1 ފެބްރުއަރީގައި ނެރުނު ޙުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ޤަބޫލު ކުރާ ކަަމަށާއި އަދި "އަޅުގަނޑު މަޤާމުގައި ބަހައްޓާނެ" ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

މިހާރު ލީކްކޮށްފައިވާ އޯޑިއޯއެއްގައި ކޮރޮޕްޝަންގެ ތުހުމަތުގައި، މަޤާމުން ވަކިކުރެވުނު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ވިދާޅުވީ އޭނާ އެމްޑީޕީ މީހުންނަށް އިންސާފް ހޯދައިދެއްވާނެ ކަމަށް އަބަދުވެސް ޤަބޫލު ކުރައްވާ ކަމަށް މާރިޔާ ދީދީ ވިދާޅުވި ކަމަށެވެ.

އަދި މާރިޔާ އެގޮތަށް ވިދާޅުވީ، އޭނާއާ ބައްދަލު ކުރެއްވުމަށް ފަހުގައި ކަމަށްވެސް ލީކްކޮށްފައިވާ އޯޑިއޯގައި ވިދާޅުވާ އަޑު އިވުނެވެ.

"އެންމެ ރަނގަޅު މިއަދު އަޅުގަނޑު މިގޮތަށް ހުއްޓަސް، މާރިޔާ އަޙްމަދު ދީދީވެސް އަޅުގަނޑު ކައިރިޔަށް ވަޑައިގެން ވިދާޅުވީ، ތިމަންނަ އަބަދުވެސް ވިދާޅުވަމުންނޭ އައީ އަބްދުﷲ ސަޢީދު އަށޭ ދެން އުއްތަމަ ފަނޑިޔާރުކަން ދޭންވީ. ތިމަންނަ މެނަށް އިންސާފް ދީފައޭ ދީފައޭ ދޫކުރާނީ" އޯޑިއޯގައި އަބްދުﷲ ސަޢީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެގޮތަށް ވިދާޅުވީ ސީދާ މާރިޔާގެ ދުލުން ކަމަށާއި މާރިޔާ އޭނާއަށް ތަޢުރީފް ކުރި ނަމަވެސް މާރިޔާ މެނަކީ ޖުޑިޝަރީ އާ މެދު ހިތް ހަމަ ޖެހިފައިތިބި ބައެއް ނޫން ކަމަށެވެ.

"މާރިޔާ ވިދާޅުވީ ތިމަންނަ އަބަދުވެސް ބުނަމޭ އަބްދުﷲ ސަޢީދު ރަނގަޅު ވަގުތުގައި ރަނގަޅަށް ކަންތައް ކުރާނެ ކަމަށް" މާރިޔާ ތަޢުރީފް ކުރެއްވުމުން ވަރަށް ފަޚްރުވެރިވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިހާރު މީސްމީޑިޔާގައި ލީކްކޮށްފައިވާ އޯޑިއޯ ތަކުން، އޯޑިއޯއެއްގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ވިދާޅުވެފައިވަނީ 1 ފެބްރުއަރީގެ ހުކުމަކީ މިހާތަނަށް ރާއްޖޭގައި ކުރި އެންމެ ވަރުގަދަ ހުކުމް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ކަމަށެވެ. އަދި "މިވަރުގެ ކަރޭޖިއަސް ހުކުމެއް" ރާއްޖޭގައި އަދި ކޮށްފައިނެތް ކަމަށްވެސް ނަޝީދު ވިދާޅުވި ކަމަށްވެސް އަބްދުﷲ ސަޢީދު ވިދާޅުވެފައިވެއެވެ

އޯޑިއޯގައި އަބްދުﷲ ސަޢީދު ވިދާޅުވީ، އެވަރުގެ ވަރުގަދަ ހުކުމެއް އޭނާ ކުރެއްވުމުން އޭނަ ސްޕްރީމް ކޯޓުގެ ބެންޗްގައި ބަހައްޓަން ގަސްދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ.

"ނަޝީދު ވިދާޅުވީ ތިމަންނަމެން ޤަބޫލު ކުރަނީ ޙުކުމަކީ ރާއްޖޭގެ ތާރީޚްގައި މިހާތަނަށް ކުރި އެންމެ ވަރުގަދަ ފަންޑަމެންޓަލް ހުކުމް ކަމަށް، ވާހަކައަކީ އެންމެ ވަރުގަދަ ޕޮލިޓިކަލް ހުކުމް ކަމަށް. އެވަރުގެ ކަރޭޖިއަްސ ހުކުމެއް ރާއްޖޭގެ ތާރީޚްގައި މީހަކު ކޮށްފައި ހުރިތަން ނުދެކެން" ނަޝީދު ވިދާޅުވި ކަމަށް އަބްދުﷲ ސަޢީދު އޯޑިއޯގައި ވިދާޅުވެފައިވެއެވެ.

އަބްދުﷲ ސަޢީދު ވިދާޅުވީ އޭނާ ބެންޗްގައި ބެހެއްޓުމުން ޖުޑީޝަލް ރިފޯމް ކުރާނެ ކަމަށާއި އެކަން ކަން ކުރާނީ އެމީހުން ކަމަށެވެ. ބެލެވޭ ގޮތުގައި އަބްދުﷲ ސަޢީދު ވާހަކަ ދައްކާފައިވަނީ ފަނޑިޔާރުން ތަކަކާއެވެ.

"އެހެންވީމާ މިކަންކަން ކުރަން އެބަޖެހޭ، މިކަންކަމާމެދު ކަލޭމެން ވިސްނަން އެބަޖެހޭ" އަބްދުﷲ ސަޢިދު ވިދާލުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޒާ

    ދަންޖައްސަންވީ މީހެއް.

    88
    7
  2. ބޭބެ

    ދެން ހިތްތަކުގެ ކަންދެއްކޭ ރައީސްގެ ނަޒާހާތްތެރިކަން ހުންނާނެ މިންވަރު އަންދާޒާކޮށްލަބަލަ.

    141
    2
  3. އައްބޯ

    ކިހިނެއް ބަހަށްޓާނި އޭނާއަށް ބާރު ލިބުނު އިރު އަބޯ ސައީދު ހުރީ މަޤާމަކު ނޫން ގޭގަ.. އެހެންވީމަ. އޭނާއަށް ބާރު ލިބުނު އިރު ހުރިތަނުގަ ބަހަށްޓާފަ ތިޔަ ހުރީ.. ދެންވެސް މައިތިރުވެގެން ހުރެވޭތޯ ބަލާ މާ އަނގަ ގަދަވަންޏާ ނަތީޖާ ރަނގަޅެއް ނުވާނެ

    100
    9
  4. ޢިނގޭތަ

    ދައްޖާލުބުނާނެ ސުވަރުގެ އަށް ވައްދަދޭނަމޭ އާޚިރުގައި ދެވޭނީ ނަރަކައަށް. ﷲ ގަންދީ ހުވާކޮށްގެން ހުރެ ހުވަޔާ ޚިލާުފްވާމީހުން ކީއް ކުރާނީ މިަގައުމުގަގިނައިން ތިބީ މިކަހަލަ މުނާފިގު ލާދީނީ މީހުން

    128
    1
  5. ސ

    ދެން ކަލޭ ހެދުނީ ދޯ.

    77
  6. Anonymous

    އޯޑިއޯފެންނަގޮތެއްހައްދަވާދެއްވާ

    72
    3
  7. ޒިކް

    މަޤާމެއްގަ ހުރި ނަމަތާ ބަހަށްޓާނި.. މަޤާމު ގެއްލިފަ ހުރި މީހަކު ކިހިނެއް ބަހައްޓާނި؟ ކުޑަކުއްޖެއްތަތީ މީހަކު ބުނާހާއެއްޗެއް ޤަބޫލުކުރަން؟ އަނެއްކާ ނަޝީދުތަ ފަނޑިޔާރުންނަށަ މަޤާމު ދެނީ؟؟

    45
    2
  8. މުހަންމާ

    "އެމީހަކު ފޭހުނު އިލޮށިގަޑުއުމީހެއްގެ ލޮލައްހެރޭނެ" ގާޒީއަކުވަގަށްނެގިމީހަކު އެކުރީކުށެއް ނޫންކަމައް ނިންމިކަމުގެ ހިތިނަތީޖާ މިފެންނަނީ.

    55
    1
  9. ހަނަފީ

    ހުކުން ނެރުނީ ލާރިދީގެން އަދި އިތުރުމަންފާ ހޯދާދޭނެކަމުގެ ފޮނި އުންމީދު ދައްކައިގެން. ދައުރު ބަދަލުވީމަ ފަޓާސް ބަރިއެއްހެން 9 ފަލަމީ ހުން ދޫކޮއްލީއިރު ހުކުމްނެރުމުގަ އެންމެ އިސްދައުރެއް އަދާކުރި ދެ ފަޑިޔާރުން އަދި ވެސް އެތިބީ ޖަލުގެ ތޭރިތެރޭ. މިކުޅިކުޅެފަ މިހާރު ވެރިކަމުގަ ތިބިމީހުންނަށް އަބަދު ވެރިކަމުގަ ތިބެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ހަމަ ހިލާ އެކަމެއްނުވާނެ، ވަގުތުޖެހޭނީ ބުނެފަކައިގެންނެއް ނޫންކަން ހަދާންކުރޭ.

    59
    1
  10. ވެލެޒިނީ

    ކޮބާ ކޮބާ؟؟ މިދޯ ކޯޓު އިސްލާހުރާ ގޮތަކީ؟ ޖާބިރު ބުނި ނަސީދު ރިސްވަތު ކާކަމަށް.... އެކަން ސާބިތުވީދޯ...

    37
    1
    • ދޮގެއް؟

      ޖާބިރު ނުބުންޏަސް އެއީ ހުރިހާ އެއްޗެއް ކާ ވަގެއް. ވައްކަމުގެ ހުކުމެއް ނެތްތަ އޭނަގެ މައްޗަށް. ދެން ޝައްކު ކުރަން ނޫނީ ތުހުމަތު ކުރަން ޖެހޭތަ؟ އެއީ ރަތްލާޖެހި ވަގެއް.

      22
  11. ސަންމަނަ

    ކަލެޔަކައް ދޭނެ މަގާމެއް ސުޕުރީމްކޯޓަކު ނެތް..މަގާމެއް ދޭތޯ ހަދަ ހަދައިގެން ދައްކާވާހަކަ ކަމައް ގަބޫލު ކުރެވެނީ. ދެން ގާނޫނުއަސާސީ ދަމަހަައްޓަން ކުރި ހުވަޔާ ޚިލާފުވީކަން ތިޔަ އަމިއްލައައް އިއުޔިރާފުވެ ބޭޒާރުވީ.

    12
  12. އުއްތަމަތާ

    ވަރަށް ރީއްޗަށް މަގާމުގަ "ބަހައްޓަވާފަ" ތިހިރީ. ކެކެކެ. .

    11
  13. ނަޝިދު

    ޟިހުރިހާ ކަމެތްގެ އަޑީގައި ހުރިމީހަކީ މައުމޫން އަބްދުލް ގައްޔޫމް، މި މީހާއަކީ ގައުމުގެ ހަލާކު

  14. Anonymous

    މުސްކުޅިންބުނެއުޅޭ އިބިލީހުގެބަހައްނުހެއްލޭމީހާވެސް އާދަމުގެދަރިންގެބަހަައްހެއްލޭނެޔޭ އެހެންވީމާ ތިހިރީ ރަނގަޅައް ނަޝީދު ދެއްކި ދަޅަޔައްހެއްލެވިފަ ދެންހުވަފެންބަލަންގޭގަހުރޭ

    16
    1
  15. އަޒްގެޑާ

    މިއީ މައުމޫނާ ގާސިމް ކުޅޭ ގޭމެއް. މަގްސަދަކީ ރައީސް ނަޝީދާ އެމްޑީޕީ ގެ އަގުވައްޓާލާ ރައްޔިތުން ކުރިމަތީގަ ގޮތެއްނެތް ބައެއް ކަން ދެއްކުން. އަބުދުﷲ ސައީދު އެހެރީ ބޯންވީ ބޮނޑި ބޮއެގެން މައުމޫނާ ގާސިމްގެ ބަހައް ހެއްލިގެން. 1 ފެބް ހުކުމް ނެރުނީ މައުމޫނާ ގާސިމް ކަން މުޅި ދުނިޔެ ހެކިވާނެ.

    4
    5
  16. ލާލުޕަޓީ

    ސައީދު އެހެރީ އަބަހައްދަވެފެއި

    3
    1
  17. ދަންޑަހިލް

    މިހާރު ގައުމު މިއޮތީ މުހައްމާތަކުރުފާނާއި
    ދަންޑަހިލައް ބެއިނުންވެފަ.
    މާއްވި އިސްލާމްދީން އޮޔާދަނީ.
    ދީނީ މިނިވަންކަމޭކިޔާ ބާތިލްދީންތައްގެއްނަނީ.
    އެއްޖިންސުން ކާވެނިކުރަނީ.
    މިއޮތީ މައޮމޫނުބުނި ހަނދުކޭތަހިފާފަ
    އައްނިއާ ސާލިހް މިގައޮމުން ބޭރުކުރޭ.
    އިސްތިއުފާ. މީމިގައޮމުގެ ހަލާކު