އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރަށްރަށާއި ފަޅު ހިމެނޭ ގޮތަށް، އެ ތަންތަން ދޫކޮށްފައިވަނީ ޤަވާއިދާއި އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް އެސެޓް ރިކަވަރީ ކޮމިޝަނުން ފަށާފައިވާ މައްސަކަތުގެ ތެރެއިން މިހާތަނަށް ބެލިބެލުމުން ދޫކޮށްފައިވާ ރަށްތަކުގެ އަދަދު 60 އަށް އަރައިފި ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޢަލީ ވަޙީދު މިހެން ވިދާޅުވީ، މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ އަވަހަށް ނިމެން ޖެހޭ ކަމަށާއި ލަހެއް ނުވެ މި ނިމޭނެ ކަމަށެވެ.

"އެސެޓް ރިކަވަރީ ކޮމިޝަނުން ފަށާފައިވާ މަސައްކަތުގެ ތެރެއިން މިހާތަނަށް ބެލިބެލުމުން ދޫކޮށްފައިވާ ރަށްތަކުގެ އަދަދު 60 އަށް އަރައިފި. އެމްއެމްޕީއާރުސީގެ މައްސަލަ ނިމުމުން ރާއްޖެ އަންނަ އިންވެސްޓަރުންނަށް ވެސް އިތުރު ތަސައްލީއެއް ލިބޭނެ " އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މިމައްސަލަ ތަހުގީގުކޮށް، ވަކި ގޮތެއް ނިމެންދެން، އެތަންތަނާއި ގުޅޭ ހުރިހާ ކަމެއް މަޑުޖައްސާލަން އަންގާފައިވާ ކަމަށާއި، ނޫންނަމަ، ތަޙުޤީޤަށް ހުރަސް އެޅިދާނެ ކަމަށް ޤަބޫލުކުރެވޭ ކަންވެސް އަންގާފައިވާކަމަށެވެ.

އެމްއެމްޕީއާރުސީން ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ނ އަތޮޅުން 3 ރަށަކާއި، ރ އަތޮޅުން 11 ރަށަކާއި، ބ އަތޮޅުން 9 ރަށަކާއި، ޅ އަތޮޅުން 1 ރަށަކާއި، މާލެ އަތޮޅުން 1 ފަޅާއި، 11 ރަށަކާއި، އއ އަތޮޅުން 2 ރަށަކާއި، އދ އަތޮޅުން 6 ރަށަކާއި، ވ އަތޮޅުން 4 ރަށަކާއި، މ އަތޮޅުން ރަށަކާއި، ދ އަތޮޅުން 2 ރަށާއި، ތ އަތޮޅުން 3 ރަށާއި، ގއ އަތޮޅުން ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުގައްދަރު

    ހިޔާލަކީ ތަފާތު އެއްޗެއް ފުރަތަމަ ތިޔަ ވިދާޅުވާ MMPRS ގެ އެކައުންޓައް ފައިސާ ޖަމާކުރަން މަޖްލީހުން ވޯޓްދިން މަސް އަލަ ވެސްބަލަންޖެހޭ އެއީ މީރާޔައް ދައްކަން ޖެހޭ ފައިސާއެއް ތިޔަ ވިދާޅުވާ ކުންފުންޏައް ދެއްކުނީ މަޖްލީހުން ފާސް ކޮއްގެން ހުއްދަ ހޯދައިގެން މިކަމުގައި އިހުމާލްވީ ބަޔަކައް ވެސް ފިޔަވަޅު އަޅަންޖެހޭނެ 5އަހަރު ވެރިކަން ހަވާލް ވެވަޑައި ތިޔަގަން ނަވަނީ މުޅިގައުމު ހިބަ ކޮއް ވިއްކާލާ ކަށެއްނޫން ހުތުބާރީތިކޮއްލާފަ ކިޔަކަސް ކަމަކުނުދާނެ މީމުސްލިމުން އަމަލާ ބަޙ ދިމާކުރެއްވޭތޯ ބައްލަވަން އެބަޖެހޭ