ޝަރުޢީ ދާއިރާގެ ހުރިހާ މަރުހަލާއެއްގައި ވެސް އިންސާފުން މީހުންނާއި މެދު ކަންތައްތައް ކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ތިން ބޭފުޅުން ކަމަށްވާ މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިއްބެވި ރައީސުލްޖުމްޙޫރިއްޔާގެ މެމްބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ އާއި ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާފައިވާ މެންބަރު އަލްއުސްތާޛާ ޙިސާން ޙުސައިން މިއަދު ޖޭއެސްސީގެ ތަޙްޤީޤު ކޮމެޓީގައި ހުދުމުހުތާރުކަން އިސްކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ދެކޮޅަށް ޖޭއެސްސީ އިން ތަޙްޤީޤު ކުރިއަށް ގެންދަން އިސްކޮށް ތިއްބެވީ މަސްތޫރު އާއި ރިއްފަތު އަދި ހިސާން އެވެ. ރިޔާސަތުގައި އިންނެވީ މަސްތޫރު އެވެ.

ތަޙްޤީޤު ފަށަމުން ވެސް މަސްތޫރު ވިދާޅުވީ "އަޅުގަނޑުމެން ވަކިގޮތެއް ނިންމުމުން ދެން އެކަމާއި ސުވާލެއް ވެސް ނުކުރެވޭނެ." ކަމަށާއި އަދި އެކަމާއި ވާހަކަދައްކާ ބަހުސް ވެސް ނުކުރެވޭނެ ކަމަށެވެ.

ގާތްގަނޑަކަށް ދެގަޑިއިރާއި 40 މިނެޓަށް ދެމިގެން ދިޔަ ތަޙްޤީޤު ކޮމެޓީގެ މުޅި ބައްދަލުވުމުން ވެސް ފެނިގެން ދިޔައީ ތުހުމަތުތަކެއް ކުރެވިފައިވާ ފަނޑިޔާރު އަބްދުﷲ ދީދީގެ ފަރާތުން ފާހަގަ ކުރަމުން ގެންދިޔަ ކަންކަމަށް ސާފު ޖަވާބެއް ނުދެއްވާ ތަޙްޤީޤު ކޮމެޓީ އިން ނިންމާފައިވާ ގޮތައް ހުރިހާ ކަމެއް ކުރިއަށް ގެންގޮސް ނިންމާލަން މަސައްކަތް ކުރި ތަނެވެ.

މީގެ ކުރިން އިންސާފާއި ހަމަހަމަކަމަށް ވަކާލާތު ކުރެއްވި ތިން ބޭފުޅުންގެ ކިބައިން މިފަދަ އަމަލުތައް ފެނުމުން ފަނޑިޔާރު އަބްދުﷲ ދީދީގެ ދިފާޢީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެންނެވި ޑރ.މުހައްމަދު ޖަމީލް އަހްމަދު ވަނީ އެކަން ވަރަށް ބޮޑަށް ދެތިން ފަހަރެއްގެ މަތިން ފާހަގަ ވެސް ކުރައްވާފައެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ފަރާތުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެކަށީގެންވާ ވަގުތު ޖަވާބުދާރީވުމަށް ދެއްވުމަށް ފަހު ކުރިއަށް ގެންދެވުމަށެވެ. ނަމަވެސް މީގެ ކުރިން ކޯޓުތަކުން އެކަށީގެންވާ ވަގުތު ނުދެއްވާތީ އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ރިއްފަތު އާއި ހިސާން ވެސް މިއަދު ވިދާޅުވީ "މިއީ ތަޙްޤީޤެއް، ބަލަމުން ދަނީ ސުލޫކީ މައްސަލައެއް. ރިޕޯޓް ތައްޔާރުކޮށް ނިމުމުން ރިޕޯޓާއި ބެހޭ ގޮތުން ޝަކުވާ ކުރުމަށް 30 ދުވަހުގެ މުހުލަތެއް ލިބޭނެ." ކަމަށެވެ.

ނަމަވެސް ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލުން ވިދާޅުވަމުން ގެންދެވީ އެވިދާޅުވާ 30 ދުވަހަކީ އެހެން މަރުހަލާއެއް ކަމަށާއި ތަޙްޤީޤުގައި ވެސް ތުހުމަތު ކުރެވޭ ފަރާތައް ޖަވާބުދާރީ ވާން ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުން ދެން ފެނުނު އަނެއް ކަމަކީ ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލުންގެ ވާހަކަތަކަށް ތަކުރާރުކޮށް މަސްތޫރު ހުރަސް އެޅުއްވުމެވެ. ވަކީލުންގެ އެއްވެސް ވާހަކައެއް ފުރިހަމަ ކުރަން މަސްތޫރު ފުރުސަތެއް ނުދެއްވައެވެ.

އަދި ދެތިން ފަހަރެއްގެ މަތިން އޭނާ ވަނީ މިއީ ތަޙްޤީޤެއް ނޫންކަމަށާއި މިއީ ޝަރީޢަަތުގެ މަޖިލީހެއް ކަމަށް ވެސް ވިދާޅުވެފައެވެ. ކޮންމެ ފަހަރަކު ވެސް އެހެން ވިދާޅުވުމަށް ފަހު މަޢާފަށް އެދުނެވެ.

ބަންޑާރަނައިބު ރިއްފަތު މިއަދު ތަޙްޤީޤު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ތަޙްޤީޤަށް ލިބިފައިވާ މެސެޖަށް ބަލާއިރު ސުލޫކީ މައްސަލަ ސާބިތުވާ ކަމަށެވެ. އެހެންކަމުން ތަޙްޤީޤު ފަށާފައި ވަނީ ވެސް މައްސަލައިގައި ގޮތެއް ނިންމައިގެން ކަން އެހާ ހިސާބުން ވަނީ ސާފުވެފައެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ އަށް ޖަވާބުދާރީ ވާން އިތުރު ފުރުސަތު ދިނުމަށް ކޮމެޓީ އިން ތަކުރާރުކޮށް ދެކޮޅު ހެދުމަށް ފަހު އެންމެ ފަހުން ވަނީ ފަސް ދުވަސް ލިޔުމުން ޖަވާބުދާރީ ވުމަށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ސ

    ކީއްކުރާނީ! މިއޮތީ އަނެއްކާ އަނެއް ޢަބްދުﷲ އާ އަޅައިގަނެފަ

    93
  2. Anonymous

    ވަރަށް ހުދު މުހުތާރު އެއް

    82
    4
  3. ހުސައިން

    ވަރަށް ހުދު މުހުތާރު ބައެއް އަދިވެސް ލިބޭވަރު މަދުވެގެން

    90
    3
  4. ޒާ

    ބަދަލު ހިފުމުގެ ރޫހުގައި ތިކުރާ އަނިޔާވެރި ކަންތަކުގެ ރަހަ މިދުނިމަތީގައި ތީ ތިންމީހުން ދެކޭނެ ކަމީ ޝައްކެއްވެސް އޮތް ކަމެއްނޫން. ތިއީ ކަނޑައެޅިގެން ރާވައިގެން ތައްޔާރުވެގެން މީހަކަށް އަނިޔާދޭން ހާވާ ހަޑިއެއް. ތިވަނީ އެންމެންގެ ލޯމަތީގައި ފަލީހަތް.

    123
    4
  5. މަނޭސް

    މިތިބަ ނުތާހިރު ބައެއްދޯ؟އިންސާނުންނޭކިޔައިގެން އުޅެންވެސް ހެޔޮނުވާނެ.ނަސީދު ބުނެގެން އަރާތިބި 3 ބުރާންތިންނަށް ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް އެގެނީކީނޫން.ހުދުމުހުތާރުކަމުގެ ވެސް އިންތިހާ.ކީކޭބުނާނީ.އަޅުގަނޑު ގަބޫލްކުރަނީ ނަސީދަށް ހުކުމްކުރި ގާޒީގެ ޒަމާން ދުއްވާލުމުގެ ގަސްތުގަ ނަސީދުގެ ދިފާއީވަކީލުން ޗަރުކޭހެއްކުޅެނީކަމަށް.

    117
    7
  6. ކުޑޭ

    ދަމާވައްޓާނުލަނީސް ގޮނޑިންފައިބާ

    57
    12
  7. އެދުރު

    ހަމަ ތިން ހިޓްލަރު... އިންސާފެއްވެސް ނޫން ކަލޭމެންނަށް ޤާއިމްކުރެވޭނީއެއް ، ބާރު ލިބުނީމަ ކޮންމެ ބަޔަކުވެސް އިސްކުރަނީ ޚުދުމުޚުތާރުކަން ، ފަނޑިޔާރުންނަށް ވެސް ކޮންމެވެސް އެއްޗެއް ވިސްނޭނެކަމަށް އުންމީދުކުރަން ،

    94
    1
    • ާރަސީދު

      ތިޔަ ތިންމީހުނަކައް ތިމައްސަލާގެ ނުވެވޭނެ، ސަބަބަކީ ތިޔަ ތިންގުންޑާ އަކީ އަންނީގެ އައްޔާރުން?

      18
  8. ރިޔާސަތު

    ތި ތިން މީހުންނަކީ ދޮވެ ހިއްކަން ފުރަތަމަ ޖެހޭ ތިން އެތި

    82
  9. ކައްކާބެ

    މިޔަށްކިޔަނީ ޒާތީވެ ހަސަދަ ފިލުވަން ވަކި ގޮތަކަށް ކަން ނިންމަން އުޅުން

    100
    2
  10. މޮހަނު

    ފަޑިޔާރު ދީދީ ސަސްޕެންޑް ކޮށްފައިވަނީ ރައްޔިތުންގެ މަޖްލިސްގެ ރައީސް ނަޝީދު ފޮނުއްވި ސިޓީ އަކަށާއި ފުލުހުން 2 ދުވަސް ތެރޭ ކޮށްފައިވާ ބޮޑު މަސައްކަތެއްގެ މައްޗަށް ފޮނުވާފައިވާ ސިޓިއަކާއި ގުޅިގެން ކަމަށްވާއިރު މިއަދުގެ ތަޙްޤީޤް ކުރިއަށް ގެންދިޔައީ ފުލުހުން ބަލަމުން ގެންދާ މައްސަލައަކާއި ގުޅޭ ކަމެއްގައި ނަމަވެސް ދީދީ އަކީ ނަޝީދު އަށް ޙުމުމް ކުރެއްވި ފަޑިޔު ކަމަށްވާތީ އާއި އަދި ނަޝިދުގެ ފަރާތުން ދިފާޢި ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބަޔަކު މި ކޮމިޝަންގައި ތިބުމަކީ މި މައްސަލައިގައި ދީދީ އާއިމެދު އިންސާފުން ކަންކަން ކުރެވިދާނެ ކަމާއިމެދު ސުވާލު އުފެދޭކަމެއް، ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ނޫނަސް ދީދީ އާއި މެދު ފިޔަވަޅު އަޅައިފިނަމަ ނަޝީދު އުފާވާނެ އެހެންކަމުން އެކަން ނަޝީދުގެ ވަކީލުން ނުކުރައްވާ ދޫކޮށްލައްވަފާނެ ކަމަކަށް ނުބެލެވޭ، އެކަން މިއަދު ދިވެހި ރައްޔިތުންނަށް ވަނީ ވަރަށް ފުރިހަމައަށް ފެނިގެން ގޮއްސަ

    113
    5
    • ދަރެސް

      ޚުދު ނަޝީދަށްވެސް އެނގޭ ނަޝީދު ހުށަހެޅި މައްސަލައަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކުރި ތުހުމަތެއް ނޫންކަން. މިއީ ބަދަލު ހިފާ، އަބުރު ކަތިލަން ހިންގި ޖަރީމާއެއް.

  11. އައްޔު

    ބަލަ އެއީކީ ޝަރީޢަތެއް ނޫނޭ ތަހުގީގެކޭ . ތަހުގީގު މަރުހަލާގަ ޖެހޭނީ ތަހުގީހު ކުރާ ފަރާތަށް ޖަވާބު ދާރީ ވާން އިތުރު ސުވާލުތަކެއް ކުރިމަތި ކުރާނީ އެއް ނޫން. ކިޔަވައިގެން ތިއްބަސް ހަމަ ރޮދިން. ދެން ޕޮލިހުން ކަމެއް ތަހުގީގެއް ކުރަންޔާ 10 ބޭނުން ވެޔޭ ބުނެވޭތަ؟؟؟؟؟ މިކޮމެޓް ޖަހަން ކެރޭނެ ތަ؟

    4
    27
  12. މުހަންމަދު

    ތި ކޮމްޟަންގަ ތިއްބެވި މެމްބަރުން އަދި ކޯޓުތަކުގެ ތިއްބެވި ފަޑިޔާރުން ދިވެހި ރާއްޖޭގަ ގާނޫނާ އިސްލާމްދީނުގެ އަސާސްތަކުން ބޭރުވެ ތިކޮމްޟަންގެ ގާނޫނާ ހީލާފައް ކަމެއް ނިންމައިފި ވިއްޔާ އަޅުގަނޑުގެ ދުއާ އަކީ ތިމީހުނަން ކޯފާލެއްވުން ހުކުމެއްކޮތް ހައްގު އަދަބު ދޭންޖެހޭ މީހާ ނުން ކުއްނުކުރާ މީހާޔައް އަދަބު ދިނުމަކީ އޭނަޔަޟާ ޢޭނަގެ ފެމެލީއައް މިދުނިޔެން ދެވޭ ވަރައް ބޮޑު އަނިޔާއެއް މުޅި ކަރާމާތް ގެއްލުވާލުން

    17
    3
  13. މުހައްމަދު

    ކުރި ސުވާލު ތަކަށް ޖަވާބު ނުދެވުނީ ކުރި ކަންތައްތައް ކަމަށް ވާތީ ،

    3
    33
    • ...........

      ސުވާލެއް ކުރިތަ؟ ކޮން ސުވާލެއް ކުރީ؟

      • Anonymous

        ފަނޑިޔާރު ދީދީގެ ގޭގަ ހުރީ ކިތައް ދޮރުހޭ؟

  14. ާރަސީދު

    ކެނެރީގޭ އަންނީ ގެ ވެރިކަމުގަ މޑޕ އިން ކައްވާލި ފައިސާ ހޯދަން އުޅުނިއްޔާ މާރަނގަޅެއްނޫން?

    38
    2
  15. ގެރިކިރު

    "ގަނޑުގެ ބޭޭރުގަލިޔަފައިން ފޮޅުވަތް ތިޔަވަކީލުންނަށް ފެނިވަޑައިގަތްފިތޯ؟"

    15
  16. ދޮގެއް؟

    ތަޙްޤީޤު ފަށަމުން ވެސް މަސްތޫރު ވިދާޅުވީ "އަޅުގަނޑުމެން ވަކިގޮތެއް ނިންމުމުން ދެން އެކަމާއި ސުވާލެއް ވެސް ނުކުރެވޭނެ." ސުޕްރީމް ކޯޓުން ގޮތެއް ނިންމީމަ މަސްތުރަ ނުވެގެން ބިތަށް އަރަނީ ކީއްވެ؟

    30
  17. ޝާހް، ރ.ވާދޫ

    ގ.ކެނެރީގޭ މުހައްމަދު ނަޝީދުގެ 3 ޕަޕެޓުންނަށް ބުއްޅަބޭގެ މަސްލަހަތު އިސްކުރުން ނޫން އެއްކަމެއްވެސް ނުވާނެ! ވަރަށް ކެރިހުރެ މިބުނަނީ އަދުލުއިންސާފުގެ ތިލަފަތް ފުނޑާލާ އެމްޑީޕީން މުޅި ޝަރުއީދާއިރާ ހިސޯރުކުރުމުގެ މުބައި ނުލަފާ އަމަލުތައް މިދަނީ ކުރިޔަށް!

    31
  18. އުތުރު

    ރާއްޖޭގެ އަދުލުއިންސާފްގެ ދާއިރާ އަތްދަޑުލުމަށް
    ވަރަށް މަކަރުވެރި އުކުޅުތައް ބޭނޫން ކުރާނެއެވެ
    ސަރުކާރާޢި މަޖިލީހާއި ފަނޑިޔާރުގެ އެކަކުމުށުތެރެ
    އަށް ލުމަށްޓަކައި ވަރަށް ދުރާލާރާވާއިގެން ހިންގާ
    ޖަރީމާއެކެވެ

    18
    1
  19. އަލީ

    ތިޔަ ތިން މީހުން ގެ ތެރެއިން ހަމަނެއް އާރު ލާ އެއްކަކުވެސް... ހިތުން މާމޮޅުބައެއް ކޯ ހީކޮއްގެން މިއުޅެނީ.... ބަލަންހުންޗޭ އަނެއްކާވެސް ވައްޓާލާނަން... މިފަހަރު މިކަހަލަ ކުދި ސެޓް ތައް ނައްތާލާނަން

    17
  20. ގައުމުގެ ދޫ

    ނޫސްވެރިންވެސް ތަހުގީގަކާ ޝަރިއަތަކާ އެއީ މުޅީން ދެކަމެއް ކަން ދެނެގަންނަންޖެހޭ ހަމަ އެހެންމެ ކިޔުންތެރިންވެސް. އެ ދެކަމުގެ ފަރަގު ނޭންގި ކޮމެންޓް ކުރުން ނިކުންނާނީ ދެކޮޅުނުޖެހޭ ކޮމެންޓް. ދެންހަމަ ސިޔާސީ އޮއިވަރުގާޖެހި ކިޔޭނުކިޔޭއެއް ނޭންގި ބެވިޔަކަސް ކަމަކުނުދާނެ. ވެދުމާ ސަލާމް

    4
    6
  21. ފާންތަ

    މިއޮތީ އަނިޔާވެރިކަމާ ދެކޮޅުވެފަ. އިންސާފުވެރިކަން އިންތިހާއަށް. ކީކޭ ބުނާނީ؟ ލަދުން ބޯހަލާކު؟

    13
  22. އިބްރާ

    އެއީ އެމްޑީޕީން އެދިގެންއުޅޭ ސާފް ޖުޑިޝަރީ މަސައްކަތްކުރާނެގޮތް. ކުއްލިއަކަށް މީހަކަށް ތުހުމަތެއްކޮށްފަ ނިންމާނީ އޭނާ ދަންޖައްސައި މަރަން. އެމީހާއަށް ދިފާއުވުމުގެ އެއްވެސް ފުރްސަތެއް ނުލިބޭނެ.

  23. އަލީ

    ވަރަށް ވައްތަރު އަންނި ކުޅެން ގެންގުޅޭ 3 ބުދާ.

    10
  24. މޮހަނު

    ތަޙްޤީޤް ގައިވެސް ތުހުމަތު ކުރެވޭ މީހާ ކަންކަން ސާފްކުރަން ތަޙްޤީޤް ކުރައްވާ ފަރާތާ ވެސް ސުވާލު ކުރާނެ އެއީ ތަޙްޤީޤް ތަށް ކުރިއަށް ދާގޮތް ނަމަވެސް ތުހުމަތު ކުރެވޭ ފަރާތުން ކުރާ ސުވާލަށް ޖަވާބު ދެއްވައިފިނަމަ ތަޙްޤީޤްގެ ކުރިއަށް ހުރި ކަންތައްތަކަށް ހުރަސްއެޅިދާނެ ކަމަށް ތަޙްޤީޤް ކުރާ ފަރާތަށް ފެންނަނަމަ އެ ސުވާލަށް ޖަވާބު ދޭކަށް ނުޖެހޭނެ، ދެފަރާތުން ވާހަކަ ނުދެއްކޭނަމަ އެއީ އިންސާފް ވެރި ތަޙްޤިޤެއްނޫން ، އެހެން ކަމަށްވާނަމަ ތުހުމަތު ކުރެވޭ ފަރާތަށް ޓެސްޓް ޕޭޕަރ އެއް ދޭހެން ދޭންވީނޫންތޯ އޭރުން ރަގަޅުވާނެ

  25. ޚުދަ

    ޖަވާަބުދޭންވީ ކޮމިޝަނުން ސުވާލުކުރަންވީ ގާޒީ

  26. ނަމަނަމ

    މިއީ ވެރިކަމަށް އައުމުގެ ކުރީގައި އަނިޔާވެރިކަމާ އޯގާތެރިކަމަށް ވަކާލާތުކޮށް އޭރުގެ ސަރުކާރަށް ރައްޔިތުންގެ އޮތް ތާއީދު ފިތުނއަކަށް ބަދަލުކޮށްގެން އައި ސަރުކާރު. އެއްމެ ފުރަތަމަވެސް ކުރި ތަޙުޤީގުންވަނީ ފޭލިވެފައެވެ. ފަނޑިޔާރެއްކަމަކު ދިވެހިރައްޔިތެއް. ދެއްކި ހަރުކަށިކަމާ ކުރި މަލާމާތާ ކުރި ފުރައްސާރަ އިން އެނެގެނީ ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގައި ދެއްކިހާ ވާހަކަތަކެއް. އަދި މިވީ ހާހިސާބަށް ބަހާ ޢަމަލާ ދިމާނުވާ ތަންފެނުނެވެ.