ނައިބު ރައީސް ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާ ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހއ. އަތޮޅު މޮޅަދޫ، އުލިގަމު، ތުރާކުނު، އިހަވަންދޫ އަދި މާރަންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލުތަކާއި ބައްދަލުކޮށްލެއްވުމުގެ އިތުރުން އެ ރަށްރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ ހާލަތު ބައްލަވައިލެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ނަމަވެސް ދަތުރުފުޅަށް ފަހު ނައިބު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ ކޮންއިރަކުން ކަމެއް ރައީސް އޮފީހުން އަދި ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މި ސަރުކާރުގެ ކަމަކީ ދަތުރުކުރުން

    27
  2. ޞާލިޙް

    ޕިކްނިކް! ރައީސް ޔާމީންއާ އެމަނިކުފާނު ނައިބު ރަށްރަށަށް ދަތުރުފުޅުކުރައްވާފައިވަނީ މަޝްރޫޢުތައް ފެއްޓެވުމަށާ ނިންމުމަށް! މިއަދު މިފެންނަނީ ކުކުޅު ފަރިއްކުޅުއްވުމަށް ކުރާ ދަތުރުތައް!

    10
  3. hassan

    ހއ . ހޯރަފުށި ނަން ވެސް ވުޖޫދުގަވެސް ނެތީ ތޯ؟