އެމްޑީޕީން ބޭނުންވާ އިންސާފު އަބަދުވެސް އެންމެ ރަނގަޅު ވަގުތުގައި ހޯދައިދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވި ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

މިހާރު ލީކް ވެފައިވާ އޯޑިއޯއެއްގައި ކޮރަޕްޝަންގެ ތުހުމަތުގައި މަގާމުން ވަކިކުރެވުނު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، އޭނާ "އެމްޑީޕީ މީހުންނަށް" އިންސާފު ހޯދައި ދެއްވާނެ ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށް މާރިޔާ ދީދީ ވިދާޅުވި ކަމަށެވެ.

އަދި މާރިޔާ އެގޮތަށް ވިދާޅުވީ، އޭނާ އާއު ބައްދަލު ކުރެއްވުމަށްފަހު ކަމަށްވެސް ލީކްވެފައިވާ އޯޑިއޯގައި ވިދާޅުވާ އަޑު އިވެއެވެ.

"އެންމެ ރަނގަޅު އަޅުގަނޑު މިއަދު މިގޮތަށް ހުއްޓަސް، މާރިޔާ ދީދީވެސް އަޅުގަނޑު ކައިރިއަށް ވަޑައިގެން ވިދާޅުވީ، ތިމަންނަ އަބަދުވެސް ވިދާޅުވަމުންނޭ އައީ އަބްދުﷲ ސައީދުއަށޭ ދެން އުއްތަމަ ފަނޑިޔާރުކަން ދޭންވީ. ތިމަންނަމެންނަށް އިންސާފު ދީފައޭ ދޫކުރާނީ". އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެގޮތަށް ވިދާޅުވީ، ސީދާ މާރިޔާގެ ދުލުން ކަމަށާއި، މާރިޔާ އޭނާއަށް ތައުރީފް ކުރި ނަމަވެސް މާރިޔާ މެންނަކީ ޖުޑިޝިއަރީ އާއި މެދު ހިތްހަމަޖެހިފައި ތިބި ބައެއް ނޫން ކަމަށެވެ.

"މާރިޔާ ވިދާޅުވީ، ތިމަންނަ އަބަދުވެސް ބުނަމޭ އަބްދުﷲ ސައީދު ރަނގަޅު ވަގުތެއްގައި ރަނގަޅަށް ކަންތައް ކުރާނެ ކަމަށް". މާރިޔާއަށް ތައުރީފް ކުރައްވަމުން ވަރަށް ފަހުރުވެރިވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެއެވެެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ. ޖ. އ

    ހަމަ ހުސް ދޮގު.. ބެދުނީމަ ސަރުކާރު ބަދުނާމު ކުރާނެ ކަމެއް ނެތް.. ކުރިން އުޅުން ހެން ޔާމީން ގެ އުނގު ތެރޭގައި އޮންނަން ދޭ.

    2
    72
    • Anonymous

      ހާހާ. ތިއޮއްގެން އަތަށް ގޮވަނީ. ފަޅާ އަރަނީ ގައުމުގެ ގައްދާރުން.

      53
      2
  2. އަލް ނޫރު

    އައްދެ މި ހަބަރުގަ އެއޮތީ ޢަބުދުﷲސައީދުގެ ވާހަކަ އ،ޖ،އ އޮޅިގެން ތިއުޅާެނީ..

    33