ފެމިލީ ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރގެ މަގާމުން ވަކިކޮށްފައިވާ އަލީ ސައީދު ވަޒީފާ އިން ވަކިކޮށްފައިވަނީ ގަވާއިދާއި އެއްގޮތަށް ކަމަށް ފަމިލީ ކޯޓުން ވިދާޅު ވެއްޖެއެވެ.

ފެމިލީ ކޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެސިސްޓެންޓް ލީގަލް އޮފިސަރ އަލީ ސައީދު 18 ޖޫން 2019 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011ގެ 213 މާއްދާގެ 5 ވަނަ ނަންބަރަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ 93 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެސިސްޓެންޓް ލީގަލް އޮފިސަރގެ މަގާމް ގައި ހުއްނެވި އަލީ ސައީދު އެކޯޓުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށްބުނެ، އެއްސަލަ ބަލައިގަތުމަށް އެދި ހުށަހަޅާފައިވާތީ މިއްސަލަ ބައްލަވައިދެއްވުމަށް އެދި 02 މޭ 2019 ގައި ޑިޕާޓްމެންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނަށް ވަނީ ފޮނުވާފައިވާފައި ކަމަށް ފެމިލީ ކޯޓުން ވިދާޅެވިއެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ފެމިލީ ކޯޓުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ހުށައެޅި މައްސަލަ، ޑިޕާޓްމެންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން ތަހުގީގުކުރުމަށްފަހު މައްސަލަ ސާބިތުވާ ކަމަށް މައްސަލަބެލި ކޮމިޓީއިން 14 ޖޫން 2019 ގައި ނިންމާފައިވާތީއެވެ.

ފެމިލީ ކޯޓުން އިތުރަށް ވިދާޅުވެފައިވަނީ އަލީ ސައީދު ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ އެއްވެސް އިދާރާއަކަށް ހުށަހަޅާފައިވާ ޝަކުވާއެއް ނުވަތަ މައްސަލައަކާ ގުޅިގެން ނޫންކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މީހާ

    ރައީސް ނަސީދު ތިޔަކުރައްވާ ހިއްވަރަށް ހަމަ ސާބަސް. ފަންޑިޔާރުން ނަކީ އެންމެ ކޮރެއްޕްޓް މީހުން ރާއްޖޭގައި ތިބި. ރަޖަމު ކުރާންޖެހޭ މީހުން.

    5
    5