މިއަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ރެޑްވޭވްގެ ފަރާތުން ކުރިއަށް ގެންދިޔަ "ރެޑްވޭވް ރޯދަ ސޭލް" ގެ ނަޞީބުވެރިން ހޮވައިފިއެވެ.

މި ޕްރޮމޯޝަނަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރޯދަ މަސް ނިމެންދެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

މި ޕްރޯމަޝްގެ ނަޞީބުވެރި ފަރާތްތައް ހޮވާފައިވަނީ އެކަމަށް ޚާއްޞަކުރެވިގެން، ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަ މޯލްގައި މިއަދު ކުރިއަށް ގެންދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ރެޑްވޭވް ރޯދަ ސޭލް ޕްރޮމޯޝަންގެ ތެރެއިން ޖުމްލަ 26 ނަޞީބު ވެރިއަކު ވަނީ ހޮވާފައެވެ. އޭގެ ތެރެއިން 25 ފަރާތަކަށް އެކިއެކި އަގުތަކުގެ އިނާމު ލިބިފައިވާއިރު، ނަޞީބުވެރި އެއް ފަރާތަކަށް ވަނީ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބިފައެވެ.

25 ނަޞީބުވެރިންގެ ތެރެއިން އެއްވަނަ އަށް ހޮވިފައިވާ ފަރާތަށް، 11000 ރުފިޔާގެ ސޯފާ ސެޓެއް، ދެވަނަ އަށް ހޮވުނު ފަރާތަށް، 8500 ރުފިޔާގެ ސޯފާ ސެޓެއް، ތިން ވަނައަށް ހޮވުނު ފަރާތަށް، 6000 ރުފިޔާގެ ސޯފާ ސެޓެއް ވަނީ ލިބިގެން ގޮސްފައެވެ.

ރެޑްވޭވް ރޯދަ ސޭލް ޕްރޮމޯޝަންގެ ނަޞީބުވެރިން ހޮވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބިގެން ގޮސްފައިވަނީ، ށ.ފޯކައިދޫ އަށް އުފަން، މުޙައްމަދު ޝިޔާމް އަށެވެ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި ހުރިޙާ އިމާނުތަކެއްވެސް އެ ފަރާތްތަކަށް ރައްދުކޮށްދެއްވާނެ ކަމަށް ރެޑްވޭވްގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ.

މި ޕްރޮމޯޝަނާއި ގުޅިގެން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ރެޑްވޭވްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޝުޖާޢު ވިދާޅުވީ، އެހެން އަހަރު ތަކަކަށްވުރެ ގިނައިން ކަސްޓަމަރުންގެ ތަރުޙީބު މިއަހަރު ލިބިގެން ދިޔަ ކަމަށާއި، އެގޮތުން އެއްލައްކައަށްވުރެ ގިނަ ކޫޕަން ލިބިފައިވާ ކަމަށެވެ.

"މިއަހަރުވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް، އަޅުގަނޑުމެންގެ ހުރިހާ އައުޓްލެޓް ތަކެެއްގައި ކުރިއަށް މި ގެންދިޔައީ. އެހެން އަހަރު ތަކަކަށްވުރެ ގިނައިން ކަސްޓަމަރުންގެ ތަރުޙީބު އަޅުގަނޑުމެންނަށް ލިބިގެން ދިޔަ. އަޅުގަނޑުމެންގެ ޕްރޮޑަކްޓްސްތައް ވެސް އެހެން އަހަރުތަކަށްވުރެ ގިނަ ކޮށްލާފަ ހުންނާނީ މިފަހަރު. އެއްލައްކައަށްވުރެ ގިނަ ކޫޕަން އަޅުގަނޑުމެންނަށް ލިބުނު." ޝުޖާޢު ވިދާޅުވިއެވެ.

ރެޑްވޭވް ރޯދަ ސޭލް ޕްރޮމޯޝަންގެ ނަޞީބުވެރިން ހޮވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

މީގެ އިތުރުން ޝުޖާޢު ވިދާޅުވީ، އިނާމުތައް ދިނުމުގައި ބަލާފައި ވާނީ، ސޭލްގެ ތެރެއިން އެންމެ ގިނައިން ވިކިފަ ހުރި އެއްޗެއްސަށް ކަމަށާއި، ބޮޑެތި އިނާމު ތަކުގެ ތެރޭގައި ސޯފާ ސެޓް ކަހަލަ އެއްޗެހި ހިމެނޭނެ ކަމަށެވެ.

"އަޅުގަނޑުމެން އިމާނުތައް ދިނުމުގައި ބަލާފައި ވާނީ، ސޭލްގެ ތެރެއިން އެންމެ ގިނައިން ވިކިފަ ހުރި އެއްޗެއްސަށް. ދެން ކަސްޓަމަރުންނަށް ބޮޑަށް ކަމުދާނެ އެއްޗެއްސަށް އަޅުގަނޑުމެން ބަލާފަ ހުންނާނީ. އަދި ޚާއްޞަކޮށް ރޯދަ އާއި ވަރަށް ގުޅޭ އެއްޗެއްސަށް އަޅުގަނޑުމެން ބަލާފަ ހުންނާނީ. އޭގެ އިތުރަށް ބޮޑެތި އިނާމު ތަކުގެ ތެރޭގައި ސޯފާ ސެޓް ކަހަލަ ބޮޑެތި އިނާމުތައް ހުންނާނީ." ޝުޖާޢު ވިދާޅުވިއެވެ.

ރެޑްވޭވް ރޯދަ ސޭލް 2019 ގެ ނަޞީބުވެރިން -

މީގެ އިތުރުން ޝުޖާޢު ވިދާޅުވީ، ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ލޯޔަލްޓީ ކާޑްސް ތަކެއް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި، އޭގެ ޒަރީއާއިން އެ ފަރާތްތަކަށް ވަރަށް ޚާއްޞަ ޑިސްކައުންޓް ތަކެއް ލިބޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން އަޅުގަނޑުމެން ހަދާނަން ލޯޔަލްޓީ ކާޑްސް ތަކެއް، އެއީ އަޅުގަނޑުމެންގެ އައުޓްލެޓްތަކުން ޤަވާއިދުން ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ތަޢާރަފްކުރާ ކާޑެއް، އޭގެ ޒަރީއާއިން އެ ފަރާތްތަކަށް ވަރަށް ޚާއްޞަ ޑިސްކައުންޓް ތަކެއް ލިބޭނެ. ދެން ސީއެސްއާރު ހިމެނޭ ކަންކަން އަޅުގަނޑުމެން ކުރިއަށްގެންދާނަން. އޭގެ ފައިދާ އިރާދަކުރެއްވިއްޔާ ފެންނާނެ." ޝުޖާޢު ވިދާޅުވިއެވެ.

ރެޑްވޭވަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ، އަދި ގިނަ ކަސްޓަމަރުންގެ މަޤުބޫލުކަން ހޯދާފައިވާ ކާމިޔާބު ކުންފުންޏެކެވެ.