2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު ހުކުމް ނެރުނީ ކުރީގެ ރައީސް އަބްދުﷲ ޔާމިން ވެރިކަމުގައި ބަހައްޓަން ބޭނުން ނުވާތީ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިގޮތަށް ވިދާޅުވެފައި ވަނީ މިހާރު ލީކްކޮށްފައިވާ އޯޑިއޯތަކެއްގައެވެ.

އައްޑޫ ސިޓީ މީދޫއަށް ނިސްބަތްވެވަޑައިގަންނަވާ އަބްދުﷲ ސައީދު އައްޑޫ ބަހުރުވައިން ބަޔަކާއި ވާހަކަ ދައްކާފައިވާ ގިނަ އަދަދެއްގެ އޯޑިއޯތަކެއް މިހާރު ވަނީ މީސްމީޑިއާގައި ލީކް ކޮށްފައެވެ.

އޭގެއިން އޯޑިއޯއެއްގައި އަބްދުﷲ ސައީދު ވިދާޅުވެފައިވަނީ އޭނަ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވިނަމަ ރައީސްކަމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީން ކަމަށެވެ. އެހެންކަމުން އެވާހަކަތައް ދައްކާފައިވަނީ ރިޔާސީ އިންތިޚާބުގެ ފަހުން ކަމަށް ބެލެވެއެވެ.

އެގޮތަށް އަބްދުﷲ ސައީދު ވިދާޅުވުމުން ކާކުކަން ނޭނގޭ މީހަކު "ސުބްހާނަﷲ" ބުނާ އަޑު އިވެއެވެ.

އަބްދުﷲ ސައީދު ވިދާޅުވީ އޭނަ އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި ނަމަ ޔާމީން ރައީސް ކަމުގެ ހުވާ ކުރައްވާނެ ކަމަށާއި، ނަމަވެސް އެގޮތް ބޭނުން ނުވާތީ އެކެއް ފެބްރުއަރީ ގެ ހުކުމް ނެރުއްވީކަމަށެވެ.

"އަޅުގަނޑު މާތް ﷲ ގަންދީ ހުވާކޮށްފައި ބުނަން، އަޅުގަނޑު ހުރިނަމަ ޔާމީން ހުވާ ކުރައްވާނެ. އެކަމަކު އަޅުގަނޑު ބޭނުމެއްނޫން އެގޮތެއް، އެކެއް ފެބްރުއަރީގައި އަޅުގަނޑު އެކަން ކުރީ، ޔާމީން ނުބަހައްޓަން އަޅުގަނޑު ގަސްތުކުރީ." ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. hassan

    ކޮބާ މި އޮށް ފަޅާ އަރަނީ ހުކުމް ހުކުމް....

    125
    2
    • ރައްޔިތުން

      ރައީސް ޔާމީނުގެ ވެރިކަމުގާ އިންތިހާޔަށް ކޯޓުތަކަށް ނުފޫޒު ފޯރުވާތީ ފަނޑިޔާރުންވެސް ރައީސް ޔާމީނުމަތިން ފޫހިވީ. އެހެންވެ އެކެއް ފެބުރުވަރީގަ ފަނޑިޔާރުން ހައްގަށް ރުޖޫއަވީ.

      6
      87
      • ކެކެކެ

        ހައްގޭ! ކަލެއަށް ތިއޮތީ ހައްގު އެނގިފަ. އެ ދައްޖާލުން ކުރި ކުއްތާ ކަންތައް އަމިއްލައަށް ކިޔައި ދިނީމަ އަޑުއަހާފަވެސް ކަލެއަކަށް ތަނެއްދޮރެއް ވާއެއްނުވާއެއް ނޭނގުނުތާ. އަޅެ ހަމްދަރުދީވަން

        17
        2
      • އިނގިއްޖޭ

        ޔާމީން ކޯޓުތަކައް ނުފޫޒު ފޯރުވީކީއެއްނޫނެވެ. ޔާމީން ކޯޓުތަކައް އިތުބާރު މާ ބޮޑައް ކުރެއްވީމަ ފަނޑިޔާރުންތައް ޔާމީންގެ އިތުބާރުގެ ނާޖާއިޒް ފައިދާ ނެގީ. އަދީބު ހެދިހެން.

        17
        1
  2. ކެޔޮޅު

    ހިޔާނާތައް ފަޅާއަނީ އެކަންކުރިބަޔަކު މިދުނިޔޭގަވެސް ރަހަދެކޭނެ انشالله،،

    141
    1
  3. ކެކެ

    ކަރުބުޑުގަ ހިތިރަހަ ލީމަ ހުންނާނީ

    112
    1
  4. ޕްރައިވެޓް

    ޔާމީން ވެރިކަމުގައި ނުބަހަށްޓަން އަމިއްލަ އެދުން އިސްކޮށް ކުއްވެރިން ތަކެއް ދޫކުރަން ހުކުމެއް ނެރުނީ، މިއަދު ގައުމު މިވަނީ ބޮޑުނރައްކަލެއްގެ ތެރޭގަ، އެދުވަހު އެ ހުކުމް ނުނެރުނު ނަމަ އަދި މި އެމް.ޑީ.ޕީ ގެ ވެރިކަން ފެށުނު ފަހުން ނެރުނު އަމުރު ތައް ވެސް ނުނެރުނު ނަމަ މިއަދު މި ފެންނަ މަންޒަރު ނުފެނުނީސް ، އެކަމަކު ހުރިހާކަމެއް ތަދުބީރު ކުރައްވާ ރަސްކަލާނގެ ކުޅަދުންވަންތަ ، މިއަދު ތި ފެންނަނީ ހަސަދަވރިކަމުގެ ނިމުން.
    ﷲ އަޅަމެން ސަލާމަތް ކޮށްދެއްވާޕާދޭވެ
    އާމީން

    173
    6
    • ގަމާރުމޯލްޑިވިއަންމ

      ޔަގީންތަ ގައުމު ވަނީ ނުރައްކަލެއްގަ ކަން

      123
      7
      • ރަސީދު

        ދިވެހި ރާޖޭގެ ސަލާމަތީ ބާރުތަކުން ރައްޔަތުންގެ ސަލާމަތްކަން ކަށަވަރު ކުރަވާނެ ކަމަށް އުއްމީދު ކުރަން ?

        52
        2
      • ދފފފފ

        ކަށަވަރުތާ. ލާދީނީންނަކީ ސިކުނޑި އުނި ބައެއް. ނުވިސްނޭނެ

        13
        1
  5. އ. ޖ. އ

    އެ ހަމަ ޔާމީނުގެ ޑްރާމާ

    6
    137
  6. ޢައިޝާ

    ބަލަގަ، ޔާމީން ގެ ޚުދުމުހުތާރު ވެރިކަން ނިމުމަކަށް ގެންނަންޖެހޭ! ޙުކުމް ކުރުމުން ޔާމިންގެ ވެރިކަމަށް ލޮޅުން އަޔަސް ވަރިހަމަކޮށްފައި، ހުކުމްކުރި ވާހަކަ އެވިދާޅުވީ. ސިޔާސީ ނުފޫޒު ވަދެފަ، ހުރި ހުކުމްތަކުގައި ބަންދިވީ މީހުން ދޫކުރީ އެއްކޮށެއްނޫން. މައްސަލަ އަލުން ބެލުމަށް ހުކުމް ކުރީ.

    8
    112
    • Anonymous

      އަނހާ. އެއްކަލަ މޑޕގެ ތަރުޖަމާނުގެ މަސައްކަތް ފެށުނީ.

      56
      1
    • ........

      ކޯޗެއް ވިދާޅު ވާކަށްތަ އިއްޒަތްތެރި ބަޣާވާތްފުޅު މަނިއްޕުޅު. ބޮޑު ޚާއިނެއް ޣައްދާރެއް ދެންވެސް އޮތް އެއްޗެއް އެއީ.

      3
      1
    • ހައްޖަ

      ޔާމީނަކީ ޚުދުމުޚުތާރު ވެރިޔެއްނޫން.. ޔާމީނަކީ ސުޓުރިކްޓު ވެރިޔެއް. މިގައުމައް މިއަދުގެ ހާލަތައް އެބަބޭނުންވޭ އެކަހަލަ ވެރިޔަކު. ގައުމު އަދު މިވަނީ މިނިވަންކަމުންނޭ ކިޔާފަ ހައްދުފަހަނަޅާފަ.. ދީނައްވެސް ހިތުހުރިގޮތަކައް ގޮންޖަހަނީ.. ޕަބްލިކު ލައިފްއުން އިހުތިރާމް ވަނީ ގެއްލިފަ.. ގައުމުގެ ބޮޑެތި ކަންކަމުގެ ނިންމުން އޮންނަނ ބޭރުމީހުންގެ އަތްމައްޗައް ދޫކޮއްލާފަ. އިގުތިސޯދީ ބިޔަ މަޝްރޫތައް ކުރިޔައްގެންދަން ދަތިކުރުމަށާއި ގައުމައް ފިޔަވަޅުއެޅުމައް އޭރު ބަޔަކުދިޔައީ ފާޅުގައި ސިޔާސީ މަސައްކަތް ކުރަމުން.

      11
  7. ސައިމާ

    މިހާރު މީ، ޢަބްދުﷲ ސަޢީދު އަލުން މަގާމަށް އައިސްދާނެ ކަމަށް ވަރަށް ބޮޑަށް ވާހަކަ ދެެކެވޭތީ، ޔާމިން މީހުން، ހަދާލި ވާހަކައެއް ދޯ!.ފިތުނަ ހެދުމަށްޓަކައި.

    4
    109
  8. މަންނާން

    ވާ ވާ.. ބުޅާ ގޯނިން ބޭރުވަނީ. އިންޝާ ﷲ، މިބައިމީހުން ނިކަމެތި ކުރައްވާށި.

    108
    1
  9. ކުދުބެ

    1 ފެބްރުއަރީގެ ހުކުމަކީ ޖުޑިޝަރީ ބަޤާވާތެއްގެ ކުނިވަސްގަނޑުދުވި ޙުކުމެއް. އަދި . ސާބަހޭ ސާބަހޭ.. ކަލޯ އެކްސް އުއްތޭ.. ތިމީހުން ވަގު ފައިސާ ނަގައިގެން ކުރި ޙުކުމުން ތާހިރު ނަތީޖޭއްލިބިއްޖެ ދޯ؟ ކީހާ ޅެން ފަރިއްސައްވެ، މިއޮއްގެން އިންސާފު، ލިބެނީނުން.. ލިިބިއްޖެ ތޭ؟ ނުލިބޭ؟ ލިބިއްޖެ ތޭ؟؟؟؟ ވަރަށް ރީތިކޮށް ލިބިއްޖެނުން. ރީތި ވެއްޖެނުން.. ދެން (މައުމޫނު ހުއްޓިހުރި ފޮޓޯ ގަނޑު) އެނގިއްޖޭ...

    76
  10. ޣައްބެ

    މާތްކަލާކޯ! އާޚުރަތް ދުވަހާއި ކުރި ހުވަޔާއި ނަރަކަ މަތިން ހަނދާނެއް ނެތްތަ ހުކުމް ކުރިއިރު؟

    56
  11. ކެޔޮޅު

    މިހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީ މައުމޫނާ ގާސިމާ އިމްރާނު ދުވަހަކުވެސް ކަލޭމެނައް މައާފެއް ނުކުރާނަން!!

    64
    2
  12. ޝާހް، ރ.ވާދޫ

    އަނގަފެޅީ. ވަޒީފާގެ ދަހިވެތިކަމުގަ، ކަލޭމެން ކޮންމެ ވާހަހަކައެއްވެސް ދައްކަފާނެ. މީ ހަމަ ސީދާ ދެފުއްކެހެރިން. ދެންވެސް އެހެންވެރިކަމެއް އަންނައިރަށް މިކަހަލަ މީހުންގެ ދެފުއްކެހެރިކަން ފެންނާނެ. ވަޒީފާގަ ހުންނަހިތުން ތެޅިމަރުވަނީ.

    54
    3
  13. ާަާމަ

    މާތްކަލާކޯ. މިމީހުން ބޭނުންހާގޮތަކަށް ހުކުމްކުރަނީ. ހެއްދެވިފަރާތް ހަނދާނެއް ނުވޭދޯ. މަހުޝަރު ދުވަހުން ތިހެން ބޭނުންހާގޮތެއް ހެދޭނެބާ؟!.

    44
  14. ދަސްވެއްޖެ

    ހުވާކުރީ ވެރިމީހާ ދެކެ ހިތްހަމަ ނުޖެހޭ ފަހަރުގައި ހިތަށްއަރާހާ ގޮތަކަށް ހުކުމްތައްޔާރު ކުރަންތަ؟ ސުބްޙާނަﷲ

    40
  15. ހަލޯ ހަލޯ!

    ބޮޑާކަން ފާޅު ކުރާނެ ކަމެއް ނެތް. އުއްތަމަ ފަނޑިޔާރު ބޭނުން މީހަކުތޯ ވެރިކަމުގަ ބަހައްޓާ ވެރިކަމުން ވަކި ކުރަނީވެސް؟ އެއީ މާތް ﷲ އަށް އެކަނި ޚާއްސަ ކަމެއް. ސައިޒު އޮޅިގެން ނޫޅުއްވާ.

    24
  16. ޛސޖސހ

    މިސަބަބާ ހުރެ އައްޑޫ ހުވަދޫ އަދި ތިމަރައިންނަށް މިފަދަ ބާރުތައް ނުދޭންވީ. ޢަދި ވަރަށް މޮޅުވެފަ އަބްދުﷲ ސައިދު މިހުރީ. ކަލޭ ހަމަ ގައިމުވެސް ގިޔާމތް ދުވަހާ ކުރިމަތިލާނެ. ލާދީނީ ބަޔަކަށް ގައުމު ފުރޮޅާލުމުގައި ކަލެޔާ ހަމީދުއާ މައުމޫނާ ޤާސިމް ކުރި މަސައްކަތުގެ ހިތި ވަރަށް ރަނގަޅަ ކަލޭމެންނަށް މާތް ﷲ މިދުނިޔޭގައި ދައްކަވާނެ.

    20
    2
    • ދދދދދދ

      މައުމޫނާ ޤާސިމަކީވެސް އައްޑޫ ހުވަދޫ އަދި ތިމަރައިންތަ؟ އުއްތަމަ ބާޣީ ނެރުނު ހުކުމް ކަހަލަ ވާހަކަ މިތާ ނުދައްކާ ކަލޭވެސް މިތަނުން ގެއްލޭ.

      3
      1
  17. އެއްމެން

    މިއީ މާމޮޅު ތަކެއް ގައުމަށް ވެދާނެ ކަމަށް ބަލައިގެން ބާރުތަށް ބަހައިގެން އުޅެންވީ ވަރުގެ ތަނެއް ނޫން. ވަރުގަދަ ގާނޫނަކުން އަރާ ފައިބަން ޖެހޭގޮތަށް ހުރިހާ ބާރެއް ދީފާ ރައީސަކު އަރުވާ. އޭނަ ޖެހޭނީ މިގައުމުގެ ތިޔާގި ކަމަށާއި، ރައްއިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ހުރީހާ ރައްޔިތުންނަށް ސުވަރުގެ ކަށަވަރު ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރުމަށް. ފަހުބަސް ބުނާ ސްޕްރީމް ކޯޓް ހަދައިގެން އުޅުނީމަ މިގައުމުގަ ބުނާނީ މިފާޑުގެ އަމިއްލައަށް މޮޅު ހޯދާން ބުނާ ފަހުބަސް.

  18. ކުކުޅޭ

    "ސައިމާ" އަޑުއިވެންހުރި ޙަޤީޤަތްތަކެއް އޮޅުވައިލުމަށް ތިކުރާ މަސައްކަތް އަސްލު "ފިތުނަ" އުފެއްދުމަކީ. !

  19. ސަހަރޯ އޭ ހީވޭ

    މި ވެރިން ކަނޑުގަ ލެއްވި ނަމަ އޮޑި ދޯނި ފަހަރުވެސް ނުދުވީސް! އެހާވެސް ޤައްދާރު ބަޔެއް ތިތާ ތި ތިބީ! ހަމަ މިހާރުން މިހާރަށް މި ވެރިން ބޭރު ކުރަންވީ!