ދިރާގުގެ ނަމްބަރުތަކަށް ފޯން ކުރުމަށާއި، ދިރާގުގެ ނަމްބަރުތަކުން އެހެން ނެޓްވޯކްތަކުގެ ނަމްބަރުތަކަށް ފޯން ކުރުމަށާއި އަދި ދިރާގު ނަމްބަރުތަކުން މޯބައިލް ޑޭޓާ ބޭނުން ކުރުމުގައި ވެސް ދަތިތަކެއް ދިމާވެއްޖެއެވެ.

މައްސަލަ ދިމާވެފައި ވަނީ ރޭ ފަތިހުން ފެށިގެންނެވެ. ދިރާގުގެ ނަމްބަރުތަކަށް ފޯން ކުރުމުން މިއަދު ހާއްސަ މެސެޖެއް އަޑުއިވެއެވެ. އެމެސެޖްގައި ބުނަނީ ފޯނުތަކަށް ގުޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ދިރާގުން ކުރި ޓުވީޓެއްގައި ވަނީ ދިމާވެފައިވާ މައްސަލަ އަށް މަޢާފަށް އެދިފައެވެ. ދިރާގުން ބުނީ ވީއެންމެ އަވަހަކަށް މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނަ ކަމަށެވެ. ދިރާގުން ވެސް ބުނީ ބުނީ އެ ކުންފުނީގެ މޮބައިލް ފޯންތަކަށް ގުޅުމަށާއި ޑޭޓާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މައްސަލަ ހައްލު ވާނީ ކިހައި އިރަކު ކަމެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓަކި

    މިހާރުަަްއެކަނިވެގެނއުލެޭކަމެެއް ނޫން

    3
    1
  2. މުހަންމަދު

    ދިރާގު ހިދުމަތް މެދުކެޑިފަ އޮވެދާނެނުން

    2
    1
  3. ދިވެހިން

    ދިރާގުދެން އުވާލަނވީނު...!

    3
    2