ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ކުރާ ބޮޑެތި ތުހުމަތުތަކުގެ ހެކިތައް ފުލުހުން ހޯދާ، ފޮރެންސިކް ތަހުލީލްތައްކޮށް، މީހުންގެ ބަޔާންތައް ނެގީ އެންމެ ދެދުވަހުން ކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ގުޅުން ހުރި އެއްވެސް މައްސަލައެއްގެ ތަޙްޤީޤު ފުލުހުން ކުރިއަށް ނުގެންދާ ކަމަށް ވިދާޅުވެ މިމަހުގެ 10 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ސޮއި ކުރައްވާ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ސިޓީއެއް ފޮނުވާފައި ވީނަމަވެސް އޭގެ ދެދުވަސް ފަހުން ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި، މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާކަމަށް މިމަހުގެ 12 ވަނަ ދުވަހު ފުލުހުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އަންގާފައި ވާތީއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ފުލުހުން ތުހުމަތު ކުރާ އެއް މައްސަލައަކީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ބުނާ މައްސަލައެކެވެ. ދެވަނަ މައްސަލަ އަކީ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުނު މައްސަލައިގައި ދައުވާ އުފުލި މީހަކު ދޫކޮށްލި މައްސަލައެކެވެ.

އެމައްސަލަ އާއި ގުޅިގެން މީހުންގެ ބަޔާންތައް ވެސް ފުލުހުން ނަގާފައިވާ ކަމަށާއި އަދި ބައެއް މީހުން ފޯނު ފުލުހުން ހޯދާ، ފޮރެންސިކް ތަހުލީލްތައް ވެސް ކޮށްފައިވާ ކަމަށް މިއަދު ތަޙްޤީޤު ކޮމެޓީގައި އިއްވި ފުލުހުންގެ ސިޓީގައި ވެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތަޙްޤީޤު ކޮމެޓީ އަށް މިއަދު ހާޒިރުވެ ވަޑައިގެން ޖަވާބުދާރީވެ ވަޑައިގަންނަވަމުން ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ އޭނާގެ މައްސަލަ ފުލުހުން ތަޙްޤީޤު ނުކުރާ ކަމަށް ފުލުހުން ވިދާޅުވާ ކަމަށާއި އެހެންކަމުން ކޮމެޓީން އިން މިއަދު ހަވާލު ކުރި ލިޔުންތަކަށް ޖަވާބުދާރީ ވާން އިތުރު ފުރުސަތު ބޭނުންވާ ކަމަށެވެ.

"ތަޙްޤީޤަށް އަޅުގަނޑު ހުރަހެއް ނާޅަން. އެހެންނަމަވެސް އިޖުރާޢަތުތަކަށް ތަބާވާން ޖެހޭނެ. ފުލުހުން އަޅުގަނޑަށް ޖަވާބު ދެއްވާފައި އެބައޮތް އަޅުގަނޑުގެ މައްސަލައެއް ތަޙްޤީޤު ނުކުރާ ކަމަށް. ނަމަވެސް ދެދުވަސް ފަހުން އެއޮތީ ލިޔުމެއް ފޮނުއްވާފައި. އެލިޔުން އަޅުގަނޑަށް ލިބުނީ ދެންމެ. އެހެކިތައް ބެލުމަށް އަޅުގަނޑަށް ފުރުސަތު ދޭން ޖެހޭ. ޤާނޫނާއި އެއްގޮތައް ހުރި ހެކިތައްތޯ ވެސް ބަލަން ބޭނުން. އެއީ ޤާނޫނު އަސާސީ އިން އަޅުގަނޑަށް ލިބެންޖެހޭ ހައްޤެއް." ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ އާއި ދެކޮޅަށް ތަޙްޤީޤު ކޮމެޓީއަށް ލިބިފައިވާ ޑޮކިއުމެންޓްތައް ދިރާސާ ކުރަން އިތުރު ވަގުތު ދިނުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އާއި އޭނާގެ ވަކީލުން ތަކުރާރުކޮށް އެދުނު ނަމަވެސް ތަޙްޤީޤު ކޮމެޓީން ވަނީ އެފުރުސަތު ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުފައެވެ.

"ތަޙްޤީޤު ކޮމެޓީން ވަނީ ގޮތެއް ނިންމާފައި" ވާކަމަށް ވިދާޅުވެ މައްސަލަ ކުރިއަށް ގެންދަން ތަޙްޤީޤު ކޮމެޓީން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ފަނޑިޔާރު އަބްދުﷲ ދީދީގެ ފަރާތުން ވަކީލުން ތަކުރާރުކޮށް ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ފަނޑިޔާރަށް ލިބޭ ޙައްޤުތައް ވިދާޅުވާން ފެއްޓެވުމުން ދެގަޑިއިރާއި ތިރީސް މިނެޓަށް ވުރެ ގިނަ އިރު މަޑުކުރެއްވުމަށް ފަހު ތަޙްޤީޤު ކޮމެޓީން ވަނީ ގޮތް ދޫކޮށްފައެވެ.

ތަޙްޤީޤު ކޮމެޓީގެ މިއަދުގެ ބައްދަލުވުން ނިންމާލީ ޖަވާބުދާރީވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އަށް ފަސް ދުވަހުގެ މުހުލަތެއް ދެއްވުމަށް ފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ޤުމްރާހި ޢަލީ

    މިއީ އެހެންކަމެއްނޫނެވެ. މިއީ ބަދަލު ހިފުމެކެވެ. ސިފައިންނާއި ފުލުހުން ވަރަށް ވިސްނައި ނެތަމަ ތިޔަބޭފުޅުންގެ ޢަބުރާ ކަރާމާތް މޮޑެވި ގެއްލިގެން ހިނގާދާނެއެވެ. ރާއްޖޭގައި މިއަދު މިއޮތީ އެ ވެރިކަމެއްގެ ސުންޕާކަން މުޅި ޤަވްމަަށް މެދުވެރިވެދާފަދަ ވެރިކަމެކެވެ.

    118
    8
    • ރައްޔިތުން

      ފަޑިޔާރު މަނިކުފާނާޖެހުނީމަ އެކަށީގެންވާ ވަގުތުވެސް ދޭންޖެހޭ. އެކަމަކު އެހެންމީހުނާޖެހުނީމަ އެކަށީގެންވާ ވަގުތު ދޭންޖެހޭކަމެއް ފަޑިޔާރުން ނުދަނެ. އާދާގެ ދެތިން ސުވާލައް ޖަވާބުނުދެވުނު ފަޑިޔާރަކު އިތުރައް ދައްކާނެ ވާހަކައެއް އޮންނާނެކަމަކަށް ނުދެކެން. މިހާރުން މިހާރަށް ސުޕުރީމްކޯޓު އުވާލަންޖެހޭ.

      18
      96
      • ކީކޭ

        ކޮބާ ސުވާލަކީ؟ ސުވާލު ސާފެއް ނުވޭ. ސާފްވާގޮތަށް ސުވާލްކުރީމާ ދޯ ޖަވާބު ދެވެނީ. ތަޙްގީގް ކޮމިޓީއަށް މަދުވަނީ އުދުހޭ މުސައްލައެއް.

        63
        4
    • ކިނބޫ

      ޖަވާބު ދެވޭނީ ސުވާލެއް ކޮށްގެންތާ؟ ތުހުމަތު ކުރެވޭ ފަރާތުގެ ވަކީލުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދޭން ނުކެރުނުތަން ފެނުނީ. އަޑުއެހުމުގެ ގާބިލުކަމެއްވެސް ނެތް. ޔެސް އޯރ ނޯ ޖަވާބު ދޭ ކުއިސް ޕްރޮގްރާމެއް ލައިވް ކުރުމަކުން ތަހުގީގެއް ކަމަކަށް ނުވާނެ. ތިޔަބައިމީހުން ކޯޓުތަކުގަ ވަކާލާތު ކުރުމުގެ ފެންވަރު ހުންނާނެ ގޮތާމެދު ދެރަވި. ހަމްދަރުދީވެސްވި.

      28
      2
  2. އަހައްމައިދީ

    ހިސާން އާއި ރިފްއަތު އަށް ޑިއު ޕްރޮސެސް އެނގިއްޖެކަމަށް އުއްމީދުކުރަން. އެންމެ އަސާސީކަންތައްވެސް ފުރިހަމަ ކުރަން ނޭގުނު،

    126
    7
  3. ޖައްދާލު

    ޤާމާރު ސަރުކާރަށް ވާނުވާނޭގެދޯ.. މަޖާކަމެއް ކަމެއް ކުރަން އެނގެނީކީނޫން ކުރެވެނީކީނޫން. ،.

    116
    8
  4. ގޑން

    ވަރަށް ސާފު މި މައްސަލައަކީ ޒާތީ މައްސަލައެއްކަން ފަނޑިޔާރުގެއަށް ގެންނަ ކުށްވެރިން ދޫކުރަނީ ފުލުހުން އެކަށީގެންވާ ހެކި ހުށަނާޅާތީ. ދެން ރިޟްވާން ދޫކޮށްލި ދޫކޮށްލުން ޖޭއެސްސީ އަށް ނުބެލޭނެ ސަބަބަކީ ފަނޑިޔާރުގެ މަސައްކަތަށް ނުފޫޒުފޯރުވުން ކަމަށް ނޫނީ ނުވާނެ ބަޔަކު ބޭނުންވާހާގޮތަށް އަމުރުނެރެން ނުޖެހެ ހުށހެޅޭ ހެއްކަށް ރިއާޔަތްކޮށް ޤާނޫނުގައި ބުނާ އުޞޫލުން ނޫނީ އެެއްވެސް މީހަކު ހައްޔަރުކުރަން ނުޖެހެ.
    ބަންދު މުއްދަތު ޖަހާ ނުދީފިނަަމަ އެކަން ހައިކޯޓުގައ އިސްތިއުނާފްކުރާނީ.

    75
    4
  5. ޥިންދު

    ޖިނާއީ ތަޙްޤީޤް ހިންގުމުގެ އެއްވެސް ހައިސިއްޔަތެއް ޖޭއެސް ސީއަށް ލިބިގެނެއް ނުވެ. ސުވާލެކުރުމުން އިންކާރުކުރީމާ ކުރެވޭނެ ސުވާލެއްވެސް ނޯންނާނެ.
    މޮޅުކަަމަށް ހެދިގެން އަދުގަދަކޮށްފައި ހަޅޭ ފަޅޭ ލަވާފައި އުޅުނު މީހުންނަށް ކޮންތާތަކު މިޖެހުނީ. ޖޭއެސްސީ އަށް ހިންގޭނީ އިދާރީ ގޮތުން ހިންގާ ތަޙްޤީޤެެއް. ސުވާލެއްކޮށްލުން އެކަނި އިންކާރުކޮށްފިނަމަ އިތުރަށް ކުރެވޭނެ ސުވާލެއްވެސް ޮ އޮވެގެންނުވާނެ.

    91
    6
  6. ގޮތް

    ގޮތް ދޫނުކޮށް ދެކޮޅުންވެސް ކުރެވޭނީ ކީއް؟!!

    31
    2
  7. އަލީ

    ނަސީދު އަހަރުމެން ނިމުމަކަށް ގެންނާނަން ވަރަށް ހިތި ކޮށް .... އަދި އެއީ އެއްމެ ފަހު އެތި

    87
    6
  8. އަލީ

    މި ނަސީދު އަހަރުމެން ނިމުމަކަށް ގެންނާނަން ވަރަށް ހިތި ކޮށް ....

    80
    6
  9. ޢަލީ

    ކެނެރީގޭ ނަޝީދަކީ ބަދަލުހިފުމުގައި އަރާހުރި މީހެއްކަން މިކަމުން އެނގޭ. ދައްކަން ބޭނުންވަނީ ތިމަންނައާ ދެކޮޅަށް ހުކުމެއް ކޮއްފި މީހަކަށް މިދުވަސް ދައްކާލާނަޭ. ފަނޑިޔާރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ބޭނުމަކީ.

    66
    4
  10. ހެހެ

    ލަދުވެތިގޮތަކަށް އަތައްގޮވީ

    55
    3
  11. ގެރިކިރު

    ޖޭަެއެސްސީގެ ފެންވަރު ވަރަށް ރީއްޗަށް ރައްޔިތުންނަށް ތިއޮޅުުންފިލީ، ތިވަރު ޒާތީވާކަށް ނުވާނެ.

    74
    1
  12. ރައްޔިތުމީހާ

    . 10 ޖޫން ގައި މައްސަލައެއް ނެތްކަމަށް ބުނެފައި ނަޝީދު. ޑީޑީގެ މައްސަަލައެެއް ޖޭއެސް ސީއަށް ހުށަހަޅާ ސަސްޕެންޑްކުރުމާއެކު 12 ޖޫން 2019ގައި ކުއްލިއަކަށް މައްސަލަތަކެއް ވިހެއުމުން އެނގެނީ ޒާތީ ކަމެއްކަން.
    އިންސާފުން ކަންކުރެވޭނީ ކިހިނެއް. ތިތާ ސުވާލުކުރަން ހައްތަހާވެސް އެތިބީ ވަކީލުކަމުގައި ދިޔަ މައްސަލަތަކުގައި އެއްކޮޅަށް ސާބިތުނުވީމާ ލިބުނު ލާރިކޮޅު މަދުކަމުން ޙަސަދަ ފިލުވަން ވަކި މީހެއްގެ ހިތް ރުއްސަން ގޮސްފައި ތިބި ބައެއް. ދެން ސުވާލު ކުރުމުގެ ކުރިން ހިތުގައި އޮންނާނީ ކުރާ ކޮންމެ ސުވާލަކަށް އާނއެކޭ ބުނަންޖެހެނީ. ނޫނީ ޖަވާބު ގޯސް.
    ތަޙްޤީޤް ފެށުމުގެ ކުރިން ކުށްވެރިއެއް ކަމަށް ކަނޑައަޅާފައި ދެން ކުރާނެ ތަޙްޤީޤެއް އޮންނާނެތޯ

    48
    2
  13. މުސްކުޅިޔާ

    އެއީ އެޖެންޑާ 19 ގެހުރިމޮޅުކަމަކީހިތަށްއަރުވާލާއިރައްހުރިހާރިޕޯޓެެއްހެއްކާއި ފޮޓޯއާއިޢެކު ނިކުންނާނެ.

    52
  14. އަލީ

    ދެދުވަހުން ހޯދި ހެތިކާއަޅާބަލާއިރު ހާދަގިނައޭ. އަދި ގިނަދުވަހުން ހޯދިނަމަ ތިމީހާ ހޯދާ ނުފެންނާނު. !

    39
  15. އިހުސާނާ

    މުހާމީ ކޯސް ހަދައިގެން ތިބޭ މީސްމީހުންނަށް ސުޕްރީމް ކޯޓުގެ ކޮން ފަނޑިޔާރު ކަމެއް ބާ ކުރެވޭނީ!

    5
    42
  16. އަޙަމަދު

    އަބްދުﷲ ދީދީ ފުލުހުންގެ ކިބައިން އެދުނީ އަބްދުﷲ ދީދީ ގެ އެއްވެސް މައްސަލައެއް ފުލުސް އޮފީހަށް "ހުށަހެޅި" ބަލަމުން ދޭތޯ؟ ޖަވާބު ވަރަށް ސާދާ. ސާފުކުރަމަށް އެދިލެއްވި ސިޓީގެ ޖަވާބުގައި ވިދާޅުވިކަމަށް ޚުދު އަބްދުﷲ ދީދީވެސް ތަކުރާރުކޮށް ވިދާޅުވީ އަބްދުﷲ ދީދީގެ އެއްވެސް މައްސަލައެއް އެ މުއައްސަސާ އަށް "ހުށަހެޅި" ބަލަމުން ނުދާކަމަށް ކަމަށް.
    މިއަދު ޖޭއެސްސީގެ މެންބަރުންނަށް ފުލުހުން ފޯރުކޮށްދިން މަޢުލޫމާތުކަމަށް ބެލެވެނީ އެމްއެންޕީއާރސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގުން ހޯދިފައިހުރި ހެކިތަކެއްކަމަށް. ފަހަރެއްގައިވެސް އަބްދުﷲ ދީދީގެ މައްސަލައެއް ތަޙްގީކޮށްގެން ހޯދި ހިކިތަކެއްކަމައް ވިދާޅެއްނުވޭކަން ނޭނގޭ.

    2
    5
  17. އަބްދޫ

    މައްސަލަތައް ހުށަހެޅިޢިރު އެއްވެސް އެއްޗެއް ނެޔް ކަމާ ލިއުން ތަކަކީ ރޭގަ ހެދި އެއްޗެއްކަން ބަޔަކު ވާހަކަ ދެއްކި އަޑު އަހައިފިން އެއީ އެންޑިޕީ ބައެއް އެމީގުން ބުނީ މިސަރުކާރު ޔާމީނުގެ ސަރުކާރށް ވުރެވެސް ގޯސްކަމަށް

    18
    1
  18. ޢަލީ

    ދަރިންނޭ. އެތާ އެތިބީ އެކްޓިވިސްތުންގެ ގޮތުގައި ރެލީތަކަށް ނުކުތް މީހުން. އެމީހުން ތިޔަބުނާ ގާނޫނު އަސާސީއަކަށް ބަލާކަށް ބޭނުމެއް ނުވާނެ.

    17
    2
  19. މުހަންމަދު

    ދީދީ ރިޟްވަތު ހިފިކަންވެސް ނުހިފާ ކަންވެސް އިގޭނީ ހެއްދެވި ފަރާތަޟާ ދީދީ އަށް އެކަމް ކެނެރީގެ ނަޟީދު 3 ބާރައް އަތް ބާނަން އުޅޭތީ މަައްސަލަޔަކީ ސީދާ އިބޫ ސޯލިހުގެ އޯޑަރ އަށް އެމްޑީޕީ ގައުމީ މަޖިލިސް އިން ނިންމެވީ ނަޟީދު މަޖިލީހުގެ ރައީސް ކަމަށް ގެނައުމައް އާއިޅީ ވެރިކަމެއް ކުރުމައް އެމްޑީޕި ބޭނުންވާ ގޮތައް ކޯތުތަކުން ހުކުމް ނުކޮތްފިނަމަ އެ ކޯޓެއް ބަލައެއް ނުގަނޭ

    17
  20. ސަންފީރު

    މިރާއްޖޭގެ ފުލުހުން ވަރަށް މޮޅުވާނެ ހެކިހޯދަން މީހަކުފިލުވާލަން ވީމަ

    15
  21. Anonymous girl

    ގަމާރު ފަނޑިޔާރާ އޭނާގެ ކޮސް ވަކީލުން

    2
    10
  22. ބަރުގޮނު

    "ތަޙްޤީޤް ކޮމެޓީން ވަނީ ގޮތެއް ނިންމާފައި" ކަން ތަޙްޤީޤް ފެށުނީއްސުރެ ކޮމެޓީގެ ބަސްމަގު ހުރި ގޮތުން ހާމަވޭ. ނަޝީދު އޮތީ ، ބުޅަލަށް ލަޑެއް ނުދެވުނިއްޔާ ބުޅާ ރޭ ގުޔަށް ނަމަވެސް ލަޑެއް ދޭނަމޭ މީދާ ބުނި މޭރުމުން ކޮންމެ ގޮތަކުންވެސް ފަޑިޔާރު ޑީ.ޑީ އަށް ލަޑެއް ދޭން ޚިޔާލު ކޮށްފައި.

    12
    1
  23. މުހައްމަދު

    މީނާ މީ ޔާމީންގެ އަނިޔާވެރި ކަމުގައި ފުރިހަމަ އަށް ބައިވެރިވި މީހެއް ، އިންސާފު އަރާހަމަކުރާ މަންޒަރު އިރާދަ ކުރެއްވިއްޔާ ލަސްތަކެއް ނުވެ ފެންނާނެ

    1
    14
  24. ދދދދދދ

    އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ މީހެއްގެ އަތުން ޑޮލަރު ވިޔަފާރި ކުރަން ޖެހޭނީ ރީލޯޑު ވަޒީރު. ޑީޑީ އެއް ނޫން.

    15
    1
  25. ސަޓޯ

    އައްމަޓާ ދެދުވަހުންނޭ... މަގޭ ގެއިން ވައްކަން ކުރި މީހާ ދެމަސް ދުވަސްވީ އިރުވެސް ނުހޯދުނު ބަޔަކަށް މިކަން ދެދުވަހުން ނުހޯދޭނެ....

    17
  26. އިމްތިޔާޒު ނަމަކަށް ކިޔާ އެންގްރީ ބާރޑް

    ހަވާ ފަޓާސްބަރި ހަބޭސް. އިންސާފު ކޯދުލާ އޮހޮރެނީ ވާހވާހ

    18
    1
  27. ފްރޭމް

    މިފަހަރު މިއޮތީ ފަނޑިޔާރު މަނިކުފާނު ފްރޭމް ކޮށްފައި. އެހެން ނޫންނަމަ އެންމެ ދެދުވަހުގެ ތެރޭގައި ތިޔަ ހުރިހާ ހެއްކެއް އުފަން ނުވާނެ. ތިޔަ އެމްއެމްޕީއާރގެ މައްސަލައެއް ބަލާތާ 2 އަހަރުވެއްޖެ. ފެންނަ އެއްޗެއްވިއްޔާ ފެނިފައި އޭރުވެސް ހުންނާނީ.

    13
  28. މުހޮއްދު

    ވަނުވާ ނޭގިގެން ނޫޅެ ކަންވީ ގޮތަށް ކިޔާބަލަ، ކަންވީ ގޮތަކީ ބޮޑިބަތާ، ރޭނިސް ސަލީމުައާއި ކަމާބޭރުން ސުވާލުކުރުން، ޑީޑީ އަކީ ކާކުކަން ގައުމުގެ އެންމެނަށް ވެސް އެބައެނގޭ، ގޮތަކަށް ހުކުމް ކުރީމަ ރާސް ރާސް ލާފައި ހުކުމް ކުރީމައި މަގާމުގެ ކުރިއެރުން،

    1
    10
    • މޮހޮދާ

      ޓެރަރިސްޓުންނަށް ހުކުމް ކުރަން ޖެހޭނެ 24 ގަޑިއިރުތެރޭ. އެއީ ކުރިން ވައްކަން ކޮށްގެން ހުކުމް ކޮށްފަ ހުރި ވަގެއްތޯ ބަލާކަށް ނުޖެހޭނެ