ޓޫރިޒަމްގެ ވިޔަފާރިއަށް މިއަހަރުގެ ޖުލައި މަހުން ފެށިގެން ދޫކުރާނެ ރަށްތަކުގެ ލިސްޓު ކަނޑައަޅައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ޓުއަރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެމެއްގައިއެވެ.

ޖުލައި މަހުން ފެށިގެން ޓޫރިޒަމަށް ދޫކުރާނެ ރަށްތަކުގެ ލިސްޓު ކަނޑައެޅިއްޖެ ކަމަށް މިނިސްޓަރ އަލީ ވަހީދު ހާމަކުރެއްވި ނަމަވެސް އެ ލިސްޓުގައި ހިމެނޭ ރަށްތަކުގެ ތަފުސީލާއި އަދަދެއް ހާމައެއް ނުކުރައްވަ އެވެ.

އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމްގެ ވިޔަފާރިއަށް ދޫކުރާ އިތުރު ރަށްތަކުގެ ލިސްޓު ރައީސް އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ލިސްޓް އާއްމު ކުރައްވަނީ ރަށްތަކާއި ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮތެއް ނިންމެވުމުން ކަމަށެވެ.

"މި ރަށްތަކާ މެދު ރައީސް ގޮތެއް ނިންމަވާނީ ލޯކަލް ކައުންސިލްތަކާއި ކަމާ ގުޅޭ މުއައްސަސާތަކުގެ މަޝްވަރާ ތަކަށް ފަހު " މިނިސްޓަރު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމްގެ ދާއިރާ ތަރައްގީ ކުރުމަށް މި ސަރުކާރުން ވިސްނާފައި އޮތީ ހަ ޒޯނަކަށް ބަހާލައިގެން ކަމަށާއި މިހާރު ޓޫރިޒަމްގެ ވިޔަފާރި ފުޅާވެފައި ނުވާ އަތޮޅުތަކަށް ރަށްތައް ދޫކުރުމުގައި އެންެމެ ބޮޑަށް އިސްކަން ދޭން ނިންމާފައިވާކަމަށެވެ.

މީގެއިތުރުން އަލީ ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވި އަދަދަށް ރާއްޖޭގެ މެދު އަތޮޅުތަކުގެ ފަތުރުވެރިކަމުގެ އެނދު އިތުރު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން ނ

    ހިޔަލީމަތިންހަނދާންނުނައްތާތި
    ހަތަރުރަށްހިޔަލީއަށް ޗެކުމާރކްއަށް
    ތިންރަށް