހުގައި މަމެންނަށް އެއިޓީން މޫން ސީންގް ރޭހުގައި ނައިންޓީން މޫން ސީންގް ނުފެނުނު ކަމަށް ތިމަރޭ މެން ބުނި ނަމަވެސް އެކަމުގައި ޝައްކު ތަކެއް އުފެދޭތީވެ އެކަން އިންސާފުގެ މަގުން ކުރުމަށް އެމެން ގާތު ބުނުމުން އެމެން ވެސް އެކަމުގައި ހުކުމް ކުރި ގޮތް އެއީ މަމެން ރޮއިރޮއި ހަލާކުވި ކަމެކޭ ޕީޕީއެމް އިން ވެސް ދަންނަން ޖެހޭނެއޭ މިކަން ޓިޓް ފޯރ ޓެޓް މިފަދަ ކަންކަމުގައި އޮންނަން ޖެހޭނީ އެއިރުން ދެން އަންނަ ހުރި ކޭސް ތަކުގައި ވެސް އެމެންނަށް ރަނގަޅަށް އިންސާފުގެ މަގުން ހުކުމް ކުރަން އިނގޭނީ މިފަހަރު ޖެހޭނެ ބޮޑު ދެ ކޯޓް ގައި ތިބި ހުރިހާ ހުކުމޭ މެން ފުނޑިގެން ދާވަރު ކޮށް އަދި އެމެންނަށް ރާއްޖޭގެ ލީގަލް އިންޑަސްޓްރީގައި އެމެންގެ އުމުރަށް މަސައްކަތް ނުކުރެވޭ ގޮތް ހަދާ އެމެން ނާށިގަނޑު ހިފައިގެން ރަށުތެރޭގައި ސަލާމް ޖަހަން ނިކުންނަ ވަރުކުރަން...

    9
    4
  3. ޖައްސާތި

    ރާއްޖޭގައި މިހާރު ވާރކް ފޯރސް ގައި އެންމެ ޖެނުއިން ކޮށް މަސައްކަތް ކުރާ ބަޔަކީ އެއީ އަންހެން ވެރިންނޭ އެމެންނަށް ފުރައްސާރަ ނުކުރެވޭނެއޭ މާލެ އަކު އެކަން ކުރާ ބަޔަކު ޖެހޭނެއޭ ސައިޒުން ކަނޑާ ތިރި އަރުވާލާ އަދި އެފުރައްސާރަ ކުރި އެއްޗަކު ނާށިގަނޑު ހިފައިގެން ރަށުތެރޭ ސަލާމް ޖަހަން ނިކުންނަ ވަރު ކުރަން ތިޔާ ވަޒީފާ އިން ވަކި ކުރި ލީގަލް އޮފިސަރަށް ރާއްޖޭގެ ލީގަލް އިންޑަސްޓްރީގައި ދެން ދުވަހަކު ވެސް މަސައްކަތް ނުކުރެވޭނެ ގޮތް އެބަޖެހެއޭ ހަދަން...

    1
    2
  4. ކްލޯސްޑް

    ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ވާނީ ވަރަށް ލާރޖް ކޮށް ޖައްސައިގެންނޭ އެމެން ނާއި ދެކޮޅަށް ޖެހޭނެއޭ ލާރޖް ކޮށް ޖައްސާ އެމެން ތަންޑާވާ ވަރު ކުރަން އެނޫނިއްޔާ އެމެން ރިޖެނެރޭޓް ކުރާނެއޭ ދައުލަތުގެ ބަޖެޓުން މިލިއަނުން ފައިސާ ގަނޑު ދަމައިގަންނަނީ އެއީ ބޮޑެތި ވަގުންނާއި ގުޅިގެން އެމެން ކުޅޭ މާފިޔާ ގޭމް އެކޭ މިފަހަރު ޖެހޭނެއޭ ލާރޖް ކޮށް ޖައްސަން މިކަމުގައި އެމެން ޖެހޭނީ ހަމަ ކުޑަ ކަކޫ މައްޗަށް ތިރިވާން މީގައި ނޯންނާނެ އިތުރު ޗޮއިސް އެއްވެސް އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް...

    1
    1
  5. ކެޔޮޅު

    އައްނި ހީވަނީ ރީތިގޮތަކައް ކަލޭކަންތައް ނިމިދާހެން ގާޒީވަގައްނަގާފަ ކަލެއައް ހުކުމް ކުރިމީހާ ބާރުލިބުނީމަ ތިކަތިލަނީ ދޯ؟

    22
    4
    • ޟަމް

      ވަރަށް ފެންވަރު އޮޅިގެން އުޅޭ ގޮލައެއް ތީ ސާބަސް އަންނި ހޭއަރުވާލާތި މިފަހަރު... ލައަކަ އެއްޗެހި ކެވިފަ ހުންނާނީ ގާޒީ އަށް...

      3
      13
    • ކެޔޮޅު

      ވަގަށް ނަގާ ވާހަކަ ޔާންޓޭ ފޭނުން ކީމަ ވަރަށް ޖޯކު. ރަށު ތެރެއިން އެހެން ކަމެއް ހޯދައިގެން އެކަމަކާ އުޅޭ.

      4
      1
  6. ޑްރީމް

    ފަނޑިޔާރު ޑީޑީގެ މައްޗަށް ހިންގާ ތަހުގީގު ޓީވީން ލައިވްކޮށް ދައްކަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ރާއްޖޭގެ ޖުޑިޝަރީ އަކީ އެއީ ދެން އިތުބާރު ގެއްލިފައިވާ މުވައްސަސާ އެކޭ ދެން އެމެން އެބަޖެހޭ އޯވަރ ހޯލެއް ކުރަން އެކަން ކުރަން ޖެހޭ ވަގުތު މިއޮތީ އައިސް ޖެހިފައޭ އެކަން ކުރެވޭނީ ފުރަ މާލެއަށް އުފަން މާލެ މީހަކު ނިކުމެ ޖެންޓުލްމެން ސްޓައިލަށް މިކަން ޖައްސައިގެންނޭ އިންސާފު ލިބުން އެއީ ޔަގީން ކަން އޮންނަން ޖެހޭނެ ކަމެކޭ އިފް ޔޫ ސީ ދަ ވޮންޑަރ އޮފް ޖަސްޓިސް ޔޫ ވުޑް ނެވަރ ކްރައި އައުޓް ޓު އެވޮއިޑް ޕެއިންސް އެން ސްޓްރެސް އައި ބިލީވް އިޓްސް ދިސް ޓައިމް އޯއް ޔޭއް ފެއަރ ޖަސްޓިސް ގޮނާ ޕްރިވެއިލް އައި ހޭވް އަ ޑްރީމް އޮފް އިޓް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އޮފް ފެންޓަސީ...

    3
    1
  7. ޓޫތްފޯރޓޫތް

    ފަނޑިޔާރު ދީދީގެ މައްސަލަ ޓީވީ އިން ލައިވްވެސް ކުރާނެ ކަމަށް ބުނުން އެއީ މަމެން އުފާ ކުރާނެ ކަމެކޭ ޕީޕީއެމް އިން އަދި ޕީއެންސީ އިން ވެސް މިކަމުގައި އަޑިން ކުޅެން ޖެހޭނީ ނުބައި ރޯލޭ އެއީ ހުރިހާ ކޯޓް ތަކުގެ ފަނޑިޔާރުން ނަގާ ހޫރާލަން ޖެހޭނެއޭ މާލޭގެ އެއްވެސް ކޯޓެއްގައި މިހާރު ހުރި އެއްވެސް ފަނޑިޔާރަކު ދެން ބަހައްޓާނެ ކަމެއް ނެތޭ މަމެންގެ ވެރިކަން ވެއްޓިއެއްޖެތޭ އެމެން އެންމެން ޖެހޭނީ ނާށިގަނޑު ހިފައިގެން ރަށުތެރޭ ސަލާމް ޖަހާ ވަރު ކުރަން އެކަން ކުރެވޭނެއޭ ސިޔާސީ ގޮތުން މިހާރު އެމްޑީޕީން ޖުޑިޝަރީ އަށް އެޖައްސާ ގޮތަށް އެމެންނަށް ޖައްސަން ފުރުސަތު ދީގެން އިންސާފުވެރި ކަމާއި އެކު ޖުޑިޝަރީ ހިނގުން އެއީ ޕީޕީއެމް އަށް ވެސް އަދި ޕީއެންސީ އަށް ވެސް ކުރިމަގުގައި ފައިދާ ކުރާނެ ކަމެކޭ އެއްގޮތަކަށް ވެސް މިހާރު މާލޭގެ އެއްވެސް ކޯޓެއްގައި ހުރި އެއްވެސް ފަނޑިޔާރަކު ސަލާމަތް ކުރަން މަޖްލީސް ތެރޭން އެއްވެސް މަސައްކަތެއް ޕީޕީއެމް އިން ވެސް އަދި ޕީއެންސީ އިން ވެސް މަސައްކަތެއް ކޮށްގެން ނުވާނެއޭ އެކަން ދަންނަން ޖެހޭނެއޭ ޕީޕީއެމް އިން ވެސް ޕީއެންސީން ވެސް ޓޫތް ފޯރ ޓޫތް އެއީ އޮންނަން ޖެހޭނެ ޕޮލިސީ އަކީ އެއީ ފިރިހެންވަންތަ ގޮތަކީ...

  8. ފާސްކޮށްބަލަ

    އުމުރުން ދުވަސްވީ މީހުންނަށް 10،000ރ. ދޭން މަޖިލިހަށް ހުށައެޅި ނަމަވެސް ދައުލަތުގެ ބަޖެޓް ދަރަނި ވަމުންދާ ދަނޑިވަޅެއްގައި މިކަން ކޮށްގެން ނުވާނެއޭ ރައްޔިތުންގެ ވަލްނަރެބްލް އޭރިޔާ އާއި ކުޅެގެން ޖާބިރު މެން ސަޕޯރޓް ހޯދަން ނޫޅެ ފުރަތަމަ ދައުލަތަށް އާމްދަނީ ހޯދާނެ ގޮތުގެ ބިލެއް ހުށައަޅާ އެފަދަ ބިލެއް ފާސް ކޮށް ބަލަ އެގޮތުން މާލެ ސަރަހައްދުން އަހަރަކު 12 ބިލިއަން އަކަފޫޓްގެ ބިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ކުއްޔަށް ދޭ ގޮތަށް ބިން ހިއްކަން ބިލެއް

    4
    2
  9. އައްޑޫ މީހާ

    ހުވާ މިސަރުކާރު ހިންގަން އުޅެނީ މީހުން ފެލާލައިގެން މިހާރު އެއުޅެނީ ދީދީ އަތުގައި ފައިސާކޮޅެއް ހުރީމަ އެތިކޮޅު ކަަޓުވަން ބަލަ އޑޕ މީހުން އެކަނިތޯ ކައިގެން ބޮއެގެން އުޅެން ޖެހެނީ؟ އެހެން މީހެއްގެ އަތުގަ ފައިސާކޮޅެއް ހުރިއްޔާދެން ހީވާނީ އެހެންފަދަ ކަމެއް ވެގެން އުޅޭހެން ތިގޮތައް ޔާމީނުގެ ބޮލަށްވެސް އަރައިގެން ނުނެއްޓިގެން ތެޅިބޭލި މިދެން ބޮޑު މުސީބާތެއް މިގައުމަށް ފާކުރައްވާފަ މިއޮތީ މީހުންނަށް ދެރަގޮތްތައް ހަދަމުން އުޅެވިދާނެ މިހާރު ބާރެއް ލިބިފަ އޮތީމަ އެކަމަކު ޤިޔާމަތް މަހުޝަރުގެ މައިދާނަކީވެސް އަދި އޮތްތަނެއް އޑޕ ސަރުކާރުން ފަންޑިޔާރުންނަށް ރިޝްވަތު ދިނީ މިހާތަނަށް މިގައުމުގެ އެންމެގިނަ ފައިސާ ކެއީ ކެނެރީގޭ ދަންނަ ނުދަންނަ މަަފާތް ކސ އެދުރު ކަލޭގެ ފާނު

    7
    3
  10. ކެރޭ އަބްދުﷲ

    މިސަރުކާރު މިއުޅެނީ ފަލީހަވަން. މިވެރިކަން ވެއްޓޭ ދުވަސް ވަރައް ކާރިވެއްޖެ. އިރާދަ ކުރެއްވީޔާ މިސަރުކާރު ވަރައް އަވަހައް ވެއްޓޭނެ. ޔާ ﷲ މިވެރިކަން ނިމުން ގެނަވާފާދޭވެ. އާމީން. މިކޮމެންޓް ޖަހާލަ ދޭތި.

    19
    3
  11. ހ

    މަޖްލިސްގެ ރައީސަކީ މުސްލިމް ގަވްމުގެ ރައީސަކަށް ހެޔޮވާވަރުގެ މީހެއް ނޫން. އެހެނީ ވެރިކަން ބަދަލުވި ފަހުން ރާއްޖޭގެ އެތައް ޢިލްމުވެރިންގެ ބޮލުގައި ބަދުނާމު އެޅުވި، ސީރިޔާއަށް ދިޔަ ދިވެހިންގެ ބޮލުގއިވެސް ވިޔާނުދާ ތުޙުމަތެއް އެޅުވި. ވެރިކަމުގެ ތެރޭގައި ދީނާއި ޚިލާފު އެތައްވާހަކަތަކެއް ދެއްކި. ފުރަތަމަ ކަމަކަށް މިކަންތައް ތަޙުގީގު ކުރަންވީ.

  12. ޤައުމީ ބިރު

    މަޖިލީހު ގައި މަސައްލަތް ކުރަނީ ރައްޔިތުންނަށް ނިންމަން ޖެހޭ ގާނޫނުތައް ނިންމާކަށް ނޫން އެމީހުންގެ އަމިއްލަ ޙަސަދަ ފިލލުވަން ޔާﷲ މިފަދަ ނުބައި ވެރިކަމެއް ދުވަހަކު ވެސް ނުދައްކަވާށިއެވެ،

    8
    1
  13. ޚިޔާލު

    ވެއްޓެނީ ވެއްޓެނީ ވެއްޓޭނެޔޯ، އިންޝާﷲ މާ ގިނަ ދުވަހެއް ނެތް މި އަނިޔާވެރިކަން ނިމިގެންދާނެ.

    8
    1