12:44

ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރު އަބްދުﷲ ދީދީ އަށް ދިނުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމާލައިފި.

12:41

ދެގަޑިއިރާއި ތިރީސް މިނެޓަށް ވުރެ ގިނަ އިރު ވަންދެން ފަނޑިޔާރު އަބްދުﷲ ދީދީ ފާހަގަކުރި ކަންކަމަށް ރިޢާޔަތް ނުކޮށް މަޑުކުރުމަށް ފަހު ފަސް ދުވަހުގެ މުހުލަތެއް ޖަވާބުދާރީވުމަށް ދިނުމަށް އެންމެ ފަހުން ޖޭއެސްސީގެ ތަޙްޤީޤު ކޮމެޓީން ނިންމައިފި.

12:40

ޑރ.މުހައްމަދު ޖަމީލް: މިތަނަށް ވަން ފަހުން ލިބުނީ ފޮޓޯކޮޕީތަކެއް. އެހެންކަމުން އެއީ ކޮންތަނަކުން ކިހިނެއް ލިބުނު ލިޔުންތަކެއް ކަމެއް ވެސް ނޭނގުނު.

12:39

ރޭނިސް ސަލީމް: އެންމެ ކުޑަމިނުން އެއް ދުވަސް ދެއްވާ. އަޅުގަނޑުމެންނަށް މައްސަލައެއް ނެތް މާދަމާ ކުރިއަށް ގެންދެވި ނަމަވެސް. ޖަވާބުދާރީ ވާން ފުރުސަތު ދެއްވާ.

12:38

ޑރ.މުހައްމަދު ޖަމީލް: ތިބޭފުޅުންނަކީ ވަކީލުން. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ލިޔުންތަކަށް ޖަވާބުދާރީ ވާން ވަގުތު ބޭނުން ވާކަން.

12:37

ފަނޑިޔާރު އަބްދުﷲ ދީދީ: ތަޙްޤީޤު ކޮމެޓީން މާގިނަ ވާހަކައެއް ދެއްކެވުން އެއީ އަޅުގަނޑު ދަންނަ ކަމެއް ނޫން. ތުހުމަތު ކުރެވޭ މީހާ ފުރުސަތު ދޭން ޖެހޭނެ. މިހާރު ވެސް އެނގޭ މިންވަރަކުން ޖަވާބު ދެމުން މިއައީ. ނަމަވެސް ދިފާޢު ވުމަށް ފުރުސަތެއް ނުލިބުނު.

12:36

މަސްތޫރު ޙުސްނީ: ހުރިހާ ޙައްޤުތަކެއް ދީގެން މައްސަލަ ކުރިއަށް ގެންދަނީ. ފަސް ޑޮކިއުމެންޓެއް ދީފައި ވަނީ. އަޅުގަނޑުމެން ސުވާލު ކުރީ ސުލޫކީ މިންގަނޑުތަކާއި ގުޅޭ ގޮތުން. އިޖުރާޢަތުތަކާއި އެއްގޮތައް ދޭން ޖެހޭ ފުރުސަތު ދީގެން ކުރިއަށް މިގެންދަނީ. މިއަދު މިހާތަނަށް ދެކެވުނު ވާހަކަތަކަށް ބަލާފައި އިތުރު ވާހަކައެއް ދަންނަވަން އޮތްނަމަ ފުރުސަތު އަރުވަން.

12:31

ފަނޑިޔާރު އަބްދުﷲ ދީދީ: އަޅުގަނޑަކީ ވެސް އިންސާނެއް. އަޅުގަނޑަށް ވެސް ތުހުމަތުތަކަށް ޖަވާބުދާރީ ވާން އެކަށީގެންވާ ވަގުތު ދެއްވާ.

12:28

ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު: ސިޔާސީ މީހެއްގެ އަތުން ފައިސާއެއް ހޯދާފައިވާނެތޯ؟

ފަނޑިޔާރު އަބްދުﷲ ދީދީ: ސާފުކޮށް ތިސުވާލުގެ ޖަވާބު ދަންނަވައިފިން. އަޅުގަނޑު ސިޔާސީ މީހެއްގެ އަތުން ވެސް އެހެން މީހެއްގެ އަތުން ވެސް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިސާ ހޯދާފައެއް ނުވާނެ.

12:24

ފަނޑިޔާރު އަބްދުﷲ ދީދީ: އަޅުގަނޑަށް ފުރުސަތެއް ދެއްވާ.

މަސްތޫރު ހުސްނީ: ފުރުސަތު ލިބޭނީ ސުވާލު ކުރުމުން.

ފަނޑިޔާރު އަބްދުﷲ ދީދީ: މިމައްސަލައިގައި ތިބޭފުޅުންގެ މަސްލަހަތު އޮތްކަމަށް ގަބޫލުކުރަން. ތިން ބޭފުޅުން ތަނާޒުލު ވުމަށް އެދެން.

ހިސާން: އަޅުގަނޑު މަނިކުފާނާއި މެދު ޒާތީ ކަމެއް ނޫން. މިކޮމެޓީން މިނިންމަނީ އަޅުގަނޑުމެން ތަނާޒުލު ވާން ނުޖެހޭ ކަމަށް.

ޖަމީލް ސުވާލު ކުރެއްވުމުން ހިސާން ތަކުރާރުކޮށް ވިދާޅުވީ ޖަވާބުދާރީވާން ފުރުސަތު ނުދެއްވާނެ ކަމަށް.

12:22

ހިސާން: ތިބޭފުޅުންނަށް ޖަވާބުދާރީ ވާކަށް ބޭނުމެއް ނޫން. މިހާރު ބަލަމުން މިދަނީ ފުލުހުން ތަޙްޤީޤު ކުރަމުންދާ އެމްއެމްޕީއާރްސީގެ މައްސަލައެއް. ފަނޑިޔާރު އަބްދުﷲ ދީދީ އަށް ދަންނަވަން މަނިކުފާނުގެ ވަކީލުން ނިޒާމް ނަގާލާނަމަ އިންޒާރު ދޭނަން.

12:20

ޑރ.މުހައްމަދު ޖަމީލް: ކޮބާތޯ ނެޗްރަލް ލޯގެ ހަމައަކީ. އަދުލްއިންސާފުގެ ހަމަހަމަކަމާއި އެކު ކަމަށް މައްސަލަ ކުރިއަށް ގެންދަވަން ޤާނޫނު ބުނަނީ.

12:19

ރޭނިސް ސަލީމް: މިއީ ތިބޭފުޅުންގެ މަސްލަހަތު ހިމެނޭ މައްސަލައެއް. ތިބޭފުޅުން މައްސަލައިގެ ތަޙްޤީޤުން އެފަރާތައް ޖެހިވަޑައިގަންނަވާ.

ރޭނިސް ސަލީމް އިންނެވީ ވަރަށް ބޮޑަށް ކޯފާވެފައި.

12:18

ރޭނިސް ސަލީމް: ނަޝީދުގެ މައްޗަށް ޙުކުމް އިއްވި ފަނޑިޔާރުގެ މައްސަލަ ބައްލަވަނީ ނަޝީދުގެ ތިން ވަކީލުން އިންސާފަކުން ނޫން ތިކުރިއަށް ގެންދަވަނީކީ.

12:13

ނަމާދު ވަގުތައް މެދުކަނޑާނުލާ ޖޭއެސްސީގެ ތަޙްޤީޤު ކޮމެޓީގެ ބައްދަލުވުން އަދިވެސް ކުރިއަށް އެބަގެންދޭ.

12:13

މަސްތޫރު ޙުސްނީ: އެހެންކަމުން 777 ގެ ނަމްބަރަކީ ފަނޑިޔާރު އަބްދުﷲ ދީދީގެ ނަމްބަރު ކަމަށް ނިންމައިފިން.

ފަނޑިޔާރު: އަބްދުﷲ ދީދީ ކިހިނެއްތޯ ތިނިންމެވީ؟ ކޮންކަމެއް ބައްލަވާފަތޯ؟

12:11

ފަނޑިޔާރު އަބްދުﷲ ދީދީ: ފުރަތަމަ ވެސް އަޅުގަނޑު ހާޒިރު ކުރަން ނޯޓިސް ދިނީ 21:40 ގައި 22:00 އަށް ހާޒިރުވުމަށް. ޖޭއެސްސީގެ ތަޙްޤީޤަށް ހުރަސް އަޅާކަށް މަސައްކަތެއް ނުކުރަން. އަޅުގަނޑަށް ފުރުސަތު ދެއްވާ ޖަވާބުދާރީވާން.

12:08

ފަނޑިޔާރު އަބްދުﷲ ދީދީ: ފަނޑިޔާރު ކަމުގައި ހުރެ ރިޝްވަތު ނަގާފައެއް ނުވާނެ. ވަރަށް އިހްލާސްތެރިކަމާއި އެކު މިދަންނަވަނީ ޤާނޫނު އަސާސީގައި 52 ގައި ބުނެފައި އޮންނަނީ ޤާނޫނާއި ހިލާފަށް ހޯދާ ހެކި ބަލައިގަނެގެން ނުވާނެ ކަމަށް. މިއަދު މިވަގުތާއި ހަމައަށްވެސް ފުލުހުން ދަންނަވަނީ އަޅުގަނޑުގެ މައްސަލައެއް ތަޙްޤީޤު ނުކުރާކަމަށް.

12:03

ޑރ.މުހައްމަދު ޖަމީލް: ތިގެންދަވަނީ އިންސާފުގެ ހަމައަކުން ނޫން. ތިދައްކަވަނީ އެހެން ޕްރޮސެސްއެއްގެ ވާހަކަ.

12:02

ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު: ކުރާ ސުވާލުތަކަށް ފެންނަ ޖަވާބެއް ދެއްވާ. 30 ދުވަހުގެ މުހުލަތެއް ލިބޭނެ އަޅުގަނޑުމެންގެ ރިޕޯޓަށް ޖަވާބުދާރީވާން.

12:00

ޑރ.މުހައްމަދު ޖަމީލް: މިއަށް ޖަވާބު ދެވޭނީ ފުރުސަތު ލިބިގެން. ފުރުސަތު ދިނުމަށް ޤާނޫނު ލާޒިމް ކުރޭ. އިއްޔެ ތިބޭފުޅުން މިކަމަށް ވަކާލާތު ކުރެއްވީ.

11:59

މަސްތޫރު ޙުސްނީ: މިއީ ޝަރީޢަތެއް ނޫން. ޖަވާބެއް ދޭން ބޭނުން ނުވާކަމަށް ނިންމާފައި ކުރިއަށް ދާން ނިންމައިފިން.

11:59

ފަނޑިޔާރު އަބްދުﷲ ދީދީ: ތަޙްޤީޤަށް އަޅުގަނޑު ހުރަހެއް ނާޅާން. އެހެންނަމަވެސް އިޖުރާޢަތުތަކަށް ތަބާވާން ޖެހޭނެ. ތިކުރައްވާ ސުވާލުގެ ޖަވާބުގައި ދަންނަވާނީ ފުލުހުން އަޅުގަނޑަށް ޖަވާބު ދެއްވާފައި އެބައޮތް އަޅުގަނޑުގެ މައްސަލައެއް ތަޙްޤީޤު ނުކުރާ ކަމަށް. ނަމަވެސް ދެދުވަސް ފަހުން އެއޮތީ ލިޔުމެއް ފޮނުއްވާފައި. އެލިޔުން އަޅުގަނޑަށް ލިބުނީ ދެންމެ. އެހެކިތައް ބެލުމަށް އަޅުގަނޑަށް ފުރުސަތު ދޭން ޖެހޭ. ޤާނޫނާއި އެއްގޮތައް ހުރި ހެކިތައްތޯ ވެސް ބަލަން ބޭނުން. އެއީ ޤާނޫނު އަސާސީ އިން އަޅުގަނޑަށް ލިބެންޖެހޭ ހައްޤެއް.

11:56

ހިސާން: ތިކަންކަން ފާހަގަ ކުރައްވާ ކަންކަމަށް އިތުރު ފުރުސަތެއް ނުދެވޭނެ. ތަނާޒުލު ވާން ބޭނުންވާ ވަކީލުން ތަނާޒުލު ވާންވީ.

11:47

މަސްތޫރު ޙުސްނީ: ނަޝީދުގެ ސިޓީ އަކީ މައްސަލަ އާއި ގުޅޭ ސިޓީއެއް ނޫން.

11:46

ފަނޑިޔާރު އަބްދުﷲ ދީދީ: 1995 ވަނަ އަހަރުން ފެށިގެން އަޅުގަނޑު މިކުރަނީ ފަނޑިޔާރުކަން. ޖޭއެސްސީ އިން ތިސުވާލު ކުރަން ޖެހޭ ކަމަށް ވެސް ގަބޫލެއް ނުކުރެވޭ. ކުރިން ދެއްކެވީ އަޅުގަނޑުގެ އަންހެނުންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކުރި ވާހަކައެއް. އަޅުގަނޑު ބޭނުން ތައްޔާރުވާން.

11:45

އާދަމް އާސިފް: ފުރަތަމަ ތުހުމަތެއް ކުރާކަން ވެސް ބަލާފައެއް ނެތް.

11:44

ފަނޑިޔާރު އަބްދުﷲ ދީދީ: ދިފާޢަށް ތައްޔާރުވުމަށް ވަގުތު ބޭނުންވޭ. އަޅުގަނޑުގެ ވަކީލުން ވެސް ބޭނުންވޭ އިތުރު ވަގުތު.

11:43

މަސްތޫރު ޙުސްނީ: 2013 އިން ފެށިގެން 2016 އަށް ޝަކުވާ ރައްދުވާ ފަރާތުން އަދާކުރަމުން ދިޔައީ ފަނޑިޔާރު ކަމުގެ ވަޒީފާތޯ؟

11:43

ރޭނިސް ސަލީމް: މިމައްސަލަ އެހެން ދުވަހަކަށް ލަސްކޮށްދެއްވަން ވީނޫންތޯ؟

11:42

ތަޙްޤީޤު އަޑުއަހަން ވަދެ ތިބި ބަޔަކު އަޑުގަދަކޮށް ކޮޅަށް ތެދުވުން ސެކިއުރިޓީން އެމީހުން ބޭރުކޮށްފި.

11:42

ރޭނިސް ސަލީމް: ތިފައްޓަވީ ތަޙްޤީޤެއްތޯ؟ ތަޙްޤީޤު ކުރިއަށް ގެންދާ އުސޫލުން ކުރިއަށް ގެންދޭ. ކީއްވެތޯ އަދިވެސް 2 ޖޫންގައި މުހައްމަދު ނަޝީދު ފޮނުވި ސިޓީ ސިއްރު ކޮށްގެން ތިއުޅުއްވަނީ.

11:40

މަސްތޫރު ޙުސްނީ: 2013 އިން ފެށިގެން 2016 އަށް ޝަކުވާ ރައްދުވާ ފަރާތުން އަދާކުރަމުން ދިޔައީ ފަނޑިޔާރު ކަމުގެ ވަޒީފާތޯ؟

11:39

ޑރ.މުހައްމަދު ޖަމީލް: ޤާނޫނާއި އެއްގޮތައް މައްސަލަ ކުރިއަށް ގެންދަވާ. ޑިއު ޕްރޮސެސްއަކީ އަމިއްލައަށް ކަނޑައަޅުއްވާ އެއްޗަކަށް ނުހައްދަވާ. މިތަނަށް ވަންފަހުން ދިއްކުރީ ނޯޓީސްއެއް ދީފައި މައްސަލަ ކުރިއަށް ތިގެންދަވަނީ. ތިއީ ކުޑަކަމެއް ނޫން. އެހެންކަމުން ދެކަމަކަށް ތަބާވާން އެބަޖެހޭ. ޖިނާޢީ ތަޙްޤީޤު ކުރިއަށް ދިޔައީ ރަނގަޅަށްތޯ ބެލުން، ދެވަނަ ކަމަކީ އެކަށީގެންވާ ފުރުސަތު ދިނުން.

11:30

ހިސާން: އަޅުގަނޑުމެން އެކުލަވާލާ ރިޕޯޓަށް ޖަވާބު ދާރީވާން 30 ދުވަސް ލިބޭނެ. ޖަވާބުދާރީވާން ބޭނުން ނަމަ ޖަވާބުދާރީ ވާންވީ. ތިބޭފުޅުން ފާހަގަ ކުރި އިޖުރާޢީ ނުކުތާތަކަށް ގޮތެއް ނިންމައިފިން. ދެން އިތުރު ފުރުސަތެއް އެކަމަކަށް ނޯންނާނެ.

11:28

ހިސާން: އަޅުގަނޑުމެން އެކުލަވާލާ ރިޕޯޓަށް ޖަވާބު ދާރީވާން 30 ދުވަސް ލިބޭނެ. ޖަވާބުދާރީވާން ބޭނުން ނަމަ ޖަވާބުދާރީ ވާންވީ. ތިބޭފުޅުން ފާހަގަ ކުރި އިޖުރާޢީ ނުކުތާތަކަށް ގޮތެއް ނިންމައިފިން. ދެން އިތުރު ފުރުސަތެއް އެކަމަކަށް ނޯންނާނެ.

11:26

ޑރ.މުހައްމަދު ޖަމީލް: އިއްޔެ ތިބޭފުޅުންނަކީ ހަމަހަމަކަމަށް ވަކާލާތު ކުރި ބޭފުޅުން. ފުރަތަމަ މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސިޓީއެއް އެސިޓީ އަދިވެސް ނުލިބޭ. ފަނޑިޔާރު އަބްދުﷲ ދީދީ އަކީ ނަޝީދުގެ މައްޗަށް ޙުކުމް އިއްވި ފަނޑިޔާރު. ތިބޭފުޅުންނަކީ އެމައްސަލައިގައި ވަކާލާތު ކުރެއްވި ބޭފުޅުން. އެހެންކަމުން މިކޮމެޓީގައި ވެސް އެބައޮތް ކޮންފްލިކްޓް އޮފް އިންޓަރެސްޓް.

11:22

އަލްއުސްތާޛު މަސްތޫރު ޙުސްނީ: އަޅުގަނޑުމެން ގޮތެއް ނިންމައިފި. އެހާ ހިސާބުން ފެށިގެން ބަހުސް ނިމެން ޖެހޭނެ.

11:22

ޑރ.މުހައްމަދު ޖަމީލް: ދެންމެ ސިޓީއެއް ތިއިއްވެވީ. މައްސަލައަށް ތައްޔާރުވާން ވަގުތު ބޭނުންވޭ.

11:21

ފަނޑިޔާރު އަބްދުﷲ ދީދީ: އަޅުގަނޑު ފަނޑިޔާރުކަމަށް އައްޔަން ކުރި ތާރީޚެއް ހަނދާނެއް ނެތް. ޖޭއެސްސީގައި ހުންނާނެ ލިޔުންތައް.

11:19

ތަޙްޤީޤު ކޮމެޓީގެ ރިޔާސަތުގައި އިންނެވި ރައީސުލްޖުމްޙޫރިއްޔާގެ މެމްބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ: މިއީ ސަސްޕެންޑް ކުރި މައްސަލައެއް ނޫން. މިއީ ފުލުހުންގެ ސިޓީ އާއި ގުޅޭ މައްސަލައެއް. އެހެންކަމުން ޝަކުވާ ރައްދުވާ ފަރާތުން ސުވާލަށް ޖަވާބު ދެއްވާތޯ؟

11:18

ޑރ.މުހައްމަދު ޖަމީލް: އަޅުގަނޑުމެން ފާހަގަ ކުރަން ބޭނުންވާ ކަންތައްތަކެއް އެބަހުރި. އެފުރުސަތުތައް ދެއްވާ.

11:17

ޑރ.މުހައްމަދު ޖަމީލް: އަޅުގަނޑުމެން މިތިބީ ތިބޭފުޅުން ވިދާޅުވީމަ ހާޒިރުވެ، އަޅުގަނޑުމެންނަށް ވެސް ފުރުސަތު ދެއްވާ. އަޅުގަނޑުމެން ފާހަގަ ކުރަން ބޭނުން ވަނީ މިހިސާބަށް އައުމުގެ ކުރިން ކަންތައްތަކެއް ކޮށްފިކަމަށް.

ތަޙްޤީޤު ކޮމެޓީގެ ރިޔާސަތުގައި އިންނެވި ރައީސުލްޖުމްޙޫރިއްޔާގެ މެމްބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ އަނެއްކާވެސް ޑރ.ޖަމީލްގެ ވާހަކަފުޅަށް ހުރަސް އަޅައިފި.

އަލްއުސްތާޛު މަސްތޫރު ޙުސްނީ: ތިދައްކަވަނީ މިމައްސަލަ އާއި ގުޅޭ މައްސަލައެއް ނޫން. މައްސަލަ އާއި ގުޅޭ ގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވާ. ޝަކުވާ ރައްދުވާ ފަރާތް ފަނޑިޔާރު ކަމަށް އިސްވެ ވަޑައިގެންނެވީ ކޮން ތާރީޚެއްގައިތޯ؟

ޑރ.މުހައްމަދު ޖަމީލް: ސުވާލުގެ ޖަވާބު ދެއްވުމުގެ ކުރިން ދަންނަވާލަން ބޭނުން ވަނީ އަދުލުވެރިކަމާއި އެކުގައި ކުރިއަށް ގެންދަން. ޖިނާޢީ ތަހްޤީޤު ކުރިއަށް ނުގެންގޮސް ސުލޫކީ ފިޔަވަޅެއް ނުވެސް އެޅޭނެ.

11:12

ރޭނިސް ސަލީމް: ޖޭއެސްސީއަށް ޖިނާޢީ ތަޙްޤީޤެއް ނުކުރެވޭނެ. ނަމަވެސް ސުލޫކީ މައްސަލައެއް ހިމެނޭ ކަމަށް ބުނެ ކުރިއަށް މިގެންދަނީ ޖިނާއީ ތަހްޤީޤެއް. އަދި ފުލުހުން ޖިނާޢީ ތަޙްޤީޤެއް ކުރިއަށް ދަނިކޮށް ހުޅުވާލައިގެން މިގޮތައް ތަޙްޤީޤެއް ކުރިއަށް ގެންދާނަމަ ފުލުހުންގެ ތަޙްޤީޤަށް ހުރަސް އެޅޭނެ.

11:08

ރޭނިސް ސަލީމް: އެއް މިލިއަން ޑޮލަރެއްގެ ވާހަކަދައްކާ އަބުރު ކަތިލާފައި 12 ޖޫންގައި ފުލުހުން ޖޭއެސްސީ އަށް ފޮނުވި ސިޓީއެއްގައި މިވާހަކަތައް ބަޔާން ކޮށްފައި މިއޮންނަނީ ކޮން މައުލޫމާތެއް ލިބިގެންތޯ؟ ޖޭއެސްސީގެ ޤާނޫނުގެ 24 ވަނަ މާއްދާ ބައްލަވާލައްވާ. އެޤާނޫނުގެ 26 ވަނަ މާއްދާގެ (ށ) ބައްލަވާ ލައްވާ.

11:03

ފަނޑިޔާރު އަބްދުﷲ ދީދީ: 10 ޖޫން 2019 ގައި ފުލުހުން އަޅުގަނޑަށް ފޮނުވި ސިޓީގައި އެބައޮތް އަޅުގަނޑުގެ މައްސަލައެއް ނެތް ކަމަށް. 12 ޖޫން 2019 ގައި އަޅުގަނޑު ސަސްޕެންޑް ކުރި ފުލުހުން ފޮނުވި ސިޓީއަކަށް ކަމަށް ތިވިދާޅުވަނީ.

10:56

ފަނޑިޔާރު އަބްދުﷲ ދީދީ: ޤާނޫނުގައި އެބައޮތް ފަނޑިޔާރު ސަސްޕެންޑް ކުރެވޭނެ ގޮތް. ނުވެސް ގުޅޭ މާއްދާއަކާއި ބެހޭ ގޮތުން ވާހަކަދެއްކެވުމުން އެކަމާއި ބެހޭ ގޮތުން އެއްޗެއް ދެންނެވުމުގެ ފުރުސަތު އަޅުގަނޑަށް ވެސް އޮންނަން ވާނެ.

10:55

ތަޙްޤީޤު ކޮމެޓީގެ ރިޔާސަތުގައި އިންނެވި ރައީސުލްޖުމްޙޫރިއްޔާގެ މެމްބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ އަނެއްކާވެސް ޑރ.ޖަމީލްގެ ވާހަކަފުޅަށް ހުރަސް އަޅައިފި. އޭނާ މިފަހަރު ވިދާޅުވީ މިއީ ސުލޫކީ މައްސަލައެއް ކަމަށާއި ހުށަހެޅިފައިވާ މައްސަލައަށް ވާހަކަދެއްކުމަށް ދަންނަވާ ކަމަށް. ތިދައްކަވަނީ ބޭކާރު ވާހަކަފުޅެއް. އެމައުލޫއަށް އިތުރަށް ވާހަކަނުދެއްކެވުން އެދެން.

10:53

ޑރ.މުހައްމަދު ޖަމީލް: ތިވިދާޅުވާ މާއްދާގައި ބުނެފައި ނެތް ސަސްޕެންޑް ކުރާނެ ވާހަކައެއް. އަޅުގަނޑަށް ވެސް ފުރުސަތު ދެއްވާ.

10:52

ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު: މައްސަލަ ކުރިއަށް ގެންދަނީ ޖޭއެސްސީގެ ޤަވައިދުގެ 42 ވަނަ މާއްދާގެ ދަށުން. ސަސްޕެންޑް ކުރެވިފައި ވަނީ ކުރިން ވެސް ޖޭއެސްސީ އިން އަމަލުކޮށްފައިވާ ގޮތުގެ މަތިން.

10:49

ތަޙްޤީޤު ކޮމެޓީގެ ރިޔާސަތުގައި އިންނެވި ރައީސުލްޖުމްޙޫރިއްޔާގެ މެމްބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ ޑރ.ޖަމީލްގެ ވާހަކަފުޅަށް ހުރަސް އަޅައިފި. އޭނާ ވިދާޅުވީ ސަސްޕެންޑް ކުރުމާއި ބެހޭ ގޮތުން އިތުރަށް ވާހަކަ ނުދެއްކޭނެ ކަމަށް.

10:48

ޑރ.މުހައްމަދު ޖަމީލް: ވަރަށް ސީރިއަސް މައްސަލައެއް މިއީ. އެހެންކަމުން އިންސާފުގެ ހަމަ އޮންނާނީ އެކަށީގެންވާ ފުރުސަތު ލިބިގެން. ފުރަތަމަ ކަމަކަށް ފާހަގަ ކޮށްލަން ބޭނުންވަނީ ރާއްޖޭގެ ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ވެސް ބުނެފައި އެބައޮތް އެއްވެސް މީހަކާއި މެދު ތަފާތު ކުރުމެއް ބާއްވައިގެން ނުވާނެ ކަމަށް. އެހެންކަމުން ވަކި ފަނޑިޔާރަކަށްވީތީ ތަފާތު ނުކުރަން އެދެން. 43 ވަނަ މާއްދާގައި ވެސް އެބައޮތް އަދުލު އިންސާފުގެ ހަމައިން ކަންތައް ކުރަން. އަދުލްވެރިކަމަކީ ކޮބައިކަން ރިޔާސަތައް ވެސް އެނގިވަޑައިގަންނަވާނެ. 51 ވަނަ މާއްދާގައި ވެސް އެބައޮތް ކުށެއް ސާބިތުނުވާނަ ކޮންމެ މީހަކީ މައުސޫމު މީހެއް ކަމަށް. މިމައްސަލަ ކުރިއަށް މިގެންދަނީ ފަނޑިޔާރުންގެ ޤާނޫނާއި ހިލާފަށް. އެއް ކަމަކީ އެކަށީގެންވާ ވަގުތު ނުދިނުން. ދެވަނަ ކަމަކީ މައްސަލަ އާއި ގުޅޭ ލިޔުންތައް ލިބިފައި ނެތުން. ޖޭއެސްސީގެ ޤާނޫނުގެ 24 ވަނަ މާއްދާ ގައި ބުނެފައި ވަނީ މައްސަލަތައް ބަޔާން ކުރަނީ އަދުލްއިންސާފުގެ އަސާސްގެ މައްޗަށް ކަމަށް. 26 ވަނަ މާއްދާގެ (ށ) ގައި އޮތީ މައްސަލައިގެ މައުލޫމާތު ދޭންވާނެ ކަމަށް. މިމާއްދާގައި ބަޔާން ކުރާ ކަންކަމެއް ފުރިހަމަ އެއް ނުވޭ. ޖަވާބުދާރީ ވާން ފުރުސަތު ނުދީ ސަަސްޕެންޑް ކުރީ. އެއީ ޤާނޫނާއި ހިލާފަށް ކުރި ކަމެއް.

10:43

ތަޙްޤީޤު ކޮމެޓީގެ ރިޔާސަތުގައި އިންނެވީ ރައީސުލްޖުމްޙޫރިއްޔާގެ މެމްބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ: މިއީ ސުލޫކީ މައްސަލައެއް. މިއީ ފުލުހުންގެ ސިޓީގައި ހުރި ކަންކަމާއި ގުޅިގެން ކުރިއަށް ގެންދާ ތަޙްޤީޤެއް.

10:42

ފަނޑިޔާރު އަބްދުﷲ ދީދީ: މައްސަލަ އަޅުގަނޑަކަށް ސާފެއް ނުވޭ. ނަމަވެސް އިޖުރާޢީ ގޮތުން ފާހަގަ ކުރަން ބޭނުންވާ ކަންތައްތަކެއް އެބަހުރި.

10:40

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރު އަލްއުސްތާޛާ ޙިސާން ޙުސައިން: ރޭ ފުލުހުންގެ ފަރާތުން ޖޭއެސްސީ އަށް ލިބިފައިވާ ސިޓީގައި ވަނީ:

ހިޔާނާތްތެރިވި އެންމެ އިސް ސަސްޕެކްޓް ދީފައިވާ ބަޔާނުގައި 2014 ވަނަ އަހަރުން ފެށިގެން ޙުކުމްތައް ކުރުމަށް ޖާއިޒް ސަބަބެއް ނެތި ފައިސާ ދީފައިވާކަން.

ސަސްޕެކްޓް އެކެއް ފަނޑިޔާރު އަބްދުﷲ ދީދީ އެކި ފަހަރުމަތިން ބައްދަލުކޮށް ފައިސާ ހަވާލުކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވޭ.

ފަނޑިޔާރު އަބްދުﷲ ދީދީ ފައިސާ ހޯދަން ކޮށްފައި ހުރި މެސެޖް ފުލުހުންނަށް ލިބިފައިވޭ.

ރިލްވާންގެ މައްސަލައިގައި ހިމެނޭ ދެމީހުން ދޫކޮށްލާފައި ވަނީ މީހަކު ފަނޑިޔާރު އަބްދުﷲ ދީދީ އަށް މެސެޖް ކުރި ފަހުން.

ފަނޑިޔާރު އަބްދުﷲ ދީދީ "ސަަސްޕެކްޓް-1" އަރިހު ދަންނަވާ ހުރިހާ ކަމެއް ވެސް ވަރަށް އަވަހަށް ބައްލަވާ ކަންކަން ހަމަޖައްސާފައިވޭ.

މިމައްސަލައިގައި ފޮރެންސިކް ތަހްލީލްތައް އިތުރަށް ކުރަން ޖެހޭތީ އާއި އަދި ބަޔާންތައް އިތުރަށް ދިރާސާ ކުރަން ޖެހޭތީ މައުލޫމާތުތައް ލިބޭ ވަރަކުން ހިއްސާ ކުރާނެ ކަމަށް ފުލުހުންގެ ސިޓީގައިވޭ.

10:32

ރޭނިސް ސަލީމް: ފުލުހުންގެ ސިޓީތައް ހޯދަން ލިޔުމުން އެދިފައި ވާނެ. ނަމަވެސް ލިޔުންތައް ލިބުނީ 10:10 ގައި.

10:30

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރު އަލްއުސްތާޛާ ޙިސާން ޙުސައިން: ފުލުހުން ފޮނިވި ސިޓީ: އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައަށް މިހާތަނަށް ލިބިފައިވާ ހެކިތަކާއި ޤަރީނާތަކަށް ބަލާއިރު ފަނޑިޔާރު އަބްދުﷲ ދީދީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ އަތުން އެކި ފަހަރުމަތިން ފައިސާ ނަގާފައިވާ ކަމަށް އެމީހުންގެ ފޯނުތަކުން ލިބިފައިވާ ހެކިތަކެއް ލިބިފައިވޭ.

10:26

ޖޭއެސްސީގެ ތަޙްޤީޤު ކޮމެޓީގެ ރިޔާސަތުގައި އިންނެވި ރައީސުލްޖުމްޙޫރިއްޔާގެ މެމްބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ: މިއީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ގުޅޭ ގޮތުން ޖޭއެސްސީ އިން އިސްނަގައިގެން ކުރިއަށް ގެންދާ މައްސަލައެއް. އެއީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުން ފަނޑިޔާރު އަބްދުﷲ ދީދީ ފައިސާ ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރި މައްސަލައެއްގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ފުލުހުން އެންގުމުން އެމައްސަލައިގައި ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާތީ ކުރިއަށް ގެންދާ ތަޙްޤީޤެއް.

10:17

ޖޭއެސްސީގެ ތަޙްޤީޤު ކޮމެޓީގައި ތިއްބެވީ ރައީސުލްޖުމްޙޫރިއްޔާގެ މެމްބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ، ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު، އަލްއުސްތާޛު މުޙައްމަދު ޢީސާ ފުޅު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރު އަލްއުސްތާޛާ ޙިސާން ޙުސައިން، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް. ތަޙްޤީޤު ކޮމެޓީގެ ރިޔާސަތުގައި އިންނެވީ ައީސުލްޖުމްޙޫރިއްޔާގެ މެމްބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ.

10:10

ފަނޑިޔާރު އަބްދުﷲ ދީދީ ތަޙްޤީޤަށް ވަޑައިގެންފި. ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލުންގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލާއި، މަޝްހޫރު ވަކީލް ރޭނިސް ސަލީމް އަދި އާދަމް އާސިފް ވެސް ހިމެނިވަޑައިގަންނަވާ.

10:08

ޖޭއެސްސީގެ ތަޙްޤީޤު ކޮމެޓީގެ ހަތް މެންބަރުންގެ ތެރެއިން ތަޙްޤީޤު ކުރިއަށް ގެންދަން މިއަދު ވަޑައިގެންފައި ވަނީ ފަސް މެންބަރުން. ތަޙްޤީޤު ޓީމްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގެންނެވި ނަމަވެސް އެމަނިކުފާނު ތަޙްޤީޤު ކުރިއަށް ގެންދަން ވަޑައެއް ނުގަންނަވާ.

10:06

ޖޭއެސްސީގެ ތަޙްޤީޤު ކޮމެޓީގެ މެންބަރުން ތަޙްޤީޤު ކުރާ މާލަމަށް ވަޑައިގެން، އެބޭފުޅުން ތިއްބަވަން ހަމަޖެހިފައިވާ ތަނުގައި އިށީންދެވަޑައިގެންފި.

10:04

ޖޭއެސްސީގެ ތަޙްޤީޤު ފެށުމަށް ހަމަޖެހިފައި އޮތީ 10:00 ގައި. ނަމަވެސް އަދި ޖޭއެސްސީގެ ތަޙްޤީޤު ކޮމެޓީގެ މެންބަރުންނާއި، ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ތަޙްޤީޤު ކުރިއަށް ގެންދާ މާލަމަށް ވަޑައެއް ނުގަންނަވާ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މައްޗަށް ތުހުމަތު ކުރެވޭ، ސުލޫކީ ދެމައްސަލަ އަކާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށްގެންދާ ތަޙްޤީޤު ފަށަން ތައްޔާރުވެއްޖެއެވެ.

މިތަޙްޤީޤު ކުރިއަށް ގެންދަނީ އާއްމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގައެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

 1. ޙައިޒަމް

  ﷲ ގެ އިރާދަފުޅާއިލައިގެން އަދާވާތްތެރީންގެ މައްޗަށް ނަސްރު ދެއްވާދޭވެ...

  78
  2
 2. Anonymous

  ސަދޫމުގެ ރަސްގެފާނު ކުރެއްވި ފަދަ ތަހްގީގެއް މިއީ. ހަމަ ލާހިކެއްނޫން ސަލާމަތްވާކަށް. ހަމައެކަނި ކުށަކީ 13 އަހަރުގެ ހުކުމެއް މީހަކަށް ކުރުން. އެހުކުމް ނުކުރާ ކަމަށް ބުނެވޭކަށް ނެތް. ﷲ އަކްބަރު. ގައުމު ހަލާކުވެ ނިމިދިޔައީ.

  92
  4
  • މޫސާ މަނިކު

   ދިވެހި ހަރުބަހެއްގަ އޮވޭ ރުހުމުގެ ލޮލަކަށް އާބެއްނުފެންނާނޭ. އެކަހަލަ މީހުންނަށް އޯކޭވާނެ ރައީސް ޔާމީނު ކޮށްފީޔާ ވައްކަންވެސް. ދިވެހިރައްޔިތުންނަށް އެގޭ ސަދޫމުގަ ކުރި ހުކުންތަކާ އެންމެ ގާތްކުރާގޮތައް ހުކުންކުރީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގަކަން.

   1
   11
 3. ޙައުލާ

  އިންސާފު މިހިރަ ފެންނަނީ. ރައްޔިތުންނޭ ހޭއަރާ އިހަށް ނުވި ރައްކަލެއް ފަހުން ނުވެވޭނެ. މަރްހޫމް ދރ މުޙައްމަދުބމުރުސީ ރަހިމަޙުﷲ ވިދާޅުވި "ދުޝްމަނުން ގެ ކުއްތާތައް" މިގައުމުގެ ވެރިކަމުގައި މިތިބީ.

  90
  4
 4. ހހހހ

  ﷲ ގެ ކޯފާއަކާއެދި ދިވެހިން ގޮވަނީތަ؟ ފާޅުކަން ބޮޑު ގޮތެއްގައި ބަދަލު ހިފަމުން މިދަނީ.

  101
  2
 5. Anonymous

  ޑރ ޖަމީލުމެން މިއަދު ހިތްޕުޅަށް އަރާވަޑައިގަންނަވާނެ، ސަހަރޯއޭ ހުރިހިތާމައެއްގެ ބޮޑުކަމާއޭ. އިންސާފު ލިބޭނީ ވަކި ކުލައަށްކަން ގަބޫލުކުރައްވާ. ޖަންގަލީގެ ވަލުކުއްތާތައް ނުކުތީމަ ބަދަލުހިފާނެ.

  92
  6
 6. ނަދުވީ

  ސަރުކާރުން އިޖުރާތްތަކާއި ޚިލާފައް ޖޭއެސްސީއައް ނުފޫޒު ފޯރުވައިގެން ފަނޑިޔާރު ޑީޑީއާއި ޒާތީކޮއް ޖައްސާލައިގެން ހިންގާ ޖަރީމާއެއްކަން ފަޅާއަރައިފި.

  107
  3
 7. ހހހހ

  ދަރިންނޭ މިތާނގައި އިންސާފު ހޯދަން ނުކުތް މީހުނަށް މިލިބުނީ ކޯންޗެއްތޯ؟ ދެން ދިމާކުރާނީ ފުލުހުންގެ މުއައްސަސާގަ 7 ފެބްރުއަރީގައި ތިބި މުވައްޒަފުންނާ. ވަﷲ އަޢުލަމް

  91
  3
  • އަފޭ

   7 ފެބްރުއަރީގައި ރައްޔިތުންނަށް އަނިޔާކުރި މީހުންނަކީ މާ ރަގަޅު ބައެއްތަ. ހުރިހާ މީހުން ހިފާ ހައްޔަރު ކޮށް އަނދަގޮނޑި ޖައްސަންވީ. ކޮން މޮޅު ވާހަކައެއް ދައްކާކަށް

   9
   25
 8. ާރަސީދު

  މޑޕ. ކޮންކަހަލަ ތަހުޤީ ގެއްމިކުރަނީ

  86
  1
 9. ހަސަން

  ނުކައެއް ނުފުރާނަމޭ ކައިގެންނޭ ފުރާނީ

  63
  1
 10. Anonymous

  ހަމަ ސަދޫމުގެ ޝަރީއަތުގެ މަޖްލިސް. ނިންމާލާނީ ބޭނުންގިތަކަށް.

  71
  2
 11. މޮހަނު

  މި މައްސަލައިގެ އަޑުއަހާލުމުން އެގިގެން ދިޔައީ އިންސާފް ހޯދައި ދުނުމަށް މި ހުރިހާ ދުވަހު ވަކާލާތު ކުރެއްވި ފަރާތް ތަކުން އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަންތަން

  121
  1
 12. Anonymous

  ނަޝީދު ހިންގާފަ އޮތް މަކަރުވެރި ޖަރީމާ ރައްޔިތުން ކުރިމަތީ ފަޅާ އެރުން ނޫން ކަމެއް ނުވި.

  82
  1
 13. އެމަންޖެ

  ހުރިހާ ކަމެއް ޖަމަލު ފޮޑި އަށް...

  70
  2
 14. ދަންނަ

  ބަލަގަ ހިސާން ތިޔަމައްސަލަ ކުރިޔަށް ތިޔަގެންދަވަނީ އަމާބުނީތީ ފަރަށްދާ އުސޫލަކުންނޫންތާ

  76
  2
 15. ޢަލީ އަޙުމަދު

  އެހެންވީމާ ގޮތެއް ނިންމައިގެން ދޯ ތަހުގީގޭ ކިޔާފަ މި ހިލުން ގަނޑެއް ހިލަނީ؟ ކޮން ތަހުގީގެއް؟ ތިޔަ ބޭފުޅުންގެ މުށުގައި ވެރިކަން، މަޖިލިސް، ޕޮލިސް، އެމްއެންޑީއެފް، ޖޭއެސްސީ، އެހެންވީމާ ގާނޫނު އަސާސީ ބަދަލުކޮށްގެން ފަނޑޮޔާރުން ބަދަލުކޮށްފަ މިތާގަ ރަސްކަމެއް އިޢުލާނުކުރަންވީ ނޫންތޯ؟ އިބޫއަށް ރަސްކަން. ނަޝީދަށް ބޮޑުވަޒީރުކަން. ނުލާހިކު ރީތިކޮށް މިކަން ނިންމެން އޮއްވައި ކީއްވެބާ ތިހާ އައްޗިކޮށް ތި އުޅުއްވަނީ؟

  76
  2
 16. މަންޖެ

  ރިއްފަތުމެން އަތައްގޮވަނީ މިހާރު ދީދީގެންގޮސްގެން މީޑިޔާގެ ކުރިމަތީގަ!!!!!

  74
  1
 17. ރުޒާނާ

  އީސަ އުސްތާޛުވެސް ތިހިރަ ފެންނަ އަންހެން ގޮލައާއި ޖީއެމްއާރް ބޯއިއާ އެއް ފެންވަރަށް ވެއްޓޭކަށް ނުވާނެނު. ލަދުން ބޯހަލާކު. ޗީޗީ

  68
  2
 18. ފަންސޫރު

  ސަމާލުކަމަށްޓަކައި ދަންނަވާލަން. ސުވާލަށް ޖަވާބު ދެއްވާ! ސުވާލަށް ޖަވާބު ދެއްވާ! ސުވާލަށް ޖަވާބު ދެއްވާ! ސުވާލަށް ޖަވާބު ދެއްވާ! އަޅުގަނޑަކީ މިކަހަލަ ތަނެއްގަ އިންނަން އެކަށީގެންވާ މީހެއް ނޫން. މިތާ ބޭންދީމަ އެބަ އިންނަންޖެހޭ. ވީމާ، އަޅުގަނޑަށް އަބަދުވެސް ދެންނެވޭނީ ސުވާލަށް ޖަވާބު ދެއްވާ! ސުވާލަށް ޖަވާބު ދެއްވާ! ސުވާލަށް ޖަވާބު ދެއްވާ! މިހެން ނޫންތޯ؟

  63
  1
 19. ރެފްރީ

  މޫސާމަނިކުވެސް ޒާތެއްގެކޯޓެއްހަދައިގެން ކަންތަކެއްކުރިވާހަކަ ކާފަމެންކިޔާދިން .. އަނެއްކާ ...... ؟

  62
 20. ނަވާރަ

  ޖޭއެސްސީ ގަތިތިބީ ފަނޑިޔާރުކަމައް ކުފޫހަމަވާބައެއްތޯ؟

  58
  2
  • Anonymous

   ކުފޫ ހަމަނުވިޔަސް ހެވެއްނު. މިއަދު ބޭނުން ގޮތެއް ހެދިދާނެ. ވަރަށް ރީތިގޮތަކަށް ނިމިދާނެ ބައެއް ރިދޫ ލާދީނީ ބައިގަނޑުގަ މިހާރު އެ ތިބީ.

   49
 21. ކިނބޫ

  އަޅެ އަހަރެން މިތަނަށް އެރުވީ ކީއްކުރަން. އަހަރެން ކިބައަކު އެމީހުން ދައްކާ ވާހަކަ އަޑުއަހާނެހާ ގާބިލުކަމެއްވެސް ހުރީކީ ނޫން. ވާހަކަ ފަށާއިރަށް އަޅުގަނޑު މިޖެހެނީ ހުއްޓުވާލަން. އަޅުގަނޑަކަށް ޖަވާބެއް ނުދެވޭނެ ވިއްޔަ. އިތުރު ގޮތެއް ދެން ނެތެއްނޫންތޯ؟

  41
 22. ފަންސޫރު

  އަޅެ އަހަރެން މިތަނަށް އެރުވީ ކީއްކުރަން. އަހަރެން ކިބައަކު އެމީހުން ދައްކާ ވާހަކަ އަޑުއަހާނެހާ ގާބިލުކަމެއްވެސް ހުރީކީ ނޫން. ވާހަކަ ފަށާއިރަށް އަޅުގަނޑު މިޖެހެނީ ހުއްޓުވާލަން. އަޅުގަނޑަކަށް ޖަވާބެއް ނުދެވޭނެ ވިއްޔަ. އިތުރު ގޮތެއް ދެން ނެތެއްނޫންތޯ؟

  35
  1
 23. މަންޖެ

  ގިނަމީހުންގެ އަތުގާ 3 ހަތެއްގެ ނަންބަރ އަޅުގަޑު އަތުގާ އެބައޮތް

  46
 24. ބަސްބޫރު

  ވަކީލުން ގޮވައިގެން އަޔަސް މަށާ ވާހަކަ ދައްކަން ޖެހޭނީ މަގޭ "ނަންނާ" ޒާތީ ގޮތުން ދިމާ ކޮށްލައިގެން އުޅޭ މީހާ. އެހެން މީހަކު ވާހަކަ ދައްކަންޏާ އެއީ އޭނަގެ ވަކީލަށްވިޔަސް މަ ހުއްޓުވާނަން. ނުކެރޭނެ އަނގައިންވެސް ބުނަން. އާނދޮގޭ ނިކަން އަނގައިން ބުނެބަލަ.

  43
  1
 25. ދދދދދދ

  ޖީއެމްއާރަށް ގައުމު ވިއްކާލަން ބައިވެރިވި ވަގުކަލޭގެ އިނދެގެން ތަހުގީގޯ މިކުރަނީ. .

  69
 26. މިލަ އަންހެނާ

  ޖަވާބުދާރީވާން ފުރުސަތު ނުދޭ ތަހުގީގެއް އަހަރުމެން ކުރިއަށް މިގެންދަނީ. ނުދޭނަން ޖަވާބުދާރީވާކަށް ފުރުސަތެއް.

  46
  5
 27. ގޮނާ

  ޑީޑީގެ ތަހްގީގް ޒުވާބަކަށް ބަދަލު ވި ނަމަވެސް މައްސަލަ އެއް ނެތޭ ތިޔާ ފަނޑިޔާރުން ނަކީ އެއީ ގޭންގް ތަކުގައި ޑްރަގް ލޯރޑުންގެ ވިޔަފާރި ޕާރޓްނަރުން އެމެން ޖެހޭނެ ސައިޒުން ކަނޑާ ތިރި ކޮށް ހަދާ ތިޔާ ޑީޑީ މެން ފަދަ ކޮރަޕްޓް މީހުންނަށް ދެން ދުވަހަކު ވެސް ލީގަލް އިންޑަސްޓްރީ ގައި މަސައްކަތް ނުކުރެވޭ ގޮތް ހަދާ ދައުލަތުގެ ވެސް އަދި ސަރުކާރުގެ ވެސް އެއްވެސް ވަޒީފާ އެއް އެމެންނަށް އެމެންގެ އުމުރުގައި ވެސް ނުލިބޭނެ ގޮތް ހަދާ އެމެން ނާށިގަނޑު ހިފައިގެން ރަށުތެރޭގައި ސަލާމް ޖަހަން އުޅޭ ވަރު ކުރަން އެވަރު ކުރަން ޖެހޭނެއޭ މިފަހަރު ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ...

  6
  53
 28. މޮހަނު

  އެންމެފަހުން އުނބަށް ޖެހީދޯ ؟ރައްޔިތުންގެ ކުރިމަތީގަ ފަޟީޙަތް ވުންނޫން ކަމެއް ނުވިދޯ’

  58
  1
 29. ކްލޯސްޑް

  ފަނޑިޔާރުންނަކީ އެއީ ސިޔާސީ މީހުންގެ ނޯކަރުންނޭ ސިޔާސީ މީހުންނަކީ އެމެންގެ ބްރޯ މެންނޭ އެމެން ބްރޯ މެން އަތުން ކަޓް ނަގަ ނަގައިގެން ލަގްޒަރީ ލައިފެއް އެމެން ބިނާ ކުރަނީ ނިކަމެތި ރައްޔިތުން ކުށެއް ނުކުރަނީސް ވެސް އެމެން ޖަލަށް ގަޅާލަނީ އެހެން ނަމަވެސް އޭ ކިޔުމަށް ފަހުއޭ މާލޭގައި ކޯޓް ތަކުގައި މިހާރު ތިބި ހުރިހާ ފަނޑިޔާރުން ޖެހޭނީ މަމެން ގަބޫލުކުރާ ގޮތުގައި އިސްތިއުފާ ދޭން މިނޫން އެއްވެސް ޗޮއިސް އެއް މީގައި އޮވެގެން ނުވާނެއޭ ޗެޕްޓަރ ކްލޯސްޑް..

  2
  16
 30. އަލިބެ

  މިވެރިކަން ނިމުމަކަށް މިއަންނަނީ....

  62
  2
  • Anonymous

   އިންޝާ ﷲ

   46
   • احمد

    ان شاء الله

    31
 31. ޖައްސާތި

  ފަނޑިޔާރު ޑީޑީ އަށް ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭނަމަ އެކަމަކީ އެއީ ބަލަން ޖެހޭނެ ކަންކަމޭ މާލޭގައި ޑްރަގް ވިއްކާ ޑްރަގް ލޯރޑުން ހައްޔަރު ކުރާތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ކޯޓުން އެމެން ދޫކޮށްލާ ތަން މިހިރީ މަމެންނަށް ފެނިފައޭ މީ ސީދާ ބްރޯ ޑޮލަރު ކޮޅެއް ނެތްތޭ މަމެން މިއުޅެނީ ފުރަންއޭ ކިޔާ ޑޮލަރު ކޮޅު ހޯދާ ހުކުމޭ މެން ގެ ކަންކަމޭ ސީރިއަސް ބޮޑެތި ތުހުމަތު މަމެންކުރަން މާލެ ސަރަހައްދުގެ ހުރިހާ ފަނޑިޔާރުންނަށް އެމެން އެންމެންގެ ތަހްގީގް ހިންގަންވީއޭ ސްޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ސަސްޕެންޑް އަރުވާލަންވީއޭ..

  1
  23
 32. މަހަށްދޭބަލަ

  ސީރިއަސް ބޮޑެތި ތުހުމަތު ސްޕްރީމް ކޯޓުގެ ފަނޑިޔާރަށް މިކުރެވެނީ އެއީ ޕާރޓޭން ޕީސް ވިއްކާ ބަހުރުވައިން އެފަނޑިޔާރު ސިޔާސީ މީހުން އަތުން ފައިސާ ހޯދާފައިވާތީއޭ ތަމެން ހުޅުމާލޭން ނާއި މާލޭން ތަމެންގެ އެކެބަނޑެ ބެއްޔާ މެންނާއި ތަމެންގެ ވަތު އޮޑި ނަމުގަިއ ތިޔާ ގަންނަ ކޮންޑަމީނިއަމް ގަންނަން ފައިސާ ހޯދީ ކޮންތާކުންތޭ ބުނެބަަލަ އެއީ ލިބޭ ސުޕާރީއޭ ކްރުއަލް މައިންޑް އުސޫލުން ހުކުމް ކުރުމުންނޭ އެ ގޮތަށް ސުޕާރީ ލިބެނީ އެހެންތޭ ތަމެން ދެން މަހަށް ދޭބަލަ...

  3
  18
 33. ސްމާރޓް

  ޢާމީން

  11
 34. މަރީ

  ހެއްދެވިހާ ދޮގެއް ހަދައޭ..އަބްދުﷲ ދީދީ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް.އެކަމެއް ގެއަޑީގަ ތިބީމަ ޖަވާބު ދާރީ ނުވެވިގެން އުޅުނީ

  2
  45
 35. މަސްވެރިޔާ

  ދިވެހިރާއްޖޭގައި ސައިލެންޓް ސިވިލް މިލިޓަރީ ސަރުކާރެއް މިއުފެދި ދަނީ، އެއްވެސް ރައްޔިތެއްގެ އެއްވެސް ހައްގަކަށް ނުބަލާ ތަހުގީގާއި ޝަރީއަތަށް ނުފޫޒު ފޯރުވާ އަދުލު އިންސާފް ނަޝީދު ބޭނުންވާގޮތަށް ބައްޓަން ކުރުމުގެ މަރުހަލާ ފެށުނީ،،،، ރައްޔިތުންނޭ ޑިމޮކްރެސީގަ ދެވޭ ކޮންމެދުލަކީ އެކަމުގެ ހިތި މުޅި ޤައުމު ތަހައްމަލްކުރަންޖެހޭނެކަމެއް، ރައްޔުތުން ނުކުމެ ސަރުކާރާއި މަޖްލިސް ސައިޒްކުރަންޖެހޭ....

  40
 36. ކިންގްފިޝަރ

  ތިޔަ ހިސާން އަކާއި ރިއްފަތަކާ ދެމީހުން ދެއްކި ވާޙަކައަކުން މުޅި ތަހުޤީޤު ކޮޅު ބަދަލުވީ. އަތަށް ގޮވީ. ޕޮލިސްގެ ސިޓީގެ ވާހަކަ ވިިސްނާލުމެއްނެތި ދެއްކުމުން އަތަށްގޮވީ. އެ ޕޮއިންޓް ބޭނުންކޮށްގެން ޑީޑީ އެ އަޅާލީ ވަރުގަދަ އެތިފަހަރެއް. ކޯޓުތަކުގައި ހިނގާ މައްސަލަތައްވެސް ލައިވްކުރާގޮތަށް ހަދަންވީ. އޭރުން ޤާޟީންވިޔަސް ފަނޑިޔާރުވިޔަސް ގަންނަ ގަނޑު ރައްޔިތުންނަށް ފެންނާނެ. ފެންވަރުވެސް އެނގޭނެ.

  43
 37. މޫންކޮ

  ނަމާދު ވަގުތަކަށް ބަލާނެ ކަމެއް ނެތް.. ކަނޑުގެ އުސޫލް މިހާރު މިހިނގަނީ.. އެމީހަކު ކުރިކުށެއްގެ ޖަޒާ ދެއްވާނެ ދުވަސް އައްނާނެ ކަން ގަބޫލް ކޮށްގެން ތިބޭތި.. ބާރުލިބުނީމަ ބާރުގެ ބޭނުން ކުރާނެ ކަންވެސް ގަބޫލް ކުރަން ޖެހޭނެ.. ރަންރީނދޫ ކުދިން ނަށް ވ ސަލާމް

  38
 38. ސަދޫމް

  ހަހަ ހާ ހާ އަދިވެސް އެމްޑީޕީ މީހުން ސަދޫމްގެ ކޯޓްތަކަށް ހަޖޫޖެހޭތޯ ބަލާ. ކަލޭމެންވެސް ތިޔަ ކުރިޔަށް ގެންދިޔައީ ސަދޫމްގެ ކޯޓް. މުސައްލައެއް މަދީ ހަމަ

  41
  1
 39. ގުޑުގުޑާ

  ތަހުގީގަކީ ވާހަކަ ދެއްކުމުގެ މުބާރާތެއްނޫން، ނުވަތަ އެންމެ ރީތި އަޑުން ވާހަކަ ދެއްކެނީ ތަހުގީގުކުރަނީ މީހުންގެ ފުރާނައާއި ގުޅުންހުރި ކަންކަމުގައިވެސް ގޮތްނިންމަންހުރި ސުޕުރީމުކޯޓުގެ ފަނޑިޔާރަކު ބޮޑެތި ޖަރީމާތަކެއް ހިންގިކަމުގެ ތުހުމަތުގައި ތަހުގީގުކުރާކަމަށް ފުލުހުންބުނީމާ ކުރަތަހުގީގެއް. ތަހުގީގަކީ ޝަރިއަތެއްނޫން، ޝަރީއަތުގައި ދޭ ފުރުސަތުތައް ތަހުގީގުގައި ދޭކަން ނުވެސް ޖެހޭނެ.

  1
  33
 40. އަޙްމަދު

  މަސްތޫރު ބޭރުކުރޭ! ލަދުން ބޯހަލާކު!

  27
 41. ޒވނއ

  ހަޖަމް ކޮށްލާ !
  ޑީޑީ އުޅުނުގޮތެއްދޯ! ހީވަނީ "ސުލޫކީ" މިއީ ކޯއްޗެއްކަންވެސް ނޭނގެނީހެން. އަމިއްލައަށްވި ފަޟީހަތެއް.
  އެހެންނުން ވާނީ ހިތަކަށްވެސް ނާރާ ވިއްޔާ އެވެރިކަން ވެއްޓިދާނެކަމަށް ދެއްތޯ!

  2
  29
 42. ކަލޯގެޔާ

  އަސްލަމާ އަފީފު ތެރެއިން މަޖިލިސް ރައީސްކަމަށް މީހަކު ހޮވަން އެމް ޑީ ޕީ ބައްދަލުވުން ބޭއްވީ، އެކަމަކު ރައީސް ކަމަށް ހޮވީ ރައީސް ނަޝީދު، މިފަހަރު ތަހުޤީގު ބޭއްވީ ސަސްޕެންޑް ކުރި 1 މިލިޔަން ޑޮލަރަށް އެކަމަކު ތަޙުގީގު ފެއްޓީ ފުލުހުން ތަހުޤީގު ކުރާ މައްސަލަޔަށް!
  އެމް ޑީ ޕީ އަށް ސަލާމް

  25
  1
 43. ނަންކުޜާ

  އެންމެންއަރައިގަންނަންވީ ދޯ ޖަމީލު

  11
  3
 44. ކެކެ

  ސަދޫމް ގެ ކޯޓް. ލާދީނީ ބައިގަނޑު. މި ގައުމުގެ މުސްތަގުބަލު މިއޮތީ ފެންނަން ، ﷲ ގެ ކޯފާ އިން އަޅަމެން ސަލާމަތް ކޮށދެއްވާފާނދޭވެ.

  13
 45. މުހޮއްދު

  ވަނުވާ ނޭގިގެން ނޫޅެ ކަންވީ ގޮތަށް ކިޔާބަލަ، ކަންވީ ގޮތަކީ ބޮޑިބަތާ، ރޭނިސް ސަލީމުައާއި ކަމާބޭރުން ސުވާލުކުރުން، ޑީޑީ އަކީ ކާކުކަން ގައުމުގެ އެންމެނަށް ވެސް އެބައެނގޭ، ގޮތަކަށް ހުކުމް ކުރީމަ ރާސް ރާސް ލާފައި ހުކުމް ކުރީމައި މަގާމުގެ ކުރިއެރުން،