ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ އެއްވެސް މެންބަރެއްގެ ގޮނޑި ސަލާމަތް ކުރެވިދާނެ ކަމަށް ހީކުރުމަކީ ކުށްހީކުރުމެއް ކަމަށް "ރާއްޖެޓީވީ" ގެ ކުރީގެ ނޫސްވެރިޔާ، މިހާރު ރައްޔިތުން މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު، މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ވިސާމް މިހެން ވިދާޅުވީ ބްރޯޑްކޮމްގެ މެންބަރުން އިއްޔެ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުތައް ކުރުމަށްފަހުއެވެ.

ވިސާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބްރޯޑްކޮމްގައި ތިއްބެވީ އެކަމަށް އެއްވެސް ވަރަކަށް ކުފޫ ހަމަނުވާ ބައެއްކަން ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެ ކަމަށެވެ.

"ރީތި ގޮތަކީ މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސް ކުރުމުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދިނުން. އެއްވެސް މެންބަރަކަށް ގޮނޑި ސަލާމަތް ކުރެވިދާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް." ވިސާމް ވިދާޅުވިއެވެ.

ބްރޯޑްކޮމްގެ ހުރިހާ މެންބަރުންގެ އިތުބާރުނެތް ކަމަށް މަޖިލީހުން ފާސްކުރާނެ ކަމުގެ އިންޒާރު ވިސާމް ދެއްވިއިރު ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި މިހާރުގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އިއްޔެ ވަނީ ހުށަހަޅާފައެވެ.

އެދެބޭފުޅުން މަގާމުން ވަކިކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. މީކާއީލް އެގޮތައް ހުށަހެޅުއްވީ މެމްބަރުން އެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށްފަހުގައެވެ. ޒައިނާ ވަޑައިގެން ނަމަވެސް ސޮފްވާން ކޮމެޓީއަށް ވަޑައެއްނުގަންނަވައެވެ.

މީކާއިލް އެގޮތަށް ހުށަހެޅުއްވި ނަމަވެސް އެކަމާއި ގުޅޭ ގުޅެގޮތުން ކޮމެޓީން އަދި ވަކި ގޮތެއް ނުނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ފާތުން

    ސާބަހޭ ވިސާމް. އެންމެން ބޭރުކުރާތި. ދައުލަތުގެ ލާރި ނަގައިގެން ފުލެޓް ގަނެފަ ކާރުގަނެފަ. ބޭސް ފަރުވާ ހިލޭ ކޮންމރ މީހަކަށް 40 ހާސް މުސާރަ. ޢޮފީހަށް ދަނީ ހަފްތާއެއގެ 3 ދުވަހު 2 ގަޑި އިރަށް. މިމީހުންނަށް ހީވަނީ މީޓިންގ އެއ ބޭއްވީމަ ނިމުނީ ކަމަށް. ޢިދާރީ ކުދިން ހުރިހާ ކަމެއްކުރީމަ ބޮޑު ގޮޑީގަ ތިބެ ކޮރަޕްޓް ގޮތް ނިންމާފަ މީޑިއާގެ ސަމާލުކަން ހޯދަނީ. ސަރުކާރު ބަދަލުވީ ކިޔަމުން އައި ރައިވަރު ބަދަލުކޮށް މަށަކީ ޔާމިނުގެ މީހެއް ނޫނޯ މަށެއް ފާތުން ކައިރީގަ ނޫޅެމޯ ކިޔާނެކަމެއް ނެތް. ތީ ކިހާ ފެންވަރު ހުރެގެން ނެގި ބައެއް ކަން އެންމެންނަށް އެނގޭ.

    12
    35
  2. އ. ޖ. އ

    ސާބަހޭ ވިސާމް.. އެންމެން ބޭރު ކުރާތީ.. ?? ?? ??

    12
    36
  3. ގަމު

    ކަލޭ އެކަނި ކުފޫ ހަމަވަނީ ވިސްނާ މިފަސް އަހަރު އެމްޑީޕީ މީހުން ބޭނުން ގޮތް ރައޔަތުންނަށް ހެދިދާނެ ކޮންމެމީހެއްގެވެސް ޅަދަރިން ތިބޭނެ މިނޫދުވަހެއްވެސް އަންނާނެކަން ދަންނާތި

    48
    6
  4. އަބުލް

    ކުފޫ ހަމަނުވާ މީހުން މަޖިލިސްއައް ވަނީމަ ގައުމުގެ 4ކަން ތިހަމަވީ

    49
    4
  5. ބޭނުންވިގޮތް

    ގާތުން ބޯ ވަރުގެ ޅަކުދިން މަޖިލީހަށް ވެއްދީމާ ވާނެ ގޮތް މިފެންނަނީ. !! މީ ދިވެހިން ބޭނުންވި ގޮތް.

    47
    3
  6. އަލިބެ

    ވިސާމް.. މިހާރުތި ބިރުދައްކަނީ... ބަޔަކަށް ބިރުދެއްކި ކަމުގައި ކަންކަން ކުރިމުގެ ތުހުމަތު ކުރެވިދާނެ.......... . މިހާރު ވިސާމް މަޖިލީހަށް ކުފޫހަމަނުވާކަން ތިހާމަވީ ...

    40
    5
  7. ޢަލީ ހަމީދު

    ގާނޫނީ ގޮތުން އުޑެއްބުޑެއް ނުދަންނަ މީހުން މަޖިލީސްގެ ގޮޑިއައް އެރުވީމަ ވާނެ 6 އެތި ވަމުން ދާނީ.. ދެން އަވަހައް މޭޒުމައްޗައްއަރާ. ޢޭރުން ހުންނާނީ މެމްބަރުކަން ކުރެވިފަ...

    30
    4
  8. އ. ޖ. އ

    ވިސާމަކީ މަޖިލީހަށް ކުފޫ ހަމަނުވާ މީހެއްކަމަށް ބުނާނި މޮޔައިން.. ދާއިރާގެ ގޮނޑި ތަފާތު ބޮޑުކޮށް ޅައުމުރުގަ ކާމިޔާބު ކުރެވުނީ ސަބަބެއް އޮވެގެން. މިހެން ބުނީމަ ބައެއް މީހުން ހަޖަމު ނުވެގެން ޑިސްލައިކް ކުރާނެ. ކެޓިޔަސް ހަގީގަތް ވާނީ ހަގީގަތަށް.

    9
    34
    • Anonymous

      އާނ. ސަބަބު ވަރަށް ސާފު. ކަލޭމެންގެ އީސީ ގޮނޑި ޔަގީންކޮށްދިނީމަ ކުރަތްޕެއްވެސް ހޮވޭނެ.

      9
      1
      • އ. ޖ. އ

        މަޖިލީހުގަ ކުރަފި އުޅޭތަ؟
        ތާއީދު އޮތް މެންބަރުން އެހެން ޕާޓީ ތަކުން ވެސް ހޮވިފަ ތިބީ.

        2
        1
  9. ޢަބޭ

    ތިހެން ފުއްޕާފަ އުޅުނު ކިތަންމެ އެމްޕީ އެއް އުޅުނު ނިމުން ވަރަށް ގޯސްކޮށް ދިޔައީ އިބުރަތް ހާސިލްކުރޭ އަދި ތަންކޮޅެއް ޅައީ ސަމްޕަތުމެން އަދިވިސްނޭނެ ފަހުން

    24
    4
    • އ. ޖ. އ

      އެހެންވެ މެންބަރު ޔާމީން މެން ލަދުން ގޭން ނުކުންނަން ވެސް ނުކެރިފަ އެތިބެނީ...

      5
      3
  10. ށުމަން

    ކުދި ގޮލާ މެން މަޖްލިހައް ވައްދައިގެން މި ގައުމު ފުނޑި ހަލާކު ވަނީ މިޔޮއްގެން މިކަމުގެ އަސްލު ފަހަތުގަ ތިބީ 2ބައި އުމުރުގެ ރީޏދޫ މީހުން. ޢެމީހުން ކުޑަ ލާރި ކޮޅަކަށް މި ވިއްކާލީ އެމީހުންގެ ދަރިންގެ މުސްތަގބަލް.
    ޥިސާމް މެން މީކާއިލް މެންް ކަހަލަ ކިރުބޯ ޅަދަރިން އަހަރެމެން އުޅޭނެ ގާނޫނު މިހަދަނީ
    ދެންވިސްނާލާ ކަންތަށް ދާނެ ހިސާބު

    21
    3
  11. ރައްޔިތު މީހާ

    އެންމެން ބޭރުކޮށްފަ ރީނދޫ ކުލަ ޖެހިފަ ތިބި މީހުން ލާ އަވަހަށް

    14
    4
  12. އަންނި

    މަގޭ މަޖިލީހުގައި މީހާޔައްވުރެ ބޮޑެތި ފައިނާ އެރިގެން އުޅޭ މަކަހަލަ މީހުންވަރަށް ގިނަ ކަމަށްފާހަގަކާވނީ.. ހަހަހޭ..

    1
    4
  13. ލަނގިރި

    މީ ރާއްޖެޓީވީގަހުރި އެންމެހަޔާތްކުޑަނޫސްވެރިޔާ މީނަޔަކައްނުދެއްކޭނެ ރީތިވާހަކައެއް

    • އ. ޖ. އ

      މީ ބިރުކުޑަ ވިސާމް

  14. ޢަންތަރީސް

    އޯގާތެރި ސަރުކާރުން މިކުރައްވަނީކީއްތޯ ވަޒީފާގެ ބިރުދެއްކުމާ މުއައްސަސާތަކުން ހަމައެއް ލަމައެއްނެތި މީހުންކަނޑަމުން މިދަނީހަމަ އޯގާތެރިވީމަޯ މިތަންތަުން ކަނޑަމުން މިގެންދަނީ ދިވެހިރައްޔަތުންނޫންބާ މިއީމާގަދަބޭ ހެދިގެންއުޅޭބައެއް މިބައިމީހުންބަލިކުރައްވާ ނިކަމެތިކުރައްވާދޭވެ.

  15. އިރު

    މާގޮތްކުޑަނުވެހުރޭ ނިމުންމާރީއްޗެއް ނުވާނެ.